ނަމާދު ވަގުތުތަކަށް ފުށޫ ނާރާ ނަމަ މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދު ގައުމެއްގެ ވެރިޔަކު ތަޤުރީރު ކުރުމަކީ މައްސަލައެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދު ގައުމެއްގެ ވެރިޔަކު ތަޤުރީރު ކުރުމަކީ ޙަރާމް ކަމެއްތޯ؟ ސާފު ކުރަން ވެގެން މީހަކު އިޔާޒަށް ފޮނުވާފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ނަމާދު ވަގުތަކަށް ފުށޫ ނާރާ ނަމަ އެއީ މައްސަލައެއް ނޫން ކަމަށާއި ހާއްސަ ގޮތެއްގައި ބޭރުގެ އިއްޒަތްތެރިޔަކު ރާއްޖެ ވަޑައިގަންނަވާ ވަގުތުގައި އެބޭފުޅަކަށް ފަސޭހަ ގަޑިއަކީ ކޮބައިތޯ ބަލާ އެކަމަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

"ވީމާ އެބޭފުޅަކަށް ފަސޭހަ ވަގުތަކީ އިސްލާމް ދީނުގެ ޝިއާޔުތައް ފާޅު ކުރުމަށް ހުރަސް އެޅޭ ފަދަ ވަގުތަކަށް ނުވާނަމަ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން އެއީ." އިޔާޒް ވިދާޅުވިއެވެ.

ނަމާދު ވަގުތުތަކަށް ފުށޫ ނާރާ ނަމަ މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދު ގައުމެއްގެ ވެރިޔަކު ތަޤުރީރު ކުރުމަކީ މައްސަލައެއް ނޫންކަމަށް އިޔާޒް ވިދާޅުވިއިރު އިންޑިއާގެ ބޮޑުވަޒީރު ހޮނިހިރު ދުވަހުގެ މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތަޤުރީރު ކުރައްވަން ހަމަޖެހިފައި ވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މޯދީ ބޭނުންފުޅު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޣުރިބު ނަމާދު ކުރައްވައިގެން އެމަނިކުފާނު ތަޤުރީރު ކުރައްވާ ޖަލްސާ އަށް ވަޑައިގަންނަވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. Anonymous

    ދީނީ އިލްމުވެރިންނަށް ހުރި ބޮޑުލަދެއް.

    114
    8
  2. Anonymous

    މޯދީއަށް ފަސޭހަވީ ހުކުރުވަގުތުގަ ނަމަވެސް ތިކަހަލަ ވިތާނުދާ މީހުން ބުނާނީ އެގޮތްވެސް ރަނގަޅުކަމަށް.

    129
    13
  3. ހހހހ

    ނަބިއްޔާގެ ހަދީޘްތަކަށްވެސް މި އިންސާނާ މިގޮންޖަހަނީ. މިވަގުތު ތަގްރީރު ނުކުރިއްޔާ ދިވެހިންނަށް ގެއްލޭނެ އެއްޗެއް އެބައޮތްތަ؟

    121
    4
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކަލެޔަށް ބޮޑަށް އެނގޭނީ.. ތީ ރީންދޫ ފިކުރު ދީނުގެ ނަމުގަ ޕުރޮމޯޓްކުރާ ރީންދޫ ޕަޕެޓެެއްނު.. ކޮބާތަ އެއުޅޭ އިލިޔާސު.. އޭނަ އެއްޗެކޭ ނުބުނޭބާ މިކަމުގަ..

    112
    3
  5. ގޮލާ

    މޯދީއަށް ވުރެ އިޔާޒު އަކީ ނުބައި މީހެއް..ހައްގު ފޮރުވާ ގޮލާ..

