ޖަމާއަތުގައި މަޢްރިބް ނަމާދު ނިންމާފައި މޯދީގެ ތަގްރީރު އައްސަވާފައި އިޝާ ނަމާދަށް ޖަމާއަތަށް ވަޑައިގަނެވޭނެ ކަމަށް މިނިސްޓާރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު މެމްބަރުން ތަކެއް އަންނަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ވަގުތު ދެ ނަމާދު ދޭތެރެއަށް ވަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެގޮތުން ޓްވިޓާ މެދުވެރިކޮށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު (މަޢްރިބު އަދި އިޝާ) ދޭތެރޭއަށް ވާގޮތަށް މަޖިލިސް ރައީސް އެޖެންޑާ ކުރެއްވުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ އަހައި ސުވާލު އުފައްދަވާފައެވެ.

ޝިޔާމް މިހެން ވިދާޅުވުމުން މަހްލޫފު ވަނީ އެޔަށް ރައްދު ދީފައެވެ. އެގޮތުން މަހްލޫފް ވިދާޅުވެފައިވަނީ މަޢްރިބް ނަމާދު ޖަމާއަތުގައި ކުރުމަށް ފަހު މޯދީގެ ތަގުރީރު އައްސަވާފަ، އިޝާ ނަމާދަށް ޖަމާއަތަށް ވަޑައިގެންނެވޭނެ ކަމަށެވެ. އަދި ނިމުނު މަޖިލީހުގެ ބައެއް ދުވަހު ހެނދުނު ފަށާގޮތަށް ދަންވަރު ވެސް ނިންމާފައި އެބަ ހުރި ކަމަށެވެ.

“ފަތިސް- މެންދުރު- އަސުރު- މަޢްރިބް- އިޝާ- ފަތިސް. ހައްތަަހާވެސް ސެ ނަމާދު ދޭތެރެ ނޫންތޯ؟”މަހްލޫފް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ހޮނިހިރު ދުވަހު ރާއްޖެ ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ. 80 މެމްބަރުންގެ ވޯޓާއި އެކީ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ނިންމަވައިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދުމުގެ މަތިންނެވެ.
މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްވެސް ރާއްޖެ ވަޑައިގެންފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. Anonymous

    ކަލޯއަށް އެނގޭތަ ނަމާދުވަގުތު އޮންނަކަންވެސް؟

    141
    3
    • ހހހހ

      މިސޮރަކަށް މިހާރު ތިއިން ކަމެއް ނޭނގޭނެ. އަޚްލާޤެއްވެސް ހުރެގެންނު ދީނެއް އޮންނާނީ. މިމީހުންގެ ދީނަކީވެސް މިއްލަތަކީވެސް ރޫހާނީ ލީޑަރު.

      97
      2
  2. ޒުހުރާ

    މަޣްރިބުނަމާދާ އިޝާނަމާދާ ދޭތެރެއަކީ ޝައިތާނުން އެންމެ ބާރުގަދަވާ ވަގުތު. ކަލޭމެންކަންކަން ކުރާނީ މިކަހަލަ ވަގުތު ތަކުގައިކަން މުސްލިމު ދިވެހި ރައްޔިތުން ދަނޭ.

    178
    2
  3. ޣގގގ

    ނަޝީދުގެ ޕަޕެޓް. އެކަލޭގެ ކޮންމެ ނުބަެިކަމެއް ކުރިއަސް އެކަން ދިފާއުކުރަން އިބިލީހުގެ ލަޝްކަރު އެތުރޭނެ.

    163
    2
  4. މާޒީ

    ނަމާދޭ ކިޔައިގެން މި އުޒުރު ދައްކާމީހުން ރަނގަޅަށް ވިއްޔާ ބަރާބަރަށް ނަމާދަށް ނުވެސް ދާނެކަންނޭނގެ. .

    29
    94
    • Anonymous

      މުސްލިމުންނަށް ފުރައްސާރަކުރަން އެވަގުތު އެސަކަރާތް އެޖަހަނީވެސް. މުސްލިމުން އެވަގުތު ހާއްސަ ކަންކަމުގެ ގޮތުގައި ގާތިލަކު ލައްވާ ހާއްސަކަމެއް ނުކުރާނެ. މިހުންނަނީ ﷲ ގެ ދީނަށް ގޮންޖެހުން. މިނުބައިކަންކަން ދިފާޢު ކުރާ މީހުންވެސް ﷲ އަށް ބިރުވެތިނުވޭ. ޖާހިލު ނުބައި މީހުން ދިރިއުޅޭ ގައުމަކަށް މިތަންވެ ނިމިއްޖެ.

