އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް ދިވެހި ދައުލަތުގެ ފަރާތުން ދޭ އެންމެ މަތީ އެއް ޝަރަފް ކަމަށްވާ "ނިޝާން އިއްޒުދީން އިއްޒަތުގެ ވެރިކަން - އެން.އައި.އައި.ވީ" އަރުވަން ނިންމައިފިއެވެ.

ރާއްޖޭގައި ދެވޭ އެންމެ މަތީ އެއް ޝަރަފް މޯދީއަށް އަރުވަން ނިންމިކަން ހާމަކޮށްފައި ވަނީ ސަރުކާރަށް ތާއީދުކޮށް ހަބަރުތައް ގެނެސްދޭ "ރާއްޖެއެމްވީ" އިންނެވެ.

"ރާއްޖެއެމްވީ" ގައި އެކަން ހާމަކޮށްފައި ވަނީ އިންޑިއާގެ އޮފިޝަލަކާއި ހަވާލާދީއެވެ.

ރާއްްޖޭގައި ދެވޭ އެންމެ މަތީ އެއް ޝަރަފު މޯދީއަށް ދޭން ނިންމިއިރު، އޭނާއަކީ އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔަހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްފަހު މިވަގުތު ވެރިކަމުގައި ހުރި މުސްލިމުންނާއި އެންމެ ދެކޮޅު އެއް ލީޑަރެވެ.

މޯދީ އަށް މިފަދަ އިއްޒަތެއް ދިވެހިރާއްޖެ އިން އަރުވާއިރު އޭނާ އަކީ އިންޑިއާގެ ގުޖުރާތުގައި 1992 އެތައް މުސްލިމުންނެއް މަރުވެގެން ދިޔަ ހަމަނުޖެހުން ހިންގުމުގެ އަޑީގައި ހުރި ކަމަށް އެތައް ބަޔަކު ތުހުމަތު ކުރާ ފަރާތެކެވެ.

އިސްރާއީލް އާއި ގާތް ގުޅުމެއް ބާއްވާ މޯދީގެ ޕާޓީއަކީ މުސްލިމުންނާއި ދެކޮޅަށް މިހާރުވެސް އެތައް ޖަރީމާތަކެއް ހިންގާކަމަށް ތުހުމަތު ކުރެވޭ ބީޖޭޕީ އެވެ. މޯދީ އަކީ ބީޖޭޕީގެ ލީޑަރެވެ.

"ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން" އެއީ ރާއްޖޭގައި ދެވޭ ދެވަނަ އަށް އެންމެ މަތީ އިއްޒަތެވެ. މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުންނަށް ރާއްޖެ އިން މިއިއްޒަތް އަރުވާފައިވެއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ދިވެހި ދައުލަތުން ފުރަތަމަ ބިދޭސީއަކަށް އެރުވީ 15 މާޗް 1972ގައި ރައީސް އިބްރާހީމް ނާޞިރު، ޑިއުކް އޮފް އެޑިމްބަރާއަށާއި، އާރލް މައުންޓް ބެޓްންއަށް އަށެވެ. 30 އޮކްޓޯބަރ 1984ގައި މި ޢިއްޒަތް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ދެކުނު ކޮރެއާގެ އޭރުގެ ރައީސް ޗުންޑޫ ހުވާނަށާއި، 16 ނޮވެމްބަރ 1989ގައި މި ޢިއްޒަތް ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ސަރ ޝްރީދަތު ރާމްފާލަށް އަރުވާފައިވެއެވެ. މީގެ އިތުރުން ސަޢޫދީ ޕްރިންސް އަލްވަލީދު ބިން ޠަލާލު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު މިއިއްޒަތް އެރުވިއެވެ.

މިބޭފުޅުންގެ އިތުރުން ދެން މިއިއްޒަތް އަރުވާފައި ވަނީ މުޅިން ވެސް ދިވެހިންނަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް އިއްޒަތް އަރުވާނީ މާދަމާ ރައީސް ޞާލިހް އާއި އެކު ރައީސް އޮފީހުގައި މޯދީ ބާއްވަވާ ބައްދަލުވުމުގައި ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

 1. ކެކެކެކެކެ

  ގައުމުގެ ވެރިކަން އަރުވާފަ ގެރިގުއިން އަޅިދެލި ކުރަހާފަ ގޮނޑިއަށް އަރުވާފަ ބައިންދަބަލަ

  163
  5
 2. މޯދީ ބެ

  ދެން ނެތްތޯ ދޭނެ އެއްޗެއް. ގެރިމަސް ކުޅިކޮށް ހަދައިގެން ފަރާޓާ އެކުވެސް ނަމަވެސް ދޭން ފެނޭ.

