ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް، ހޫތީން ރޭ ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ހަމްދަރުދީގެ މެސެޖެއް މިއަދު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކުށެއްނެތް އާއްމު ރައްޔިތުންނާއި، މުހިއްމު ބިނާތަކަށް އަމާޒުކޮށް ދިން މިޙަމަލާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ދުނިޔޭގައި ޞުލްޙަމަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެ, ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ސަޢޫދީ ސަރުކާރަށާއި، ރައްޔިތުންނަށް ޙަމްދަރުދީ ފާޅުކުރައްވާފައެވެ.

ރައީސްގެ މެސެޖްގައި ޓެރަރިޒަމްގެ މިފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ސަޢޫދީ އަރަބިއްޔާގެ ސަރުކާރާއި، ބައިނަލްއަޤުވާމީ ފަރާތްތަކުން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ސައުދީއަށް އަމާޒުކޮށް މިދިޔަ އަހަރުން ފެށިގެން ގިނަ މިސައިލް ހަމަލާތަކެއް ދޭތެރެ ދޭތެރެއިން ދެމުންދާއިރު، ސައުދީ އަރަބިއްޔާއިން ދަނީ ކޮންމެ ފަހަރަކުވެސް މިސައިލް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލަމުންނެވެ. މީގެ ކުރިން ސައުދީއަށް ހަމަލާދީފައިވާކަމަށް ޔަމަންގެ ހޫތީ ޖަމާއަތުންވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގޮނާސަކް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ޑޯންޓް މޭކް މީ ބްލަޝް އިޓްސް ގޮނާ ސަކް ދޯ.

  2. ތޮއްތޮ

    ޓެރަރިޒަމޭ މި ކިޔަނީ އެއީ ކޯޗެއްކަން ނުވެސް އިނގޭ މީހެއް.

  3. ސީލާސީލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް މަމެންގެ ވެރިކަން ޖުޑިޝަރީ ތެރޭން ގެންނަ ކޫ އަކުން ވައްޓާލެވިއްޖެތޭ ނޫން ވައްޓާނުލެވުނު ދޯ. ދެން އެމްޑީޕީ އެއް ނޯންނާނެ ރާއްޖޭގެ ސިޔާސީ މައިދާނަކު. ނޯންނާނެއޭ. ރަންރީނދޫ ޓްވިޓަރޭ މެންނަށް އެއް ކެންޑިޑޭޓެެއް ވެސް ނުކެރޭނެ ނެރެން އަދި ރާއްޖޭގެ ވެރިކަމަށް ތަމެންނަށް ދެން ދުވަހަކު ވެސް ނާދެވޭނެ އޭ ކެެނެރީގެ ނަޝީދަށް ކުޅަދާނަ އެއް ނޫނޭ ރާއްޖެ އަށް އަރަންވެސް. ރަންރީނދޫ ޓްވިޓަރޭ މެން ދެން ކޮއްޅަށް ތިބެ ދެފައި ދަނޑި އަށް ސީލަބަލަ ސީލާ ސީލާ ސީލާ ދަ ސީލާ ދަ ސީލާ ދޯ.

  4. ދަންޑަހެލު

    ސައުދީރަސްގެފާނުގެގޮނޑިންހިރަފުސްފޮޅާމީހާވެސްއެކުރަނީޓެރަރިޒަމުގެއަމަލެއްދޯކޮންޓެރަރިޒަމޭތަމިކިޔަނީ

  5. އަލީ

    ސައުދީ އަށް ވެސް އެނގޭނެ ދޯ އެހެން މީހުން ނައް ވެސް ތަދުވާނެކަން .

  6. ޑާޑާޑާޑާ

    ކާށިދޫ ޓޫރިސްޓް ވިލެޖްގެ މަސައްކަތް ފަށައިފިނަަމަ މަމެން އުއްމީދު ކުރަމޭ މިކަން ކާމިޔާބު ކުރުމަށް ޓަަކައި އެމްއައިޓީޑީސީން ކަޓް ނުޖައްސާ އެތަނުގެ ބޮޑޭ މިކަން ކޮށް ނިންމާނެ ކަމަށް. ތަމެން ކަޓް ޖައްސައިގެން ހެރެތެރެ އެމްޓީޑީސީން ހެދި ގޮތަށް ފޭކް ގޭމެއް ޖައްސާ ލާރި ގަނޑު ބަނޑު އަޅާލާނީ އެއް ނޫނޭ ހެރެތެރޭގައި ބެކް އޮފް ހައުސް ހުރިހާ އިމާރާތް ތައް ކޮށްފައި ހުރީ ހަމަ ބިމަށް ވުރެން ވެސް އެތަނުގެ ގްރައުންޑް ފްލޯރގެ ފްލޯރ ތިރިކޮށްއޭ ނަތީޖާ އަކީ ވާރޭވެހޭ އިރު ހުރިހާ އިމާރާތް ތައް ހުންނަނީ ފްލަޑް އަރުވާލާފައޭ މިޒާތުގެ ވަރަށް ގިނަ އިންޖިނިއަރިންގް ފެއިލިއަރސް އެން ބްލަންޑަރސް އެކުލެވިގެންނޭ ހެރެތެރެ ނުހިންގިގެން އުޅެނީ އެއްވެސް އިންވެސްޓަރަކަށް މުޅި ރިސޯރޓްގެ އިންފްރާސްޓްރަކްޗަރ އޮތީ ފެއިލް ވެފައޭ. ސީވޭޖް އަރަނީ ފާޚާނާ ތެރޭން ވެސް. ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ކޮރަޕްޓް ވަައްކަން ކުރާ ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑީޑަޑަޑާޑާ..