އައިޖީއެމް ހޮސްޕިޓަލް ކައިރީ އޮންނަ ޝަހީދު ޢަލީ ގޯޅީގެ ތެރޭގައި މިއަދު ހަވީރު ހިންގި މާރާމާރީއާ ގުޅިގެން ތިން މީހުން ހަޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީ ހުއްޓުވަން އެތަނަށް ދިޔަ ފުލުހުންނަށް އެތަނުން އެކަކު ހަމަލާދީފައިވާ ކަމަށެވެ.

މިއަދު ހަވީރު 04:15 ހާއިރު ޝަހީދު ޢަލީ ގޯޅިތެރޭގައި މާރާމާރީއެއް ހިންގައިގެން ތިން މީހަކު (22 އަހަރުގެ ދެ ފިރިހެނުންނާއި، 18 އަހަރުގެ ފިރިހެނެއް) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ.” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ތިން މީހުންވެސް މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، މާރާމާރީގައި އެތަނުން އެކަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

މަންޒަރު ދުށް މީހަކު “ވަގުތު”އަށް މައުލޫމާތުދެމުން ބުނީ، މި މާރާމާރީ ހިނގާފައި ވަނީ މަސްތުހާލުގައި ހުރި މީހަކު އަމިއްލަ އަތުގައި ވަޅިއަޅައިގެން އޭޑީކޭއަށް ދާން ބޭނުންވެގެން އުޅެނިކޮށް އެކަން ހުއްޓުވި ފުލުހަކު ފޮޅުވާލުމަށްފަހު އަނެއްކާވެސް ދާން ހިނގައިގަތުމުން ހުއްޓުވުމާއި ގުޅިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑުބޮރުކި

    މަ ދެކުނިންރޯދަމަހުވެސް ފުލުހަކާ މާރާމާރީހިނގަނިކޮއް.ގިލިގިލިޓާމިނަލްކާރިން؟

  2. ކެކެކެ

    ކީއްވެ! "މާލެތެރޭން ހޯދި ތަޅާ ކުދިންކޮޅު" ހައްޔަރު ކުރީތަ؟

  3. އަލިބެ

    މުޅި ދުނިޔެއިންވެސް މިނޫނީ ނޯންނާނެ ފުލުހުން އަތުގަ އެކަށީގެންވާ ހަތިޔާރު ނެތް ޤައުމެއް.. ކަނޑި،ވަޅި،ކަތުވަޅި ހިފައިގެން މީހުން މަރަން އެނިކުންނަނީ ރޯމާދުވާލު.. މި މާރާމާރީތައް ހުއްޓުވަން ފުލުހުން އެ ނިކުންނަނީ ކައިވަތެއް ހަމަނުވާ މުގުރު ބުރިއަކާ ޕެޕަރސްޕްރޭ ފުޅިއެއް ހިފައިގެން.. ފުލުހުން އެ ކުރަނީ ޤައުމީ ޖިހާދެއް.. މިޤޮތައް ކުރިމަތިލައިގެން ބައެއް ފުލުހުންގެ ފުރާނަގެއްލި ބައެއް ފުލުހުން ނުކުޅެދޭ ހާލަތަކަށްގޮސްފަ އެބަހުރި.. މިކަހަލަ ޖަރީމާ ހިންގާ މީހުންނަށް ނަސޭހަތްދީ ފިރުމައިގެން ނިކުންނާނެ އެއްވެސް ނަތީޖާއެއްނެތް.. އެއަށްވުރެން މިޤައުމުގަ ކުށުގެ ހާލަތު މާދަށުދަރަޖަ އަކަށް ވަނީ ގޮސްފައެވެ.
    މީހަކު މަރާލުމަކީ މީހަކު ގަޔައް ވަޅިޖަހާލުމަކީ މިހާރު ފެޝަނަކަށްވެފަ މިއޮންނަނީ.. މީހާގެ މަޤުބޫލުކަން އިތުރުވެ ގިނަ ރައްޓެހިން ލިބޭ ކަމަކަށް ވަނީ.. ހިތާމައިގެކޮޅެއްވެސް ނެތް..

    11
    2
  4. ބެއްޔާ

    9
    2