2008 ވަނަ އަހަރުން ފެށިގެން ގއ ކޮލަމާފުށީ "ކޮލަމާ " ޖަމިއްޔާއިން އިސްނަގައިގެން ކޮންމެ އަހަރެއްގެ ފިތުރު އީދާ ދިމާކޮށް ކޮންމެ އަހަރަކު ބާއްވަމުންދާ ކޮލަމާ ފުޓްސަލް ޗެލެންޖް 2019 ގައި ރޭ ކުޅުނު ދެވަނަ މެޗުގައި އެފްސީ ވާގަލިގެ މައްޗަށް އެފްސީ ރާޅު ކުރި ހޯދައިފިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރީ އެފްސީ ރާޅު އަދި އެފްސީ ވާގަލިއެވެ. ފޯރިގަދަ ކުޅުމަކަށް ފަހު އެފްސީ ރާޅު އިން އެފްސީ ވާގަލި ބަލި ކުރީ 3-5 ލަޑުންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ރާޅުގެ ޖާޒީ ނަންބަރު 7 މުހައްމަދު މާޒިން އެވެ.

2008 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޮލަމާ ފުޓްސަލް ޗެލެންޖުގައި މިފަހަރު ހަ ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދް ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މާދަމާ ނިމޭއިރު ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ.

މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ހާއްޕެގެ ހެޓްރިކާ އެކު އެފްސީ ކޮމިޓީ ވަނީ 6-0 އިން އެފްސީ ވާގަލި ލަޔަންސް ބަލިކޮށްފަ އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ކޮމެޓީގެ ޖާޒީ ނަންބަރ 9 އަލީ ހާފިޒް އެވެ.

" ކޮލަމާ ފުޓްސަލް ޗެލެންޖް 2019 " ގެ އެއްވަނަ އަށް ހޮވޭ ޓީމަކަށް 50000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 20000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ވާގަލި ލަޔަންސްއާ އޯއެޗް ފޭސް ވާދަކުރާއިރު ދެ ވަނަ މެޗުގައި އެފްސީ ރާޅު ޓީމު ނުކުންނާނީ ކޮލަމާފުށި ޕޮލިސް ޓީމާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    ބުރޯ ހާދަ ކޮލަމަާފުށީ ފުޓުބޯޅައެއްގެ ވާހަކަ ޖަހައޭ.އެހެން ރަށެއްގެ ވާހަކަ ވެސް ޖަހާބަލަ . ވަގުތު އިން ވަކި ރަށެއް ޕްރޮމޯޓް ކުރަނީބާ؟. އީދު ފުޓްބޯޅަ މުބާރާތް އެހެން ރަށް ރަށުގަވެސް އެބއޮތް