ދެ ނަމާދު ދޭތެރެ އަކީ ކޮބައި ހެއްޔެވެ.؟ އެއީ ކޮން ވަގުތެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިވެހި ރަދީފުގައި ފެންނަން އެބަ އޮތެވެ.

ދިވެހި ރަދީފު ބުނާ ގޮތުން "ދެ ނަމާދު ދޭތެރެ" އަކީ މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގެ ވަގުތެވެ.

މިކަމާއި ގުޅޭގޮތުން ، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވެސް ވިދާޅުވެފައިވަނީ، އެއީ މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގެ ވަގުތު ކަމަށާއި، އެކަން އޮޅުވާ ނުލުމަށެވެ.

ހަމައެހެންމެ މި ވަގުތަކީ، ޝައިތާނުން ފެތުރިގަންނަ ވަގުތެއް ކަމަށާއި، ކުޑަކުދިން ބޭރަށް ނެރުން ރަނގަޅު ނޫން ވަގުތެއްކަންވެސް ރަސޫލާގެ ހަދީޘް ބަސްފުޅުންތަކުން އެނގެން އެބަހުއްޓެވެ.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا كَانَ جُنْحُ اللَّيْلِ - أَوْ أَمْسَيْتُمْ - فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَخَلُّوهُمْ وَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا. رواه مسلم. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ތިޔަބައިމީހުންގެ މައްޗަށް އިރުއޮއްސިއްޖެނަމަ ތިޔަބައިމީހުންގެ ކުޑަކުދިން ބޭރަށް ނުނެރޭށެވެ. އެގަޑީގައި ޝައިތާނުން ފެތުރިގަނެއެވެ. އަދި ރޭގަނޑުން ބައެއް (އިޝާވުމުން) ދެން ނެރުނުކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އަދި ތިޔަބައިމީހުން ގޭގެ ދޮރުތައް ޖަހާށެވެ. އަދި ﷲގެ އިސްމުފުޅު ކިޔާށެވެ. ފަހެ ޝަިއތާނާއަށް (އެފަދައިން ކަންތައް ކޮށްފައި ބަންދުކޮށްފައިވާ) ދޮރެއް ނުހުޅުވޭނެއެވެ."

އަދިވެސް އިތުރު ހަދީޘެއްގައި ބަޔާންވެގެން ވެއެވެ.

قال رسول الله صلَّى اللَّهُ عَلَيْهِ وَسَلَّمَ: لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ. رواه مسلم މާނައީ: "ތިޔަބައިމީހުންގެ ޖަނަވާރުތަކާއި އަދި ކުޑަކުދިން އިރުއޮއްސުމުން ބޭރަށް ދިޔަނުދޭށެވެ. އެއީ ޢިޝާ ވެއްޖައުމަށް ދާންދެނެވެ. ފަހެ އިރުއޮއްސުމުން ޢިޝާ ވެއްޖައުމަށް ދާންދެން ޝައިތާނުން ފެތުރިގަނެއެވެ."

ކަންމިހެން ހުރުމާއި އެކު، އިންޑީޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވަން ހަމަޖެހިފައިވާ ގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ 6:45 ކަމުގައިވާތީ، ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ގެރި

    މޯދީއަކީވެސް ސައިޠާނެއް.

    72
    2
    • ހހހހ

      މޯދީ ތަގްރީރު ކުރާ ވަގުތު އިދިކޮޅު އަދި އިސްލާމް ދީނަށް ނަޞްރުދޭ މެންބަރުން، ޔާސީން ސޫރަތުގެ 60 ވަނަ އާޔަތް އަޑު ހަރުކޮށް ކިޔުއްވާތި. ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް ދެނަމާދު ދޭތެރޭ ކިޔުމަށް އަންގަވާފަެިވަނީ މިއާޔަތް. މޮޅުއިތުރުވެގެންވަނީ ޔާސީން ސޫރަތާ އައްރަޙްމާން ސޫރަތާ މުލްކް ސޫރަތް ކިޔުން.

      31
  2. Angela

    ޝައިޠާނުންނާ ގުޅޭނީވެސް ޝައިޠާނުންނާ ޝައިޠާނުންގެ ގަޑީގައި ތަގްރީރު ދެނީ ވެސް އެހެންވެ ތޯއްޗެ

    48
    3
  3. މޫސަ

    ދެނަމާދު ދޭތެރެ ނޭންގިގެން އުޅެނީ މަހުލޫފުމެންކަހަލަ ލާދީނީ މަގާމުގެ ދަހިވެތިކަމުގައި މަސްތުވެފައި ތިބޭ ގަމާރުންނަށް.

