ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސަކަތް ޙަވާލުކުރި ކުންފުނިން ސިފްކޯއަށް ލިބެންޖެހޭ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް އަންގައިފިއެވެ.

ސިފައިންގެ 300 ފްލެޓް އެޅުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އޭގެ ތެރެއިން ބައެއް ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ނިމިފައެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެގޮތުން، މި މައްސަލައިގައި އޭ.ސީ.ސީން ސިފްކޯއަށް އަންގާފައިވާ އެންގުމުގައިވަނީ، މި މަސައްކަތް ފުރަތަމަ ޙަވާލުކުރެވުނު ފްރައިވެޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ، އެ ކުންފުންޏާއެކު ސިފްކޯއިން ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، ދެފަރާތުގެ ދެމެދުގައި ހަދާފައިވާ ޓަރމިނޭޝަން އެގްރީމެންޓްގެ ދަށުން، އެ ކުންފުނީގެ ފަރާތުން ސިފްކޯއަށް ހުށަހަޅާފައިވާ 3 ޕޯސްޓް ޑޭޓެޑް ޗެކް ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެންޖެހޭ 92,570,639.27 (ނުވަދިހަދެމިލިއަން ފަސްސަތޭކަހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ އަނބުރާ ލިބިފައިނުވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވާނެ ކަމަށެވެ.

މިމައްސަލަ އޭސީސީ އިން ތަޙުޤީޤުކުރި ކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކައް ބަލާއިރު، ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރުމަށް ކޮށްފައިވާ އެގްރީމެންޓުގެ ދަށުން ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ 638,110,440.00 (ހަސަތޭކަ ތިރީސް އަށް މިލިއަން އެއްސަތޭކަ ދިހަހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާ ކަމަށް އޭސީސީ އިން ވިދާޅުވެއެވެ.

އެއްބަސްވުމުގައިވާގޮތުން އެ ފައިސާގެ ތެރެއިން %40 (ސާޅީސް އިންސައްތަ) ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭނެކަމަށާއި، އެ %40 (ސާޅީސް އިންސައްތަ) ގެ ތެރެއިން %16 ފައިސާ ހޯދާނީ ފްލެޓް ތަކުގައި ހަދާ ކޮމާޝަލް ލޮޓްތައް ވިއްކައިގެންކަމަށާއި، 26 އިންސައްތަ ފައިސާ ދައްކާނީ ގަވަރމެންޓް ސަބްސިޑީގެ ގޮތުގައި ކަމަށާއި، 4 އިންސައްތަ ފައިސާ ދައްކާނީ ސިފްކޯއިން 24 މަހަށް ބަހާލައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބާކީ ފައިސާ ސިފްކޯއިން މަސަކަތް ޙަވާލުވި ކުންފުޏަށް ދައްކާނީ އެންޑް ޔޫޒަރ ފައިނޭންސް އުސޫލުން ފްލެޓް ލިބޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށްފަހު ފިކްސްޑް އިންސްޓޯލްމެންޓެއްގެ ގޮތުގައި 30 އަހަރަށް ބަހާލައިގެންނެވެ.

މަސަކަތް ޙަވާލުކުރެވުނު އެއްބަސްވުމުގެ ދަށުން ސިފްކޯއިން 125,938,079.00 (ސަތޭކަ ފަންސަވީސް ހާސް ނުވަސަތޭކަ ތިރީސް އަށްހާސް ހަތްދިހަ ނުވައެއް) ރުފިޔާ މަސަކަތް ޙަވާލުވި ކުންފުޏަށް ދައްކާފައިވެއެވެ. އެއީ، ފްލެޓް ލިބޭ ފަރާތްތަކުން ދައްކާފައިވާ 10,635,175 (ދިހަ މިލިއަން ހަސަތޭކަ ތިރީސް ފަސްހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން ދައްކާފައިވާ 115,302,079.00 (ސަތޭކަ ފަނަރަހާސް ތިންސަތޭކަ ދެހާސް ހަތްދިހަ ނުވައެއް) ރުފިޔާ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ 2014 ވަނަ އަހަރުގެ ބަޖެޓުން 70,302,905.00 (ހަތްދިހަ މިލިއަން ތިންސަތޭކަ ދެހާސްނުވަސަތޭކަ ފަހެއް) ރުފިޔާ އަދި 2015 ވަނަ އަހަރުގެ ބަޖެޓުން 45,000,000.00 (ސާޅީސްފަސް މިލިއަން ރުފިޔާ) ސިފައިންނަށް 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓަށް ޚަރަދުކޮށްފައިވެއެވެ.

މަސައްކަތް ހަވާލުކުރެވުނު ކުންފުނިން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާތީ، އެ އެގްރީމެންޓް 27 ޖަނަވަރީ 2016 ގައި ބާތިލުކޮށް ޓާމިނޭޝަން އެގްރީމެންޓެއް ހަދާފައިވެއެވެ. އަދި އެ އެގްރީމެންޓް ބާތިލުކުރުމާއި ހަމައަށް އެކުންފުޏަށް ސިފްކޯއިން ދައްކާފައިވާ 125,938,079.00 (ސަތޭކަ ފަންސަވީސް ހާސް ނުވަސަތޭކަ ތިރީސް އަށްހާސް ހަތްދިހަ ނުވައެއް) ރުފިޔާގެ ތެރެއިން އެހާތަނަށް އެކުންފުނިން ކޮށްފައިވާ މަސައްކަތަށްވާ 33,367,439.73 (ތިރީސް ތިން މިލިއަން ތިންސަތޭކަ ފަސްދޮޅަސް ހަތްހާސް ހަތަރުސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތެއް ތިނެއް) ރުފިޔާ އުނިކުރުމުން ބާކީވާ 92,570,639.70 (ނުވަދިހަ ދެމިލިއަން ފަސްސަތޭކަ ހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތެއް) ރުފިޔާ ސިފްކޯއަށް އަނބުރާ ދެއްކުމަށް ތިން ޕޯސްޓް ޑޭޓެޑް ޗެކް މަސައްކަތް ޙަވާލުވި ކުންފުނިން ހުށަހަޅާފައިވާ ކަމަށް އޭސީސީ އިން ވިދާޅުވެއެވެ.

