ކާށިދޫގައި ޑެންގީ ޖެހިގެން ހާލު ދެރަވެފަ އޮތް ޢުމުރުން ގާތްގަނޑަކަށް 10 މަހުގެ ތުއްތު ކުއްޖަކު މާލެ ނުގެންދެވި ލަސްވަމުންދާތީ، އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އެ ކުއްޖާގެ އާއިލާއިން ބުނީ މިއަދުގެ މެންދުރުފަހުން ފެށިގެން ކުއްޖާ މާލެ ގެންދެވޭތޯ މަަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އަދިވެސް ކުއްޖާ އޮތީ ކާށިދޫ ހެލްތް ސެންޓަރުގައި ބާއްވާފައި ކަމަށެވެ.

"އެ ކުއްޖާއަށް ހުން އަންނާ ތިން ދުވަސް ފަހުން އަޅުގަނޑުމެން ދެއްކީ. ދެއްކި ދުވަހު ޑެންގީ އަކަށް ޓެސްޓެއް ނުކުރޭ. ބުނީ ހަނދާންނެތުނީއޭ އެކަން ކުރަން. ދެން ހަތަރު ވަނައަށް ވީ ދުވަހު ޑެންގީ އަށް ޓެސްޓް ކުރެވުނީ. ޓެސްޓުތަކުން ދައްކާ ގޮތުން ޑެންގީ އަށް ޕޮސިޓިވް. އަދި ފައިނަލް ސްޓޭޖްގައި ހުރި ކަމަށް ބުނީ. ހެލްތް ސެންޓަރުން ބުނީ ވީ އެންމެ އަވަހަކަށް މާލެ ގެންދަން." އާއިލާގެ ފަރާތުން މަޢުލޫމާތު ދިނެވެ.

އެ ތުއްތު ކުއްޖާ މާލެ ގެންދިއުމަށްޓަކައި ސީ އެމްބިއުލާންސްގައި މިއަދު ފުރަންވެސް ފުރިއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އަނބުރާ އެ ލޯންޗު ވަނީ ކާށިދޫ އަށް ވަދެފައެވެ.

"ފުރާފަ އަނެއްކާ ލޯންޗު ވަނީ އަނބުރާ ކާށިދޫއަށް ވަދެފަ. ކައްޕި ބުނަނީ ނުދުއްވޭނެ ކަމަށް. ނަމަވެސް އޭގެ ފަހުންވެސް ތިން ލޯންޗު މާލެއިން ފުރައިގެން މިރަށަށް އައި. ދެން އަޅުގަނޑުމެން އާސަންދައަށް ގުޅީމަ ބުނީ އެ ކުއްޖާ ގެނެވުނު ގޮތަކަށް މާލެ ގެނައުމަށް އެމްއެންޑީއެފް އަށް މިހާރު އަންގާފަ ވާ ކަމަށް. ދެން އަޅުގަނޑުމެން ގުޅިން އެމްއެންޑީއެފް އަށް. ގުޅައިގެން ހެލްކޮޕްޓަރު ހަމެޖެހޭތޯވެސް ބެލިން. އެކަމަކު އެމީހުން ބުނީ ގއ އެހިސާބުގަ ކޮޅިގަނޑެއް އުޅޭތީ ހެލްކޮޕްޓަރު ނުދުއްވޭނެ ކަމަށް." ކުއްޖާގެ އާއިލާގެ ފަރާތުން ބުންޏެވެ.

އެ ކުއްޖާ މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފްގެ އުޅަނދެއް މިހާރު ކާށިދޫއަށް ދާން ފުރާފައި ވާ ކަމަށާއި، މާލެ ދިއުމަށްވެސް ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރު ނަގާނެ ކަމަށެވެ. އަދި މިކަމުގައި ދާއިރާގެ މެމްބަރުގެ އެހީތެރިކަން ލިބޭތޯވެސް މަސައްކަތް ކުރި ކަމަށް އާއިލާގެ ފަރާތުން މަޢުލޫމާތު ދިނެވެ.

"މި ފުރަނީއޭ ހަމަ ގުޅާލާއިރަށް ބުނަނީ. ހަތެއް ޖަހާއިރު އާދެވޭނެކަމަށް ބުނެފަ އޮތީ. ނަމަވެސް އަދި ނާދެ. ދެން ދާއިރާގެ މެމްބަރަށްވެސް އަޅުގަނޑުމެން ގުޅިން. މެމްބަރު ދެންނެވީ އެބަ ބަލަމޭ ކުއްޖާ ފޮނުވާލެވޭނެ ގޮތެއް ވޭތޯ." ކުއްޖާގެ އާއިލާއިން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތައްބެ

    ޖާބެ ކޮބާ ކޭބަލް ކާރު

    7
    1
  2. ޣާދިރު މަނަދޫ

    މޫސުމައް އަންނަ ބަދަލަކީ މީހަކު ކުރާ ކަމެއްނޫން .އެއީ ގުދުރަތުގެ ގާނޫނު.. ކެއްތެރިވޭ. ޢިންޝާ ﷲ.. ތުއްތު ކުއްޖާއައް ހެޔޮރަހުމަތް ލައއވާށި..އާމީން..

