ޖަޒީރާ ވަންތަ ކަމުގެ ސިފަތަކާއި ގުޅޭގޮތުން، ޢަބްދުއްރީމް، ރައީސް ޞާލިހާއި ތިން ސުވާލެއް ކުރިމަތި ކުުރުވައިދިއެވެ.

މި ތިން ސުވާލު ކުރިމަތި ކުރުވާފައިވާ ވަނީ ޢަަބްދުއްރަޙީމް ކުރައްވާފައިވާ ޓުވީޓެއްގައެވެ.

"ޖަޒީރާ ވަންތަކަމުގެ ފުރަތަމަ ސިފައަކީ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލާއަށް ހަޖޫ ޖެހުންތޯ؟ ދެވަނަ ސިފައަކީ ޤައުމުގެ މިނިވަން ކަމާއި އިސްތިޤުލާލު ނަގާލުންތޯ؟ ތިން ވަނަ ސިފައަކީ އަމިއްލަ ވެރިކަން ދެމެހެއްޓުމަށްޓަކައި، ޤައުމު ވިއްކާލުންތޯ؟ އިތުރު ސިފަތަކަކީ ކޮބައިތޯ؟" ޢަބްދުއްރަހީމް ގެ ޓުވީޓުގައި ވަނީ މި ސުވާލުތައް ކުރިމަތި ކުރުވާފައެވެ.

މީގެ އިތުރުނ،ް މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަކީ ޖަޒީރާ ވަންތަ ސިފައަކަށް ފަހަރެއްގައި ވެދާނެ ކަމަށް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، އިންޑިޔާގެ ބޮޑު ވަޒީރުނަރެންދްރަ މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވަން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ކުރައްވާފައިވާ އެފްބީ ޕޯސްޓެއްގައެވެ.

"ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކަން ކުރަމުން އައިސްފައިވާ ގޮތަށް ބަލާއިރު، މިއީ އެންމެ ރަނގަޅު ގޮތެކޭ ބުނާނެ ޖާގައެއް ނެތް. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމު ދީނަށާއި، އަޅުގަނޑުމެންގެ ޒަމާންވީ ރިވެތި އާދަކާދަ އާއި ޘަޤާފަތަށް އެންމެންވެސް އިޚްތިރާމް ކުރަން ވާނެ." ޢަބްދުއްރަޙީމްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ، އެހެން ދީންތަކަށް އިޚްތިރާމް ކުރުމުގެ ނަމުގައި މާތްވެގެންވާ އިސްލާމް ދީނުގެ ހައިބަތާއި ކަރާމާތް ނަގާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ތަރައްޤީގެ ނަމުގައި ޖަޒީރާ ވަންތަކަން ނަގާނުލާ ފަދައިން ދީނާއި މިނިވަންކަމުގެ ނަމުގައިވެސް އެ ވިދާޅުވާ ޖަޒީރާ ވަންތަކަން ނަގާ ނުލަނީ ކަމަށްވެސް ވެދާނެ ކަމަށެވެ.

ސަރުކާރާއި އިދިކޮޅު މެމްބަރުން ތަކެއް އަންނަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ވަގުތު ދެ ނަމާދު ދޭތެރެއަށް ވަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެގޮތުން ޓްވިޓާ މެދުވެރިކޮށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު (މަޢްރިބު އަދި އިޝާ) ދޭތެރޭއަށް ވާގޮތަށް މަޖިލިސް ރައީސް އެޖެންޑާ ކުރެއްވުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ އަހައި ސުވާލު އުފައްދަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސޯޕް ލައިޓް ބްރަދަރ

    ގެރިމޯދީ ބޭނުންވަނީ ތިޔަހުރިހާކަމެއް އޮޅާލާފައިޖަހަން އަދި މިޤައުމު އިންޑިޔާގެ އަޅުވެތިކަމުގެ
    ދަށަށްގެންދަން.!!