  163
  6
 3. ހުދުހުދު

  ގެރި މޯދީ އަށް އަރުވަންވީ ގެރިގުއި ބަސްތާއެއް. އަހަރެމެން މުސްލިމުން ނުޖެހޭނެ ކާފަރަކަށް ސަނާ ކިޔާ އިއްޒަތްދޭކަށް

  188
  6
 4. މުހައްމަދު

  މުދިއަރުވާބަލަ ވަރެއް އެބަހުއްޓެންނު ހީވަނީ ދަންނަބޭކަލެއް ފެނިގެން މޮޔަވާހެންވިއްޔަ ކޮބާތަ އިމުރާނު ކަރުފުއްޕާފަ ޖީއެމްއާރު އަތްދަށުން ޤައުމުސަލާމަތްކުރަން ކުރިއަހުދު ކަށަވަރާ ހުވާތަކާ ކުރިދުޢާތަށް މިއަދު އެކަން ހަނދާނެއް ނެތްތަ ހޭބަލި ވިޔަސް ބޯޑުވަރު އުތަ ހެހެހޭ

  156
  8
 5. މޯދީ

  ޥެރިކަން ވެސްދީ ކޮބާމައްސަލައަކީ....؟ ދެން ދިއިންޑިއަންސް

  104
  6
 6. ދިވެހިރާއްޖޭގެމީހެއް

  އަރުވައަރުވާފަ ބަހައްޓާ މީ އެބައިމީހުންގެ އާރާއި ބާރު އޮތް ދުވަސްތައް އިއްޒަތް އަރުވަންކެރޭ އެކަމަކު ދައުވަތުދޭން ނުކެރޭނެ އިސްލާމްދީނަށް، ހަގީގީ އިއްޒަތެއް ލިބިގެނުވާ ބަޔަކަށް އިއްޒަތެއް ނުވޭ..

  128
  3
 7. ީހޯހޯ

  ޥެރިކަންވެސް ދޭން ވީނު ގެރި މޯދީ އަށް.ބޮޑުވަރު މީދެން

  109
  4
 8. އަބްދުއްލާ

  މޯދީއަށް “ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން” އަރުވަން ނިންމައިފި

  އެތަކެއް މުސްލިމުން މަރާ އެތަކެއް މިސްކިތެއް ތަޅާ ހެދުމުން މިބޮޑު ކާފަރަށް "ގެރި ގޮރޭ'' މިދެވެނީ މިޤައުމުގެ އެންމެ ޢިއްޒަތް ތެރި ލަގަބު. މިފެންނަނީ M.D.P ގެ ހަގީގީ އަދުލު އިންސާފު.

  151
  4
 9. ާިއައިންތު

  މީ ވަރުގަދަ މީހެއްނު..މި މީހާއަށް އަށްވީ ގެރިއެއް އަރުވަން..

  105
  4
 10. އނތރސ

  ދިވެހިރާއްޖޭގެ ވެެރިންނަށް ކީއްތަވެގެން މިއުޅެނީ؟ މޯޑީއަކާ އަޅައިގަނެގެން ނެއްޓެންނޭންގިގެން...ހާދަ ބޮޑަށް ދަރަނިވެރިވެފައޭދޯ މިސަރުކާރު މިއޮތީ....ހައިރާންވާ ފަދަ ދަރަޖައަކަަށް ތި މޯޑީއެއްގެ ފަސްބައިގަ އެލޭތަން އެބަފެނޭ...އަހަރުމެން ދިވެހިންގެ ކޮންމެސް ވަރެއްގެ އަގެއްވެސް ހުންނަންވާނެދޯ...ލަދުގަންނަ ދަރަޖައަށް އެބަދޭ މިހާރު!

  132
  5
 11. ށޮއި

  ޝައިތާނާ ނަމަ ކިންގްގެ ލަގަބުވެސް ތިމީހުން އަރުވާނެ މުސްލިމުންގެ ގާތިލަކަށް ތިވަރުގެ ލަގަބެއް އެރުވި ބަޔަކު

  109
  5
 12. ޙުއްތު

  ތިޔައަރުވާއިއްޒަތަކުން ދިވެހިންއަތަކަށް ވުރެބޮޑު ޤައުމު ވިއްކާ ނުލައިފިޔާ.

