ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހުންނެވީ އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކުރައްވާ އެހެން ޕާޓީ އަކަށް ވެސް ވަޑައިގަންނަވަން ތައްޔާރަށް ކަމަށް އެމަނާ ވިދާޅުވެއްޖެއެވެ.

ގާސިމްގެ "ވީޓީވީ" އިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ ޖޭޕީ ހިންގަނީ ގަބޫލުނުކުރެވޭ އުސޫލެއްގެ މަތިން ކަމުގައިވާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ސިޔާސީ ޕާޓީއަކުން ފެންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ނަހުލާ މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބުމުން އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން މަގާމުން ދުރުކުރާނެ ކަމަށް ދެކެވޭ ވާހަކައިގެ އަޑުތައް ފަހަކަށް އައިސް އަނެއްކާވެސް ވަނީ ގަދަވެފައެވެ. އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނަށް ދެން މަގާމު ދިފާޢު ކުރެވޭނީ އެމްޑީޕީ އަށް ސޮއި ކުރައްވައިގެން ކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ދަނީ ބުނަމުންނެވެ.

މިސަރުކާރު ފެށުނު ދުވަސްކޮޅު ނަހުލާ ވަރަށް ގިނައިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވާ މީޑިއާތަކަށް އިންޓަވިއުތައް ދެއްވާ ވަރަށް ހަރަކާތްތެރި ވަޒީރެއްގެ ގޮތުގައި ފެނުނު ނަމަވެސް މިހާރު އެކަމަނާގެ އަޑު ވަނީ މަޑުވެފައެވެ.

"ވީޓީވީ" ގެ ޕްރޮގްރާމްގައި ނަހުލާ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އިސްލާހީ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ބައިވެރިވެވިފައިވާ ކަމަށާއި ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގައުމުގައި ހިނގަމުން ދިޔަ ގަބޫލުނުކުރެވޭ އެތައް ކަމެއް އިސްލާހުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ޖޭޕީ ހިންގަނީ ގަބޫލުނުކުރެވޭ އުސޫލެއްގެ މަތިން ކަމުގައިވާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ސިޔާސީ ޕާޓީއަކުން ފެންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށް މިނިސްޓަރ ނަަހުލާ ވިދާޅުވިއިރު ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ފަހު ޖޭޕީގެ "ހަރަކާތްތައް އޮތީ ހުއްޓިފައެވެ."

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ނޫސްކިޔާމީހާ

  މަހަމަކޮސް ވެއްޖައިން މަޤާމުގެ ދަހިވެތިކަމުގަ ދަރިންނާ ފިރިމީހާވެސް ދޫކުރާރާތި. ޜާއްޖޭގެ މާޒީގަ ވެރިކަމުގެ ދަހިވެތި ކަމުގަ ފިރިމީހާ މެރި ވާހަކަވެސް ޚަބަރުތަކުން އިވިފައިވޭ.

  198
  15
 2. މުންމު

  މަގާމުގެ ދަހިވެތި ކަމުގަ ކޮންމެ ކަމެއްވެސް ކޮށްފާނެ ތީކީ ހައިރާން ޖެހޭ ކަމެއްނޫން.

  173
  8
 3. ގޮރުނު ދޯރު

  ތިޔަކަން ދިވެހި ރައްޔަތުންނައް މާކުރިންވެސް އެނގޭ..ގާސިމް ކަހަލަ ދުވަސްވީ ބޭފުޅަކާ ނަހުލާ ކަހަލަ ޒުވާނެއް ކައިވެނި ކުރި ހިސާބުންވެސް އެނގިފަ އޮތީ.. ފައިސާ އާ އިއްޒަތްތެރި ކަން..

  184
  6
 4. ާމަރެއް

  ކަލެއަށް ތިހިރީ ކަލޭ ފެނިފަ

  164
  6
 5. ލަބީބު

  މާބޮޑު ކަންފުޅެއް މީހާގައި ނެތަސް ދިދަޖެހިކާރަކާއެކު ހީވެސްކޮށްފަ ނެތްފަދަ ބޮޑު މަޤާމެއް ބޮޑު މުސާރަޔާއެކު ތިއޮތީ ލިބިފައެވެ. ދެން އަނެއްކޮޅުން ފަސްކުދިންގެ މަންމައެކެވެ. ސޭޓެއްގެ އަންހެނުންނެވެ. މަޤާމު ދިފާޢުކުރުން ފިރިމީހާއާ ޤަވްމާ ތިމާގެ ޢަބުރަށްވުރެވެސް ކަމަނާއަށް މިއަދު މުހިއްމުވާނެއެވެ.