"އެހެންނަމަވެސް، އެ ތިން ޗެކްވެސް އެކައުންޓުގައި ފައިސާ ނެތުމުން ބައުންސް ވެފައިވާކަން ފާހަގަކުރެވެއެވެ. އެ ފައިސާ ހޯދުމަށް ސިފްކޯއިން މަސަކަތްތަކެއް ކޮށްފައިވާކަން ތަހުޤީޤަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ޗެކް ބައުންސްގެ މައްސަލަ ހުށަހެޅުމާއި، އެ ފައިސާ ހޯދުމަށް އެޓަރނީ ޖެނެރަލްއާއެކު މަޝްވަރާކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ." އޭސީސީގެ ބަޔާނުގައި ވެއެވެ.

މަސައްކަތް ޙަވާލުވި ކުންފުނިން ސިފްކޯއަށް ދައްކަންޖެހޭ 92,570,639.70 (ނުވަދިހަ ދެމިލިއަން ފަސްސަތޭކަ ހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތެއް)ރުފިޔާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުންފުޏާ ޙަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކާއި ގުޅިގެން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާއިން ސެޓްއޮފް ކުރުމުގައި އިއުތިރާޒް ނުކުރާކަމަށް ބަޔާންކޮށް އެކުންފުނީގެ ފަރާތުން ސިޓީއެއް ސިފްކޯއަށް ފޮނުވާފައިވާ ކަމަށް އޭސީސީ އިން ވިދާޅުވެއެވެ.

ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކުންފިނިން ފައިސާ ހޯދުމަށްޓަކައި ދިވެހި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ، 92,570,639.27 (ނުވަދިހަދެމިލިއަން ފަސްސަތޭކަހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ އުނި ކުރުމަށްފަހު، އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވަނީ އެންގިފައި ކަމަށް އޭސީސީ އިން ވިދާޅުވެއެވެ.

ހަމައެއާއެކު، ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވާނަމަ، 92,570,639.27 (ނުވަދިހަދެމިލިއަން ފަސްސަތޭކަހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ ހޯދުމަށް، ޝަރީޢަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް އޭސީސީން ސިފްކޯއަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޞުރަ

    ކުންފުނި ނަން ކޮބާ

  2. ކަލޯ

    ބޮޑު ރިޕޯޓެއް ކިޔާނިންމާލި އިރު ފައިސާދައްކަން ޖެހޭ ކުންފުނީގެ ވަނަވަރެއް ނޭގުނު. އަނެއްކާ ނަންގަންނަން މަނާ ކުންފުންޏަކީބާ ދޯ!

    12
  3. ގުބޯ

    ތިޔައީ ބަޔަކު އަޑީގައި ތިބެގެން ހިންގި ބޮޑުޖަރީމާއެއް

    10
  4. އަޅެފަހެ

    މަސައްކަތް ހަވާލުކުރި ކުންފުންޏަށް ކިޔާ ނަމަކީ ކޮބައިތަ؟ ޖެހިލުންވަނީތަ ނަންބުނަން؟؟

    • އޭނާ

      އައިލެންޑް އެކްސްޕާޓް

  5. ބޯގޯސް

    ސިފައިންނަށް ފުރައްސާރަކޮށް ސިފައިނަށް ހުތުރުބަހުން މުއާމަލާތްކޮށް ޤާނޫނުއަސާސީއަށް ފައިންއެރުމުގެ އިނާމެއްގެ ގޮތުން ޑިފެންސް މިނިސްތަރުކަން

    18
    1
  6. ކަލޯގެޔާ

    މަހީކުރީ ބޮޑު ފިރިހެނެއްކަމަށް!

  7. ނޫމަޑި

    ތިއީ އޭރުގެ ޑިފެންސް މިނިސްޓަރާ ޕޮލިސް ކޮމިޝަނަރާ ގުޅިގެން ހިންގައިގައިވާ ބޮޑު ސިންގާ ޖަރީމާއެއް އަދިވެސް އެ 2 މުއައްސަސާ އެއުޅެނީ ތިކަމުން ސަލާމަތްނުވެގެން ކުންފުންނަށް ކިޔަނީ '' ނޫމަޑި ޕްރައިވެޓް ލިމިޓެޑް'' އެއީ ސްވިސް މީހެއް ރާއްޖޭގަ ހިންގި ކުންފުންޏެއް

  8. ހާމުދުރު

    ސިފްކޯއިން ތިޔަބުނާ ޕްރޮޖެކްޓެއް ހަވާލްކުރީ މަސައްކަތާ ހަވާލްވެފަ އަދި އެމީހުން އޭގެލާރިވެސް ދައްކަންބާ! އަރަތެއްނު !!! ގެނޭތިޔަކުންފުނީގެނަން މަވެސްހަވާލްކޮށްފާނަން ތިގޮތައް މަސައްކަތް