ގޮތް ނޭނގޭ ފައިދިގު މަކުނެއް ހެފުމުން ހިންނަވަރު ކުއްޖަކަށާއި މީހަކަށް އަނިޔާވެއްޖެއެވެ.

ފައިދިގު މަކުނު ހެފުމުގެ ސަބަބުން ކުޑަ ކުއްޖަކާއި ބޮޑު މީހެއްގެ ގައިން ފިއްގަނޑުތަކެއް ނަގާފައިވާ ކަމަށް ހިންނަވަރު ކައުންސިލުން މައުލޫމާތު ދެއެވެ.

ހިންވަރު ކައުންސިލްގެ މެންބަރު އާދަމް ތައުފީގު "ވަގުތަށް" މައުލޫމާތު ދެމުން ވިދާޅުވީ އިއްޔެ ކުޑަ ކުއްޖަކާއި ބޮޑު މީހެއްގެ ގައިގައި ފައިދިގު މަކުނެއް ހެފުމުން އެމީހުންގެ ގައިން ފިއްތަކެއް ނަގާފައިވާ ކަމަށާއި ނަމަވެސް މިހާރު އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.

ކުޑަކުއްޖާ އާއި ބޮޑު މީހެއްގެ ގައިގައި ހަފާފައި ވަނީ ފައިދިގު މަކުނުގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށްވާ "ބްލެކް ވިޑޯ" ކަމަށް އަޑުފެތުރިފައި ވާތީ އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން އާދަމް ތައުފީގު ވިދާޅުވީ އެއީ ބްލެކް ވިޑޯ ކަން އަދި ކަށަވަރު ނުވާ ކަމަށެވެ.

"އެއީ ބްލެކް ވިޑޯ ކަން އަދި ކަށަވަރެއް ނުވޭ. އެހެންކަމުން އެއީ ސީދާ ކޮން ވައްތަރެއްގެ ފައިދިގު މަކުނެއްކަން ދަންނަވާކަށް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެންވާރްމަންޓް މިނިސްޓްރީ އާއި ގުޅިގެން އެއީ ކޮން ވައްތަރެއްގެ ފައިދިގު މަކުނެއްތޯ ދެނެގަތުމުގެ މަސައްކަތް މިދަނީ ކުރަމުން." އާދަމް ތައުފީގު ވިދާޅުވިއެވެ.

ފައިދިގު މަކުނުގެ 35000 އަށް ވުރެ ގިނަ ބާވަތްތައް ދުނިޔޭގައި އުޅެ އެވެ. ވިޑޯ ސްޕައިޑާގެ އާއިލާއަކީ ފައިދިގު މަކުނުގެ އާއިލާތަކުގެ ތެރެއިން ވެސް ވިހަ ގަދަ ބާވަތެއް ކަމަށް ސައެންސްވެރިން ބުނެ އެވެ.

ވިޑޯ ސްޕައިޑާގެ މައިގަނޑު ހަ ބާވަތެއް އުޅޭއިރު މީގެ ތެރެއިން ވެސް އެންމެ ވިހަ ގަދައީ ބްލެކް ވިޑޯ ސްޕައިޑާ އެވެ. މި މަކުނުގެ ވިހައިގެ ވިހަކަން، "ޕްރައިރީ ރެޓްލްސްނޭކް" ކިޔާ ހަރުފައިގެ ވިހަ އަށް ވުރެ 15 ގުނަ އިތުރެވެ. ބްލެކް ވިޑޯގެ ދެ ޖިންސުގެ ތެރެއިން ވިހަލަނީ ހަމައެކަނި އަންހެން މަކުނެވެ. ފިރިހެން މަކުނާއި ޅަ މަކުނު ދަތްއެޅި ކަމުގައި ވިޔަސް ވިހައެއް ނުލާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ސީނު

  ތީފައިދިގު މަކުނެއްނޫން...ފައިދިގުމަކުނުގެ ހުންނާނި 8 ފައި

 2. ނަން

  ތިޔަފޮޓޯގައި އިނީ ބްލެކް ވިޑޯ އެއްނޫން.