    93
    8
  6. ޑޮކްޓަރ މޯޑީ

    ޑޮކްޓަރ އިޔާޒް އަށް
    “When the wings of the night spread – or when evening comes – keep your children in, for the devils come out at that time. Then when part of the night has passed, let them go. And close the doors and mention the name of Allaah, for the shaytaan (devil) does not open a closed door. And tie up your waterskins and mention the name of Allaah, and cover your vessels and mention the name of Allaah, even if you only put something over them, and extinguish your lamps.”

    Narrated by al-Bukhaari (3280) and Muslim (2012).

    52
    2
    • ދޮންބެ

      ދެރަވެއްޖެކަމެއް. ޢަޅެތިޔަ ހަދީސްފުޅާއި މޯދީއާއި ހުރީ ކޮންގުޅުމެއް.

      4
      12
  7. Anonymous

    މޯދީ މިގައުމުގެ މަޖްލީހުގައި ތަޤްރީރު ކުރުމަކީ މަޖްބޫރު ކަމެއްތަ؟ އެވަގުތަކީ ޝައިޠާނުން ބިމުގައި ފެތުރޭ ވަގުތުކަމާ އެވަގުތު ﷲ ގެ ނަންފުޅުން ބަރަކާތް ލިބިގަތުމަށް އަންގަވާފައިވަނީ. މިނޫނީ މިގައުމުގައި މި ހަދީޘްފުޅަށް ގޮންޖެހި ވަގުތެއް އައިސްފައިނުވޭ. ދީން ދިފާޢު ކުރުމުގެ ބަދަލުގައި މިޝޭހުންވެސް ބޭނުންވަނީ ދުނިޔެވީ ނެތިވެދާ ފައިދާ.

    102
    1
  8. އެއްބައެއް

    މިއީ ޝޭޚުންނޭ 'ކިޔައިގެން' އުޅޭ މީހުން.....!!! މިހާރު މައްސަލަވެސް އޮޅިވަޑައިގެންފި @#$%%¥¥£££!!!!!

    72
    4
  9. ޢަފްލާ

    ޑ ޢިޔާޒްމެންނަކީ ނަޝީދު ޖަހާހާ ބެރަކައް އާނއެކޭ ބުނަންތިބި މުނާފިގުން

    97
    8
  10. ހައްހައްހައް

    ކަލޭ ކައިރީ މީހަކު އަހައިފިތަ އެއީ މައްސަލައެއްހޭ؟ ކަލޭގެ ލާދީނީ ޓެރަރިސްޓަށް ރަނގަޅުވާހާ ގޮތަކަށް ފަތުވާ ނެރެދީ އެމީހުނަށް. ކަލޭ ދައްކާ ވާހަކަ އަޑުއަހާކަށް އަހަރުންނެއް ނޫޅެން. ކަލޭ ތީ ކާކު؟ ބޮޑު މިލަގަނޑު. ކަލޭ ގެރިމަސް ކައިއުޅެންތަ އަނެއްކާ؟ މުންޑޭ ވަރަށް ރުޅިއަންނާނެ އެހެންވިއްޔާ. ކަލޭ ދެރައެއް ނުވޭތަ؟ ކޮބާ ކަލޭގެ ކަންނެލި އޮޑި؟ ސަލާން ބުނައްޗޭ.

    65
    2
    • ޣުއްރެ

      އެހީމައެއްނު ޖަވާބު ދިނީ.. ލޮލް..

      6
      22
  11. ރައްޔިތު މީހާ

    ޢިޔާޒު ތިހުންނެވީ ވާތާވެފަތޯ....އެހެންވެއްޖިއްޔާ ފަރިއްކުޅުއްވައިގެން ވިސްނަވާ......

    73
  12. ކޮމެންޓްކުރާމީހާ

    އޭނާއަށް ފަސޭހަވިއްޔާ ހުކުރުވަގުތުވެސް އޯކޭ ދޯ....ޔާމީނުއެއްނޫންވިއްޔާ ވެރިކަމުގައިހުރީ. އެހެންވީމާ ބައެއް ޝޭހުންނަށް އޯކޭވާނެ

    81
    2
  13. ގަލޮޅު މީހާ

    ކަލޭވެސް މިހާރު ގެރިމަސް ނުކަންތަ؟

    ގެރި މޯދީ މިގައުމަށް އަންނަން މަގަބޫލެއް ނޫން.