    76
    5
  4. މާމިގިލީ މީހާ

    ދެނަމާދު ދޭތެރެ ނޫން ވަގުތެއް ނާންނާނެ. ކޮންމެ ވަގުތަކީ ވެސް ދެނަމާދު ދޭތެރެ.

    11
    69
  5. Anonymous

    އެހެންވިއްޔާ އެގަޑިގަ އެޝައިޠާނު އެފައިވަނީ އެނޫން ގަޑިއެއްގައި އެ ޝައިޠާނަށް މުސްލިމުންގ މައްޗަށް ފައިވާން އުނދަގޫވާނެތީ ކަމުގައިނޫނީ ނުވާނެ.

    40
    2
  6. Anonymous

    މި ގަޑިއަކީ ޝަެިޠާނުންނަށް އަޅުކަން ކުރާ ހާމުދުރުން ބުނެފަެިވާ ގަޑިއަށްވާނީ. މިގަޑީގަ މަޖްލިހުނގައި މިޝައިތާނު ތަގްރީރު ކުރިޔަދީގެންނުވާނެ. ދިވެހިންނޭ މިއީ އަހަރެމެންގެ ދަރިން ވެސް ދިރިއުޅެން އޮތް ފަސްގަނޑު. މިތަން ސަލާމަތް ކުރަންބތެދުވަމާ ހިނގާ. ހޮނިހިރުދުވަހު 7.30 ގެ ކުރިން އެތަގްރީރު ނުކުރެވޭނެހާ ގޮތެއް ހޯދޭތޯ ބެލުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއް.

    51
    1
  7. ހަސަން

    ތިހެން ދެން ކިޔާލަކިޔާލަ ތިބޭ.

    11
    29
    • ކެކެކެ

      ކަލޭ ހިތްދަތިވީ؟ އެއީ ހަމަ ޝައިޠާނެއް. ދެން ރޯންވީނު ކަލޭ.

      19
  8. ޢަލީ އަޙުމަދު

    މޯދީއަކީ މުސްލިމު އުއްމަތުގެމައްޗަށް އަދި ޙާއްޞަކޮށް ދިވެހިރާއްޖޭގެމައްޗައް ބޮޑުވެގެންވާ ސައިތޯނެކެވެ.

    56
    1
  9. ދޮންބެ

    ގެރިމޯދީ އަކީވެސް ޝައިތާނެއް. އެހެންވޯމަ އޭނަ ބޭނުންވާނީ އެގަޑީގަ މީހުން މަގުފުރައްދަން.

    47
    1
  10. ޟމ

    އެމް ޑީ ޕީ ތިބި އިލްވެރިން ނަށް އެނގޭބާ ދެނަމާދު ދޭތެރެ އަކީ ކޮބާކަން

    43
    1
  11. އަޒާ

    މޯދީއަކީ ދިވެހިރާއްޖެއަށް ފާވެފައި ހުރި މިޖީލުގެ ޝައިތާނާ..

    43
    2
  12. ސިއްދީޤް

    ވަގުތު ކުދިންނަށް ނިމިދިޔަ ފަސްއަހަރު ދެނަމާދު ދޭތެރެ ނޭގުމުން ހައިރާނެއްްނުވޭ އިނގޭތޯ، ޗަރުކޭސްކުޅެ ހަވާއަރުވާހެދިއިރު ތިރަދީފު ބަލާލަން ހަނދާންނެތުނީ ލިބެމުންދިޔަ މާލީއެހީތެރިކަމުންދެއްތޯ؟ ހަމަ އާއި އިންސާފަށް ލޯބިކުރަން ގޮވާލަން، ޒާތީވެ ވަކިބަޔަކު ކުރީމަ ރަނގަޅުވެފަ އަނެއްބަޔަކު ކުރީމަގޯސްވުން ބަލައެއްނުގަނެވޭ، މިކޮމެންޓް ޖަހާލަދެއްޗެ

    6
    22
    • Anonymous

      ރީނދޫ ހުމުގެ އަހުލުވެރިންގެ އާދައިގެ މަތިން ބޮޑު ދޮގެއް ހަދާ ދޫކޮށްލައިފި. ދޮގުހަދައިގެން އޮޅުވާލުމަކީ ސެކިއުލަރއިންނަށް ފަސޭހަކަނެއް. ޗޭތުެދިޔަ 5 އަހަރު ދެނަމާދު ދޭތެރޭ ތިއިން އެއްވެސް ކަމެއް ނުކުރޭ. ކަލޭމެންނަކީވާ ނުބަެިކަން ގަދަ ބައެއް. މޑޕ އަށް ސަޕޯޓްކުރާނީ ދީނެއްނެތއ ދޮގުވެރިންކަމާމެދު ޝައްކެއްޗެސް ނުވަނީ ތިކަހަލަ ދޮގު ރޯމާ ދުވާލު ޖެހިލުމެއްވުމެއްނެތި ހަދާލާތީ.

