އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވަން ހަމަޖެހިފައިވާ ޖަލްސާގައި މޯދީ ވާހަކަފުޅު ދެއްކެވުމުގެ ކުރިން ޖަލްސާ ދޫކުރައްވާ ނިކުމެވަޑައިގަންނަވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޠާރިޤު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯދީ ތަޤުރީރު ކުރައްވާ ޖަލްސާ ދޫކުރައްވާ ނިކުމެވަޑައިގަންނަވަން ނިންމެވީ އިންޑިއާ ގައި މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާތަކަށް އިހްތިޖާޖް ކުރުމުގެ ގޮތުން ކަމަށެވެ.
ޠާރިޤު ވަނީ މޯދީ ތަޤުރީރު ކުރައްވާ ޖަލްސާ މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގައި ހަމަޖެއްސުމަކީ ދީނާއި ސިޔާސަތު ވަކިކުރާ ސެކިއުލާ ވިސްނުމަށް ވަކާލާތު ކުރާ ފަރާތްތަކުން ރާއްޖެ ސެކިއުލާ ސްޓޭޓަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ވިދާޅުވެފައެވެ.
"ތުރުކީގެ ކުރީގެ ރައީސް އަތާތުރުކް ގެނައި ފަދަ ބަދަލުތަކެއް ދިވެހިރާއްޖެ އަށް ގެންނަތަން ބަލަން ތިބެންވީތޯ؟" ޠާރިގު ސުވާލު ކުރެއްވިއެވެ.
މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރުމުގެ ދައުވަތު ދިނުމަށް ފެނޭތޯ ބަލަން ނެގި ވޯޓުގައި ވެސް ޠާރިގު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
ޠާރިޤު އަކީ މޯދީ ތަޤުރީރު ކުރައްވާ ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް މިހާތަނަށް އިއުލާން ކުރެއްވި ހަމައެކަނި މެންބަރެވެ.
ޠާރިޤު ވަނީ މީގެ ކުރިން ވެސް އިންޑިއާ އާއި ދެކޮޅަށް އެހެން ބޭފުޅުން ނުދައްކަވާ ބައެއް ވާހަކަފުޅުތައް ދައްކަވާފައެވެ. އެގޮތުން 1988 ވަނަ އަހަރު ނޮވެމްބަރ 03 ހާދިސާ އިން ރާއްޖެ ސަލާމަތް ކޮށްދިނީ އިންޑިއާ ކަމަށް ދެކެވޭ ވާހަކައަކީ ހަޤީޤަތާއި ހިލާފު ވާހަކައެއް ކަމަށް ވިދާޅުވެ މިދިޔަ އަހަރު ކުރީކޮޅު ޕީޕީއެމްގެ ޖަލްސާއެއްގައި އޭނާ ވާހަކަފުޅު ދެއްކެވިއެވެ.
އެޖަލްސާގައި ޠާރިގު ވިދާޅުވީ އެ ހާދިސާ އިން ރާއްޖެ ސަލާމަތް ކުރީ އިންޑިއާ ސިފައިން ނޫން ކަމަށާއި އެ ހާދިސާއިން ރާއްޖެ ސަލާމަތް ކުރީ ދިވެހި ސިފައިން ކަމަށެވެ.
"އިންޑިއާ ސިފައިންގެ ފުރަތަމަ ފްލައިޓް ވެސް ހުޅުލޭ އެއާޕޯޓްގައި ޖެއްސީ ހަވީރު 17:30 ގައި. އޭރު ދިވެހި ސިފައިން ރާއްޖެ ސަލާމަތްކޮށްފި. އެކަމުން އަޅުގަނޑުމެން ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާކުރީ ޝަހީދު ހުސައިން އާދަމް. އޭނާ އަށް ސެލިއުޓު ކުރަން." ޠާރިގު އެޖަލްސާގައި ވިދާޅުވިއެވެ.
މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހު އިރުއޮއްސި 18:45 ގައެވެ.
ސާބަސް އިއްޒަތްތެރި މެމްބަރ
ސާބަހޭ. އިއްޒަތްތެރި މެންބަރ ކިތައްމެ މެންބަރުން މަދަސް. ނުރުހުން ފާޅު ކުރައްވާާތިﷲމިގައުމް ކެނެރީގެ އާއިލާ ގެ ކިބައިން ސަލާމަތް ކުރައްވާށި
ސާބަހޭ
ޠާރިޤު ޖަލްސާ ދޫކޮށްދަނީ މޯދީ ކިޔާއެއްޗެއް ޠާރިގަށް ފަހުމު ނުވާނެކަމަށް ވިސްނޭތީ، ބަކަނާއެއް ދައްކާފަ އަވަހަށް ދަނީ ނޫންބާ؟
ތޯރިގަގީ އިބޫ ހެން ނުކިޔަވާ ހުރި މީހެއް ނޫން.
