މާލޭގެ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮއްވާ ރޭ ފެނިފައި ވަނީ ފިލްމީ ތަރި މަރިޔަމް ޝިފާގެ ފިރިމީހާކަމަށް މައުލޫމާތު ލިބިއްޖެއެވެ. ރޭ ނިޔާވެފައި އޮއްވާ ފެނުނީ މާލެ މ.އޮޅުގިރި މުހައްމަދު ޠަލާލް 24، އެވެ.

ޝިފާއަކީ ފިލްމީ ދާއިރާއަށް އަލަށް ނުކުތް ޒުވާން ތަރިއެކެވެ. އޭނާ ވަނީ ފިލްމް ދެވަންސޫފަ އަދި 40+ އިންވެސް ފެނިގެން ގޮސްފައެވެ.

ޠަލާލް ނިޔާވެފައި ވަނީ ރޭ ފަތިހު 4:30 ހާއިރު މ. ވިކްޓަރީ ގެސްޓް ހައުސްގައި އޮއްވާ ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންދިޔަ މަގުމަތީގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާލުޅުވެފައެވެ.

ޠަލާލް އާއި ޝިފާ ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަސް ތެރޭގައެވެ.

އެ ޒުވާނާގެ މަރާއި ގުޅޭ ގޮތުން ޝައްކު ކުރެވޭ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ޝައްކު ކުރެވެނީ ކޮންކަހަލަ ހެކިތަކެއް ފެނިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުމް

    ހުސްނުއްސުއޫދާ ހަވާލުކުރޭ

    51
    5
  2. މީހާ

    މާލޭމީހެއް.. ގެދޮރުވެރިއެއް.. ދެންކީއްކުރަން ގޮސް ގެސްޓްހައުސްއެއްގަ އެއޮތީ؟ އަދި މާތްވެގެންވާ ފަހުދިހައިގެ އޮނަހިރި ރެއެއްގަ. ވިސްނާ ބަޔަކަށް އިބުރަތެއް ކަމުގަވާނެ. ކާކު އޭނަ ހާލުދެރަވިކަން އެންގީ؟

    101
    8
    • ކައިރި މީހެއް

      މާލެ މީހަކަށް ވީމަ ގެސްޓު ހައުސް އަކަށް ނުވަދެވެނީ ތަ؟އަޖައިބެއް ތީ ދެން!

      31
      87
      • ބުނަންތަ.

        ގެދޮރާއި އާއިލާ މާލޭގައި އޮންނަމީހަކު ގެސްޓްހައުސް އެއްގައި އޮތުމަކީ ޝައްކު އުފެދޭކަމެއް..

        74
        12
        • ޙ

          ތިކަހަލަ މީހުންނަށް ޝައްކު ކުރެވޭނެ ގޭގަ އޮއްވާ ނިޔާވިޔަސް.

          35
          17
  3. ތިއްލް

    ފުލުހުން ޔަގީންކޮށްދީބަލަ މިޒާތުގެ މަރުތަކުގައި ޑްރަގް އޯވަރޑޯޒްނުވާނެކަން

    82
    2
  4. ދޮނާ

    އޯވަޑޯރޒް.....

    51
    2
  5. ދދދދދދ

    ގޮތް ނޭނގޭ މަރު އިންތިހާއަށް ގިނަ. ސުއޫދު ޫ ޫ ކަލޭ ތިކަން ހުއްޓާލަބަލަ. ގައުމުގަ ބިރުވެރިކަން އާންމު ވެއްޖޭ.

    36
    2
  6. ސޮއްބެ މާލެ

    ޑޯންޓް ވޮރީ ބޯއިޒް ހުސްނުއްސުއޫދު ބޭބެ އިޒް އޮންދަ ކޭސް!!! 30 ސިކުންތު ތެރޭގައި ތިކޭސް ސޯލްވް ކޮއްލާނަން އޯކޭ !!!

    44
    2