 3. މޫސާފުޅު

  ތީކީ ފައިދިގު މަކުނެއް ނޫން. ތީ ފައިދިގު އެހެންވައްތަރެއްގެ ސޫއްޕެއް

 4. ސްޕައިޑަ މޭން

  ވެލްކަމް ޓުދަ ފެމެލީ

  • ޯޕްރިންސެސް ބްލެކް ވިޑޯރ

   ދިސް ކޮމެންޓްސް މޭޑް މައި ޑޭ

 5. ސައިންސް

  ފޮޓޯއިން ދައްކާފައި ވަނީ ފައިދިގު މަކުނެއްނޫން އަދި އެ އާއިލާގެ އެއްޗެއްވެސް ނޫން. ތިޔައީ ހިރުނދު ގަހުގައި އުޅޭ ސޫތްޕެއް، އުދުހެން ވެސް އުދުހޭނެ.

  • އާދަނު

   ތިބުނާ އެތީގެ ފައިތައް އެހާ ދިގެއް ނުވާނެ. މާބޮޑަށް އެނގިފައި ތިއޮތީ. ހިރުނދު ގަހޭ ކީއިރު ތިބުނާ އެއްޗަށް ކިޔާ ނަންވެސް ނޭންގެ ދޯ؟

   • ދެރަ

    ދޮންމޫސަ (އޭފިޑް) ހިރުނދު ގަހުގައި އުޅޭނީ.. ތީއެކަމު ދިވެހިން ތައްމަކުނު ކިޔާ ޒާތުގެ އެއްޗެއް

    • ޔޭ

     ދެން ތިހެން ކިޔަމުން ގޮސް ބުނަން ހެޔޮ އެއީ ސެެއްޅިޔެކޭ

  • މަ

   ތިޔަކީ ހިރުދުގަހު އުޅޭ އެއްޗެއް ނޫން. ތިޔަށް ކިޔަނީ ގާއުފުލި

   • ވޭލްޝާރކް

    ޓްރަކްޓަރ

   • ސްޕައިޑަރ މޭން

    ކަލޯ މަގައިގަ ވެސް ތީގެ އެއްޗެއް ދަތް އެޅީމަ މަ ބަދަލު ވީ ސްޕައިޑަރ މޭން އަށް.. އެމީހާ ކައިރި އަހާބަލަ ފާރުގަ ތަތް ކޮއްލައިގެން މައްޗަށް އެރޭތޯ.. އޭރުން މަ ދާނަން ޓްރެއިން ކޮށްދޭން..

    • މީ

     ބޯހަލާކު...މިއުޅެނީ ފާރުގަ ތަތްވެގެން މައްޗަަށް ނޭރިގެން ދޯ.....

   • Chokkolhey

    ޑަންޕަރު

  • ވޭލްޝާރކް

   ދޮންމޫސަ ދޫނި

 6. ބްލެކްވިޑޯ

  މިއީ ފައިދިގުމަކުނެއް ނޫން. ފައިދިގު މަކުނެއްވިއްޔާ 8 ފައި ހުންނާނެ. ފޮޓޯގައި އެވަނީ 6 ފައިލީ ސޫއްޕެއް.

 7. ބަގް ވޯލްޑް

  ތިޔައީ ފައިދިގު މަކުނެއް ނޫން. "މިލްކްވީޑް އެސެސިން ބަގް" އަކާ ވައްތަރީ.

 8. ސޫފި

  ތިޔަ އެބައުޅޭ މިހާރު ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގަ. އަލަށް ފެންނަންފެށި އެއްޗެއް ތީ. ގައިގަ ތި ޖައްސައިފިނަމަ ފިއްނަގައި، ކަހައި ގޮތްވެ ވަރަށް އުނދަގޫވޭ. ތީކީ ޔަގީނުންވެސް ބްލެކް ވިޑޯއެއް ނޫން.

