މޭއި 29 ވަނަ ދުވަހު ކާށިދޫ ފަރަށް އެރި ތެޔޮ ބޯޓުގެ ސަބަބުން އެ ފަރަށް ލިބުނު ގެއްލުންތައް ބެލެމުގެ މަސައްކަތް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން މިހާރު ކުރިއަށް ގެންދާ ކަމަށް އެ އޭޖެންސީ އިން ވިދާޅުވެއްޖެއެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ތެޔޮ ބޯޓު ފަރަށް އެރި ހާދިސާ ހިނގާދިޔަގޮތުގެ ރިޕޯޓެއް އީ.ޕީ.އޭއަށް ހުށަހެޅުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގާ ދިޔަ ސަރަހައްދުގެ ފަރަށް ލިބިފައިވާ ގެއްލުން ބަލާލަން އެ އޭޖެންސީ އިން މިހާރު ވަނީ އެ ސަރަހައްދަށް ޓީމެއް ފޮނުވައި އެސެސް ކުރަން ފަށާފައެވެ.

މިދިޔަ މަހު ފަރަށް އެރި މިބޯޓު ފުން ކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިންނާއި އެމްއެންޑީއެފް ގުޅިގެން ބޯޓު ފުން ކުރެވިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ފުންކޮށް ނިންމާލުމަށްފަހު އެމްއެންޑިއެފް އިން ވިދާޅުވެފައިވަނީ ބާޖަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ބާޖުން ތެޔޮ ލީކުވެސް ވެފައި ނުވާކަމަށެވެ.

ދިވެހި ރާއްޖޭގެ އުޅަނދެއްނަމަ ފުރަތަމަ ފަހަރު ޖޫރިމާނާ ކުރުމުގެ ބަދަލުގައި އެކަން ތަކުރާރު ވިއަނުދީ ހިފެހެއްޓުމަށް އީ.ޕީ.އޭއިން އިންޒާރުދޭނެއެވެ. އެހެން ނަމަވެސް ރާއްޖޭން ބޭރުގެ އުޅަނދެއްނަމަ އިންޒާރުދިނުމަކާ ނުލާވެސް ޖޫރިމަނާކުރެއެވެ. އެއީ އިހުމާލަކުން ނުވަތަ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ކަމަކަށް ވިކަމުގައި ވިއަސްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    މިފަދަ މަޢުލޫމަތުތައް ޢައްމުކުަރަމުންދާއިރު ނުއެގޭބަ ދުރުތިބީންނަށް މިކަން ނުއެގުނު ނަމަވެސް އެކަން އެގޭނެ ބަޔަކު އެސަރަހައްދެއްގައި އުޅޭނެކަން ހަމަހުސްދޮގު އަދި އެއްވެސް ބަޔަކުއައިސް އެސަރަހައްދެއްނުބަލަ އަދި މިހަރު މޫސުމްހުރިގޮތުން އެތަން ނުވެސް ބެލޭނެ މިފަދަ ކޮންމެ ކަމެއްގެ ވަހަކަ ޚަބަރެެއްގެގޮތުގައި ލިޔެ ހާމަކުރާއިރު އެސަރަހައްދަކުން މަޢުލޫމާތު ސާފުކޮށްލާފައި ލިއުން ރަގަޅުވާނެ އީޕީ އޭއިން ތިމަޢުލޫމަތު ހާމަކުރުން ޚަބަރު ސައްހަކުރުމަށް ކާށިދޫ މީހަކާގުޅައިގެން މަޢުލޫމަތު ސާފްކޮށްފައި ލިއުމުން ދުރުތިބީންނަށް ޙަޤީގަތް ވ ރަގަޅަށް އެގޭގޮތަށް ލިއެވޭނެ