    ރޭޕިސްޓް

    68
    1
  14. ވިސްނުމުން

    ވަރަށް ރަނގަޅު ގޯސްކަމެއް ގޯސް.. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ ދެނަމާދު ދޭތެރެއޭ ކިޔާފަ ރަސޫލާގެ ޙަދީޘަށް ޢަމަލުކުރަނީ.. އެއީ ވަކި ބަޔަކު ޢަމަލުކުރަން އޮތް އެއްޗެއްތޯ؟ ފުރަތަމަ ތިމާ މީހާ ޢަމަލުކުރަނީ ކިހިނެއްތޯ ބަލާ ރަނގަޅު ކުރަންވީ ވަގުތު މީ.. ދެނަމާދު ދޭތެރޭ މި އިސްލާމީ ޤައުމުގައި ވަރަށް ގިނަ ކަންތައްވޭ.. ކުރިންވެސް މިހާރުވެސް.. ސުކޫލުތަކުގަ ކިޔައިވެސްދޭ.. ނަމާދު ވަގުތުގަވެސް ކަންތައް ހިނގާ.. މިއީ ފަހު ޒަމާން.. އިސްލާހުވޭ.. ބަސްމަގު ރީތިކުރޭ.. ފޮތުގައި ލިޔެވޭނެކަންތައް..

    18
    37
  15. ޖަވާހިރު

    އިއާޒު ކަހަލަ ދީނީި އިލްމުވެރިޔަކު ތިކަހަލަ ވާހަކަތައް ދެއްކުމަކީ މިމާތް އިސްލާމްދީން މުގުރާލުން ފަދަކަމެއް. ލިބިފައިވާ ތައުލީމުގެ ބޭނުމެއް ނެތެއްނޫން.

    62
    1
    • ހުސޭނުބޭ

      ތި މީހަކު ކޮން ދީނެއްގެ ޢިލްމުވެރިއަކަށް ވެގެން ތި އުޅެނީ! މިހާރު ފަތުވާ އެދެނީ މޯދީގެ ދީނުގެ ޙުކުމްތަކާ އެއްގޮތަށް!

      18
  16. ދަންނަ ނުދަންނަ

    މާދަމާ ކަލޭބުނާނެ މޯދިއައް ވެރިކަން ކުރަން އުދަގޫނަމަ ކަސްމީރުގެ ރައްޔެތުން ތަޅާ ހަނާއަރުވާލުމަކީ އެއްވެސް މައްސަލައެއްނޫނޭ މަޖިލީހުގަ ދީނައް ހަޖޫޖެހުމަކީ މޯދީގެ އަމިއްލަކަމެކޭ

    62
    1
  17. އައްޑޫ މީހާ

    ބޭރުފުށުން ދީންވެރި ވިޔަސް އެތެރެ ފުށުގައި އޮތީ މުޅިން އެހެން އެއްޗެއް ފައިސާ ދެންޏާ އޯކޭ މޫދީއަށް ފަސޭހައީ ހުކުރަށް ބަންގި ގޮވާ ގަޑި ކަމުގަ ވަންޏަަމު އެވެސް އިޔާޒަށް އޯކޭ

    54
    1
  18. ނަފާ

    ތިކަހަލަ ސޭކުންނާހެދީ ގައުމުތައް ފަނާވެގެން މިދަނީ.

