މިމަހުގެ 16 ވަނަ ދުވަހު ރާއްޖޭގައި ކުރަން ރާވާފައިވާ މުޒާހަރާގައި ރާއްޖޭގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ސިފައިން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ވަކިވަކިން ނެރުނު ބަޔާނުގައި ސިފައިން ވިދާޅުވީ، ރާއްޖޭގައި ޤާއިމްވެފައިވާ އަމާންކަން ނަގާލުމަށް އެއްވެސް ފަރާތަކަށް އެއްވެސް ފުރުސަތެއް ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އަސްކަރިއްޔާގެ ފަރާތުން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ.

މި ބަޔާން އިއްވައިދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މިމަހުގެ 16 ވާ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމަކީ ރާއްޖޭގެ ސުލްޙަ މަސަލަސްކަން ނަގާލުމަށް ނަގާލުމަށް ރާވަމުންދާ ކަމެއް ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

"ރާއްޖޭގެ އަމާން ކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ގާނޫނު އަސާސީގެ 236 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއަކަށް ވީހިނދު، ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރިކޮށް މިހާރު ރާއްޖޭގައި ޤާއިމްވެފައިވާ އަމާން ވެށި މިގޮތުގައި ދެމެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން، މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަން،" ސިފައިންގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ސިފައިން ވަނީ، ރާއްޖޭގެ ސުލްޙަ މަސަލަސްކަން ނަގާލުމަށް ގޮވާލާ މިފަދަ ގޮވާލުންތަކަށް ދިވެހި ރައްޔިތުން އިޖާބަ ނުދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާއިރު، އިދިކޮޅު ސިޔާސީ ލީޑަރުންގެ އެންގުމަށް ރާއްޖޭގައި ތިބި އެފަރާތްތަކަށް ތާއީދުކުރާ ބަޔަކު ދަނީ މަގުތަކަށް ނިކުމެ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ހަމަނުޖެހުންތަކުގެ ތެރެއިން އެފަރާތްތަކުން ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުވުމުން މިހާރު ދަނީ ޤައުމަށް އެކި ގޮތްގޮތުން ގެއްލުން ދެމުންދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި މިވަނީ، ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން އިދިކޮޅު ފަރާތްތަކުން އެދޭފަދަ ގޮތަކަށް، ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި "އާދަޔާއި ޚިލާފު" އަމުރުގެ ސަބަބުންނެވެ. އަމުރުގައި އަންގާފައިވަނީ، ކުރިން ނިންމާފައިވާ މައްސަލަތަކެއްގައި ކުށް ސާބިތުވެގެން ޖަލަށް ލާފައި ތިބި ނުރައްކާތެރި ގައިދީންތަކެއް ވަގުތުން މިނިވަން ކުރުމަށެވެ.

މީގެ ކުރިންވެސް މިފަދަ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން، އިދިކޮޅު ހަމަނުޖެހުންތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރުގެ އިމާރާތްތަކާއި ޢާންމުންގެ މުދަލުގައި ރޯކޮށް ޤައުމުގެ އަމާންކަން ނަގާލުމަށް މަސައްކަތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފެއްސޭދެން

    ފުލުހުންނާއި ސިފައިން ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ ދަ ގްރޭންޑް މާލެ އަށް ދަ ރާއްޖެތެރޭ މީހުން އަރާ މުޒާހަރާ ކޮށްގެން ނުވާނެ ކަމަށް ބުނުމުން ތަމެންނަށް އެކަން އިނގެން ޖެހޭނެ ނޫންތޭ މީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނި ކޮށް އަދި ވެސް ގާނޫނު އަސާސީގެ ވަރަށް ގިނަ މާއްދާ ތައް ފްރީޒް ކުރެވިދާނެއޭ އެގޮތުން ދަ ރާއްޖެތެރޭން މާލެ އަށް މުޒާހަރާ ކުރަން އަންނަ މީހުންގެ އައިޑީ ކާރޑް އެދުވަހުގެ ފަހުން ފްރީޒް ވާނެއޭ އަދި އެމީހެއްގެ ބޭންކް އެކައުންޓް ވެސް ފްރީޒް ވާނެއޭ އެއިރުން ދެން ތަމެންނަށް ހުންނާނީ ދަ ގްރޭންޑް މާލެ އަަށް އަރާ ރަނގަޅަށް މުޒާހަރާ ކުރެވިފައޭ. މާލޭ އެކަކު ވެސް ދަ ރާއްޖެ ތެރެއަށް މުޒާހަރާ ކުރަން ނުދާއިރު ދަ ރާއްޖެތެރޭ މީހުން ޖެހޭތޭ މާލެ އަށް މުޒާހަރާ ކުރަން ނުޖެހޭނެއޭ ތަމެން ރަށުގައި ތަމެން މުޒާހަރާ ކުރިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ. ރަށަށް ދޭބަލަ ދެން. ރަށަށް ރަށަށް ރަށަށް ދޭބަލަ ދެން. ފެއްސޭ ދެން.

