ސަރުކާރުގެ އިސް ބައެއް މަގާމުތައް ކުރިން ފުރުއްވި ހުސެއިން ޝަރީފް އަވަހާރަވެއްޖެއެވެ.

ހުސައިން ޝަރީފަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނެ މެދު ދާއިރާގެ މެމްބަރު ކަން މިދިޔަ ދައުރުގައި ކުރެއްވި އަސްމާ ރަޝީދު (އަސްމާއްތަ)ގެ ފިރިކަލުންނެވެ.

އޭނާ އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ހުސެން ޝަރީފު ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އަދި ފޮރިން މިނިސްޓްރީ ގައި ހިދުމަތް ކުރައްވާފަ އެވެ. އޭނާ ސަރުކާރުގެ އެކި މަގާމުތަކުގައި 40 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި އެވެ.

ހުސެން ޝަރީފަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ހުސެން ޝަރީފު (މުންދު)ގެ ބައްޕާފުޅެވެ. މުންދު ވަނީ މިނިސްޓަރުކަމާއި ދިވެހިރާއްޖެ އިން ޖަޕާނާއި ލަންކާ އަށް ކަނޑައެޅުއްވި ސަފީރު ކަން ވެސް ކުރައްވާފައެވެ.