ހުޅުމާލޭގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ގަން ހިންގުވި މީހާ އެކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ފުލުހުން ތުހުމަތު ނުކުރާކަން ހާމަވެއްޖެއެވެ.

ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހަމައެކަނި ބޮކްސާ ކޮޅުގައި ގަން ހިންގުވީ އުމުރުން 19 އަހަރުގެ މީހެކެވެ. އަދި އޭނާ އެކަމަށް އެއްބަސްވާ ވީޑިއޯއެއްވެސް މީގެ ކުރިންވަނީ އާއްމުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުދިންނަށް އޮރިޔާން މަންޒަރު ދެއްކި ކަމުގެ ތުހުމަތު ކަމަށެވެ.

އަދި ފުލުހުން އެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު އެފަދަ މަންޒަރެއް އޭނާގެ ފޯން އިން ފޮރިންސިކް ތަޙްލީލަށް ފެނިފައި ނުވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

"ހަމައެކަނި ތަޙްޤީޤްގައި ބަލަން އޮތީ ކުއްޖާ ނަފްސާނީ މީހަކަށް ދެއްކުމާއި، ޖެންޑަރ ރިޕޯޓް ހޯދުން ކަމަށް ވެފައި، މީނާ ބަންދުގައި ހުންނަތާ 12 ދުވަސް ވެފައިވާއިރު، ސީދާ މީނާއާމެދު ކުރާނެ ތަޙްޤީޤެއް އޮތް ކަމަށް އައިއޯގެ ބަހުން އެނގެން ނެތުމާއި މީނާއަކީ މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީގައި ވަޒީފާ އަދާ ކުރަމުންދާ މީހަކަށް ވެފައި، އިތުރަށް ހޯދާނެ ހެއްކެތް އޮތް ކަމަށް ބުނެލެވޭތީ، ޤާނޫން އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާޢީ އިޖުރާތްތަކުގެ ޤާނޫންގެ 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މީނާ ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލަން ފެނޭ." ކްމިނަލް ކޯޓުން އޭނާ ދޫކޮށްލަން ނެރުނު އަމުގައިވެއެވެ.

އަދި މިމައްސަލައިގައި ދެ ކުއްޖަކު ނުހިމެނޭކަންވެސް ކްރިމިނަލް ކޯޓްގެ އަމުރުން އެނގެއެވެ. އެއަމުރުގައި ވާގޮތުން، ތުހުމަތު ކުރަނީ އެއް ކުއްޖަކަށް އޮރިޔާން މަންޒަރު ދެއްކި ކަމުގެ ތުޙުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކަތީބް

    ވަގުތު ނޫހަކީ ރައްޔިތުން ގެ ހިތުގައި ފިތުނަ އުފެއްދުމަށް ހަބަރު ލިޔާބައެއް

    18
    40
    • އަލީ

      ކޯޓުން މައްސަލަ ނިމުނު ގޮތް ލިޔުނީމަ ކަލޭ ހިތުގަ ފިތުނަ އުފެދުނީތަ؟ ލޮލް

      38
      3
    • Anonymous

      ވަގުތު ނޫހެއްނޫން މިހާރު ނޫހަކީ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން ހަބަރު ލިޔާ ބަޔަކީ.

      30
      6
    • Anonymous

      ލާދީނީ ބައިގަނޑަކަށް ވަގުތު ނޫހެއް ކަމަކު ނުދާނެ.

      32
      2
      • ކެކެކެ

        އެމީހުންވެސް ގަބޫލު ކުރޭ ވަގުތު ނޫހުންކަން ސައްހަ ޚަބަރު ގެހެސް ދެނީ. އެހެންވެ ނުތިބެވޭނު ވަގުތު ނޫސް ނުބަލައެއް.