    22
  3. ޖެނެރަލް އަލާދީން

    ކޮބާ އެއްކަލަ ހިންދުސްތާނުން ދީފައި އޮތް 2 ހެލިކޮޕްޓަރު؟

    18
  4. ޓެކްސީ

    ކޮބަ މަތިންދުއްވަ ކާރު ޖާބިރޫ

    10
    2
  5. ކޮލެޖު ބޯއި

    ކޮބާ ކޭބަލް ކާރު. ގާފަރަށް ފޮނުވާލެވުނީސް އެހެންނޫންނަމަ

    6
    1
  6. ޢަލީ

    މާލޭމީހުންވެސް ބޭސް ފަރުވާއަށް މިހާރުދާނަޖެހޭނީ ކާށިދޫއަށް . ކޮބާކޭބަލްކާރު.

    8
    1
  7. ދދދދދދދ

    އަމިއްލައަށް ވެއްޓިގަތް ހާލު. މީގެ ކުރިންނަމަ ވަގުތުން ގެންނާނެ. އެބަޔަކު ބޭނުންވާ ގޮތަކަށް އެބައެއްގެ ހާލަތު އޮންނާނީ.

    14
    2
    • ޑަލޭ

      ވަރަށްބޮޑު ތެދެއް. މޮޅުތަކެއް އެބަވޭނު. ބަލަންތިބޭ ދުވަހެއް ދުވަހަކަށް ގައުމު ވެއްޓެމުންދާނީ އަނދަވަޅަކަށް.

      13
  8. ސޯޕް ލައިޓް ބްރަދަރ

    ސިއްޚީދާއިރާގެ ކަންތައްތައް ބަރާބަރަށް ނުބެލެހެއްޓެންޏާ އިތިޢްފާދީފަދީފަ ގެޔަަަަށް ކަނޑާލާ!!!

    16
    • ާއަޙް..

      ސީ އެމްބިއުލާންސް ފޯރުކޮއްދިނުމަކީ ކާށިދޫ ހެލްތު ސެންޓަރ ކަމުއް، އެމީހުންވެސް އެކަމަށް އިހުމާލުވީ

  9. ރާޅު

    ކޮބާތޯ މެންބަރު ޖާބިރު ؟ ހާދަ ކަމެއްނެތޭ !

  10. ޒާހިރު

    ކޮބާ ކޭބަލް ކާރު؟

    9
    1
  11. މޫސަ

    އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެދަށުން ތިޔަކަންތައް އަދި ހަމަ ނުޖެހެނީ ކަމަށް ވެދާނެ.

    11
  12. ޖާބިރު

    ސަރުކާރުން ހުއްދަނުދީގެން ކޭބަލްކާރުގެ ހިދުމަތްނުދެވިގެންމިއުޅެނީ އަޅުގަނޑު ކުރާނެކަމެއްނެތްއިނގޭތޯ ސަރުކާރުންހުއްދަދީފިނަމަ ހަމަވަގުތުން ކޭބަލްކާރުގައި ބަލިކުއްޖާ މާލެގެންނާނަން މީ ޔާމީނުގެ އަނިޔާވެރިކަމަށްވުރެ މާބޮޑު އަނިޔާވެރިކަމެއްނޫންތޯ ސޯލި...

  13. ހހހހ

    ކޮބާތަ 1000 މީހުން ވެގެން ދުއްވާ ބާ 2 ހެލިކޮޕްޓަރު ގަނޑު. ވަކިހިއްޕާލެވުނީމަ ދިވެހިންގެ ފައިސާއިން ކައިކައިގެން ބަނޑުދަމަނީ ދޯ؟

    14
  14. ހަސަން

    ކަންކަމުގެ ވާނުވާ ނޭނގިތިބެ މިފަދަ ހިތާމަވެރި ހާލަތްތަކުގައި ހިތައްއެރި އެއްޗެއް ލިޔެލަނީ ! ރާއްޖޭގެ ކަނޑުތަކާއި އުޑުމަތި އޮތްގޮތް އެއީ މައުމޫނު، ވަހީދު، ނަޝީދު، އިބޫ އަދި ޔާމީނުގެ މޮޅުކަމަކުން ބަދަލު ކުރެވޭނެ ކަމެއް ނޫން. ސީ.އެމްބިއުލެންސް އަކީ އާދައިގެ ގަލްފްކްރާފްޓް ލޯންޗުފަހަރު، ވިޔަފާރި އުސޫލުން ދަތުރު ކުރާ ފެރީތައް ބެލުމެއްނެތި ދަތުރު ކުރިއަސް އެމްއެންޑީއެފްގެ އުޅަނދުފަހަރު ބަލަންޖެހޭ ވަރަށް ބަލާނެ. ހެލިކޮޕްޓަރ އަކީވެސް ވައިގެ ތެރޭގައި އުދުހޭ އެއްޗެއް، އަމުދުން މިތާ އޮތީ ވަރަށް އާދައިގެ 2 ހެލިކޮޕްޓަރ. އެއީކީ ހަނގުރާމަތީ ބޭނުންކުރާ ވަރުގަދަ އެއްޗިއްސެއްނޫން. މިއީކީ ރައީސަކަށް ހުންނަ މީހެއްގެ މޮޅުކަމުން ހާލަތު ބަދަލުވާ އެއްޗިއްސެއް ކަންކަމެއް ނޫން.

    6
    4
  15. ނަމަ

    އިންޑިޔާގެ އެހީއައް އެދުނު ނަމަ