ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ނިސްބަތްވެ ވަޑައިގަންނަވާ ދެކުނު އެފްރިކާގެ އެންމެ އިސް ފަނޑިޔާރުންނަށް ވެސް މަރުގެ ބޮޑެތި މައްސަލަތަކުގައި ގޯސްކޮށް ނިންމުންތައް ނިމިފައިވަނިކޮށް އެފަދަ މީހަކު ރާއްޖޭގެ ފަނޑިޔާރުންނާއި އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރު ދެއްކުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ އެކު ބޭއްވި ބައްދަލުވުމުގައި ބުނެފައި ވަނީ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމުގައެވެ. އެގޮތުން ހުތުރުކޮށް ނޫންނަމަ، އިހާނެތިކޮށް ވަކި ކުރުމުގެ ކުރިން އަމިއްލަޔަށް އެދިގެން މަގާމް ދޫކޮށްލުން އިހްތިޔާރު ކުރުން އެދެވިގެން ވާކަމަށެވެ.

”އަޅުގަނޑުމެންގެ މަޖިލީސް އަދި ލީގަލް ކޮމިއުނިޓީ ގައި މި ބަދަލްތައް ގެނައުމުގެ ގާބިލިއްޔަތުކަން އެބަހުރި. ޖުޑިޝިއަލް ބަދަލެއް ގެންނަންވާ ކޮންމެ ފަހަރަކު ކީއްވެގެންތޯ އަޅުގަނޑުމެންގެ ސަގާފަތަށް ދީނާއި ބީރައްޓެހި މީހަކަށް ބަރޯސާވަނީ؟ އެޔަށް ވުރެ އަރަބި ގައުމަކުން މީހެއް ނޫނީ ކައިރިން މެލޭޝިއާގެ އެކްސްޕާޓްއެއް މާ ރަނގަޅެއް ނޫންތޯ.” ޖާމީލް ޓްވިޓާގައި ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދިން އިންޓަވިއު އެއްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ އެ ފަނޑިޔާރުގެ ނަން ހުތުރުކޮށްލުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަހަލަ ކަންތަށް ސުޕްރީމް ކޯޓުން ކުރަމުން އަންނަންޏާ ގެއްލިފައި އޮތް އިތުބާރު އަނބުރާ ނުހޯދޭނެ ކަމަށާއި ހެޔޮ ނިޔަތެއްގައި ފަނޑިޔާރުގެ އިސްލާހު ކުރަން އެކަށީގެންވާ ވަގުތު ސުޕްރީމް ކޯޓަށާއި އެހެން ޝަރުއީ ކޯޓުތަކަށް ވެސް މިހާރު ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙާލަތު

    ބަޣާވާތް ކުރުންވެސް ބަލައެއް ނުގަނެވޭނެ.

    1
    2
  2. އިބްރާ

    ރާއްޖޭގެ ޖުޑިޝަރީ އެމްޑީޕީން ހަލާކުކޮށް ނައްތާލަނީ. ދެން އިންތިޒާރުކުރަންވީ ސަދޫމުގައި ކަންތަށްތަށް ވީގޮތަށް

  3. ނަވާރަ

    ބަލައެކަލޭގެއަމިއްލައައްދޯ އެހުތުރުނަންލިބިގަތީ ދެންއަހަރެމެން އެކަމާކީއްކުރާނީ

  4. އީމަން

    ބޮނޑިބަތް ޖަމީލް “މަނިފާނު ގިނަ މުއްދަތަށް އޮނާނީ ޖަލުގަ”، މިކަމެއް ވެސް ބަލައެއް ނުގަނެވޭވެ ވާހަކަ ދެންނެވިމެވެ.

    1
    4
  5. Juhaa

    ތިޔަ ރިފްޢަތަކީ އިސްލާހުގެ ވާހަކަ ދައްކަން މާތާހިރު މީހެއް ނޫން.

  6. 1111

    ޖަމީލު ވެސް 2008ގެ ރިޔާސީ އިންތިހާބުގައި އެތައް ފަހަރުމަތިން އެކިއެކި ބަސްތަކުން ޕޯޑިއަމްތަކުގައި މީހުންނަށް ބިރު ދެއްކީމެއްނޫންތަ؟