ޝަލަބީ އިބްރާހީމްއަކީ ރާއްޖޭގެ މިއުޒިކީ ދުނިޔޭގައި އެންމެ ވިދުން ގަދަ ތަރިއެވެ. ބޮޑުބެރުގެ ހުނަވެރިކަމާއެކު އާންމުގެ ތެރެއަށް މަގްބޫލުވެ، އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ހިޓް އާޓިސްޓެވެ. ޝަލަބީ ކޮންމެ ރަމަޟާން މަހަކާ ދިމާކޮށްވެސް ކުރާ އެންމެ ހާއްސަ އެއް ކަމަކީ އޭނާގެ މަދަހަ އަލްބަމް ނެރުމެވެ.

މިއަހަރުވެސް “ހިދާއީ ނޫރު 3” ނެރެފައިވާ އިރު، ކޮންމެ އަހަރަކުވެސް އަލްބަމް ނެރުމުގެ ހަފްލާގައި ޤުރުއާން ކިޔަވަމުން އަންނަނީ ޝަލަބީއެވެ. މިއީ އޭނާގެ ގައިގައި ފޮރުވިފައިވާ ހުނަރެއް ނޫނެވެ. މީގެ ކުރިންވެސް ޝަލަބީގެ ގުރުއާން ކިޔެވުމަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ވީޑިއޯއާއެކު އެތަކެއް ކޮމެންޓަކާއި ޝެއާއެއް ލިބިފައިވާ އިރު، ޝަލަބީއަކީ އެންމެ ކުރިން ޤުރުއާން ކިޔެވުމުގައިވެސް ވިދާލި ހުނަރުވެރިއެކެވެ. އޭނާ ވަނީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައިވެސް ބައިވެރިވި، ވަނަވެސް ހޯދާފައެވެ.

ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމްގައި ވެސް ހިމެނެނީ ހައުސް އޮފް މިއުޒިކާއި ޝަލަބީ ގުޅިގެން ކިޔާފައިވާ ހުސް އަމިއްލަ ރާގުގެ މަދަހަތަކެވެ. ނަސްމާ އަބްދުލް މުހުސިނާއި އަހުމަދު ޝަރީފް ޅެން ހަދާފައިވާ ޖުމްލަ ހަތް މަދަހަ އެ އަލްބަމްގައި ހިމެނޭއިރު، އެ މަދަހަތައް މިހާރު ބައިސްކޯޕް އެޕްލިކޭޝަންގައި ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަ

    ރީއްޗެއް ނޫން

    20
    43
  2. ސަހާ

    ވަރަށް ފުރިހަމަ!

    34
    8
  3. ވިސްނާހޭލަމާ

    މާޝާﷲ..ވަރަށްރީތި ކިޔެވުމެއް.ހެޔޮރަޙްމަތް ލައްވާށި.އާމީން..

    41
    6
  4. ާއަސްވަޖް

    މާޝާﷲ

    25
    4
  5. ޗައްލަބީބީ

    ތިޔާ ކުރެވުނީ މޮޅު ކަމެއް

    21
  6. ލުބުނާ

    ރީތިކޮށް ގުރުއާން ކިޔަވަނީ ރާއްޖޭގަ ސަލަބީ އެކަނިތ؟

    6
    16
  7. ހު

    ރާގު ރީތި. ގުރުއާން ތަޖުވީދުގެ ހަމަތަކާއެކު ދަސްކުރުމަށް ޝަލަބީއަށް ނަސޭހަތްތެރިވަން. އެއިރުން ވަރަށް ރީތިވެފަ ފުރިހަމަވާނެ.

    10