ބ. އަތޮޅުގައި ހިންގާ ރިސޯޓަކުން އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫއަށް ކުނިއަޅަމުންދާ މައްސަލަ ފެންމަތިވެއްޖެއެވެ.

އެ މައްސަލަ ފެންމަތިކޮށްފައި ވަނީ ޓްވިޓާގައެވެ. ޓްވިޓާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ކެޔޮދޫ އަތިރިމައްޗަށާއި ރަށުތެރެއަށް ކުނި ފުނިތައް އަޅާފައިވާ މަންޒަރެވެ. އަދި އެ ފޮޓޯތަކުގައި ކޮތަޅުކޮތަޅަށް އަޅާފައިވާ ކުނިތައް ކެޔޮދޫ ގޮނޑުދޮށަށް އަޅާފައިވާ މަންޒަރުވެސް ހުއްޓެވެ.
ކެޔޮދޫ ގޮނޑުދޮށަށް ކުނި އަޅާފައި - ފޮޓޯ: ޓްވިޓާ

ޓްވިޓާގައި އެކަން އާއްމު ކުރި ފަރާތުން ބުނެފައިވަނީ ކެޔޮދޫ އަތިރިމައްޗަށް ކުނި އަޅާފައި ހުންނަނީ އެ ރަށާ ކައިރީ ގައި ހިންގާ ދިގުފަރު ރިސޯޓުން ކަމަށެވެ. އަދި މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި، އެ ރިސޯޓުން މި ކުރާ ބޭއަދަބީ ކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް އޭނާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އީޕީއޭ އިން އިއްޔެ ބުނީ، ކެޔޮދޫއަށް ކުނި އަޅަމުންދާ މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެންދޫ އައިސިރު

    ކެޔޮދުއަށް ދިގުފަރުންއެޅި ހުރިހާކުންޏެއް ހަފުތާއެއްގެ ތެރޭގައި ނުނަގައިފިނަމަ ކެންދޫގެ ރައްޔަތުންނުކުމެ އެޅިހުރިހާކުންޏެއް ދިގުފަރުރެސޯޓުގެ ފަރަށްއަޅަންޖެހިދާނެ ވާހަކަ ހިތާމަޔާއެކުދަންނަވަން ސަރުކާރުން މިކަމަށް އެއްބާރުލުން ނުދީފިނަމަ ރައްޔަތުން މިކަންކުރާނެ މިއީ އެދުވަސްވަރުކަން ސަރުކާރުދަންނަން ޖެހޭނެ.

    16
  2. ކުޑަރިކިލު

    ދިގުފަރުރިސޯޓު ޖޫރިމަނާކުރުމަށް އީޕީއޭ އަށްގޮވާލަން ދިގުފަރުން ތިކުރީވަރަށް ނާތަހުޒީބު އަމަލެއް ރިސޯޓުތަކުގެ ކުނިއަޅަން ހަމަޖެހިފައިވަނީ ތިލަފުއްޓަށް.