      91
      2
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އެއިކީ ކަލޭ ބަލަންޖެހޭ ކަމެއްނޫން.. ދިއުމާ ނުދިއުމަކީ އެމީހެއްގެ އަމިއްލަކަމެއް.. އިސްލާމީ ގައުމެއްގަ ނަމާދަށް ބުރޫނާރާނެހެން ކަންކަން ރޭވުން ޕޮއިންޓަކީ.. ތިކަހަލަ ކޮންމެ މީހަކީ ޝައިތާނީ ފިކުރުގެ މީހެއް.. އަމިއްލަޔަށް އެމީހުން އެކަން ބޭޒާރުކުރާނެ.. އެކަހަލަ މީހުންނަކީ ޝައުތާނުންނަށް ތަބާވާމީހުން..

      84
  5. އަމައްޔާއި

    ދިވެހިން2ނަމާދު'ދޭތެރެ'މުހާތަބުކޮއްއުޅެނީ'މަގުރިބުނަމާދާއިސާނަމާދާ' ދޭތެރެ.

    148
    2
  6. ވަގުމަހޭ

    އަހަރެން ކަހަލަ ވަގުންނަކަށް ނޭނގޭނެ.

    78
    1
    • ޣގގގ

      ވަގަކަށް ވީހިސާބުން ފެށިގެން ދީނުގެ ކަންކަން ހަނދާންނެތި ހިނގައްޖެ.

      72
      1
  7. ބުރިޖުއޯކޭ

    ބަލަ, ކަލޯތިހެން ނުބުނިއްޔާ ނޭންގޭނެ, ދިވެހިން ދެނަމާދުދޭތެރެ ކިޔަނީ, އަބަދުވެސް އެގަޑި އަށް.

    99
    2
  8. މަހޭ

    ކަލޯގަޔާ މިސޮރު ހަމަތަ

    88
    2
  9. ޣ

    ދެ ނަމާދު ދެމެދަކީ މަގްރިބް ނަމާދާ އިޝާ ނަމާދާ ދެމެދު .... މަހުލޫފް އަކަށް ނޭގޭތީ ބުނެލީ

    111
    2
  10. ަހައްގު

    މުސްލިމުންނައް ދުއްތުރާ ކުރާ ބައިގަނޑައް ބައިއަތު ހިފައިގެން އުޅޭ ބައެއް މި އެމްޑީޕީ އަކީ!!! ގެރި މޯދީ އާ ދެކޮޅައް އަޑު އުފުލަން ނިކުންނަން ވީ ވަގުތު މީ!!މިހާރު ބޭނުން އެއްޗެކޭ މިޔުމުގެ ހައްގު އެބައޮތް!! މިކަމުގެ ބޭނުން ރަނގަަޅު ގޮތުގަ ހިފަމާ؟؟؟

    88
    2
  11. ނަސްރު

    ދެނަމާދު ދޭތެރެއަކީ ކުޑަކުދިންނާއި ބޮޑެތިމީހުން ހަތިމްހިފައިގެން ގުރާން ކިޔަވަންތިބޭވަގުތު މިޖަލްސާ މިވަގުތުނުބޭއްވިއަސް އެއްކަމެއްވެސްނުވާނެ އަހަރެމެންތިޖަލްސާ އަޑެއްވެސްނާހާނަން ނުވެސްބަލާނަން މިފާއިތުވެދިޔަދުވަސްތަކުގެ ތިޔަމަޖުލިހުގެޖަލްސާއެއް ދުވަހަކުވެސްނުބަލަން އަދި އަޑެއްވެސްނާހަން ތިޔަޖަލްސާއަކީ އަހަރެމެންނަށް މާމުހިންމުއެއްޗެއްނޫން

    90
    1
  12. އިމޫ

    ދިވެހިން2ނަމާދުދޭތެރެ'ގޮތުގަ' އާމުކޮއްމުހާތަބުކޮއްއުޅެނީ'މަގުރިބުނަމާދާ' އިސާނަމާދާދޭތެރެ

    85
    1
  13. އަލި ކޮއި

    އަހުމަދު މަހުލޫފު 30 ހާސް ޑޮލަރު ޖަމާކުރީވެސް ދެނަމާދު ދޭތެރޭގައިތޯ؟
    ދިވެހިން ދެނަމާދު ދޭތެރެއަށް ކިޔަނީ މަޤްރިބް ނަމާދު އާއި އިޝާ ނަމާދާ ދޭތެރޭ ގެ ވަގުތައް ކުޑައިރު ޤުރުއާން ނުކިޔާމީހުންނަށް އެކަމެއް ނޭއްގޭނެ.