    54
    2
  19. 1111

    އެހެން ބަޔަކު ކަމެއް ކުރީމާ ދެ ނަމާދު ދޭތެރެއޭ ކިތައިގެން ވާހަކަ ދައްކާ މީހުން ދެ ނަމާދު ދޭތެރޭގަ ތިބެންތަ ކުޑަމިނުން ޤުރްއާން ކިޔަވަން!!
    ހަދީޘްތަކާއި އެއްގޮތަށް ޢަމަލް ކުރެވެނީ އަހަރުމެންގެ ތެރެއިން ކިތައް މީހުނަށް؟ ހަދީޘްގަ އޮވޭ ވެޜިންނަށް ކިޔަންމަންތެރި ވުމަށްވެސް، ވެރީންނަށް ބަދުބަސް ނުބުނަންވެސް، އެހެން ދީނތަކުގެ މީހުންނަށް އިހުތިރާމް ކުރަންވެސް. ޤައުމުގެ ވެރިމީހާގެ ހިމާޔަތުގެ ދަށުގައި އަންނަ ބޭރުގެ ފަރާތްތަކާމެދު ކަންކނަ ކުރަންވީގޮތްވެސް ހަދީަޘްތަކުގަ އެބަހުރި. ދީނުގަ އޮވޭ އަނެކާއަށް ފުރައްސާރަ ނުރުމަށް، ޣީބަ ނުބުނުމަށް، ނެތި ނޮމޮށުމަށް.. މިކަންކަމުގައި ސާބިތުވެވެނީ ދިވެހީންގެ ތެރއިން ކިތަށް މީހުންނަށްތަ!! ކީއްވެ ތިމާ ބަހައްޓާފަ އަބަދުވެސް އަނެކާ ފެންނަނީ؟މިއިން އެގެނީ މީސްތަކުން ޖާހިލުކަންމަތީ ތިބި މިންވަރު

    13
    36
    • ސަރާ

      ޢިޔާޒު ކައިރީ އަހާލަން ބޭނުންވަނީ މުސްލިމުން ދެކެ އެހާރު ރުޅިއަރާ މުސްލި މުންނަށްވުރެ ގެރިވެސް މަތިވެރިކޮށް ގެން އުޅޭ އަދި މުސް ލިމް ދަރިފަސްކޮޅުނައްތާ ލަން މަސައްކަތް ކުރާ މީހަކަށް އެހާބޮޑު އިހްތި ރާމަކާ ޤަދަރެއް ދޭން ޖެހޭބާވަޔޭ ދެން ޢިޝާގެ ޖަމާއަތަށް ނުގޮސްވެސް ވަރިހަމަދޯ މޯދީގެ ވާހަކަ އަޑުއަހަންތިބީމަ އާނ! ޢަންނިވެސް މިހާރު މަޖްލިސްގެ ޖަލްސާވެސް ގެންދަނީ މެންދުރުނަމާދު ވަގުތަށްވެސް މެދުކަނޑާ ނުލާ އިޔާޒް ބުނާނެ ތޯއްޗެ އެގޮތްވެސް އޯކޭ ވާނޭ

      28
  20. ނަވާޒުގެ އެހެމް އެހެމް

    ދެން އަޅެ! ކަލޭމެން މަޣްރިބް ކޮށްގެން ގޮސް އޭނަ ވާހަކަ ދައްކާ ނުނޮމުނަސް އިޝާއަށް ގޮވީމަ އިޝާ ކުރީމަ ނިމުނީނު. ކޮންހާ ވާހަކައެއް ގިނަ ކުރާކަށް! ގަމާރު ދެތިކި ޕީތައް!

