ގއ ކޮލަމާފުށީ "ކޮލަމާ" ޖަމިއްޔާއިން އިސްނަގައިގެން 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންދާ " ކޮލަމާ ފުޓްސަލް ޗެލެންޖް "2019 ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން އެފްސީ ވާގަލި ލަޔަންސް ބަލިކޮށް އެފްސީ ކޮމެޓީން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

6 ޓީމެއް ބައިވެރިވާ މި މުބާރާތުގެ ރޭ ކުޅުނު ފުރަތަމަ މެޗްގައި އެފްސީ ވާގަލި ލަޔަންސް ބަލިކޮށް އެފްސީ ކޮމެޓީން މެޗް ކާމިޔާބު ކުރީ 0-6 ލަޑުންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ކޮމެޓީގެ ޖާޒީ ނަންބަރ 9 އަލީ ހާފިޒް އެވެ.

މޭން އޮފް ދަ މެޗް އަލީ ހާފިޒު

މި މުބާރާތުގައި އެއްވަނަ އަށް ހޮވޭ ޓީމަކަށް 50000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރިގަދަ މުބާރާތުގެ ފައިނަލް މެޗް މިމަހު 9 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ މެޗުތައް މިރޭ ވެސް ކުރިއަށް ދާނެއެވެ.

މީގެ 10 އަހަރު ކުރިން ބާއްވަން ފެށި އެ މުބާރާތަކީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިތުރު އީދާ ދިމާކޮށް ކޮލަމާ ޖަމިއްޔާގެ ފަރާތުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ވާގަލި ލަޔަންސްއާ އޯއެޗް ފޭސް ވާދަކުރާއިރު ދެ ވަނަ މެޗުގައި އެފްސީ ރާޅު ޓީމު ނުކުންނާނީ ކޮލަމާފުށި ޕޮލިސް ޓީމާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހި މީހާ

    މިރަށުގަ އެކަނިތަ މުބާރާތެއް އޮތީ. ޖަހާނެ ހަބަރެއް ނުލިބުނީ ދަޯ ވަގުތު އަށް. ލޮލް