        22
  2. ޑޯން

    ސުވާލަކީ ޖިންސީ ގޯނާގެ ތުހުމަތު ނުކުރާތީހޭ ދޫކޮއްލީ ނޫނީ އޮރިޔާން މަންޒަރު ދެއްކިކަމަށް ތުހުމަތު ކުރިއިރު އެކަމުގެ ހެކިނެތިގެންހޭ ދޫކޮއްލީ.... ދޫކޮއްލީ ހުޅުމާލޭގައި ޕޮލިސް ދެ ސްޓޭޝަން ހުންނައިރު މީހާ ގެންދިޔައީ ދުރު ސްޓޭސަނަށެ އިޖުރާތާ ހިލާފޭ ކިޔާފަ... އެކަމަކު ހަޤީޤތަކީ އިޖުރާއަތާ ހިލާފް ކަމެއްނެތް. ފުލުހުން ޢަމަލް ކޮއްފަވަނީރަނގަޅަށް ގެންދީ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަށް. ޚައިރިޔަސް ދުރަސް ހުޅުމާލޭގަ ހުންނަނީ އެންމެ ޕޮލިސް ސްޓޭޝަނެއް. ޑެންހުންނަނީ ބެރެކްސް އަކާ މެސްއަކާ އިންވެސްޓިގޭޝަން ކުރިން ބޭނުންކުރާ ތަންތަންކޮޅު. ޢެއީ ޕޮލިސް ސްޓޭޝަން ތަކެއްނޫން. ޥަކީލަކު އެއްޗެކޭ ބުންޏަސް ގާޒީ އެބަޖެހޭ ވާނުވާބަލަން

    18
    7
  3. ޢަލީ

    ނުލަފާ ބައްޕައިން ދަރިންލައްވާ ދޮގުހަދައިގެންވެސް މީހުންނަށް ލަނޑުދީފައި އެބަހުރި.
    ހަސަދަ ފިލުންވަން މިފަދަ ކަންކަންކޮށްފައި ވަރަށްގިނައިން އެބަހުރި.

    18
    2
  4. ޢަހްމަދު އަލީ .

    ޑޯން ގެ ނަމުގާ ކޮމެންޓް ކުރިފަރާތަކީ ފުލުހެއް ކަމަށް ބެލެވޭ، އެއީ ފުލުހުންގެ މަރުކަޒާ، މެސްރޫމް އަދި އެނޫންވެސް ތަންތަން އެނަމުގަ ކޮމެންޓް ކުރިފަރާތަށް ފަރިތަކަމާއެކު އެނގޭތީ. ކެރެންޏަ ފުރިހަމަ ނަމާ އައިޑީ ނަންބަރު ލިޔެފަ ރިޕްލައި ކޮށްލާ، ފުލުހަކަށްވެހުރެ ކޯޓަށް ފާޑުކިޔުން ގޯސް. ޙަމަޖެހޭ ވަރަށް ބުނެލާ. ތިއީ ޝާއިޢު ކުރާވަރު ކޮމެންޓެއްވެސް ނޫން . ޥަގުތު ނޫހުން ކުރަނީ އެއްވެސް ލިމިޓެއް ނެތްކަހަލަ ގޮތަށް ( ފިލްޓަރ ކުރާނެ ނަމަ ހުރެގެންނުވާނެ އެތައް ކޮމެންޓެއް ހުރޭ ޝާއިޢު ކޮށްފަ
    މުސްލިމުންނަކީ އަމަލާ ބަހުން އަނެއް މުސްލިމް އަށް ބަލަންޖެހޭ ބައެއް
    ކުއްޖާ އާ ބެހި ފޮޓޯ ދެއްކުންގޯސް ޝައްކެއްނެތް
    ޢެކަމަކު ކޮމެންޓް ކުރާ މީހަގެވެސް ޒިންމާ އެއް އޮންނާނެ ކަމެއްގެ ތެދުދޮގު ބަލާ ބުނާއެއްޗެއް ބުނަން. ފުލުހުން އަމަލު ކުރިގޮތާ ޝަރީޢަތުގައި ދެއްކި ވާހަކަައިގެ މައްޗަށް ޤާސި ނިންމި ނިންމުން އަޑުއެހިންތޯ ؟

    8
    3
    • ފުލުހެއް

      ފުލުހުން ވިއްޔާ ކޮމެންޓްވެސް ކޮށްގެން ނުވަނީތޯ..ތިބޭފުޅާ ބުނާ އިރަށް ވަނަވަރު ބުނާކަށް ނުޖެހޭ. ވާނުނާ ނޭނގިގެން ނޫޅޭ. ބޭނުން އެއްޗެއް ކޮމެންޓް ކުރާނީ ދެން އިނދޭ ދަތް ބޯލަބޯލަ. ހެހޭ

      14
      1
      • ޙިލްމީ

        ފުލުހެއްގެ ނަމުގައި ކޮމެންޓް ކުރީ ފުލުހެއް ނޫން ފުލުހުން ތިހާ ފިނޑި އެއް ނުވާނެ...ވާނުވާ އެނގުމަކީ ކޮބާ؟ ޕަބްލިކް ކޮމެންޓް ކުރަން ނުދަންނަ މީހުން ހަނުތިބީޔާރަނގަޅުވާނެ، ހިތާ ހިތުން ގަޓް ވެލީދޯ؟ އަހްމަދު އަލީ ނަމުގަ ކޮމެންޓް ކުރި ފަރާތުން އެބުނީ ކޮންމެހެން ވަނަވަރު ހާމަކުރާކަށް ނޫން ކޮންމެހެން، ދޭހަވީ ޒިންމާދާރު ނޫންގޮތްގޮތަށް ކޮމެންޓް ނުކުރުމަށް ބާރުއަޅުމަށް ކަން ވަރަށް ސާފް

        8
        4
  5. ޒިންލިން

    ތުހުމަތު ކުރާނި ކާފީ ހެކި ހުރި މިންވަރަކުން.. އަދި ހެކި ހޯދޭ ވަރަކަށް ތުހުމަތު ކުރާކަންކަން އިތުރުކޮށް ތަހުޤީޤު ފުޅާކުރާނެ..ޖިނާޢީ ތަހުޤީޤު ކުރިޔަށް ދާގޮތް ނޭނގި ފިތުނަ އުފައްދަން ނޫޅޭ.. މަގުމަތިން ހިފަހަށްޓާފަ ނެގި ވީޑިއޯއަކީ ހެއްކެއްގެގޮތަށް ބޭނުންކުރެވޭނެ އެއްޗެއް ނޫން.. އެއީ “އިލް ލީގަލީ އޮބްޓެއިންޑް އެވިޑެންސް” ނުވަތަ ޤާނޫނާ ޚިލާފަށް ހޯދައިފަ އޮތް ހެއްކެއް..

  6. ޒީކު

    ތިޔަ ބުނާ ވީޑިއޯ އަކީ އެއްވެސް ކޯޓެއްގަ ހެއްކެއްގެ ގޮތަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫން.. އެއީ ހަމަ އިސްރާފެއް.. ޤާނޫނާ ޚިލާފަށް ހޯދައިފަ އޮތް ހެއްކެއް..

    11
  7. ޢޭނަ

    ފުލުހުންގެ މަރްކަޒްތަކާ އެތަންތަނުން ކުރާ މަސައްކަތް ކަނޑައަޅަނީ ކާކުބާ؟ ÷ޕޮލިސް ކޮމިޝަނަރު ތޯ؟ ÷ޕީޖީ ތޯ؟ ނުވަތަ ފަނދިޔާރުންތޯ؟

  8. ށަވިޔަނި

    ވަގުތު ނޫހުން ހަބަރު ގެނެސް ދޭތީ ވަރައް ކަންބޮޑު ވޭ ދޯ ރީދޫ ކުލައިގެ މީހެއްގެ ތިމާގެ މީހެއްތަ އެއީ ؟ ނޫނީ ސަރުކާރުގެ އެމްޕީ އަކާ ގުޅުން ހުރި މީހަކާ ވައްތަރީ

  9. ފިރުސާނު

    ބަލަގަ އެއް ކުއްޖަކަސް އޮރިޔާން މަންޒަރު ދައްކާ ހަދައިގެން ނުވާނެ! އެ ކަން އެ ކުރަނީ އެ ކުއްޖާ ހިތްޖައްސުވާ އެ ކުއްޖާ އާ އެކު ނަހަމަ ގުޅުން ތަކެއް ހިންގަން ކަމަށް ބެލެވެނީ!