      11
      1
  13. އިދިކީލި

    މިއޮށް ތެޅިބާލާ މަހޭއަށް ދެނަމާދު ދޭތެރެވެސް
    ނޭންގެއެވެ މިފަ މީހުން މިނިސްޓަރުންނަށް ހެދީމަ
    ރައްޔިތުންނަށް ދެވޭނީ ކޮން ޚިދުމަތެއްހޭ؟

    20
  14. ދދދދދދދ

    އެ ގަޑި ރަނގަޅެއްނު. ޝައިޠާނާ ތަގްރީރު ކުރާއިރު ލާހިދަރިން ވަށައިގެން އަޑުއަހަން ތިބޭނެތާ.

    14
    1
  15. ޒިން

    ދެން އެވަގުތު ކަމެއްކުރުން ހަރާމްކަމުގެ ދަލީލެއް އެބަ އޮތްހޭ؟ ހުއްދަ ނޫންކަމަށް އޮތް ދަލީލެއް އެބަ އިތްހޭ؟ މަޤުރިބުގެ ފަހުން ފަށަނީ އިޝާ ބަންގީގެ ކުރިން ނިމޭ.. އެ ނިމުނީ އެކަން.. ދީނުގަ ނެތްކަންކަން ދީނަށް ވެއްދަށް ކިޔަނީ ބިދުޢަ.. ރަދީފަކީ އެ ހަދީސްފޮތެއް ނޫނީ ގުރުޢާނެއް ނޫން

    1
    20
    • Anonymous

      އަރަބިން އޮތް ހަދީޘް މާނައަކާއެކީ އެއޮތީ. ކަމެއް ގޯސްކަން ބަޔާން ކުރުމަކީ އެކަމާ ދުރުހެލިވުމުގެ ހުކުމެއް.

      10
      2
    • ލިން

      އޭގަ އެއޮތީ ޖަނަވާރުތަކާ ކުޑަ ކުދިން ބޭރަށް ނުނެރޭ ވާހަކަ.. މަސައްކަތްކުރުން ހަރާމް ނުވަތަ މަނާ ވާހަކައެއް ނެތް.. ކަލޭ މެން އެންމެން ތިބެނީ ގޭގަތަ އެވަގުތު؟ ގޮތް ހުސްވީމަ ދީނޭ ދީނޭ ކިޔައިގެން ބިދުޢަތައް އުފައްދަނީ.. ނުވިކޭނެ ތިޔަ އެއް

      • Anonymous

        މުސްލިމުން ކިޔާނީ ދީނޭދީނޭ. އެހަދީޘްގެ މަފްހޫމުން އެނގޭ އޭގެ ހުކުމަކީ އެވަގުތުގެ ނުބައިކަންކަން. ﷲ ގެ ނަންފުޅު ގަތުމޭ އެހަދީޘްގައި އޮތުމުން ދީނޭ ދީނޭ ކިޔާތީ ދެރައެއްނުވޭތަ؟

  16. ދޮށިކޮއި ޢަލީގެ މުޙައްމަދު

    މިހާރު ސައިތާނުން ތައް މުޅި ޤައުމައް ހުރިހާ ވަގުތެއްގައި ފެތުރިގެން ތިބެނީ ދެ ނަމާދު ދޭތެރެއެއް އެހެން ދޭތެރެއެއް ނުބަލާ އެއެއްޗެހިތައް ބޮޑެތި ގޮނޑިގޮނޑިއަށް އަރާތިބޭތަން ފެންނަނީ

    20
  17. ސޭކުސްތާން

    މިރާއްޖެގެ ސްކޫލްތައް ނިމޭގަޑިއަކީ މަޣްރިބުގަޑި. ކޮންމޯދީއެއް ކިޔާކަށް. ހީވަނީ މާމާތްބައެއްހެން

    1
    19
  18. ޒވނއ

    ބަލަ މިހާރުތަ ދެނަމާދު އެނގިގެން ތިއުޅެނީ...

    ބްރިޖް އެއްވެސް ހުޅުވައިފިއެއްނުން ތި ދެނަމާދު ގަޑީގައި ...
    ލައިޓް ޝޯވްއާއި ޗައިނާގެ ބޮޑުންނާއި ޔާމީނާއި މި އެންމެންލައިގެން އެދުވަސް ވީމަ އޯކޭ... މިހާރު ދެން ކޮންކަމެއް...

    މަޑުން ތިބެބަލަ....

