ހަންގޭރީގައި މާރިޗް އިން ޖޫން ގެ ނިޔަލަށް ބޭއްވި އިންޓަރނޭޝަނަލް ކޯޗިން ކޯރސް އާމިނަތު ޝިޔާނާ ފުރިހަމަކޮށްފިއެވެ.

ޝިޔާނާ އަކީ ކުރީގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިއެކެވެ. ރާއްޖޭގެ އޮލިންޕިކް ކޮމިޓީން ހުޅުވާލި ފުރުސަތެއްގައި ޝިޔާނާގެ ނަން ފޮނުވާފައި ވަނީ އެފްއޭއެމްގެ ފަރާތުންނެވެ. ޝިޔާނާ އަކީ މިހާރު ކުޑަކުދިން ޓްރެއިން ކުރުމުގައި ހަރަކާތްތެރިވާ ކޯޗެކެވެ.

ތިއަރީ އަދި ޕްރެކްޓިކަލް ހިމެނޭހެން 12 މާއްދާ ކިޔަވައިދިން މި ކޯހުން ޝިޔާނާ ވަނީ ފުޓުބޯޅަ ހިމެނޭ ހުރިހާ ބައިތަކުން ފުލް މާރކްސް ހޯދާފައެވެ.

މިކޯހުގައި ކިޔަވައި ދީފައިވާ މާއްދާތަކަކީ ސްޕޯޓް ޕެޑައަގޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ނިއުޓްރިޝަން، ސްޕޯޓް ސައިކޮލޮޖީ، ޓްރެއިނިންގް ތިއަރީ، ސްޕޯޓް ފިޒިއަލޮޖީ، ހިޔުމަން ބައިލޮޖީ، ސްޕޯޓްސް އިންޖަރީސް، ރިސާރޗް މެތަޑްސް، ސްޕޯޓް ކޮމިޔުނިކޭޝަން އަދި ޖެނަރަލް ކޮންޑިޝަނިން ހިމެނެއެވެ.

ރާއްޖޭގެ ޤައުމީ އަންހެންޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ކޮނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކޮނޑުގެ އޮޕަރޭޝަން ކުރުމަށްފަހު ދެން ޝިޔާނާ ފެނިގެން ދިޔައީ އެފްއޭއެމް އިން ހިންގި "ސީ" ލައިސަންސް ކޯޗިން ކޯހުންނެވެ.

ކިޔުންތެރިންގެ ހިޔާލު