ފަހުމް ނުވަންޏާ ގޮނޑީން ވިއްސާލާނީތަ؟ ހެހެހެ ހާދަ ވިސްނޭ މާޒީގެ ބޯދާ ލާދީނީއެއް.
އިއްޒައްތެރި މެންބަރަށް ތޯރިޤުއަށް ބަރުޙަބާ ތިޔައީ ޤައުމުގެ ޒުވާނުން ނަކީ ތިޔައީ ތިޔައީ އަޅުގަނޑު މެންގެ މުސްލިމް އަޙުންނާއި އުޙުތުން ދެކެ ލ؛ޯބިވާ ދަރީން ނަކީ ތިޔަދެއްކެވި ނަމޫނާއަށް އަށް ވަރަށް ބޮޑަށް އައްސެރިބަހާ ސާބަސް ދަންނަވަން އަދި ތޯރިޤު އެކެއްވި ރީތި މިސާލުން މިސާލު ނަންގަވާގެން ދީނާ ޤައުމުގެ ދިފާޢުގައި ރައްޔިތުން ހޯވާފަ ތިއްބެވި އެހެން މެންބަރުން ވެސް ޢަމަލުކުރާނެ ކަމަށް އުންމީދު ކުރަން އަދި ދީނުގެ ޙައްޤުގައި އަދި މުސްލިމުންގެ އައްޤު ގައި ދެންތިބި ބޭފުޅުން މަސައްކަތް ކުރައްވަނީ ކިހާ ވަރަކަން ކަންވެސް މިއަދު ހާމަވެގެންދާނެ އަޅުގަނޑު މެން ރައްޔިތުން ތިބޭނަން ބަލަން ތޯރިޤުއަށް އަދިވެސް އެއްފަހަރު ޝަކުރުދަންނަވަން' ޝުކުރިއްޔާ ތޯރިޤު*
ސާބަހޭ އިއްޒަތްތެރި މެމްބަރަށް ތީ މިބުނާ ދީނާ ޤައުމު އަދި ދިވެހިރައްޔިތުން ދެކެ ލޯބިވާ އިޙްލާސްތެރި ތެދުވެރި މެންބަރުންނަކީ
ޔާﷲ މިފަދަ އިޙްލާސްތެރި ދީނާއި ޤައުމު ދެކެ ލޯބިވާ މެމްބަރުން ދިވެހި ރާއްޖޭގެ ރައްޔިތުން މަޖިލިސްގޭގައި އިތުރު ކުރައްވާ އެންމެހާ މެމްބަރުންނަށް ހެޔޮވިސްނުން ދެއްވާންދޭވެ. އާމީން
ފައްފަށުން ސުކުރިއްޔާ
ޕީޕީއެމް/ޕީއެންސީ އަދި މަޖިލީހުގައި ތިއްބެވި މިނިވަން މެންބަރުން ޓޮމް ނަމޫނާއަކަށް ބަލަންޖެހޭ. އަދި ދީނުގެ ހައްގުގައި ހަރުދަނާ މިސާލެއް ދައްކަންޖެހޭ. މޯދީގެ ބޮޮޑުވަޒީރުކަމުގެ ވާހަކަބާއްވަމާ! އޭނާގެ ޗީފް މިނިސްޓާރކަމުގެ ދައުރުގައި ގުޖުރާތުގައި ހިންދޫން ވަނީ މުސްލިމުންގެ ގަތުލުޢައްމެއް ހިންގާފައި. މާތް ﷲ ހުރިހާ ކަމެއް ދެކެ ދެނެވޮޑިގެންވޭ!