    84
    1
  14. ރާއްޖެ

    ދިވެހިން ދެނަމާދު ދޭތެރެއޭ ކިޔާ އުޅެނީ މަގްރިބް އާއި އިޝާއާ ދެމެދަށް.

    77
    2
  15. އައްމަޑޭ މީރާ

    މަޢުރިބު ނަމާދު އަޅާފައި ތިޔަމަޖީލީސް ތިބާއްވަނީ... އެވަގުތު ފާއިތުވާފަހުން މަޖިލިސް ނިމެނީ.. އެހެންވީމާ، ތިކަމަކީ 100 ޕަސެންޓް މުސްލިމުގައުމެއްގެ އެންމެ މަތީ މަޖިލީހުން ކޮށްގެން ވާނެ ކަމެއް ނޫން..

    82
    1
  16. މަހޭގަމާރު

    ދެނަމާދު ދޭތެރެ އޭ ބުނަނީ އިޝާ މަޢުރިބު ދޭތެރޭ. އެއީ ސުއްނަތުން ސާބިތުވާ ޚާއްސަކަން ދޭންޖެހޭ ވަގުތެއް. ތިމާމެނަށް ނޭގެންޏާ ފަޟީހަތް ވުމުގެ ބަދަލުގައި ހަނު ތިބުން މުހިއްމު.

    85
    1
  17. ދިވެހި ފޭރާން

    ތިޔަ އިއްޒަތްރެރި ކަލޭގެ ތީ ނަގޫފިތިފަ ހުރި ކަރަޕްޓް މީހެއް، އަންގަ ބަންދުކޮއްގެން ހުރިނަމަ މާތާހިރުވީސް!

    61
    1
    • ޢަަ

      ސީދާ މުނާފިގުން ބުނާ ކަހަލަ ވާހައެއް ތިޔަ ބުނެވުނީ ، މަޚްލޫފް

      12
  18. ދޮންބުޅާ

    މިރިއަށްވުރެ ގޮބޮޅިދޮށިވެގެން އުޅޭގޮލައެއް މީ!

    54
    1
  19. ސަންތި

    މަޣްރިބު ނަމާދާއި، އިޝާނަމާދާ ދެމެދުގެ ވަގުތަކީ، ޝައިތާނާ ބިންމަތީގައި ފެތުރިގަންނަ ވަގުތު! އެވަގުތަކީ ސިހުރުވެރިންނާއި، ފާދިރީންގެ ވަގުތު. މިވަގުތު ގައި، ޤްރުއާން ކިޔެވުމާއި، ކުޑަކުދިން ބޭރަށް ނުނެރުމަށް އިރުޝާދު ދީފައިވަނީ ކަމެއް ވެގެން!

    56
    1
  20. ގުއިރޯނު

    ދުނިޔެވީކަންކަމާހެދި އެނދުކެނޑޭބޮލުރިދިކެނޑިފަ ތިބޭމީހުން ނައް މަޢްރިބްނަމާދާއި އިޝާނަމާދާއި ދެމެދައް ދެނަމާދުދޭތެރެ ކިޔާކަމެއް ނުމެއެނގޭނެމެޔަ. އެއީ މިއުންމަތުގެ ނަބިއްޔާ މސއވ ގެސުންނަތުން ސާބިތުވާ ،ޝައިތާނުން އުތުރިގަންނަވަގުތު. ނޭންގެންޏާ އަނގަފުޅާ ނުކޮށް ހިމޭނުން ހުރިއްޔާމާތާހިރުވާނެ.

    45
    1
  21. ލޮލް

    މޯދީ އަކީ ސައިތާނާ، މަހުލޫފް އަކީ އޭނާގެ ފޮލޯވަރ އެއް!