    28
    6
  2. އ. ޖ. އ

    މީކީ ޖަޒީރާ ސިފައެއް ނޫން. އެކަމު މީގެ ކުރިން އަދުރޭމެން ޖަލްސާ ބޭއްވީ ހަމަ މިގަޑީގަ. ވީއިރު މިހާރުވެސް ކުރަން ތިބި މީހުންނަށް އެކަން ހުއްޓުވޭނެ.
    އަދުރޭ މީ ޖަޒީރާ ސިފައެކޭ ބުނުމަކީ ރާއްޖެތެރޭގެ ޖަޒީރާ ދިރިއުޅުން ނޭނގި ހުރެ ބުނީ އެއްޗެއް ކަމަށް މިބަލަނީ.. އެހެންނޫނީ މި ވާނީ ޖަޒީރާ ދިރިއުޅުމާށާއި އިސްލާމް ދީނަށް ކުރެވުނު މަލާމާތަކަށް..

    11
    24
    • ވާނުވާ

      ބައެއްމީހުނަށް ކިތަންމެ ވަރަށް ބަޔަކު ދީނައް ފުރައްސާރަކުރިޔަސް ފެންނަކަމަކަށް ނުހަދާނެ

      22
      4
  3. ރޯންވީއޭ

    މޯދީ މަޖްލީހުގައި ތަގްރީރު ކުރަން ހަމަޖެހިފައި އޮތީ އެއީ ދެ ނަމާދު ވަގުތުގައި ކަމަށް ވުމުން އެއިން އެގިގެން ދަނީ މޮދީ މެން ރާއްޖޭގެ ރައްޔިތުން ރުހޭ ގޮތް ނޫން އެހެން ގޮތެއް ހޯދައިގެން އެމަގުން ރާއްޖޭގެ ރައްޔިތުންގެ މަޖްލީހަށް ވަދެ އިނދެ ވައި އަނގަތަޅަން އުޅޭ ކަމަށޭ މީ ދެރަ ހިތާމަ ހުރި ކަމެކޭ މަމެން ނަށް ރޮވެނީއޭ ކުދިންނޭ ރޮވެނީއޭ ކުދިންނޭ ރޮވެއޭ ރޮވެއޭ ރޮވެއޭ ވަރަށް ރޮވެއޭ އިނގޭތޭ ތަމެން ވެސް ދެން ރޯން ފަށާބަލަ އާން ރޯންވީއޭ އިނގޭތޭ...

    16
    3
  4. އަދުރޭ

    ހަޖޫ ނުޖަހައި ދެން ހަމަ ލޯބިވާންވީތަ؟ ނުފެނޭތަ ދެލޯ ހުންނަނީ ކަމަކު ނޫންތަ؟ ބޯ ހުންނަނީ ރީއްޗަކަށްތަ. ކަލޭމެންގެ ސިކުނޑީގެ ބަދަލުގައި އޮންނަނީ ކާށި މުޑިއެއްތަ؟

    14
    5
  5. ފޭޑެޑް

    މޯދީގެ ދަތުރުގައި 124 މިލިއަން ޑޮލަރުގެ ދެ މަޝްރޫއު އިފްތިތާހު ކުރައްވަނީ ނަމަވެސް ތިޔާ ދެ މަޝްރޫއު ވެސް ފެށިގަންނާނީ އެއީ އިންޑިއާ ސަރުކާރުގެ ބިއުރޮކްރަސީ ހުންނަ ގޮތުން 2027 ވަނަ އަހަރު ކަން މަމެންނަށް ޔަގީނޭ އިންޑިއާ އިން އައިޖީއެމް އަޅަން ވެސް ނެގިއޭ 10 އަހަރު ފައިނޭންސް ހަމަޖައްސަން 5 އަހަރު ނެގިއޭ އެއިންޑިއާ އޭ ހަމަ މިއަދުވެސް ތީ އަދި ވެސް ރާއްޖެ އަށް ކުރިއަށް ދެވެން އޮތީ ޗައިނާ އާއި ގުޅިގެންނޭ ދިވެހި ރައްޔިތުން ވަކި ގައުމަކާއި އެކު ގުޅެން ނުބުނެއޭ ދެން ރައީސް އިބޫ ރާއްޖެ އަށް އެންމެ ގިނަ ގެސްޓުން އަންނަ ޗައިނާ ފޫކޮޅުގައި ސައްޕެއް ޖަހާ ބޭރު ކުރަން ޖެހޭ އެއްވެސް ސަބަބެއް މަމެންނަށް ނުފެނެއޭ ވެއަރ އާރ ޔޫ ނައު ޕްރެޒިޑެންޓް އައި އޭމް ސްލީޕިންގް އޭ އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ ލޮސްޓް އައި އޭމް ލެޓިން ދަ ޕަބްލިކް ރިކްއެސްޓް ގޯ އަވޭ އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ ގެޓް ލޮސްޓް ދިވެހިރައްޔިތުންނޭ އިންޑިއާ އަށް ރާއްޖެ ވިއްކާލާ ކަޓެއް ޖައްސާލީމާ ނިމުނީއޭ އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ ލޮސްޓް...