ސާބަސް ތިހެން ތިބޭނީ ރައްޔަތުންގެ މެންބަރުން ބަޔަކު ޖަހާހާ ބެރަކަށް ނަށާކައް ނުޖެހޭނެ
ފުނަދޫރައްޔިތެއްގެ ހައިސިއްޔަތުން ފުނަދަުދާއިރާގެމެމްބަރައް އަޅުގަނޑުގޮވާލަން ގެރިމޯދީ ޖަލްސާއައް ފުނަދޫދާއިރާ ތަމްސީލްކުރައް މުހައްމަދު ސާހިދުމޯދީތަގުރީރުކުރާޖަލްސާއައް ނުދިއުމައްގޮވާލަން ފުނަދޫރައްޔިތެއްގެ ހައިސިއްޔަތުން
ސާބަސް ތީ ކެރޭ މެމްބަރެއް! އިސްލާމް ދީން ހިމާޔަތް ކުރަން އެހެން މެމްބަރުން އިއްޒަތްތެރި މެމްބަރުގެ، ނަމޫނާގާ ހިފާނެކަމަށް އުންމީދު ކުރަން
ސާބަސް ދަރިޔާ.
ސާބަހޭ... އެހެން މެންބަރުންވެސް އެ ގޮތަށް ކަންތައް ކުރާނެ ކަމަށް އުއްމީދުކުރަން .. ަ
މޯދީއެއް ކަމަކު މި ޤައުމުގައި އިސްލާމް ދީނުގެ ޙުކުމް ތަކާ ޚިލާފު އެއްވެސް އެއްޗެއް ބުނެފިނަމަ ... ބުރިޖު ބަންދު ކުރިޔަސް ރާއްޖެއިން ފައިބަން ފަސޭހައެއް ނުވާނެ ޝާހިދު ރާއްޖެ ހަވަރަށް ދީގެން ހަނުހުރެދާނެ އެކަމަކު ރައްޔިތުން ނުތިބޭނެ
ނަމޫނާއެއް...
ދިވެހިރާއްޖެ އިންޑިޔާ ދަށުވާކަށް ނުޖެހޭ، ހާއްސަކޮށް މިކަހަލަ ނުބައި މޯދީ ޝައިތޯނެއް ވެރުކަމުގަ ހުއްޓަކާއެއް، މުސްލިމުން، މުސްލިމުންނަށް ނަސްރުދިނުމުގެ ބަދަލުގައި މިކަހަލަ ޖާހިލަކަށް މިހާއިއްޒަތެއް މިދެނީ މުސްލިމުންގެ އަގުވައްޓާލަންތަ، މިކަމުގަވެސް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ، ވެރިކަމަށް ހޮވިފަދައިން
ދީނާއި ޤައުމަށްޓަކައި ބޭނުންވަނީ ތިޔަފަދަ ކެރޭ މެމްބަރުން.
ސާބަހޭ ޓޮމް
އަޅުގަނޑު ތިބޭފުޅާ އަށް ސެލިއުޓުކުރަން،އަނިޔާވެރިކަމާއި ދެކޮޅަށޭ ކިޔާފަ ނިކުމެއުޅޭ އެމް.ޑީ.ޕީ ހަގީގީ ސޫރަ އެބަ ފެނޭތޯ؟މިސްކިތް ތަޅާ މޮޑީ އަށް މަރުހަބާ ކިޔާ މަޖުލިހަށް އޭނާ ވައްދާނީ އެއީ ދީނާ މެދު ކުޑަވެސް ފަރުވާލެއް ހުރި ބަޔެއްނުން.އަނިޔާވެރިކަން އިންތިހާ އަށް މުސްލިމުންގެ މައްޗަށް ފޯރުވާ ނުބައި ޖައްލާދުން ތަޤުރީރުކުރާތަން އަޑުއަހަން އަތްޖަހަން ތިބޭނީ އަނިޔާވެރިކަމަށް ތާއީދުކުރާ މީހުން.
މޯދީ އާއި ސަލާމް ނުކުރުމައް މަޖްލިސް ގެ އިހުލާސްތެރި މެމްބަރުންނައް ގޮވާލަން....
ސާބަހޭ އިއްޒަތްތެރި މެމްބަރ. ތިޔައީ ދިވެހި ލޭހިނގާ ދަރިން.
???
ތީ ދިވެހި ދަރިން ތިބޭ ގޮތަކީ އަދިވެސް ހޮވާނީ ތި މެމްބަރު
ސާބަހޭ ޠޯރިޤް.
ސާބަސް ވަރަައް ލޯބިވޭ ދިވެހިން ތިބޭނީ ތިހެން ގައުމު ދެކެ ލޯބިވާ
ސާބަހޭ ޓޮމް
ޝާބަސް ޠާރިޤް ތީ މުސްލިމުންނަކީ
ނޫނޭ ދަރިޔާ މުސްލިމުންނަކީ 5 ވަގުތު ނަމާދުގާއިމްކޮށް ދެއްކުންތެރި ކަމުން ދުރުވެ ނަޒާހަތްތެރި އަދި ނަބަވީ ސުންނަތާއި އިސްލާމްކަމުގެ ރުކުންތައް އަދާކުރެވޭ އިހްސާންތެރިޔާއެވެ.
