ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން 6 އަތޮޅަކަށް ރީނދޫ އިންޒާރު ނެރެފިއެވެ. މިއީ މި ސަރަހައްދަށް މިއަދު ރީނދޫ އިންޒާރު ނެރުނު ތިން ވަނަ ފަހަރެވެ.

މިފަހަރުވެސް ރީނދޫ އިންޒާރު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކަށެވެ.

މެޓް އޮފީހުން އެ އިންޒާރު ނެރެފައި ވަނީ އިރުއޮއްސި 18:30 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ، ބޯކޮށް ވާރެވެހި މި ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަަށެެވެ.

ރީނދޫ އިންޒާރަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކާ ނެރޭ އިންޒާރެކެވެ. މިއިންޒާރު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