00:09

ފަލަސްތީނާއި ބަންގްލަދޭޝް އަށް ފިތުރު ޢީދު ދުވަހަކީ ބުދަ ދުވަސް ކަމަށް ނިންމައިފި.

23:45

ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުން މާލޭގައި ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާޢާތުގައި ފިތުރު ޢީދު ކުރުން ކެންސަލް ކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށް. އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފިތުރު ޢީދު ނަމާދު ކުރާ ގޮތައް މިހާރު ހަމަޖެހިފައިވާ ކަމަށް.

23:33

23:32

ސައުދީ އަރަބިއްޔާ އަށް ހަނދު ފެނުމުން ޔޫއޭއީ، ކުވޭތު އަދި އެހެނިހެން ގަލްފުގެ ގައުމުތަކުން ވެސް ފިތުރު ޢީދު ދުވަހަކީ މާދަމާ ކަމަށް ވަނީ ނިންމާފައި.

ނަމަވެސް މުސްލިމުންގެ އާބާދީ ބޮޑު ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ އަދި ޕާކިސްތާންގެ އިތުރު އޭޝިއާގެ ގިނަ ގައުމުތަކުން ޢީދު ފަށާނީ ބުދަ ދުވަހު.

22:51

22:24

ޔޫއޭއީއަށް ހަނދު ފެނިފައެއް ނުވޭ. ނަމަވެސް ފިތުރު ޢީދު ދުވަހަކީ މާދަމާ ކަމަށް އެގައުމުން ނިންމީ ސައުދީ އަރަބިއްޔާ އިން އެގޮތައް ނިންމުމުން.

22:21

މާދަމާ އަކީ ފިތުރު ޢީދު ދުވަސް ކަމަށް ޔޫއޭއީ އިން ވެސް އިއުލާންކޮށްފި.

22:19

22:16

މާދަމާއަކީ ސައުދީއަށް އީދު ދުވަސް ކަމަށް ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ނިންމައިފި،

ސައުދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓަރ ސުލްތާން ބިން ސައީދު އަލް ބަދީ ދެންމެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ޝައްވާލް މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް ފެނިފައި ވާތީ މާދަމާ އަކީ ސައުދީ އަރަބިއްޔާ އަށް ފިތުރު ޢީދުގެ ފުރަތަމަ ދުވަސް ކަމަށް.

22:02

21:52

ރާއްޖޭގެ ހަނދާބެހޭ ޖަލްސާ ފަށައިފި.

21:51

ސައުދީއަށް ހަނދު ފެނިއްޖެ ކަމަށްބުނެ، ގަލްފު ނިއުސްގައި ގެނެސްދިން ހަބަރު މިހާރު ވަނީ އެ ނޫހުން ނަގާފައި.

21:50

ސައުދީ އަރަބިޔާއިން އަދިވެސް ރަސްމީކޮށް ހަނދާމެދު ގޮތެއް ނިންމާފައެއް ނުވޭ.

21:35

21:18

މިހާތަނަށް ޔޫއޭއީއަށްވެސް ހަނދު ފެނިފައެއް ނުވޭ. އެގައުމުން ވަކި ގޮތެއް އިއުލާން ކުރާނީ ސައުދީ އަރަބިޔާއިން އިއުލާން ކުރުމުން.

21:07

އޭގެ އިތުރުން ޔޫއޭއީގެ މޫން ސައިޓިން ކޮމިޓީގެ ބައްދަލުވުންވެސް މިހާރު ކުރިއަށް އެބަދޭ.

21:06

ހަނދާ މެދު ގޮތެއް ނިންމުމަށް ސައުދީގެ ރޯޔަލް ކޯޓުގެ ބައްދަލުވުން މިހާރު ވަނީ ފަށާފައި.

20:57

ސައުދީ އަރަބިއްޔާއިން އިރުކޮޅެއްގެ ތެރޭގައި، ހަނދާއި ބެހޭގޮތުން އެޤައުމުގެ ނިންމުން އިއުލާނު ކުރާނެ.

20:44

އަލްޖީރިއާ، ޓިއުނީޝިއާ، މޮރޮކޯ، ސޫދާން، ލީބިޔާ އަދި ނައިޖީރިޔާ އިން އިންތިޒާރު ކުރަމުންދަނީ ސައުދީއަރަބިއްޔާ އިން ހަނދާއި މެދު ނިންމާނެ ގޮތެއް ބެލުމަށް.