    1
    28
  21. ޠާޒު

    މޯދީ އަށް އޫރުމަސް މީިރިއްޔާ ދިވެހިން އޫރުމަސް ކާންވީތަ؟

    28
    1
  22. މޮޑަން އިލްމުވެރިންނަ

    އިޔާޒުކުރެން ސުވާލުކުރެވުނީ ދެނަމާދުދޭތެރޭގަ ޖަލްސާބޭއްވުމަކީ ހަރާމްކަމެންހޭ ޖަވާބުއިގޭނެ ސުވާލުކުރިމީހާއަށްވެސް ހަރާމެނުވާނެކަން. ހަރާމްނުވިކަމުގަވިޔަސް ދިވެހިންގެ އާދަކާދަޔާ ސަގާފަތާ ދީނުގެ ހަމަތަކެއެބަވޭ މިހަމަތަށް ބައެއްމީހުން ނެތިކޮއްލާ އުޅުނެއްކަމަކު މުޅިދިވެހި އުއްމަތް ބަދަލެނުވޭ. އެހެންވީމަ އިޔާޒުއަށް ޖަވާބުދެވެންވާނެދޯ މިބުނިގޮތަށް އެކަމަކު އިޔާޒުގެ ބޭނުމަކަށްވެފަ މިއޮތީ ސަރުކާރު ދިފާއުކޮށް ސަރުކާރުގެ ރުހުން އިޔާޒުއަށް ލިބޭގޮތަށް. ސިލޯނުގަ ބުރުގާމަނާ ކުރުމުންވެސް ތިޝޭހުން ފަތުވާދިނީ އެގައުމުދިފާއުކޮއްފަ. އެގައުމުގަވެސް މުސްލިމުންނާ ދެކޮޅު ހުރިހާކަމެ ކުރަމުންއެދަނީ އަގައުމުގައޮތް މިފަދަ އިލްމުވެރިންގެ ރައުޔުއާއެކު ކަމަށް ސިލޯނު ސަރުކާރުބުނަނީ އެހެންވީމާ މިގައުމުގަވެސް މިތިބީ މޮޑަން އިލްމުވެރިންނާއެކު މިގައުމުގެ މިނިވަންކަމާ ދީންނެތިދާނީ.

    23
  23. ޢމ

    ޢެހެންވީމަ ހުކުރު ވަގުތަކީ ފަސޭހަ ވަގުތަށް ވަންޔާ ހަމަ އެންމެ ރަގަޅުތާ ....

    ކާފަރަކު މުސްލިމަކަށް މުސްލިމް ޖަމާއަތަކަށް ހެވެއްނޭދޭނެ

    27
  24. އިޔާޒްގެ އެކްސް

    އިޔާޒްގެ ބަނޑުދަށަށް މޯދީ ލަގަ

    30
  25. މާލޭ ތޮލް

    ކީރިތިގުރުވާނުގަ އަންގަވާފައޮވޭ އެބައިމީހުން ަެބަހީ ކާފަރުން މުސްލިމުންނަކައް ދުވަހަކުވެސް ހެވަކައް ނޭދޭނެތޭ ﷲ ވަހީކުރައްވާފަވަނީ ތިޔަބައިމީހުންނާ އެބަހީ މުސްލިމުންނާ ދެކޮޅައް ހަނގުރާމަކުރާމީހުންނާ އެބަހީ ކާފަރުންނާ ހަނގުރާމަކުރާށޭ އެބައިމީހުންގެ ބޯތައްބުރިކުރާށޭ މޯދީޔަކީމުސްލިމުންނާ ފާޅުގަ ހަނގުރާމަކުކުރާ މުސްލިމުންގެ އަދުއްވެއް

    28
    2
  26. އަޙްމަދް

    އޭ އިޔާޒް ކަލޭ ﷲ އަށް
    ބިރުވެތިވެ ބަލާ!
    ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ
    ވެރި ރައްބް
    ކޮއްމެ ވެރިކަމަކަށް ޢަޤީދާ ބަދަލުކުރާ މިކަހަލަ ނުރައްކާތެރިކަން ބޮޑު ޑޮކަޓަރުން ކައިރިން ބޭސްފަރުވާ ކުރުމުގެ ނުބައިކަމުން އިބަ ﷲ އަޅަމެން ރައްކާތެރި ކޮއްދެއްވުން އެދި މިއަޅާ އިބަﷲ އަށް ދުޢާ ދައްނަވަމެވެ.