    4
    29
    • Anonymous

      ބުރިޖް ހުޅުވީ އެރޭ 9 ޖެހިއިރު. އިޝާ ނަމާދު ނިމިގެން އެތަނަށް މުޅިމާލެ ޖަމާވާންފެށިވެސް.

      • ޒވނއ

        ތިބޭފުޅާއަށް ވަރަށް އެނގިވަޑައިގެންފި ދެއްތޯ...

        އެދުވަހުގައި ޓީވީއެމް އިން ބަންގިވެސް ލައިވް ނުކުރޭ އިނގޭތޯ...!! އެއީ ހަމަ ދެނަމާދު ދޭތެރޭ!

        މިފަހަރު ޙަޖަމް ކޮށްލާ !

        • ޣގގގ

          މަށަށް އެނގޭތީއޭ މަމިބުނީ. ރ.ޓީވީން ތިޚަބަރު ކިޔާނެ ތިއީ ތެދެއްނަމަ. ރިފަރެންސް ޖަހާލަބަލަ. ދޮގުބުޅާ.

    • ޙައުލާ

      ދެންދޯ؟ ބޮޑުފާދިރީ މޯދީ މިގައުމާ އިސްލާމީ ޘަގާފަތުގެ ޙުރުމަތއ ކަނޑާލާތީ ކޮންހާ ދޮގެއް ތިހަދަނީ. ތިދޮގުފަތި ހެދީމަ ކޮޢްކޮއަށް ފާފަލިބޭނީ. ދޮގުނުގަދާ ހުރުމުން ހިތުން އެނުބައި އަމަލަށް ތާޢިދު ކުރުމުން ލިބޭ ފާފައެއް އެކަންޏެއްނު ދޯ ލިބޭނީ.

  19. މޯދީ

    މިކަމަށް ތާއީދުކޮށް ..އަދި މަޖިލިހުގައި އެވަގުތު ތިބޭނީ ވެސް ހުސް ޝައިޘޯނުން. ވާގޮތަކީ މޯދީ އަށް ވެސް އިނގޭ އެމްޑީޕީ އަކު ނުތިބޭނެކަން ނަމާދު ކުރާ ބައެއް. އެހެންވެ އެބައިގަނޑު އަތް ޖަހަން ތިބޭނެ

  20. ކިޔުންތެރިއެއް

    ދެނަމާދުދޭތެ ނޭގޭނަމަ ތިޔަހުރެވެނީބިންމަތީގަކަންމަހުލޫފައްއެގޭބާ؟

  21. ގޮޅާ އާރު އެމް (މައުމޫން)

    މުސްލިމު ވެރިންނަށް ބަދު ދުޢާކުރަން މަހލޫފު ބައްޕަ އަރާ މިސްކިތުގަ އިނަކަސް، މަހޭ ނަމާދު ނުކޮށް ކަސްބީން ފަހަތުން ދުވަނިކޮށް ބޮޑުވީމާ އެބަ ދެނަމާދެ ދޭތެރެ އޮޅޭގޮތްވޭ... މަހޭ އަކީވެސް ދީނަށް ހަޖޫ ޖެހުމުގަ އިބުރާމެންފަދަ މުނާފިގުން ފަހަތަށް ޖައްސާލާފަ އަރާނެވަރުގެ މީހެއްކަން ޝައްކެއް ނެތްވަރަށް ސާބިތުކުރަމުންތިދަނީ

  22. ކޮބާކޮބާ

    ޝައިތާނުން ތެރެއިން އަރާހުރި ޝައިތާނެއް މެމްބަރުންނަށް ވަސްވާސްދޭން ތިއަންނަނީ.

  23. ކެރޭ އަބްދުﷲ

    ބްރިޖް ހުޅުވީ އެރޭ 9 ޖެހިއިރު. ބަންގި ވެސް ޓީވީން ލައިވް ކުރި. ކަލޭ ކޮންދޮގެއް ހަދާކައް. ޒވނއ ތި ވަރައް އިގިގެން އުޅޭ މީހެން ހީވަނީ. ލާދީނީ ފިކުރައް ތާއީދު ކުރައްޔާ ވާނީ ވެސް އެހެން ކައްނޭގެ. މިކޮމެންޓް ޖަހާލަ ދޭތި.

  24. ޖަމަލީ

    އަހަރުމެންގެ މުނާކަހަލަ ދިވެހިބަސް މާމޮޅަށް އެނގިގެންކަމަށް ހެދިގެން އުޅޭ އެކަމަކު އަސްލު އެކައްޗެއްވެސް ނޭގޭ ކެނައިންނަށް ދެނަމާދޭ ބުނާއިރަށް ހިތައުއަރާނީ ދެނަމާދުދޯ. ދިވެހިން ކިޔާގޮތޭ ނޫން ދޯ؟ ދެން ޕަކާސް!