ޢެއްގޮތަކަށްވެސް ޕީޕީ ކުދިންނަށް ދެއްކެން ގަދަ ބަސްބުނާމީހާއެއްނޫން. ގެރިމޯދީ ވަރަށްރޯނެ ޓޮމްނެތިއްޔާ
ކަލޭ ވަރަށް ހިތުގަ ޖެހިއްޖެ ދޯ؟ ކަލެއާއެކު ރޮއިދީފާނަން މަ. ހެހެހެ
މުސްލިމުންނަކީ އަނެއް މުސްލިމަކަށް އަނިޔާ ދޭ މީހާއާ ދެކޮޅަށް ތެދުވެ މުސްލުމް އުެްމަތަށް ނަޞްރުދޭ މީހާ. އިބށދާތއ އަދާކުރުމަކުން މުސްލިމުންގެ ވާޖިބު އަދައެއްނުވާނެ. ﷲ ގެ ދީނަށް ކުޑަވެސް ނިކަމެތި ކަމެއް ގެނެސް ﷲ ގެ އަދުއްވުންނާ އެއްމަޖްލިސް ކުރާ ހާއިނުންނާ އެކުވާ މީހާއީ އެ ޚާއިނުންގެ ތެރެެިންވާ މުސްލިމް އުެްމަތުގެ ދުޝްމަނެއް. ނާތަހުޒީބު ސިކުންޑި އުނި ބުއްދިނުކުރާ ފާސިޤެއް.
މޯދީ ކިޔާ އެއްޗެއް ނޭންގޭނެތީ ޖަލްސާ ދޫކުރައްވާ ނިކުންނަން ނިންމީތީ ޓޮމް އަށް ޝުކުރު ދަންނަވަން
ކަލޭމެން ކިތަންމެ މުސްލިމުންނާދެކޮޅު މޯދީ ދެކެ ލޯބިވިޔަސް މިސްކިތަޅާ މޯދީދެކެ ރުޅިއަންނަ މުސްލިމުން އުޅޭ މިޤައުމުގައިވެސް އެބައުޅޭ އިނގޭތޯ!
ތިބާގެ މަންމައާ ބައްޕައާއި އަޚްގރ ގާތިލަށް ތިބާ ތިހެން ޘަނާ ކިޔާނަންތަ؟ މުސްލިމުންނަކީ އަޚުން. ކަޝްމޯރުގެެ މުސްލިމުން މަރާ އިންޑިޔާގެ މުސްލިމް އާއިލާތައް އަންދާ މީހަކާ އެއްކޮޅަށް ވާހަކަ ދައއކާފަ ނަމާދަށް އަރާފަ ދުޢ ކުރަން ކެރޭނެތަ؟ ހަމަ ލަދެއް ހަޔާތެއްނެތި ﷲ ގެ ދަރުބާރަށް ދާންކެރޭނެތަ؟
މޯދި އިންޑިޔާގެ މުސްލިމ އަޙާގެ އަންޔާވެރި ޤާތިލު..
ދެ ގަޑިއިރު މަޖިލީހުގަ އިންނަން ވީމަ ބުރަވުގެން އުޅޭ މީހެއްތީ ކަލޭ އޮވޭ މުސާރަ ނަގާގެން ގޭގަ
މަރުހަބާަ!
މިހާރުވެސް އެ ގޮޑީގަ އިންނަން ޖެހޭ ގަޑި ގިނަވެގެން އުޅޭ މީހަކު ތިފާޑަށް ތެޅިގަތީމަ ހައިރާނެއް ނުވޭ. މުސްލިމުންނަށް ކުރާ އަނިޔާ ކިޔައިގެން ވާހަކަ ދެއްކީ އިހްލާސްތެރި ހިތަކާއެކު ނަމަ ބްރިޖް ހުޅުވި ރަސްމިއްޔާތުގަވެސް ކަލޭ ބައިވެރި ނުވާންވީނު. ގައިމު ޗައިނާ އާއްމުން އެއްފަރާތް ކޮށްފަ ސީދާ ސަރުކާރުން ދޯ އެތާގެ މުސްލިމުން އެހާލު އެ ޖައްސަނީ. އެހެންވީމަ ކަލޭ ކަހަލަ ތި ތަސައްރަފު ނުފުދޭ މީހުން ތި ގޮޑިއަށް ހޮވީމަ ވާނީ ތިހެން.
ފޮނިކަން. ނޫސްތަކުގެ ފަލަ ސުރުޚިީތަކުން ޖާގަ ހޯދަން.
ކަލޯ މާޒީ ކަލޭ އެކަންޏަށް އެނގެނީ ކިޔާއެއްޗެއް!
ތޮމް ގެ ނިންމުން ހަމަ ވަރަށް ރަނގަޅު. އަދި ބޮޑަށް ފުރިހަމަވާނީ ޕާކިސްތާން ދިދަ ހިފާގެން އެދުވަހުގެ ޖަލްސާގައި އެމް.ޑީ.ޕީގެ ފަރާތުން ނޫނީ ޖާބިރު ކަހަލަ މީހެއް އިނުން. ޕާކިސްތާންގެ ހިލޭ އެހީގައި އެމީހުން އަޅާދިން ތަނަކަށް ވަދެ އެމީހުންނާ ހަގުރާމަ ކުރާ ޒާލިމަކު ވަދެ ތަޤްރީރުދޭއިރު އޭނައަށް އެކަން އަންގަދެން އެބަޖެހޭ. އަދި ރާއްޖޭ ގިނަ ރައްޔިތުން އެދުވަހު ގޭގޭގަ ޕާކިސްތާން ދިދަ ނަގާ މަގުތައް މަތީ ޕާކިސްތާން ދިދަ ހިފައިގެން އުޅުން މުހިންމު މެސެޖެއް ލިބިގެންދާނެ. މިކަމުގައި ރާއްޖޭގައި އުޅޭ އިންޑިޔާގެ މުސްލިމުންނާ ކްރިސްޓިއަނުން ބައިވެރިކުރުން މާފުރިހަމަކޮށް ފެންނާނީ. އިންޑިޔާގައި މޮދީ އެންމެ ގިނަ އަހުވަ ދައްކަނީ މިދެދީން ގަބޫލުކޮށްގެން ތިބި މީހުންނަށް
އިއްޒަތްތެރި މެމްބަރ ނަމަާދު ގަޑީގަ އިންނަވަނީ މިސްކިތުގަތޯ.. ނޫނީ ކޮފީ މޭޒެއް ކައިރީގަތޯ.. މޮޅުވާހަކަ ނުދައްކާ.
ކަލޭ ހާދަ ހިތްދަތިވީ! ސަބަބު ކިޔާހޭ ގެރި ސިންގް؟
ﷲ ގެ ދީނަށް ހުރުމަތްތެރިކޮށް ހިތިއްޔާ އެވަރު ދެރަތަ؟ މުސްލިމް ގައުމުތަކުގައި އުޅޭ ޣައިރު މުސްލުމުންވެސް މުސްލިމުންގެ ދީނަށް ހުރުމަތްތެރިކޮށްހިތާ. އެކަމަކު މިތާ އުޅޭ މުސްލުމުންނޭ ކިޔާ އަހުލުވެރިން އިސްލާމް ދީނަށްވެސް ހުރުމަތްތެރިކޮށް ނުހިތާ. އެމީހުންނަށް ﷲ ގެ ބަސްފުޅަށްވުރެ މުހިންމުވަނީ އަދި މާތއކޮށް ހިތެނީ އެމީހުންގެ ރޫހާނީ ލީޑަރުގެ ބަހަށް.
ޓޮމް އަށް އައްސަރިބަހާއި ސާބަސް!! މޯދީ ތަޤްރީރު ކުރާ ވަގުތު، ބޭނުން މެމްބަރަކު ޢިޝާ ނަނާދައް ނިކުތަސް މަޖިލީހުގެ ރިޔާސަތާއި އަދި އެހެން ބައެއް މެމްބަރުން ވެގެން ތަޤްރީރު ހުއްޓުވިޔަ ނުދެއްވާނެކަން ދަނެއު! ހަދަން އުޅޭ އަދި ބޭނުންވެގެން އުޅޭ ގޮތަކީ އެއީ! ފުރަތަމަ ފިޔަވަޅަކަށް މިވަރުވެސް ފުދޭނެ!
ޓޮމް ގެ ތިޔަ ޚިޔާލަށް ތާއީދު. އިސްލާމުންނާމެދު މޯދީ ގެންގުޅުއްވާ ޚިޔާލާ ހެދި ދިވެހިންވެސް ނުރުހޭކަން ރަމްޒީ ގޮތުންވެސް ދައްކަންޖެހޭ. ދިވެހިންގެ އާދަކާޔާ ދިމާ އިދިކޮޅު ވަގުތެއްގައި ދެނަމާދަށް ދަތިވާގޮތަށް އިންތިޒާމް ކުރުމަކީވެސް އެކަން ހަމަޖެއްސި ބަޔަކު ކުރި ޖެއްސުމެއް.
ވަރަށް ރަނގަޅު ނިންމުމެއް.
ސާބަހޭ ޓޮމް.. ތީ ދިވެހި ދަރިންނަކީ..
ވަރަށް ރަނގަޅު
ސާބަހޭ ތޯރިގު
ހމމ ބަހަނާއެއް ދައްކާފަ އޮވޭ ބްރޭކް ނަގަން... ތިއީ 2 ގަޑިއިރު އެއްތާކު މަޑުނުވެވޭ ސޮރެއްނު!
ބަހުން ނަމަވެސް މުސްލިމު އުއްމަތުގެ ޚައްޤުގައި އަނގަހުޅުވާލަން ކެރިެްޖެނު. ކަލޭތިއީ ﷲ ގެ އަދުއްވުންނާ އެކުވާ މީހެއް. ކަލޭގެ ބައިވެރިޔާ ދައުވަތު ދީގެން މިގަެުމުގެެ ދިސްތޫރު ހަދާ މަޖްލިހަށް ތިވައްދަނީ މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ އަތެއްގެ ވެރިއެއް. ﷲ ތަޢާލާގެ ރަހުމަތުން މިގައުމުގައި މިއޮތް ވެރިކަން ވީެްދަވާނދޭވެ. ﷲ އަށް އީމާންވާ ﷲ ގެ ދީނަށް ނަޞްރުދޭނެ ވެރިން އަޅަމެނަށް ދެއްވާށި. އަދި ﷲ އަށް އީމާންވެ ދީނަށް ނަޞްރުދޭ ޖީލެއް މިގައުމު ނެރުެއްވާނދޭވެ. އާމީން.
އައި ސެލިއުޓް ޔޫ، ޑިއަރ ޓޮމް!
ވަރަށް ރަގަޅު...
ބަދަލުގަ ހެޔޮރަހްމަތް މިންވަރު ކުރައްވާށި. ޢާމީން
މައްސަލަޔަކީ ތޯރިޤު ޖަލަސާގައި ބައިވެރި ނުވުން ކީއްވާނީ ޖަލްސާގަ ބައިވެރިވެ އެކަމާ ދެކޮޅުހެދިއްޔާ ބައިވެރި ނުވުމަކީ ފިޑިކަން
ސާބަހޭ ދަރިއާ. ސެލިއުޓް ޔޫ
އައި ސެލިޔުޓް ޔޫ ??????
މާތްﷲ ތިބާއަށް ހެޔޮޖަޒާ މިންވަރު ކޮށްދެއްވާންދޭ ! ދެން ނެތްތޯ އިސްލާމުންގެ ހައްޤުގަ އެއްޗެއް ބުނަން ކެރޭ މެންބަރެއް ؟ ދީނީ ކިޔައިގެން ހުވާ ކޮށްފަ މި އިސްލާމީ ފަސްގަޑު ނަޖިސް ކުރަން ގެރިއަށް އަޅުކަން ކުރާ އިސްލާމުން މަރަމުން ދާ ގާތިލެއް މި ޤައުމަށް ތި އަރުވަނީ. މިއީ އަސްލު އަނިޔާއަކީ....
އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގު ކުރަންފެށީމަ ތީނަ ރާއްޖެ ދޫކޮށްވެސް ދާނެހެން ހީވޭ..ކުރިން އަދީބު ހައްޔަރު ކުރީމަ ގޮސްހުރީ ލަންކާގަ..
ސާބަސްޓޮމް. 1800 ގެ އަހަރުތަކުގަ ދުނިޔެއޮތް ނާތަހުޒީބު އަޅުވެތި ވިސްނުން ޕްރޮމޯޓް ކުރާމި ސަރުކާރު އަށްވެސް އިންޑިޔާގެ ނާތަހުޒީބު ވިސްނުމަށްވެސް ތާއީދުނުކުރާތި.
ސާބަހޭ ބްރަދަރ