ށ.ނޫމަރާ ރައްޔިތުންނަށް މިވީހާ ތަނަށް ދުވަހަކުވެސް އެމްބިއުލާންސް ގެ ޚިދުމަތް ލިބިފައިނުވާ ކަމަށް، އެރަށު ޞިއްޙީ މަރުކަޒުން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ނޫމަރާ ޞިއްޙީ މަރުކަޒުގެ މެނޭޖަރ އަޙުމަދު އާދިލް ވިދާޅުވީ، ނޫމަރާ ޞިއްހީ މަރުކަޒުގެ ޚިދުމަތް ލިބެން ފެށީ 2008 ވަނަ އަހަރު ކަމަށާއި، އޭރުން ފެށިގެންވެސް އެމްބިއުލާންސްގެ ޚިދުމަތް ލިބިފައިނުވާ ކަމަށެވެ.

"މިރަށަށް ގެނައި އެމްބިއުލާންސް މިރަށަށް އެރުވޭ ގޮތެއް ނުވިޔޭ ކިޔާފަ ގެންދިޔައީ. ފަޅުގެ ދަތިކަން ހުރީމަ މިރަށަށް ބޭލޭގޮތެއް ނުވިޔޭ ބުނީ. އެހެން ބުނެފަ ގެންދިޔަ ގޮތަށް ޚަބަރެއް ނުވޭ. މީގެ ކުރިން މީހަކު ބަލިވެއްޖެ ނަމަ ގެންނަނީ ބަރޯ އަކަށް ލައިގެން. މިހާރު ގެންނަނީ ރަށު ޕިކަޕަށް ލައިގެން. ދެން އަޅުގަނޑު މި ތަނާއި މި ހަވާލުވީ ވަރަށް ފަހުން. މިހާރު ކުރެވުނު މަސައްކަތުން ރަސްމީކޮށް އެބަ އޮތް އަންގާފަ އެމްބިއުލާންސް އެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް. މިހާރު ގެންނަން ހަމަޖެހިފައޮތް 15 އެމްބިއުލާންސްގެ ތެރެއިން މިރަށަށް އެމްބުއުލާންސް އެއް ލިބޭނެ ކަމަށް ބުނެފަ އޮތީ." އާދިލް ވިދާޅުވިއެވެ.

މީގެ އިތުރުން އާދިލް ވިދާޅުވީ، ޞިއްޙީ މަރުކަޒުގައި މުވައްޒަފުންގެ ދަތިކަންވެސް އިންތިހާއަށް އެބަ އޮތް ކަމަށާއި، އިދާރީ ގޮތުންވެސް މަސައްކަތް ކުރަން ހުރީ އެންމެ މުވައްޒަފެއް ކަމަށެވެ.

"ރަޖިސްޓާ އެންމެ ނަރުހެއް މިވަގުތު ހުރީ. އިދާރީ ގޮތުންވެސް އެންމެ މުވައްޒަފަކު މަސައްކަތް ކުރަން ހުރީ. މުވައްޒަފުންގެ ދަތިކަން އިންތިހާއަށް އެބަ އޮތް. އެކަން ހައްލުކުރުމަށްވެސް އެދިފަ ވާނީ. ދެން މި ފުރުޞަތުގަ ފާހަގަކޮށްލަން ބޭނުން، މިހާރުގެ ދާއިރާގެ މެމްބަރުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ." އާދިލް ވިދާޅުވިއެވެ.

ނޫމަރާ އަކީ އާބާދީގައި 492 މީހުން ރަޖިސްޓްރީވެފައިވާ ރަށެކެވެ. ރަށުގައި އާއްމުކޮށް އުޅެނީ ގާތްގަނޑަކަށް 250 އެއްހާ މީހުންނެވެ. އެރަށުގެ ގިނަ މީހުން ވަނީ އެ އަތޮޅު ފުނަދޫއަށް ހިޖުރަ ކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމިގިލީ މީހާ

    ސިއްހީ ހިދުމަތް ލިބިއްޖި ތޯ.

    5
    2
  2. އާދަނު

    އެހެންދޯވާނީ ށ.ފުނަދޫ އަށް ބަދަލުވާން ބުނީމަ ބަދަލުނުވެ ތިބީމަ މޮޅުވާނެކަމަށް

    12
    4
  3. ރައްޔިތު މީހާ

    އެންބިއުލާންސް ވެސް ޓެކްސީއެކޭ އެއްފަދަ. ކޮޅަކަށް 25 ރުފިޔާ ޗާޖުކުރޭ މީހާ ކިތަންމެ ބަލިވެގެން ސިއްހީ މަރުކަޒަށް ގެންދަން ޖެހުނަސް. އަޅުގަނޑު ގަބޫލުކުރާގޮތުގައި ސަރުކާރުން އެންބިއުލާންސްގެ ޑުރައިވަރަށާއި އެންބިއުލާންސް ދުއްވަން ޕެޓްރޯލާއި އެއްޗެހި އަޅިދޭއިރު ހާުލުދެރަ ބަލި މީހާގެ އަތުން އެއްވެސް އެއްޗެއް ޗާޖު ކޮއްގެން ނުވާނެ.

  4. ފައިބަމާ

    ބަލަ އެރަށު މީހުން ފުނަދޫއަށް ބަދަލުވެ ތަހުޒީބީ ވަސީލަތްތައް ލިބިގަތުމަށް ފުރުސަތު ދިނެއް ނޫންތޯ؟ އަދި އެއީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމުގައި ކަނޑައަޅަން ނިންމިއެއް ނޫންތޯ؟ އެރަށަށް ފައިބަން ޖެހެނީ ފަތާފަ.

    5
    3
  5. ނިޝާނުލް އިއްޒުއްދީން

    އަޅުގަނޑައް ފެންނަނީ މިފަދަ ކުދި އާބާދީ ޖާގަ އޮތް ބޮޑެތި ރައްތަކަށް ބަދަލުކުރުން.އޭރަށް ދެބާއިމީހުނައްވެސް ކުރިއެރުންލިބޭނެ

    2
    3
  6. މޮޔަސޮރު

    ސިއްޚީ ޚިދުމަތެ ޔަޤީން ޔާމީން ވަރަށްސަލާމް

  7. ފިލްވ

    ޔާމީނު ވެރިކަމުގަ މަ ހީކުރީ ސިންގަޕޫރަށް ހެދިކަމަށް.