ސައުދީގެ ފަލަކީ ހިސާބުން ދައްކާ ގޮތުގައި، ޝައްވާލު މަހުގެ ހަނދު ފެންނާނެ ކަމަށް ބެލެވެނީ ހުޅަނގާއި އުތުރު އެމެރިކާގެ އިތުރުން ހުޅަނގު ޔޫރަޕްގެ ސަރަޙައްދުތަކަށް.

20:39

އިންޑިއާގެ ބައެއް ހިސާބުތަކާއި ލަންކާ ހިމެނޭހެން ބުދަ ދުވަހަކީ ޢީދު ދުވަސް ކަމަށް މިހާތަނަށް ދިހަ ޤައުމަކުން ވަނީ ކަނޑައަޅާފައި. އަދި ޝައްވާލު މަހުގެ ހަނދު ފެނިގެން މާދަމާއަކީ ފިތުރު ޢީދު ދުވަސް ކަމަށް މިހާތަނަށް އެއްވެސް ޤައުމަކުން ކަނޑައަޅާފައެއް ނުވޭ.

20:36

ތައިލޭންޑާއި ޕާކިސްތާނަށްވެސް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީ، އެޤައުމުތަކަށް މިއަހަރުގެ ފިތުރު ޢީދު ދުވަސް ވާނީ އަންނަ ބުދަ ދުވަހު ކަމަށް އިއުލާނުކޮށްފި.

20:35

މެލޭޝިއާ އާއި ޖަޕާނަށްވެސް މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ ބުދަ ދުވަސް.

20:35

އިންޑޮނީޝިއާ އަށް އީދު ދުވަހަކީ، ބުދަ ދުވަސް ކަމަށް އެޤައުމުން އިއުލާނުކޮށްފި.

20:32

މިރޭ ހަމަލޮލަށް ގިނަ ޤައުމުތަކަށް ހަނދު ފެނުމުގެ ފުރުސަތު ވަރަށް ކުޑަ. މަދު ޤައުމުތަކަށް ޓެލެސްކޯޕުން ބަލައިގެން ހަނދު ފެނުން އެކަށީގެންވޭ. ނަމަވެސް އިތުބާރު ހިފޭ ފަލަކީ ހިސާބުން ދައްކާ ގޮތުން މާދަމާއަކީ އީދު ދުވަސް.

20:26

20:22

އިންޑިއާ ބައެއް ސަރަހައްދުތަކާއި އަވައްޓެރި ސްރީލަންކަގައި މިރޭ ހަނދު ނުބަލާނެ. އެއީ އެޤައުމުތަކުން މިރޭ ހިފާނީ 29 ވަނަ ރޯދަ ކަމަށް ވާތީ.

20:16

އަރަބި އެއްވެސް ޤައުމަކުން ހަނދާއި މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވޭ.

20:10

ނިއުޒިލޭންޑާއި އޮސްޓްރޭލިއާއަށްވެސް ހަނދު ނުފެނުމާއި ގުޅިގެން އީދު ދުވަހަކީ ބުދަ ދުވަސްކަމަށް އިއުލާނުކޮށްފި.

20:08

ފިލިޕީންސްއަށް ވެސް ހަނދު ނުފެނުނު، އެޤައުމުގައި ޢީދު ކުރާނީ ބުދަ ދުވަހުގައި ކަން އިއުލާނުކޮށްފި.

20:05

އިންޑޮނީޝިއާގައި ހަނދު ބެލުން 150 ސަރަހައްދެއްގައި ކުރިޔަށް ގެންގޮސްފައިވޭ.

20:03

އިންޑޮނީޝިއާ އާއި މެލޭޝިއާއަށް ހަނދު ފެނިފައި ނުވާކަމަށް އެޤައުމުތަކުން ބުނެފި. ނަމަވެސް އެ ދެޤައުމުންވެސް މާދަމާ ރޯދަ ހިފުމާއި މެދު އަދި ވަކިގޮތެއް އިއުލާނު ނުކުރޭ. ފަލަކީ ހިސާބުތަކުން ހަނދު ފެންނާނެ ކަމަށް ދައްކާތީ އެ ޤައުމުތަކުން މިހާރު އިންތިޒާރު ކުރަމުން ދަނީ ސައުދީ އަރަބިއްޔާގެ ނިންމުމަށް.

ބަރަކާތްތެރި ރޯދަމަހުގެ 29 ދުވަހަކީ މިއަދު ކަމަށްވާތީ، ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ޤައުމުތަކުން މިއަދު ގޮތެއް ނިންމުމަށް ނިންމާފައިވާއިރު، ގިނަ ޤައުމުތަކަށް ހަނދު ނުފެންނަ ކަމަށް ބުނެފިއެވެ.