  147
  3
 6. ނާދިރާ

  ދެން މީނަގެ ގޮތް ނޭގޭމީހަކު އުޅޭތާ؟

  134
  4
 7. ޣާދިރު

  ނަހުލާ ނަހުލާ އަކައްވީ ގާސިމް ގެ ސަބަބުން.. ގާސިމް ނުލާ ސިޔާސީ ގޮތުން ނަހުލާގެ އެއްވެސް ބުރަދަނެއް ނެތް.. އެމްޑީޕީ އަކީ ނަޝީދު..ޕީޕީއެމް އަކީ ރައީސް ޔާމީން ޖޭޕީ އަކީ ގާސިމް..ވ ސަލާމް

  149
  4
 8. މޮހަނު

  އަނބިކަނބަލުން ފިރިކަލުން ދޫކޮށް ދާއިރު މަޖިލިސް މެންބަރުން މިހާރު މިތިބަ ގޮތަށް ޕާޓީ ބަދަލު ނުކުރައްވާ ތިއްބަވާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ

  103
  3
 9. އިސްމާޢީލް

  ރެހެންދި ހަދީޖާގެ ވާހަކަ އަޑުއެހި މީހަކު ހުރިބާ

  123
  3
  • ހައްހައްހާ

   ހީވަނީ ދިވެހި ތާރީހުން ފިލާވަޅެއް ނަހުލާ ނެގީހެން

   41
   1
 10. މާމިގިލީ މީހާ

  އައިސާ މިނިސްޓަރ ކަމުގައި ދެމިހުންނާން ބޭނުމީޔާ އެމްޑީޕީޔާ ގުޅޭން ޖެހޭނީ.

  83
  8
 11. Anonymous

  މޑޕ އަކީ ރާއްޖޭގެ ގިނަމީހުންނަށް މާބޮޑަށް
  ދަސްވެފައިވާ ޕާޓީއެއްނޫނެވެ ޕާޓީގެ ނަން އެނގުމަކުން ޕާޓީގެ މަތިފަޑި ކޮންޓްރޯލްކުރާމީހުން
  އެނގުނީ ކަމަކަށް ނުވާނެއެވެ އަސްލު މޑޕ އަކީ އެންމެ މީހެވެ އެމީހާ ބޭނުންކޮންމެ ރާގެއް
  ކުޅެ ބޮޑުައަގުގައި ވިއްކާލައެވެ އެރާގު ތަކަކީ މަކަރާއި ހީލަތުގެ ދަންތުރަތަކެއްކަން ނަންހުރި ސިޔާސީ މީހުންނަށްވެސް ދެނެ ނުގަނެވެއެވެ މަޖިލީސް އިންތިޚާބުގައިވެސް ކަންހިނގީމިގޮތަށެވެ އަދި ކުރިއަށް ހުރި އިންތިޚާތަކާއި ދެން ހުރި ކަންކަންވެސް ކުރިއަށްދާނީ މި މަކަރުވެރި ފޯމިއުލާގެ ތެރެއިންނެވެ މިކަންކަމުން އަރައިގަންނަށް ދިވެހިން އަނެއްކާވެސް ވަރަށްބުރަ މަސައްކަތް ކުރަން ޖެހޭނެއެވެ.

  90
  12
 12. ޢަފީ

  ނަހުލާ އެންމެން ދަންނަ ނަހުލާ އަކައް ހެދީ ގާސިމް.އެކަން ހަނދާން ނައްތާނުލާ ނަހުލާ.

  78
  4
 13. ޭއެޖެންޑާ 19

  މަސްކައްކަން އަތިރިމަތީ އުޅެއުޅެފާ މާލެއައިމާ ކަނޑިކިބުރިއެއް ހަނދާން ނެތީހޭ..

  91
  4
 14. ނޫރ

  މަފާމަށް ކުފޫ ހަމަނުވާ މީހުން އެމްޑީޕީގެ ސަރުކާރެއްގަ ނުތިބެވޭނެ.
  ތައުލީމާއި ތަޖްރިބާ އަދި ޕަބްލިކް އެޑްމިން ތަޖްރިބާ ވަޒީރުކަން ކުރާ މީހުންނަށް މުހިންމު. ދިވެހިރާއްޖޭގެ ވެރިކަނުގައި 5 އަހަރު ރ.އިބޫ ނުހުންނަވަނެ. ވެރިކަމުގެ ނިޒާމާއި ވައްޓަފާޅި ބަދަލްވާއިރު ކެބިނެޓުން ޖާގަ ނުލިބޭނެ. 2023 ހުގައި އޮންނަ އިންތިޚާވު ކާމިޔާބު ކުރައްވާނީ ޤާސިމްގެ ތާއީދާއެކު ރ. ޔާމިން.

  67
  10
  • ޒަވީ

   މިހާރު ބަރުލަމާނީއަށް ބަދަލުކުރަނީ އޭރުން ގިނަ ގޮޑިލިބޭ ބަޔަކަށް ވެރިކަން އޮންނާނީ އަންނި ހުންނާނީ ސަރުކާރުގެ ވެރިޔަކަށް ރަޢިސް ކަމުގަ ހުންނާނީ އަންނިއަށްފެންނަ މީހަކު އިބޫވެސް ބަހައްޓަފާނެ އޭރުން 100އަހަރަށްވެސް ވެރިކަން ކުރާނީ ރީދޫ ކުދިން

   29
   6
  • ބޮސް

   ތީ ހުވަފެނުގަވެސް ވާނެކަމެއްނޫން އިންޝާﷲ

   1
   1
 15. ޙޭއަރާ

  ތިހުރިހާ ކަމެއް ވެސް ފެންނާނެ މަރުގަންނަ ވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފަ ދޮދެއް ތޯ