    46
    3
  22. ރައްޔިތުމީހާ

    ތަންދޮރު ނުދަންނަ މީހުން ތިފަދަ މަޤާމުގައި ތިބޭތީ މައްސަލައަކީ ދިވެހިން އަބަދުވެސް ދެނަމާދު ދޭތެރެ ބޭނުން ކުރަމުން އައިސްފައިވާނީ މަޣްރިބު ނަމާދާއި ޢިޝާނަމާދާއި ދެމެދަށް.
    އެހެން ނޫނަސް އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ގޮތުން ކުރެވޭކަމަކަށް ނޫނި ތިކަން ނުވެ. ޚާއްޞަކޮށް މުސްލިމުންގެ ޭޭ ޢަދުއްވަކު ގެނެސް މުސްލިމުން ނަށް ތަޤުރީރު ދޭން ފުރުޞަތު ދޭން ނުޖެހެ.

    46
    2
  23. ސޯޕް ލައިޓް ބްރަދަރ

    ތިޔަހުރީ މިނިސްޓަރު ކަމެއްލިބިގެން ގަހުގަތްކޮޅު ހަނދާންނެތިފައި!!!!
    ތިޔަހެން ފުއްޕާފަ އުޅެނިކޮއް ދުނިޔޭން މޮޔަވީ އެކަންތައްތައް ހަނދާންކޮ ﷲއަށް ތައުބާވެބަލަ!!!

    42
    2
  24. ގޑން

    ދެނަމާދު ދޭތެރޭ ވަގުތަކީ އެންމެ ގިނައިން ޝައިޠާނުން ބިންމަތީ ފެތުރިގަންނަ ވަގުތު. ޝައިޠާނުން ނޫން ބައެެއް އެގަޑީގައި ނަމާދަށް ވުރެ އެހެނިހެން ކަންކަން އިސްނުކުރާނެ

    43
    1
  25. ބަރުގޮނު

    ބަހުގެ ލަފްޒަށް ބަލާގެން މާނަ ކުރާއިރު ދެނަމާދު ދޭތެރެއަށް ނުވާ ވަގުތެއް ނޯންނާނެ. ނަމަވެސް ދިވެހިބަހުގެ މުޙާވަރާއެއްގެ ގޮތުގައި " ދެނަމާދު ދޭތެރެ " ޒަމާނުއްސުރެ ކިޔާ އުޅެނީ މަޣުރިބް ނަމާދާ ޢިޝާ ނަމާދާ ދެމެދު ގެ ވަގުތުކޮޅަށް. އެހެން ކިޔިފައި އެއޮތީ މި ދެނަމާދު އެއްނަމާދު އަނެއްނަމާދާ މާބޮޑަށް ކައިރިވީމާ ކަމަށް ފެނޭ. އެއީ ގާތްގަޑަކަށް 80 މިނެޓް ނުވަތަ އެޢަދަދާ ކައިރި ޢަދަދެއްގެ މިނެޓް ކޮޅެއް. މަޣުރިބް ނަމާދު ކޮށްގެން ބޮޑު ރަސްމިއްޔާތެއް ފަށާ ނިމިގެން ޢިޝާ ނަމާދަށް ވަގުތަށް ޖަމާޢަތަކަށް ނުދެވޭނެ. މަޚްލޫފު މާނަ ކުރައްވާހެން ފަތިސް ނަމާދަށް ނުގޮވަންޏާ ޢިޝާ ނަމާދަށް ދެވޭނެ. މަޚްލޫފަށް ތިޔަ ވާ ގޮތަކީ ސަރުކާރުން ކާރެއް ދީފައި އޮތީމާ ސަރުކާރު ކޮއްފިއްޔާ ރަގަޅު ރަގަޅު ކިޔެނީ. " ހަކުރު ދެންޏާ ބޮޑުބޭބެ " ކަމަށްވަނީ.

    49
    3
  26. އަހުން

    ސައިތާނުގެ ޕަޕެޓަކަށް މަހުލޫފު ވެނިމިއްޖެ ދެނަމާދު ދޭތެރެ ނޭނގޭމީހަކު މިގައުމުގައި ނުހުންނާނެ މަހުލޫފުނޫނީ.

    47
    2
  27. ޖަވާހިރު

    ދެނަމާދު ދޭތެރޭ ނޫން އެހެން ގޮތެއް ނެތްނަމަ ބާއްވާނެ ކަމެނެތް. އަވަހަށް ފޮނުވާލާ. އަވަސް އަވަސް އަވަސަ.