އިސްލާމީ ޝަރުޢީ މިންގަނޑުން ބަލާއިރު، ހަނދު މަހެއް ފެށެނީ، ހިނގަމުން ދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅެނވި ހަނދު ފެނިއްޖެ ނަމަ އެވެ.

މިއަދު ސައުދީގައި ޢީދު ހަނދު ބެލުން އޮންނައިރު، މާދަމާ އަކީ އެޤައުމުގައި މިއަހަރުގެ ފިތުރު ޢީދު ކަމަށް ފަލަކީ ދިރާސާކުން ބުނެފައި ވެއެވެ. ސައުދީގައި ހަނދުފެނިގެން، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅައި މުސްލިމުން ރޯދަ ހިފަން ފަށާފައި ވަނީ މި ނިމުނު މޭއި މަހުގެ 6 ވަނަ ދުވަހުގައެވެ. މިއީ ރާއްޖޭގައިވެސް ރޯދަ ހިފަން ފެށި ދުވަހެވެ.

މިރޭ ހަނދު ނުފެނިއްޖެ ނަމަ މާދަމާ ވާނީ ރޯދަ މަހުގެ 30 ވަނަ ދުވަހަށެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހުމަދު

    ހަމަ ހަނދޭ ކިޔާބަހައްޓާފަ ތިކިޔަނީީ ކޮން ފަލަކީހިސާބެއްގެ ވާހަކަތަ؟ ހަނދުފެނުނީމަ ޢީދު ނުފެނުނީމަ ރޯދަ އެނިމުނީ...

    22
    9
  2. ސާރާ

    މަގޭ ޖެހި ހިސާބުތަކުން ދައްކާގޮތުގައި މިއަދު އރު އޮއްސުނުއިރު ހަނދު ހުރީ 3 މިނެޓް މަތީގައި! މާނައަކީ އިރު އޮއްސުންތާ 3 މިނެޓްތެރޭގައި ހަނދު އޮއްސިއްޖެ! މިހާކުޑަ ތަފާތެއް ހުރުމުން ރަގަޅި ޢީދު ނުކުރިއްޔާ! ޝުކުރިއްޔާ!

    7
    11
    • ޖެނީ

      ކަލޭ ހާދަ މޮޅެ، ފިގުހު ފާހެއް އެބޮތްތަ

      3
      1
    • ސަ

      ސާރާ ޔަށް ކަށް ނޫން ދެއްތޯ އިގޭނީ...

      2
      1
  3. އައްޔަ

    ސައުދީން އީދު ކަމަށް ނިންމައިފި

    15
    4
  4. އިރުޝަމް

    ބަލަ ފަލަކީ ހިސާބުން ހަނދުބަލަންތަ ދީނުގައި އޮތީ. ބަޔަކު މޮޔަވެދާނެ. އެހެންވިއްޔާ ނާސާކައިރީ ބުނެގެން ހަނދު އޮްތަން ބަލަންވީނު. އެވެސް އިންސާނުންނައް ލިބިފައިވާ ޢިލްމެއް. ބޭނުން ކުރަންވީނު

    2
    1
  5. ށ

    އީދު މުބަރިކު، ވަގުތު ނޫސް ޓީމް އަށް

  6. ޛ

    ހަދު ސާބިތު ވެއްޖެ ނަމަ މާދަމާ ޔަކީ އީދު، ހަދު ނުފެނިއްޖެ ނަމަ މާދަމާ ޔަކީ ރޯދަ މަހުގެ 30 ވަނަ ދުވަސް..

  7. ދާނިޝް

    ގިނަ މުސްލިމް ގައުމްތަކަށް ހަދު ފެނުނު... އީދު މުބާރިކް . އީދު މުބާރިކް ވަގުތު ޓީމް ... ވަގުތު ޓީމުން ކުރަށް ވާ ރަގަޅު މަސެއްކަތް ތަކަށް ސާބަސް

    4
    1
  8. މޮޑީ

    ތިފެންނަނީ އިސްލާމީ ކަލަންޑަރުގެ ދޯދިޔާކަން . މީލާދީ ކަލަންޑަރުން ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް މާދަން ވާނީ ޖޫން 4 އަށް . ޢެހެޔޮ ރާއްޖރއާއ ރަޝިއާވިއަސް.

    1
    2