ކުޑަދެކުދިންނާއި ބެހުނު ކަމަށް ބުނެ ހުޅުމާލެ މަގުމަތީ ގަން ހިންގުވި 19 އަހަރުގެ ފިރިހެން މީހާ، ދޫކޮށްލައިފިއެވެ.
މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ މަގުމަތީގައި ބޮކްސާގައި ގަން ހިންގުވުމަށްފަހު ފުލުހުންނާއި ހަވާލު ކުރުމުންނެވެ.
އޭނާ ދޫކޮށްލާފައި ވަނީ ދެވަނަ ފަހަރަށް މުއްދަތު އިތުރު ކުރަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ކުރިން އޭނާގެ މުއްދަތު ކޯޓުން ދީފައި ވަނީ 12 ދުވަހެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުގައި ކޯޓުން އޭނާ ދޫކޮށްލީ ދެކަމެއް ފާހަގަކުރުމަށްފަހުއެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 45 ވަނަ މާއްދާގެ ހ އާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވާތީއެވެ.
އެ މާއްދާގައި ބުނަނީ "ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓުގެ އަމުރަކާ ނުލާ ނަމަވެސް މީހަކު ހައްޔަރުކޮށްފިކަމުގައި ވާނަމަ ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަން ވާނެ"އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ނެއިބާހޫޑް 2 ގެ ފްލެޓް ކައިރިންނެވެ. އެހެން ނަމަވެސް އެ ނެއިބާހޫޑްގެ ފުލުހުންގެ މަރުކަޒަށް އޭނާ ގެންދިއުމުުގެ ބަދަލުގައި ގެންދިޔައީ ނެއިބާހޫޑް 1ގައި ހުންނަ މައި ފުލުހުންގެ މަރުކަޒަށެވެ.
މިއަދު އެކަން އޭނާގެ ވަކީލުން ފާހަގަކުރުމުން ގާނޫނާއި ހިލާފަށް އޭނާ ހައްޔަރުކޮށްފައިވާތީ އާއި ތަހުގީގުގައި އޭނާގެ ބައިތައް ނިމިފައިވާތީ ކޯޓުން އޭނާ ދޫކޮށްލަން ނިންމީއެވެ.
އެނގިފައިވާގޮތުން އޭނާއާ ދެކޮޅަށް މާބޮޑެތި ހެކިތަކެއް ލިބިފައެއް ނުވެއެވެ.
ހުޅުމާލޭގައި ކުޑަކުއްޖަކާއި ބެހުނު ކަަމށް ބުނާ އެ މީހާ "ގަން ހިންގުވާފައި" ގެންގޮސް ފުލުހުންނާއި ހަވާލު ކުރުމުގެ ކުރިން ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރުވިއެވެ. އެ ވީޑިއޯގައި އެ މީހާ އެ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވިއެވެ.
މިހާރަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ.
ގުއި ކޯޓް. ރާއްޖޭގެ ކޯޓް ތަކުގެ ފަނޑިޔާރުން ތައް ހިފާ ހައްޔަރުކުރާން ޖެހޭ. އަންދާ ގާނޫނު.
އެހެންވިއްޔާ ތިޔަ ޤާނޫނު އަސާސީ ނޫނީ ތިޔަ ފަނޑިޔާރު ތަސައްރަފު ނުފުދެއެއްނޫތަ؟ ކޮންމެ ޕޮލިސް ސްޓޭޝަމަކަށް ގެންދިޔަޔަސް ހަމަ އެގެންދެވުނީއެއްނޫންތަ! އެންމެ ކައިރީގަ ހުރިތަނަށް ނޮގޮސްގެން މައްސަލައަކަށްވަން ޖެހޭތަ؟ އެންމެ ކައިރީގަ ހުރިތަނަކަށް ގެންދަން ޖެހެނީވެސް މައްސަލަތައް އަވަސް ކުރަން. އަނިޔާލިބުނު މީހާއަށް އިންސާފް ހޯދުމުގެ މަސައްކަތް އަވަހަށް ފަށައިގަންނަން. އަޖައިބު ވެއްޖެ ތި ފަނޑިޔަރުންގެ ހާލާމެދު!
ފުރަތަަމަ 12 ދުވަސް ޖެހިފަހުންތޯ އެނގުނީ އިޖުރާތާއި ޚިލާފްވިކަން. އެ 12 ޖެހިދުވަހު ނޭނގުނީމަ ގާޟީއަށްވެސް އިޖުރާތް ނޭނގުނީތާ
މިއޮތީވާކޯޓެއް ކުއްވެރިންގެ ކޯޓު މިކޯޓުގަތިބިމީހުން ވެއްޖެއެއްނުން ރައްޔަތުންނުކުމެ ހައްޔަރުންކުރަން
މީހުން ހިފާ ހައްޔަރުކުރުން ހުއްޓާލާ ކޯޓުތަކުގައި ތިބި ގާޒީންތައް އިސްތިއުފާދެންދެން!
ލަދު އައިބު ފޮރުވައިދީ
ތިސޮރަށްހަދަންވީ ގޮތް މަށަށް އިނގޭ
މޯދީ އަންނަން ވާ އިރަށް ކުރަން އެންމެ.މުނާސަބު ކނަ ތިޔަ ކުރީ . ޢިބޫގެ ކުދިން ބާރަށް އަތް ޖަހާ
ތި ގަންހިންގުވި ކަލޭގެ ދެންގޮސް އެޣާޒީގެ ދަރިއެއް، އަތްބެއް ނުވަތަ ޢާއިލާ މީހެއްގެ ގަޔައް އެރީމަވެސް، ޖިންސީގޯނާ ކުރީމަވެސް ނުވަތަ ޢިއްފަތްތެރިކަން ފޭރި ގަތީމަވެސް އެހެން ބުނާނެބާ......?
އާންމު މީހާ މި ޖެހުނީ އަނެއްކާ ތެދުވެ މިކަމުގެ ހައްގު އަދަބު ދޭން. ފުލުހުންނަކަށް ނުވި މިކަމެއް.
ވެއިޓިންގ.
މިހާަރުމިތިބަފަޑިޔާރުންތައްވެއްޖެ ގައްހިއްގައް