ރަައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރުން މިއަދު ކަނޑައަޅުއްވައިފިއެވެ.

އެގޮތުން މަޖިލީހުގެ ރިޔާސަތު ބަލައްޓަން ޖެހެނީ އެ މަޖިލީހުގައި އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވާ މެމްބަރުންނެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ރައީސް މުހައްމަދު ނަޝީދު އިއުލާންކުރައްވާފައިވަނީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފާއި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.

މި މެމްބަރުންނަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވާ ފަސް މެމްބަރުން ކަން ފާހަގަކޮއްލެވެއެވެ. އަދި މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބް ރައީސް ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބެލެހެއްޓުމަށް ފަސް މެންބަރަކު ތިއްބަވަން ޖެހޭނެ ކަމަށެވެ.

އެހެން ކަމުން މިހާލަތުގައި އެބޭފުޅުން ކަނޑައަޅަންވާނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން ކަމަށާއި، އަދި ބޭނުންވާ އަދަދަށް ވުރެ ގިނަ މެންބަރުން މި ދެންނެވި ޝަރުތު ހަމަވާނަމަ ފަސް ބޭފުޅުން ކަނޑައަޅާނީ އެބޭފުޅުންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ ބޭފުޅުންނަށް ބަލައިގެން ކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ގާސިމު ލަާކަށް ނުޖެހޭ. މި ސަރުކާރު ފެއިލް ވެއްޖެ.