  37
  1
 16. އިންސާނާ

  އިއްޒަތާ ޖާހަތާ މަގާމު ބޭނުންނަމަ އަބަދުވެސް ވެރިކަން ކިރާ ބައެއްގެފަހަތުން ދާނޖެހޭނެ އެހެންނޫނީ ހުންނާނީ ބާކީވެފަ ތައްޔިތުން ގުނބޯ ހައްދަން އުސޫލޭ އިންސާފޭ އެއްވެސް ބޭފުޅަކު އަދި ބޭކަނބަލަކުވިޔަސް ކިޔާނެކަމެއްނެއް

  24
  1
 17. މޯޑް

  ތި މަންޖެ ވާހަކަ ނުދެއްކިއްޔާ ރަގަޅުވާނީ

  36
  1
 18. ރާޅު ބޯއީ

  ޔާމީނު ސަރުކާރުގައި ގޯސްތަކެއް ހެދިއްޔޯ. މިހާރު ދެން އެކަން ހަމަޔަކަށް ތިއަޅުވާލީ އެހެންނޫންތޯ. ދެން ކޮންއިރަކުންތޯ މި ސަރުކާރުން މިހިރަ ހަދަމުންދާ ގޯސްތައް ހުއަޓުވަނީ. ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތް.

  49
  1
 19. ޒުހުދާ ގާސިމް

  މިހާރު ހިނގަމުންދާ ޖަންގަލީ ހުރިހާ ކަމެއް ކަލެއަށް ގަބޫލު ކުރެވޭ އޮތަ؟ ކަލެއަށް ތިހިރީ އިސްލާހަކީ ކޯޗެއްކަން އެނގިފަ.

  46
  1
 20. ސޯޕް ލައިޓް ބްރަދަރ

  ތިޔަހެރީ ކުއްޅަވައްފަލު ރަނިންނަށްވެފަ!!!

  48
  1
 21. އަލީ

  ތީ ތިކަގަލަ މީހުންގެ ވައްތަރޭ

  44
  2
 22. ޔާމީން

  ކުއްޅަވަފަލު ރަނިކަމަނާ....

  45
  1
 23. މޫސާ

  މަޤާމު ދިފާޢު ކުރަން؟

  33
  1
 24. ހަސަދު

  ފިރިކަލުން ދޫކޮށްލައްވަންވެސް ތައްޔާރުތޯ؟

  18
  2
  • ނަހޫ

   ފިރިކަލުންވެސް ގާނޫނީއިމުން ބޭރުވާކަމަށްވަންޏާ ތިކަމަށްވެސް ތައްޔާރު

 25. ޖަވާހިރު

  ބޮޑެތި މަގާމު ތަކުގަަައި ތިބޭ ރީތި އަންހެން ކުދީންނާއި ހާދަވަރަކަށް ޖައްސާލައިގެންނޭ ތި އުޅެނީ. ހެހެހެ.

  6
  10
 26. ގ

  ނަހުލާ ބައިވެރިވީ އިސްލާހީ ކޮން ހަރަކާތެއްގަިކަން އެއްގޮތަކަށްވެސް ނޭނގިގެން މިއުޅެނީ. ކުއްލިއަކަށް ޕާޓީއަށް އައުސް އަތްގަދަކޮއް އެތަނުގައި ހަގީގީ މަސައްކަތްކުރި މީހުން ބާކީކިރުން ނޫންކަމެއް އޭނަ އޭރު ނުކުރޭ.

  2
  2
 27. ހޭލާ

  ސާބަހޭ މިނިސްޓަރ، ތި ވިދާޅުވަނީ މުޅިން ގޯސް ވާހަލަކައެއް ނޫން. ކަން ވާނީވެސް ތިޔަހެން.. ގޯސްކޮން ކަން ހިންގާތީ މިދިޔަ ވެރިކަން ބަދަލު ކުރަން ވެސް ޖެހުނީ.. ނަމަވެސް ތިވިދާޅުވާ ވާހަކަ ވެސް ގެޓުުވެެ.. ތި ޖެއްސެވީ މިސާލެއް.. ފިރިކަލުން ނާއި ޕާޓީ ދޫކުރީ އެކޭ ނޫން ތި ވިދާޅުވީ.. ސާބަހޭ.. ކަމަނާ ތީ ހަމަ ޑިމޮކުރަސީގެ މިސާލެއް!!

  1
  1
 28. އިބޫ

  ރަނގަޅު ވާހަކައެއް.. މިސަރުކާރު ފެށުނު ފަހުން ވަރަށް ބަރާބަރު މިނިސްްޓަރުގެ ރޯލް!! މީގެން ވެސް އިންގެނީ ވަކި މޮޅުތަކެއް ބޭނުން ވެގުން ނޫޅެ ކަން.. މީހުން ދައްކާވާހަކަ އަކައް ނުބަލާ ކަމަނާ ކުރިއައް ވަޑައިންނަވާ!

  1
  2