    16
  6. މުސްލިމު

    ދުނިޔޭގެ އެއްވެސް ގައުމެއްގަ ތިމަން މިއީ މުސްލިމެކޭ ބުނަން ލަދު ނުގަންނާނެ ޖެހިލުން ނުވާނެ މީހަކު ކޮބާ؟ ކަލޭމެންނަށް ނިކަން ހީވޭދޯ ދެން މިތިބި މީހުން ކަލޭމެން ތިޔަ ކިޔާއެއްޗެއް ގަބޫލު ކުރާނެ ހެންނެއް؟

    4
    14
  7. ވަޠަނީ

    ޝިޔާމުއޭ އެއްވެސް ޝައްކެއްނެތެވެ އެއީ ޝައިޠާނީ ޢަމަލެކޭ. މުސްލިމުންނަށް ހެޔޮނެއެދޭ މީހަކަށް އެ ފުރުޞަތު ދިނުމުގެ ބޭނުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން ފިޔަވައި އެނޫން ކޮންކަމެއް ތޯ؟

    16
    3
  8. އާދަމް

    އަދުރެ އެއްކަމަކު ތި ބުނީ ރަނގަޅު ވާހަކަ އެއް.

    15
    7
  9. ލޮސްޓް

    ރައީސް އިބޫ ދައްކާ ވާހަކަ އަދި ރައީސް އޮފީހުން ނެރޭ ބަޔާން ތައް އެއީ ކަނޑުގައި އަޅާލާ ރޮނގު ތަކެއް ނޫންތޭ އެމެންގެ ވެރިކަން އެވަނީ ފޭޑެޑް ވެފައޭ ޔޫއާރ ފޭޑެޑް ފޭޑެޑް ފޭޑެޑް ސޯ ލޮސްޓް ޑާންސް ޑާންސް ޑާންސް...

    8
    6
  10. ޖަވާހިރު

    އަދުރޭ ކަލޭ ސައިޒުގަ ހުރޭ. އަހަރެމެންގެ ލޯބިވާ ރައީސާއި ފާޑުފާޑަށް އަޅައިގެން ނޫތޅތި. ކަލޭ ތިހިރީ ރާއްޖެއިން ބާކީވެފަ. ތީ މިހާރު ކުނިގަނޑެއް. ހެހެހެ ލަލަލާ

