އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީގެ ދަތުރުފުޅާއި ގުޅިގެން ހުޅުމާލޭގެވެސް ބޮޑު ބައެއް ބަންދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ، މާދަމާގެ އިރުއޮއްސި 6:00 ން ފެށިގެން ޖޫން 9 ވަނަ ދުވަހުގެ ރޭ 10:00 އާއި ހަމައަށް ވަކި ސަރަހައްދު ތަކުގައި އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، މޯދީގެ ދަތުރު ފުޅާއި ގުޅިގެން މާލޭގެ ސެކިއުރިޓީވެސް ވަރުގަދަކޮށް، ސިމަނާލެ ބްރިޖްވެސް ބަންދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެއިން ބަންދު ކުރާ ސަރައްދުތައް އަންގައިދޭ ޗާޓެއް - ފޮޓޯ؛ ޕޮލިސް

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ، މޯދީގެ ދަތުރުފުޅާއި ގުޅިގެން ބައެއް ކަންކަން ކުރުމަށް ރާވާފައިވާ ކަމަށާއި، ބަންދު ކުރާނެ މަގުތަކާއި، މަގުތައް ބަންދުކުރާނެ ގަޑިތައް ފަހުން އަންގާނެ ކަމަށެވެ.

"މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ވަނީ ބައެއް ކަންކަން ރާވާފައި. ޖޫން 8 ވަނަ ދުވަހުގެ 12:00 ން ފެށިގެން ގްރީން ޒޯން ހިމެނޭ ސަހަރައްދު ބަންދު ކުރެވޭނެ. ބަންދު ކުރެވޭނީ، ސޯސަންމަގުން ފެށިގެން ރައްޔިތުން މަޖިލިސްކުރާ ގެ ހިމެނޭ ގޮތަށް ސޯލްޓް ރެސްޓޯރެންޓާއި ހަމައަށް. އެ ދުވަހު މަގުތައް ބަންދުކުރާނެ ގަޑިތަކާއި، މަގުތަކުގެ ޗާޓު އަޅުގަނޑުމެން ތިބޭފުޅުންނާއި ފަހުން ހިއްސާ ކުރާނަން. މީގެ އިތުރުން ސިނަމާލެ ބްރިޖް ބަންދު ކުރުމަށްވެސް ވަނީ ހަމަޖެހިފައި. މި ގޮތުން ޖޫން 9 ވަނަ ދުވަހުގެ 8:30 އާއި 10:00 ދެމެދުގެ ވަގުތެއްގައި ސިނަމާލެ ބްރިޖްވެސް މި ހަރަކާތާއި ގުޅިގެން ބަންދު ކުރެވޭނެ." ފުލުހުންގެ ފަރާތުން ބޭއްވި ޕެރެސް ކޮންފަރެންސެެއްގައި ވަނީ ވިދާޅުވެފައެވެ.

މޯދީއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވާއިރު، މޯދީ ތަގުރީރު ކުރައްވާ ޖަލްސާ އަކީ އެންމެ ފުރިހަމަ ޖަލްްސާއަކަށް ހެދުމަށް ތައްޔާރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރުކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ.

މޯދީ އަލަށް ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަންގަނާ

    ތިޔާ މުންޖަކާ ހުރެ ދެން މިހާރު އާންމު އުނދަގުލަކަށް ވެއްޖެ. ރައްޔިތުން ކުޑަގޮޅިއަށް ލައިގެންގެތަ ތިޔާ މުދި މިތަނަށް އެރުވެން އޮތީ. އަހަންނަށް ފެންނަނި ހުރިހާ ރައްޔިތުން ހިފާ ހައްޔަރުކުރަން. ތިޔަހާ ބިރުގަންނަ ބޮޑު ފިނޑިއެއްދޯ ތިއުޅެނި އިންޑިޔާގެ ބޮޑުވަޒީރުކަން ކުރަން.

    14
  2. މޯދީ

    މޯދީ ކަލޭ މިގައުމަށް ނައުމަށް އެދޭ 95 އިން ސައެްތަ މީހުން މިގައުމުގައި އެބަތި. ތިއަންނަނީ މިގައުމު އަޅުވެތިކުރަން. އިރާދަ ކުރެއްިއްޔާ މިވެރިކަން ޤާނޫނީ ހަމަތަކުގެ މަތިން ބަދަލުކޮށްގެންވެސް ތިކުރަން އުޅޭކަންކަމުން މިގައުމު ސަލާމަތް ކުރާނަނށް

    12
  3. Anonymous

    ހާދަހާ ފުޅާ ގެރިއެކޭ ދޯ. މުޅި ރާއްޖެ ބަންދު ކޮށްލާ. ގެރިކޮޅެއް ގެނެސް މަރުޙަބާ ކިޔަން ބަންދުކުރާ މަގުތަކުގަ އަތުރާލާ.

    12
  4. ޒާ

    ގެރިބެޔާހެދި ބޮޑު އުނދަގުލެއް

    10
  5. ދދދދދދ

    ހަހަހަ ބިރުފަށެއް ގަނޭނު އެބަ.