އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަޤީދާއެއް ކަމަށާއި، އެއީ އެއްވެސް ފަރާތަކަށް އެއަށް ބަދަލު ނުގެނެވޭނެ ފަދަ ގޮތަކަށް ތިމާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޔަޤީންކަމެއް ކަމަށް، މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

"އީމާންކަމަކީ ތިމާ ތެދުކޮށް ޤަބޫލުކޮށްފައިވާ ކަށަވަރު ކުރުމެކެވެ. އެކަން ފުރިހަމަ ގޮތުގައި ޙާޞިލްވާނީ ހިތުގެ ތެދުކުރުމާއި އެކު ބުއްދީގެ ވިސްނުން ފުރިހަމަ ގޮތުގައި ހަރުދަނާ ކުރުމުންނެވެ. އިމާންކަމުގެ މަތިވެރި އަޤީދާ ތިމާގެ ހިތުގައި އަށަގެންފި ނަމަ، ﷲ އަށް ތިމާ ބިރުވެތިވާނެ އެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލާ މަނާކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވާނެ އެވެ. އަދި ފާފައެއް ކުރެވޭ ހިނދު ތަޢުބާ ވުމަށް އަވަސްވެ ގަންނާނެއެވެ.

މީގެ އިތުރުން މިއަދު ޚުޠުބާގައި ވިދާޅުވީ، މިއަދުގެ މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު، މާރާމާރީއާއި ވައްކަން ކުރުމާއި، މަކަރުހެދުން އާއްމު ވެފައިވާ ކަމަށާއި، އަދި އެކަކު އަނެއްކަކަށް ޚިޔާނާތްތެރިވުމާއި ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންނަށް ބަދު އަޤުލާޤީ ޢަމަލު ހިންގުމާއި ޖިންސީ ގޯނާ ކުރުންވެސް އިތުރުވެފައިވާ ކަމަށްވެސް މިއަދު ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. އަދި މިކަންކަން އިޞްލާހު ކުރެވޭނީ، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ބޮޑެތި ޖަރީމާތަކުންނާއި، ފާޙިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކޮށްގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"ތަޢުލީމީ ފަލްސަފާ އާއި، ޤައުމީ މަންހަޖު ތަރައްޤީކޮށް، އަޅުގަނޑުމެންގެ ޅަދަރީންގެ ހިތްތަކުގައި، އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ރާވަންޖެހެއެވެ. އެކުދިންގެ ހިތްތަކުގައި ދީނީ އަޤީދާ ވަރުގަދަވާނެ ގޮތްތަކާއި މެދު ވިސްނަން ޖެހެއެވެ. އިސްލާމީ އުއްމަތް ބިނާކޮށް ތަރައްޤީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުޙިއްމު ދަޢުރަކަށް ވީ ހިނދު، އަޅުގަނޑުމެންގެ ޒުވާނުންގެ ހާލަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ." މިއަދުގެ ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޙާއްޞަކުރެވިފައިވަނީ، "އީންމާންކަން ހަރުދަނާ ކުރުން" މި މަޢުޟޫގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޮނބެ

    ބޮން ގޮއްވައި މީހުން މެރުން އެއީ ހިތުގައި ސާބިތުވެފައިވާ ވަރުގަދ ޝައިތާނީ ކަމެއް.

    2
    5
    • ޑޯގޭ

      ކަލޭވެސް ޝައިތާނާ ގަބޫލުކުރަން ދޯ؟ މޮޅު އެއްޗެއް ބުނަން ހަދައެން ކޮންމެ ފަހަރަކު ތި ގޮވަނީ އަތައް.

      2
      1
      • ބުރޯ

        ނުބައިވެގެންވާ ހުރިހާ އެއްޗެއް ނަން ހުސްކޮށް ހިމެނޭ އެމީހުންގެ ކިބައިގައި. ކަލޭމެން އެތަކެތީގެ ލިސްޓެއް ދޭންވީނު. މިދުނިޔެމައްޗަކު އިންސާނުންގެ ސިފައިގައި އެފަދަ ޖައްބާރު އަނިޔާވެރި އެހެން ބައެއް އުޅޭހެނެއް ހިޔެއް ނުވޭ.