    18
  27. ޤަމަރު

    މިކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާކަމެއްނަމަވެސް ކަލޭ ބުނީހީ ތިހެންހެއްޔެވެ؟ ލަދުކުޑަ ސޭކު

    14
  28. ފާތުން

    ދީނީ އިލްމުވެރިންދޯމީ.މޯދީއަށް ފަސޭހަގަޑިއެއް ނުޖެހޭބަލާކަށް.އަހަރެމެންގެ ޤައުމުގެ ނަމާދު ގަޑިތަކަށް ފުށޫނާރާގޮތަށް ތިކިޔާ އެއްޗެއްކިޔާ..ކުރީދުވަހުގެ ނޫހުގައިވެސްއޮތް އިނޑިޔާގަ ނަމާދު ކުރަންހުރި މީގެއް އޮރިޔާން ކޮށްފަ ބުދަށް އަޅުކަން ކުރަން އަމުރުކުރިކަމަށް. ދެން އަހަރެމެން ޤައުމުގަ ނަމާދުކޮށްފާނެތީ ހަމަ އެގަޑީގަތަ މިކަލޭގެއަށް މިކިޔާ އެއްޗެއް ކިޔެނީ. ކިހާދެރަކަމެއްމީ

    16
  29. Anonymous

    ޕަޕެޓެއް

    14
  30. މަބުނީ

    ފަހުތިބި އިލްމުވެރީން އިހުތިބިއިލްމުވެރީންގެ މައްޗައް ކާފިރުވާނެ. ގިޔާމަތުންނާމާގައި އޮންނަކަމައް ބުނާތީ އަޑުއަހަން.

    14
  31. މޮހަނު

    ޙުކުރު ވަގުތު ވެސް އޯކޭވާނެ އެހެން ވީއުރު، އޭނަ މިޤައުމުގެ ރައްޔިތުންގެ މަޖްލީހުގަ ދޭން އޮތީ ކޮން ތަޤްރީރެއް، މީ އިންޑިޔާ ގެ ބައެއް ހެން އެބަ ސިފަވޭ

    16
  32. ޢަހަންމާ

    އޭނަޔަށް ކީއްވެ އެހެން ގަޑިޔެއް ފަސޭހަ ނުވާންވީ. އޭނަ މިތާކުރާނެ މާގިނަ ކަމެއް ނޯންނާނެ. އާންގެން މިގައުމު ބަނޑުދަށުލާން އައިސް އޫޅެއިރު އަވަދިނެތި އުޅެފާނެ. މިސަރަހައްދުގެ ހަލާކު.

    16
  33. ލައި

    ކަލެއައް ބުނެވޭބަސް ވިސްނައްޗޭ....ކަޑަވެދާނެ

    13
  34. ފާފު އަތޮޅު

    ތިޔަ ޢިޔާޒަކީ، ސޭކަކަށްވުރެ ބޮޑަށް ސިޔާސީވެފައިވާ ބީތާއެއް!

  35. ރައްޔިތު މީހާ

    ތީ ފިތުނަ ފަސާދަ އުފައްދާ ވަރަސް ގޯސް މީހެއް. ޔޫ ދައްކާވާހަކަ ގަބޫލްކުރާނެ މީހަކު ނެތް.

  36. ފާއިޒް

    އަހަރެން ހުވާކޮށްފަ ބުނަންކެރޭ މޯދީ މެމްބަރުން މަޢްރިބް ނަމާދުކޮށްގެން އަންނާށެކޭ މުނުނާނެ ކޮންހާ ދޮގެއް........

  37. ޗާލު

    މޯދީ އެއީކާކުތަ. ކަލޭމެން މާބޮޑު މީހަކަށް ތިހަދަނީ.

  38. ހަހަ

    އައްދޭ މިއޮއްވާ ހުކުމް އިއްވީ!