    • ދސ

      އެކަމް ކުލިދަށްކަން ވީމަ އޯކޭ

  2. ޖައްސާތި

    ފެބްރުއަރީ 16 ވަނަ ދުވަހު ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ވަނީ ރާވާފައި ވަނީ ރަންރީނދޫ ޓްވިޓަރޭ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ މެން ޕާރޓޭ މެންނަށް އުނގުވިއްކައިގެން ނޭ އެކަން އެމެން ކުރަނީ އެއީ ރަންރީނދޫ ސެކްރެޓޭރިއެޓް އާއި ހަރުގޭ ތެރޭގައި ތިބެގެންނޭ ކަން މިހެން ހުރުމުން ސިފައިން ނިކުމެ ނަމަވެސް އެމްޑީޕީގެ ރަންރީނދޫ ހަރުގެ އާއި އަދި ރަންރީނދޫ ސެކްރެޓޭރިއެޓް ބަންދު ކޮށްލަންވީއޭ މިރެއިން މިރެއަށް އަދި ރަންރީނދޫ ޓްވިޓަރޭ މެން ބައިތިއްބަންވީއޭ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ނޮވެމްބަރު 11 ވަނަ ދުވަސް ނިމެން ދެން ރާޅު ގުނަން. އެއިރުން ހުންނާނެ އެމެންނަށް ރަނގަޅަށް އުނގުވިއްކައިގެން މިގައުމުގައި އޮތް ވެރިކަން ބަދަލު ކުރެވިފައި ދޯ.

  3. ވެއްޖެތޭ

    ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް މަމެންގެ ރައީސް އަޒުލް ކުރެވިެއްޖެތޭ ނޫން ނުކުރެވުނު ދޯ. ކުރެވިއްޖެތޭ ނޫން ނުކުރެވުނު ދޯ. ކުރެވިއްޖެތޭ ނޫން ނުކުރެވުނު ދޯ. ކުރެވިއްޖެތޭ ނޫން ނުކުރެވުނު ދޯ. ކުރެވިއްޖެތޭ ނޫން ނުކުރެވުނު ދޯ. ކުރެވިއްޖެތޭ ނޫން ނުކުރެވުނު ދޯ. ކުރެވިއްޖެތޭ ނޫން ނުކުރެވުނު ދޯ. ކުރެވިއްޖެތޭ ނޫން ނުކުރެވުނު ދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  4. ފާތުން

    ރާއްޖެތެރޭ މީހުން މާލެއަށް ހަމަނުޖެހުން ހިންގަން ނާންނާތި. ރަށުގަ މައިތިރިވެގެން ތިބެވޭތޯ ބަލާބަލަ. ކިހާ ބޮޑު ނޮހޮރުއްޕާނެއްމީ.

  5. އަމުރު

    ސާބަހޭ ދިވެހި ދިފާއީބާރުތައް. ވީސެލިޓް ޔޫ.

  6. ސާބިތު

    ސާބަސް ދިވެހި ލޮބުވެތި ސިފައިންނާ ފުލުހުންނަށް. ސާބަސް ހިކުމަތްތެރި ލޮބުވެތި ރައީސަށް.. ގައުމާ ދީނަށްޓަކާ ތިޔަ ކުރައްވާ މަތިވެރި ޖިހާދަށް ސާބަސް