    13
    23
  11. ނަމަ

    ޖަޒީރާ ވަންތަ ސިފަފުރިހަމަވާނީ ފުރާޅުން ޓިނު ވަގައް ނަގަންފެށީމަކާނު

    10
    14
  12. އައްޑޫ މީހާ

    މި ސަރުކާރުން އައްޑޫ އިންޑިއާއަށް ވިއްކައިގެން ހުރިހާ ނާޖައިޒް މަންފާ ހޯދަނީ އައްޑޫގެ ރައްޔިތުން ނިދިން ހޭލަން ވެއްޖެ އައްޑޫ ސިޓީގައި ގާއިމްކުރާ އިންޑިއާގެ މިލިޓަރީ ބޭސް މިހާރުން މިހާރަށް ހުއްޓުވަން އައްޑޫ ދެކެ ލޯބިވާ ގައުމު ދެކެ ލޯބިވާ ބަޔަކު ތިބިއްޔާ ނިކުންނަންވީ މިސަރުކާރުގެ ފައިސާ ޖަހާ ތަތްގަނޑަކީ އައްޑޫ ސިޓީ އައްޑޫ ސިޓީ ވިއްކައިގެން ކެނެރީގޭ މުހައްމަދު ނަޝީދާއި އިބުރާހިމާ ދެބެން އެ ޖަހާ ސަކަރާތްތައް ހުއްޓުވަަން ހުރިހާ އެންމެން ގުޅިގެން ނިކުތުމަކީ ގައުމީ ޖިހާދެއް ވާޖިބެއް އިންޑިއާއަށް ދައްކަން އެބަ ޖެހޭ އައްޑޫގެ ރައްޔިތުން އިންޑިއާ މީހުން ހިންގަން އުޅޭ ޖަރީމާއަށް ނުރުހޭނެކަން އާދޭސް ކޮށްފަ ބުނަން ގެއްލިއްޖެ އެއްޗަކީ އަނބުރާ ހޯދަން ވަރަށް އުދަގޫ އެއްޗެއް އަހަރުމެންގެ މިނިވަންކަން މިހާރު މިއޮތް އެތިކޮޅު ގެއްލުމުގެ ކުރިން ސަލާމަތް ވާން އެބަޖެހޭ ދިވެހި ރައްޔިތުން ހޭއަރާ މިހާރު ވެރިކަމަށް ހަމަސް ވީއިރު އިންޑިއާއަށް އެތައް މިލިޔަން ފައިސާއެއް ދޭން ޖެހިފަ މިއޮތީ އަދި ގައުމުގެ ތަރައްގީއަށް ކޮށްދެވުނު އެއްކަމެއް ނެތް ދަރަނި ވެރިވަނީ ވަކިވަރަކަށް ނޫން ކުރީގެ ސަރުކާރުން ދަރަނިވެރި ވިޔަސް ތަރައްގީއަށް ކޮށްދިން ކަންތައްތައް ފެންނަން އެބަހުރި 5 އަހަރުގެ ދަރަންޏަށްވުރެ 6 މަހުގެ ދަރަނި ބޮޑުވެގެން ދާކަމީ ހިތާމަހުރި ކަމެއް އަމިއްލަ އަތުން ފޭހި އިލޮށި އަމިއްލަ ލޮލަށް ވަނަސް ތަނެއް ދޮރެއް ނުފެނި ލޯއަނދިރި ވިޔަސް ހެޔޮކަމަށް ދެކޭ ދިވެހި ރައްޔިތުން މިކަންކަމާއި މެދު ފުންކޮށް ވިސްނަން އެބަޖެހޭ އަމިއްލަ އެދުމަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރަމާތޯ، ދިވެހި ބިން މީ އުފަން މަގޭ ބިން ލެވުނު ފުރަތަމަ ނޭވާ މަގޭ ބިން މި ބިމަކަށް އެންމެ ފަހުގެ ވިންދާ ދޫކޮށްލަ ދޭނޭ ނޭވާ މަގޭ ބިން

    16
    4
  13. ހަސަދު

    އަދުރޭ މިލިއަނުން ބިލިއަނުން ވައްކަށް ކޮށް މަޖުލިސް ޓާމް ނިމޭއިރު މުޅި ދުނިޔޭގައި ގޯތި ބައްލަވައިގަތުން އެއީ އިސްލާމީ ރެވެތި އަޚްލާގުގައި ހިމެނޭ ސިފައެއްތޯ.

    4
    3
  14. ހޯދާ

    އަދުރޭ ހަނދާން އެބަހުރިތަ ފަސް ނަމާދު އެއްދުވަހެއްގަ ޖަމާޢަތުގަ ކުރެވުނު ދުވަހެއް.