    36
    1
  28. ފާތިމާ

    ބަލަ ކަލެ އަށް ނޭގެތަ ދިވެހިން ދެ ނަމާދު ދޭތެރެ ކިޔާ އުޅެނީ ކޮން ގަޑި އަކައް ކަމެއް.... ހޫން މިހާރު ރީދޫ ހުން ޖެހުނީ މަ ނޭގޭނެ ކަލެ އަށް މިހާރު އަންނި ވެސް އެއީ ހުދު ފޮތިކޮޅެއްނު...

    38
  29. އަހުމަދު

    ކަލޭމެން ކާރި ކާކު ބުނީ އެގޑީގަ ނަމާދު ނުކޮއް ޤުރުއާން ނުކިޔަވާ މޯދީގެ ވާހަކަ އަޑުއަހާށޭ؟

    13
    16
  30. ގަޅި

    މަޚުލޫފަށް ދިވެހިރާއްޖެ އަދި ދިވެހިބަސް ދަހެއްނުވޭ. މުނާފިޤު، ހެޔޮބަހަށް ރައްދުދީ، ހެޔޮބަސް ޤަބޫލުނުކޮށް ވާނެގޮތެއް ފެނޭތޯ ބަލާ ސިޔާސަތެއްގެ ސޮރެއް. މާތްﷲ މީނައަށް ތެދުމަގު މިންވަރު ކުރައްވާށި!

    35
    1
  31. ދިވެހިން

    މިހާރު މޯދީ ކަހަލަ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފަހުރި ޓެރަރިސްޓުންވެސް މަޖިލީހަށް ވައްދަންފެށީތަ؟

    މަޖިލީހުގައި ތަގްރީރްކުރަން ފުރުސަތުލިބޭ މީހުންގެ ސަރުތުތަކަށް "އެއްމިލިޔަން މުސްލިމުން ރަހުމުކުޑަކޮއްމެރުން" މި ސަރުތު އިތުރުކޮއްލަންފެނޭ އެއިރުން ފުރިހަމަ ވާނެ

    27
  32. މަހޫހޫފޫ

    އެދެނަމާދު ދޭތެރޭ އަކީ އެންމެ ވަޤުތު ގެ ގޮތުން ކުޑަ ވަޤުތު ކަމާއި ޖިންނި ޝައިޠާނުން ތައް އެންމެ ގަދައަށް ފެތުރިގަންނަ ވަޤުތު ކަން މަހުލޫފް އަށް ނޭނގެނީ ތަ؟ ކުޑަ ކުދިން އެގަނޑީގައި ގޭން ނުނެރުމަށް ހަދީޘް ގައިވޭ.. މިވަރު ނޭނގޭ ކުޑަ ކުއްޖަކަށް މަހުލޫފް ވަންޏާ ގެއިން އެގަނޑީގައި ނުނިކުތުން ރަނގަޅު.

    21
  33. ޏ

    މިނިސްޓަރުކަން ލިބުނީމަ ދެނަމާދުދޭތެރެއާއި މެދު
    ނަމާދާއި އެހެންނަމާދުތައް އަންނަ ވަގުތައް
    ކަލެއަށް ނޭންގުމަކުން މީހަކު ހައިރާން ނުވާނެއެވެ
    ކަލެއަކީ ކާކުކަން ރައްޔިތުންނަށް އެގެއެވެ ތިޔަ މަގާމަށް ކަލޭ ސަރުތު ހަމަނުވެއެވެ އިސްތިއުފާ
    ދިނުމަކީ ރީތި ގޮތެވެ ނަމާދު ވަގުތައް ނޭންގޭ
    ކަމަށް ބުނަނީ މަގާމު ދިފާއު ކުރުމަށެވެ.

