މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަކީ ޖަޒީރާ ވަންތަ ސިފައަކަށް ފަހަރެއްގައި ވެދާނެ ކަމަށް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، އިންޑިޔާގެ ބޮޑު ވަޒީރުނަރެންދްރަ މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވަން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ކުރައްވާފައިވާ އެފްބީ ޕޯސްޓެއްގައެވެ.

"ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކަން ކުރަމުން އައިސްފައިވާ ގޮތަށް ބަލާއިރު، މިއީ އެންމެ ރަނގަޅު ގޮތެކޭ ބުނާނެ ޖާގައެއް ނެތް. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމު ދީނަށާއި، އަޅުގަނޑުމެންގެ ޒަމާންވީ ރިވެތި އާދަކާދަ އާއި ޘަޤާފަތަށް އެންމެންވެސް އިޚްތިރާމް ކުރަން ވާނެ." ޢަބްދުއްރަޙީމްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ، އެހެން ދީންތަކަށް އިޚްތިރާމް ކުރުމުގެ ނަމުގައި މާތްވެގެންވާ އިސްލާމް ދީނުގެ ހައިބަތާއި ކަރާމާތް ނަގާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ތަރައްޤީގެ ނަމުގައި ޖަޒީރާ ވަންތަކަން ނަގާނުލާ ފަދައިން ދީނާއި މިނިވަންކަމުގެ ނަމުގައިވެސް އެ ވިދާޅުވާ ޖަޒީރާ ވަންތަކަން ނަގާ ނުލަނީ ކަމަށްވެސް ވެދާނެ ކަމަށެވެ.

ސަރުކާރާއި އިދިކޮޅު މެމްބަރުން ތަކެއް އަންނަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ވަގުތު ދެ ނަމާދު ދޭތެރެއަށް ވަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެގޮތުން ޓްވިޓާ މެދުވެރިކޮށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު (މަޢްރިބު އަދި އިޝާ) ދޭތެރޭއަށް ވާގޮތަށް މަޖިލިސް ރައީސް އެޖެންޑާ ކުރެއްވުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ އަހައި ސުވާލު އުފައްދަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާޒީ

    އަދުރޭ ތިޔަހުރީ ވަރަ ބިނދިފަ. މިހާރު ތިހެން ކިޔަސް ބަލައިގަންނާނެ މީހަކު ނެތް އަމުދުން.

    9
    14
  2. އަޙްމަދު

    ބަންގި ގޮވާ ވަގުތު މިސްކިތަށް ނާރާ ދަނީ މޯދީ ބުނެގެންތަ؟ތިހިރީ އެއްކޮށް ވަރަ ބިދިފައި.

    4
    5
  3. ވިސްނޭ

    އެޖެންޑާ 19 ގައި އޮންނަގޮތަށް ކުރިއަށް އެދަނީ...

    13
    1
  4. ޝަމީމް

    ދެރަކްމެކޭ ބަލަގަ އަދުރޭ މަޖިލިސްގައި އުޅުނު އިރު ޖަލްސާތައް އޮތީ ދެނަމާދު ދޭތެރޭނުންތަ ކޮސްގޮވަން ފެށީ { ފަތިސް މެންދުރު އަސްރު މަޢުރިބު އިޝާ ފަތިސް} ދެން ތިބުނާ ދެނަމާދު ދޭތެރެއަތް ނުފެތޭ ގަޑިއެތް ބުނެބަލަ 50 ގުނަ 10 އެތްވަރޭ 2 ލައްކަ ކިޔައި ދެއްވި ގޮތައް

    4
    12
  5. އަލްޖިބްރާ

    މެންދަމުގެ ގަޑީގައި ކޯޓު ތަށް ހުޅުވައިގެން އެތަންތަނަށް ވަދެ ފަޑިޔާރުންގެ ބޮލުގައި ބަޑިޖައްސައިގެން ކޯޓުއަމުރު ނެރުމަކީ ފިޔާތޮށި މުއްލާއިންގެ ސިފައަކަށްވެސް ވެދާނެ !

    2
    1
  6. ކެޔޮޅު

    "ވަގުތަށް" ވަރެއްވޭ ދޯ ކޮންމެ އެއްޗެއް ލިޔުނަސް ނުވާނެ އެއްކަމެއްވެސް.. ތީ ފެއިލް ވެފާ އޮތް ނޫހެއް ދެތިކި ޕީ

  7. އަހުމަދުބެ ބާރަށް

    ދެނަމާދު ދޭތެރެ މިކިޔަނީ އެއްނަމާދު ވަޤުތު ނިމޭއިރު އަނެއްނަމާދު ވަޤުތު ޖެހިފައިވާތީ ! މިއުޞޫލަށް ބަލާއިރު ދެނަމާދު ދޭތެރެއަށް ނުވާ ވަޤުތެއް އެބަވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ، އެއީ ފަތިސް ނަމާދާއި މެންދުރު ނަމާދާއި ދެމެދު ، ސަބަބަކީ ފަތިސްނަމާދު ވަޤުތު ނިނޭއިރު މެންދުރު ނަމާދު ވަޤުތު ނުވާތީ އެހެންކަމުން އެދެމެދަށް އިންސާނުން މަސައްކަތް ކުރުމަށް ފަސޭހަ ގަޑިތަކެއް އެކަނލާގެ އެވަނީ ހަމަޖައްސަވާފަ. އަޅުގަނޑު އެދެން ޢިލްމުވެރިއަކު މ،ިކަމަށް އެއްޗެއް ވިދާލުވުމަށް. ޒަމާނުއްސުރެ ދެނަމާދު ދޭތެރެ ކިޔަނީ މަޣްރިބާއި ޢިޝާ އާއިދެމެދަށް ސަބަބެއްކަމަށް ޤަބޫލުކުރެވެނީ އެވަޤުތުގެ ނާޒުކުކަމުން.

  8. ސަމީމް

    ދެރަކްމެކޭ ބަލަގަ އަދުރޭ މަޖިލިސްގައި އުޅުނު އިރު ޖަލްސާތައް އޮތީ ދެނަމާދު ދޭތެރޭނުންތަ ކޮސްގޮވަން ފެށީ { ފަތިސް މެންދުރު އަސްރު މަޢުރިބު އިޝާ ފަތިސް} ދެން ތިބުނާ ދެނަމާދު ދޭތެރެއަތް ނުފެތޭ ގަޑިއެތް ބުނެބަލަ 50 ގުނަ 10 އެތްވަރޭ 2 ލައްކަ ކިޔައި ދެއްވި ގޮތައް

    ތީދިވެއްސެއްތަ....