 9. ހިންނަވަރުމީހާ

  ހިންނަވަރު ކައުނސިލް މެމްބަރު އަދަމް އަނީސް ރަގަޅު ގޮތަކީ މި

 10. މޯޑު

  ތީ ވައްތަރެއްގެ ބަގް އެއް.

  "މަޑި" އާއިލާގެ އެއްޗެއް ތީ.

 11. މޯޑް

  ދުނިޔޭގަ އެންމެ ވިހަގަދައީ ބްލެކް ވިޑޯ އެއް ނޫން! ދިރާސާ ކޮށްލައްވާ! ބްރެޒީލިއަން ވަނޑަރިން ސްޕައިޑާ އަދި ސިޑްނީ ފަނެލްވެސް ސްޕައިޑާގެ ވިހަ މާގަދަ ވާނެ މިސާލަކަށް.

 12. މުހައްމަދު

  އަހަރުމެން ތިޔަށް ކިޔަނީ ރަތް ގާއުފުލި

 13. ޕޮށް

  ތީ ހިނރުނދު ދޫނީގެ ވައްތަރެއް. ކުރިން ހިންނވަރުގަ އއަހަރުމެންގޭ ހިރުނދު ގަަހުގަ އުޅުނު ތަީގެ އެއްޗެހި. ކުރިން އުޅެނީ މުޅިން ރަތްކޮށް ކަޅު ދެތިކި ޖަހާފަ ހުންނަ އެއްޗެހި. ފަހުން ތިވައްތަރަށް ހުންނަ އެއއޗެހި ފެންނަންފެށީ. ތީގަ

 14. ޙާޙާޙާޙާ

  ދޮންމޫސައެއް ކަންނޭންގެނު. ?

  • ގަމާރު

   ދޮންމޫސަ ހުނާނީ އެއްކޮށް ހުދުކޮށް.....

   ކަލޭއަށް މާ ބޮޑަށް ތިޔާ އިންގުނީ!!!!!

 15. ލޮލް

  ތީ އޭފިޑް އެއް ނު... ދޮންމޫސަ ދިވެހިން ކިޔާ

 16. ދެރަ

  ތައްމަކުނު...

  • ސާބަހޭ

   މަށަށް ކިޔަނީ "ތައްމަކުނު"

 17. އައްޑޯ

  ޙިންނަވަރު ކައުންސިލްގަ ތިނަން ކިޔާ މީހަކު ނުހުރޭ.......

 18. ޑިމޮކްރަޓިސްޓް

  ބަލަ ބުރާންތިތަކާ ތީ ބަނބުކެޔޮގަހުގަ އުޅޭއެއްޗެއް.... ތީ އަލަށް ފެންނަންފެށި އެއްޗެއްވެސްނޫން... ތީ އާންމު ސޫތްޕެއް... މިހާރުގެ މީހުނަށް އެއްޗެއްފެންނައިރަށް ބޮޑުކަމަކަށް ހަދައިގެން މީސްމީޑިޔާގަ ނުޖެހިއްޔާ ކަމަކަށް ނުވާނެ... ރަދީފުގަ ޖަހާބަލަ "ގާހުލި" ތީގެ ޑެފިނީޝަންލިބޭނެ... މޮޔަވެދާނެ ބަޔަކު...

 19. ފައިދިގުމަކުނު

  ތިއީ އަހަރެމެންގެ އާއިލާގެ އެއްޗެއް
  ނޫން

 20. ޝީޝާ

  މީމާމަުނު ކިޔާ އެއްޗެއް ހެފީމަ ފިތްނަގާ ދިލަނަގާނެ ވަރަށްކުރީ ޒަމާނުގަވެސް ފެންނަ އެއްޗެއް

  • އަހުމަދު

   ފޮޓޯގައި އެވަނީ އެލެފެންޓް އާއިލާގެ އެއްޗެއް އެއީކީ ގާއުފުލިއެްނޫން އެއީ ކަންފަތުގަލާ މުދި އުފުލި

   • މީ

    ހައްހާ....މަހީހީ ހަލާކު.....