    23
  34. ސމީ

    ބަލަ އެއީ އެންމެ ކުޑަ.ވަގުތުކޮޅެއް ލިބޭ ވަގުތު މަޣްރިބް އަދި ޢިޝާ ނަމާދު ދެމެދު އެވާހަކަ އެބުނަނީ މަޖިލިސް.ފެށުމާއި ނިމުމުގައި އެވަގުތު ކަނޑައަޅއިފިނަަމަ އެކަުގައި ބައިވެރިވާ މީހުންނަށް މަޣްރިބް ނަަަމާދު ނުކުރެވުން ގާތީ . ދީނުގެ ކަންތަކުގަ ތިކަހަަލަ.އެއްޖެހި ބުނާނީ ރަނގަޅު ބައެއްނޫން

    24
  35. ޏ

    އިބްރާހީމް ރައިސަށް ތަގްރީރު ކުރަން ނޭގެނީ ތަ ތަންތަނުން މީހުން ހޯދައިގެން ތަގްރީރު ކޮއްދޭ ސޭ ކިޔާއިގެން މީހުން ތިގެންނަނީ .މޯދީ ހޭ ދިވެހި ރައްޔިތުންގެ މަޖްލިހުގަ ތަގްރީރު ކުރަން އެންމެ ގާބިލް މީހަކީ .އެއަށް ވުރެ ގޮތާއި ފޮތާއި ހުރި މީހަކު ނެތީތަ .އިބްރާހީމް ކިހިނެއް ތިޔަ ވެރިކަން ކުރަނީ .ކިޔަން ހާދަ ބައިވަރު އެއްޗެއްސެއް ހުރެޔޭ އިބްރާހީމާ ދިމާލަށް .ކިހިނެއް ވެރިކަން ކުރާނަމޭ ހިތާތަ ތިއުޅެނީ ކަށަވަރު ކަމާއި އެކު ބުނައް އެގޭ އިބްރާހީމަކަށް ވެރިކަން ކުރާކަށް ނޭގޭ ކަށް ހެއު ނުވާނެ ނުވާވަރު ކަންތަކާ ނުޅެ ގެއަށްދޭ .މިއޮއްގެން ގައުމު ފުޑެނީ .ތައުލީމީ ކުދިން އެތިބެގެންބާކީ ވަނީ ސުޓޫ ޑެންޓު ލޯނު ގަޑެއްހާ ހިސާބު ވެސް ލިބެނީކީ ނުން ވަޒީފާ ގަޑެއް ލިބެނީކީ ނުން ރައްޔިތުމީހާގެ އާއްމު ދަނީ ދަށަށް .ކިހިނެއްހަދާނަމޭ ހިތާތިއުޅެނީ .

    23
  36. ހުސޭނުބޭ

    ޝައިޚް އެމްޕީއާރުސީ ރިލޯޑް ގެ ފަރުވާއެއް.

    19
  37. Anonymous

    ބޮޑު ކާފަރަކު اسلامى ގައުމެއްގެ مجلس ކުރާ ގެއަށް ވައްދާކަށް ނުޖެެހޭ

    25
  38. ކޮބާ

    މަހުލޫފުކާރީ އަހާލަން ބޭނުން އިންޑިޔާގާކިޔަވަންތިބި ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާނުދިނުމަށް އިންޑިޔާސަރުކާރުގެ އިސްވެރިންކާރީ އެދުނިންތޯ؟ ރާއްޖޭގަ ފުރަތަމަ ހިންގި ބޮޑު ޕްރޮޖެޓް އެއަރޕޯރޓް ޓާރމިނަލް ޕްރޮޖެކްޓްގެ ކޮންޓްރެކްޓް ދިނީ އިންޑިޔާކުންފުންޏަކަށް. މަސައްކަތް ނިންމީ ފުރާޅުން ފެންލީކުވާތީ އެކަން ފޮރުވަން ފުރާޅާ ސީލިންއާދޭތެރޭ ބާލްދީ ބަހައްޓާފަ.

    14
  39. ފާތުން

    ނަމާދަށޭ ކިޔާފަ ނިއްތަޅާފާލަ ދާވާހަކަ ދޯ ތިބުނަނީ.ބަލަ ތިބުނާ ހިންދޫ ފަރަންޖީގެ ވާހަކަ 8:45 ލަސްކުރީޔާ ކީތަވާނި ނަމާދު އަށް ވުރެވެސް ތި ބޭގެ ވާހަކަ ދޯ މަހުލޫފް އަށް މުހިއްމުވަނީ.

    17
  40. އަލީ

    މަހުލޫފް އަނެއްކާ ވަޒީފާއަށްޓަކައި ލައިލާޔާ ނުއިންނާތި

  41. ކައްޗާކަލޯ.

