ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާމް ކުރެއްވުން މާދަމާ ނުބާއްވާ ގޮތައް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރަހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މޫސުމް ގޯސްވުމުގެ ސަބަބުން މާދަމާ ނުބާއްވާގޮތަށް ހަމަޖައްސަވައިފި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދަން ކުރިން ހަމަޖެހިފައި އޮތީ މުލީއާގޭގައެވެ.

މިއީ ގިނަ ދުވަސްތަކަކަށް ފަހު މުލީއާގޭގައި ޢީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދަން ނިންމި ޢީދެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޢީދު ސަލާމް ކުރެއްވުން ގިނައިން ކުރިއަށް ގެންދިޔައީ ރަސްރަނި ބަގީޗާގައެވެ.

ޢީދު ސަލާމް ކުރެއްވުމަކީ ރާއްޖޭގެ އާދަކާދައިގެ މަތިން ރައީސް ގަވައިދުން ކުރައްވަމުން ގެންދަވާ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ މާލޭގައި ވަޑައިގެން ނުހުންނަ ހާލަތެއްގައި ފިޔަވައި ކޮންމެ ހާލަތެއްގައި ވެސް ޢީދު ސަލާމް ކުރެއްވުން އޭރަކު ހުންނަ ރައީސް އަކު ކުރިއަށް ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދދދދދދދ

    ހާދަ ބިރެއް ގަންނަ މީހެކޭ މީ. ކެކެކެ. ސަލާން ކުރަން ހައެއްކަ ކެނައިން ދިޔައިމަ ލަދުގަންނާނެތީތަ؟

    15