ސޮސައިޓީ ފޯރ ޔޫތް ރިކްރިއޭޓިންގ ޔޫނިއަން އޮފް ޕެޓްރިއޮޓްސް (ސިރަޕް) ގެ ފަރާތުން އިންތިޒާމުކޮއްގެން ބާއްވާ ސިރަޕް ޗެލެންޖް ޗަޕް 2019 ގެ ސެމީފައިނަލް އަދި ފައިނަލްގެ މެޗްތައް މިރޭ މަނަދޫ ގައި ކުޅޭނެއެވެ.

މި މުބާރާތަކީ ފިތުރު ޢީދާ ދިމަކޮށް މުޅިން ތަފާތު ގޮތަކަށް މަނަދޫ ފުޓްސްލް ދަނޑުގައި ބޭއްވިގެން އަންނަ މުބާރާތެކެވެ. އެގޮތުން، މި މުބާރާތުގައި ކުޅެވިގެން އަންނަނީ 15 މިނަޓްގެ އެއް ހާފެވެ. ދަނޑުމަތީގައި ކުޅޭ ޓީމް ތަކުގެ ތެރެއިން ޓީމަކުން ގޯލެއް ޖަހައިފިނަމަ އިދިކޮޅު ޓީމުން ކުޅުންތެރިއަކު ފައިބަން ޖެހޭނެއެވެ.

މި މުބާރާތުގައި ފެނިގެން ދާނީ މުޅިން ތަފާތު ގޯލްތަކެވެ. ބިމުން ފެށިގެން އެއް ފޫޓު މަތީގައި ހުންނަ މިވަށް ގޯލުގެ ޑަޔަމީޓަރ ގައި ހުންނާނީ 28 އިންޗިއެވެ.

މި ޗެލެންޖް ކަޕްގެ އެންމެ ބޮޑު ޗެލެންޖްއަކީ ގޯލު ޖެހުމެވެ. މި ކަން ވަރަށް ގިނަ ޓީމް ތަކަށާއި ކުޅުންތެރިންނަށް ވަނީ ނާކާމިޔާބު ވެފައެވެ. މިގޮތަށް މި މުބާރާތް ކުޅުމުގެ އެންމެ ބޮޑު މަގްސަދަކީ ކުޅުންތެރިންގެ ޝޮޓް އެކިއުރަސީ ރަނގަޅު ކުރުމެވެ. މިކަން ފުރިހަމަ ވެއްޖެނަމަ ގޯލް ޖަހާނެ މޮޅު ފޯވާޑުން ތަކެއް މަނަދޫ އަށް ލިބިގެންދާނެއެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޖޭޓީ ގޯޅިގަނޑު އަދި އެލައިވްއެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އޭޑަބްލިއުއެމް އާއި ފްލައިން ލިޒާޑްސްއެވެ. މުބާރާތުގެ މިހާ ހިސާބަށް ދިޔައިރު ޖެހިފައިވަނީ 4 ގޯލެވެ. ގިނަ މެޗްތައް ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަޖީއްޔާއަކުންނެވެ.

މުބާރާތުގެ ވަނަތަކަކީ މުޅިންވެސް ތަފާތު ނަމެއްގައި ހަވާލުކުރެވިގެން ދާނެ ވަނަތަކެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން ބަލާއިރު މެޗްގެ މޮޅު ކުޅުންތެރިއާ އަށް ދޭން ނިންމާފައި ވަނީ އޭސް އޮފް ދަ ޗެލެންޖެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ އަށް ދޭން ނިންމާފައި ވަނީ ކިންގް އޮފް އެރީނާ އެވެ. ގޯލްޑެން ރިންގާގެ ނަމަކީ ޓޮޕް ސްކޯރާއެވެ.

އަދި މީގެ އިތުރުން ރަނަރަޕް ދާ ޓީމަށް ކިޔަނީ ވައިސް ވެލާސްއެވެ. ޗެމްޕިއަން ޓީމަށް ދީފައިވަނީ ކޮންކަރާގެ ލަގަބެވެ.

މީގެ ކުރިންވެސް ސިރަޕް އިން ވަނީ މަނަދޫ ފުޓްބޯޅަ ޓީމް އަށް ޓްރެވެލިން ކިޓް އެއް ހަވާލު ކޮށްފައެވެ. އަދި ގާނޫނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގާފައެވެ.

ގޯލްޑެން ރިންގާ (ޓޮޕް ސްކޯރާ) ވާދަކުރަނީ ހަސަން ޒައީމެވެ. ޒައީމަށް ޖެހިފައިވަނީ 2 ގޯލެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ އެލްސްޕީޑް، އާތް ފިއުލްސް، ހޯޕް ޓްރެވެލްސް، އެލް މޯބައިލް، ސޮނީ ސްޕޯޓްސް އަދި މީގެ އިތުރުން ނިއު ވިއުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތާޑްވޭވް

    ދިވެހި ފްޓްބޮޅަ ހަލާކު މިވަނީ ތިޔަކަހަލަ މިނީ ގޭމް ތަކާ ހެދި.. ފްޓްސަލްގެ ސަބަބުންވެސް ނޭދެވޭ އެތައް އަސަރެއް ކޮށްފަ ވަނިކޮށް އަނެއްކާ ތިޔަފެށުނީ އަނެއް ކުޅިވަރު...