    "ވަކަރުގޭ ދަރިޔަކާ" ކުރަންއޮތް ސުވާލަކީ އިރު އެރުމާއި އިރުމެދުޖެހުމާއި ދޭތެރޭގައި ފަރުޡު ކުރައްވާފައި ވަނީ ކޮން ނަމާދެއްހޭ؟ ކަލޯއަށް ނަމާދު ވަގުތު ނޭގޭތީ އެކަމަކާ ހިތާމައެއް ނުކުރަން! ތިނޫނަސް "ތިމެންނާމެނަށް ނަމާދެއް ވާޖިބެއް ކުރަެއްވާފައެއް ވޯވެއޭ" ބުނާ ބައިވަރު މީހުން އެބަ އުޅެއޭ!

  42. ކައުންސެލަރު

    އެހެންމީހުން ނަމާދަށް ދޭތޯ ނުދޭތޯ ބަލާކަށް ކަލޭމެން ނުޖެހޭނެ. އެކަމަކު ކަލޭމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެހެންމީހުން މަގުނުފުރެދޭނެހެން ކަންކުރުން. އެނގިއްޖެ. ލާދީނީ!

  43. ސާލިހު

    މަހުލޫފުވެސް މިހާރު ތިޔަ ވެއްޓިވަޑިގަތީ އިރަށް. މަޤުރިބް ނަމާދާއި އިސާނަމާދާ ދެމެދަކީ ވަރަށް ތަފާތު ވަގުތު ކޮޅެއް. އެއީ ސައިތާނާ އެންމެންގެ މައްޗަށް ސަވާރުވާން މަސައްކަތް ކުރާ ވަގުތު. ތިޔަ އަންނަނީ ގެރި ނުކާން އުޅޭ ސައިތާނާ، އޭނާ މަޖިލީހަށް ވައްދައިގެންވެސް ނުވާނެ. އެއީ ޕާކިސްތާނުން އަޅައިދިން މަޖިލީސްކުރާ ގެއެއް. އަނެއްކޮޅުން މޯޑިމެންނަކީ މިގައުމަށް ގެނެސްގެން ގެންގުޅެން ޖެހޭވަރު ބައެއްނުން. އެމީހުންގެ ރަށުގައި އެހާ ހާލުގައި އެތައްމިލިއަން މީހުންނެއް އުޅެމުން އެދަނީ. މިއީ މިއަންނީގެ ކަމެއް . މިކަމުން މިޤައުމު ސަލާމަތް ކުރަށްވާށިއެވެ. އަހަރެންގެ ދުއާއަކީ މީނަ ރާއްޖެަށް ނާދެވޭނެގޮތް މާތްﷲ މެދުވެރިކުރެއްވުން. އާމިން

    14
    • Anonymous

      އާމީން!

  44. ㅐ넞 ㅏ돋

    އިސްލާމް ދީން އަށް ހުރުމަތް ކޮށް ނަހަދާ ލީޑަރުން ތަކެއް އެ ފެންނަނީ.. ﷲއަށް ބިރުވެތިވޭ!

    13
  45. ޥިންދު

    މަހޭ ކަލޭ ސަލާމަތް ކުރުމަށް މޯޑީ ނާންނާނެ. ﷲއާއި ރަސޫލާގެ އެންގެވުން ތަކަށް ގޮންޖަހާފައި ކުރާކަންތައް ތަކާއި ދުރުވޭ.

  46. ނުވިސްނޭ ރައްޔިތުމީހާ

    މިވަރުގެ މީހުން ލައިގެން ރައީސް ސޯލިހު މިއުޅެނީ ސަރުކާރު ހިންގަން. މަ ކުރިން ހީކުރީ މައެކަމި ކަމަށް ނުވިސްނޭ މީހަކީ. މިހާރު އިނގިއްޖެ މިޤައުމުގެ މަތީ ފަޑީގައި ތިބީ އަދި މަށަށްވުރެ ވެސް މާ ނުވިސްނޭ ބައެއްކަން.

  47. ނަވާރަ

    ކޮބާނުބައިއެއްޗެއްބުނެވިއްޖެކަންއެނގިއްޖެއެއްނު ދެންވެސްއަނގަމަޑުންލައިގެންހުރެވޭތޯބަލާ ކަލެއައްނޭންގުނަސް އަހަރެމެން ދެނަމާދުދޭތެރެކިޔަނީ މަޢުރިބުނަމާދާއި އިޝާނަމާދާއިދެމެދައް އެއީ އެދެނަމާދުގެވަޤުތު ކައިރިކަމުން