ގދ. އަތޮޅު ރަށެއްގައި ޖިންސީ ގޯނާ ލިބުނު ކުއްޖާގެ މަންމަ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެ ސަން އޮންލައިން އިން ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މީޑިއާ ކައުންސިލްގެ ނާއިބު ރައީސް، އަހުމަދު އާޒިފް، ސަން އޮންލައިންގައި ލިޔެފައިވާ ޚަބަރެއްގައި ބުނެފައިވަނީ އެކުއްޖާ އާއި އެކުއްޖާގެ މަންމަ އެރަށުން ލޯންޗެއްގައި ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ގދ. އަތޮޅުގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ދިނުމުގެ މައްސަލައެއް 20 މޭއި 2019 ގައި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައިގައި ހިމެނޭ ކުއްޖާ އަދި އެކުއްޖާގެ މަންމަ އަދި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށްގެންގޮސްފައި ނުވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މިފަދަ ހައްސާސީ މައްސަލަތައް ރިޕޯޓްކުރުމުގައި މީޑިއާ އިން ސަމާލުވެ، ހަޤީޤަތާއި އެއްގޮތަށް ރިޕޯޓް ކުރުމަށް ދަންނަވާ ކަމަށެވެ. އަދި މިފަދަ ގޮތްގޮތަށް މަޢުލޫމާތު ގެެނައުމުން، މައްސަލަ ބެލުމުގައި ދަތިތަކާއި ކުރިމަތިވެ، އަނިޔާ ލިބޭ ފަރާތްތަކުގެ ހައްޤުތައް އިތުރަށް ގެއްލޭ ހާލަތު ދިމާވުން އެކަށީގެންވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން އެ އެކުއްޖާ އަކީ ކާކުކަން އެނގޭ މިންވަރަށް މަޢުލޫމާތު ނުހިމެނުމަށްވެސް ޖެންޑާ މިނިސްޓްރީން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    އަދިވެސް އެކުއްޖާ އަށް ހިމާޔަތް ނުދޭނަމަ ތިޔައީ ބަލަން ޖެހޭ މައްސަލަ އެކެވެ.

    20
  2. އެޖްޑާ 19

    ޖެންޑާ މިނިސްޓަރަކީ ހާދައަޅާލުން ކުޑަދައިތަ އެކެވެ.އަދިވެސް އަޅާލުން ނުދެނީ އެހެންވެ އެއްނޫން