 21. މައިމަކުނު

  އަހަރެން ހަމަމީހެއްގެ ގައިގާ ހަފައިލާއިރަށް އަހަރެންގެ ނަމަށް ހުތުރުވާހެން އެތައް ވައްތަރެއްގެ ނަމަކުން ތި މުޚާޠަބު ކުރަނީ ކީއްވެ ހެއްޔެވެ. މި ހެފުމަކީ އައު ކަމެއް ނޫނެވެ. ފާއިތުވި ދިގު ޒަމާނު މިކަހަލަ އެތައްކަމެއް އަހަރެންގެ ޢާއިލާގެ ފަރާތުން ތިއިންސާނުންނަށް ދިމާވެފައި ހުންނާނެއެވެ. އެކަމަކުމީގެ ކުރިން އުޅުނު މީހުން އަހަރެންގެ ނަން ނޭނގިގެން އެހްނ އެއްޗެހީގެ ނަމަކުން އަހަންނަކާ މުޚާޠަބެއް ނުކުރެއެވެ.
  އަހަންނަކީ ފައިދިގު މަކުނެއް ނޫނެވެ. އޭތި އުޅޭ ވެށީގައި އެއާއެކު އުޅޭ އެއްޗެއްވެސް ނޫނެކެވެ. ވައުފުރައިގެން ޝިކާރަ ކުރާ ދަލެއް ބަނދެގެން އެތަނަކީ ގެ ކަމުގައި ހަދއިގެނެއްވެސް ނޫޅެމެވެ. އެއްވައްތަރު ގެ މާބޮޑު ސިފައެއްވެސް ނުހުންނާނެއެވެ. 6 ފައެވެ. ދެން ދެހޮނޑެވެ ނުވަތަ ދެ ނަރުވާއެވެ
  އަހަރެންގެ ދިރިއުޅުން ބޮޑަށް ބިނާވެފައިވަނީ ބައު ލަކުޑިފާޑު ތަކެއްތީގެ ތެރޭގައެވެ. އިހުގައި ފަންބޮނޑި ތަކާއި ގޭގޭ ފައުރު ތަކުގެ ލޯވަޅުތަކުގައި ވެސް އުޅުނީމެވެ. މީހުންގެ ގައިގާ ނިކަން ބާރަށް ދަތް އަޅަމެވެ. ވިހަ ވާނެއެވެ. ބޮޑުކޮށް ފިތަލި ނަގާނެއެވެ. މަރާލަން ފިސްކޮށްލަން ބަލާއިރު ފައިދިގު މަކުނުގެ ހަށިގަނޑަށްވުރެ އަހަރެންގެ ހަށިގަނޑު ވަރުގަދަ ވާނެއެވެ. އަހަންނަކީ "މައިމަކުނެވެ" ޢާއްމުގޮތެއްގައި ފެންނާނީ ކަޅުމުށި/ ރަތްކުލަ ފާޑުގެ ކުލައެއްގައެވެ. ދޮންމޫސަ ދޫންޏާއި ހިރުންދު ދޫނީގެ ސިފައާއި ވައްތަރުވެދާނެއެވެ. އެއަށްވުރެ ކުލަ ގަދަވާނެއެވެ. ދުވެލިވެސް ބާރުވާނެއެވެ

 22. ވޭލްޝާރކް

  މަދިރި ހެފީމަވެސް ފިއްގަނޑު ނަގާ... ދެން ނޫހުގަ ޖަހަންވީ ތަ އެވާހަކަވެސް..

 23. ސީނު

  އިނގިއްޖެ ،...ތީދޮންމޫސަ

 24. ވޭލްޝާރކް

  ތިޔައީ ހަމަ ޔަޤީނުންވެސް ދިރޭ ސުއިއްޕެއް

 25. ތިޔޭ އެއްކަލަ

  ތީ ދޮންމޫސަގެ ޒުވާންދުވަސްވަރު. އެހެންވީމަ ތީ ދޮން މޫސަގެ އައްޕަ ކަޅު އީސަ.

  • މީ

   ހައްހާ.....ބޮޑުކަމެއް....