  79
  5
 13. ައަޒްޚާ

  އެމްޑީޕީއިން އެ އެރުވީ މުސްލިމުންގެ ގަތުލުއާމެއް ހިންގާފަ ހުރި މީހަކައް ދައުލަތުގެ އިސް އިއްޒަތް.. އެކަން ކުރީ ޔާމީނެއް ނޫން.. މިސަރުކާރުން. ރައްޔިތުންނައް އެބަ ފެނޭތަ. އޭނާ އަކީ މުސްލިމުންނައް ހިންގި އަނިޔާގެ ސަބަބުން އެމެރިކާއައް އެރުން މަނާކުރި މީހެއް ކުރީގަ. ގަބޫލު ނުކުރެވޭނަމަ ގޫގުލް ކޮއްލާ. ދެލޯ ހުޅުވައިގެން ކަނު ވެގަނެގެން ބޮނޑިއެއް ނުބޮއެ ދިވެހީންނައް ކިހާ ދުވަހަކު އުޅެވިދާނެތަ.؟

  65
  3
 14. ޝައި

  ދެން އިއްޒަތް އެރުވުން އޮތީ ނަތަންޔާހޫ އަށާއި ސަލްމާން ރުޝްދީއަށާއި ޕިއްލޭ އަށާއި އަންޔަންސޫކީއައް.

  51
  2
 15. ާއަލީ

  ބޮޑުގެރި ބެއައް ދިވެހި ޕާސްޕޯޓެއްވެސް ދޭނެ މިދާވަރުންދަންޔާ

  47
  3
 16. ހަނދުނަ

  "އެއުރެންނީ، مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ كافر ންގެ ގާތުން عزّة ލިބިގަތުމަށް އެއުރެން އެދެނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން އެންމެހައި عزّة މިލްކުވެގެންވަނީ اللَّه އަށެވެ."
  ސުރަތް ނިސާ 139 ވަނަ އާޔަތުގެ މާނަ

  93
  2
 17. އިއްޒަތް

  إِنَّ الْعِزَّةَ لِلَّهِ جَمِيعًا
  އެންމެހާ އިއްޒަތެއް މިލްކުވެވޮޑިގެން ވަނީ ﷲ އަށެވެ.

  78
 18. އަބުލޯ

  ކިހާވަރަކައް ބާވިއްކާލީ ، މި އައްވުރެ ބީތާއެއް ވެރިކަމަކައް އަދި ނާދޭ

  61
  4
 19. ޙަސަން ތާޖުއްދީން

  ނިޝާން ޣާޒީގެ އިއްޒަތް ނިސްބަތްވަނީ ދޮންބާންޑާރައިންނަށް. އެއީ އިންޑިޔާ މީހުން ގެ އަތްދަށުން މިގައުމު ސަލާމަތްކުރެއްވި ބަތަލް. މިއަދު މިޝަރަފު އެރުވެނީ، ފާޅުގަ މިގައުމަށް އަރާ މިގައުމުހިފަން ގޮވާލި ޕާޓީ އެއްގެ ލީޑަރަކަށް. އަދި އެތަކެއްހާސް މުސްލިމުންގެ ގާތިލަކަށް. އެ ލަގަބު މޯދީގެ ކަރުގަ އެޅުވޭ ދުވަހަކީ އެ ލަގަބުގެ އަގު ވެއްޔާ މޮޑެލެވޭ ދުވަސް.

  72
 20. ހޯދި މޯދި

  މިހާރު ހުރިހާ ކަމެއް ގައި ވެސް މޯދި އެންމެ ފަހުން މޯދީއަށް ނިޝާން އިއްޒުދީން އިއްޒަތުގެ ވެރިޔާ މި ދެން ބޮޑުވަރު ??????

  51
 21. އަލިބިޔާއްކަލޯ

  ??????????? މީ ވަރަށް ވާހަކަ

  40
  1
 22. މީ

  މަގޭނަމަ ކާންދޭނީ ގެރިމަސް ތިޔަ މޯމޯމޯދުގަނޑަށް

  48
  1
 23. މީހާ

  ދިވެހިރާއްޖެ ނުކިއާ މޯދީރާއްޖެ ކިއަން ފެނޭ

  47
 24. ގެރި

  ޔާމީން ވެރިކިމުގަ ބުރިޖް ބަންުދު ކުރި ދުވަހެއްގަ މާރިޔާ ބުނީ އާންމު ރައްޔިތުންނަށް ފަސޭހައަކަށް ހެދި ތަނެކޭ ބަންދުކުރަން ހެދި ތަނެއްހޭ، މިއަދު ކޮބާ މާރިޔާ، މިއަދު އަމިއްލަ ގައުމުގަ ރައްޔިތު މީހާ އަށްވެސް މިނިވަންކަން ނެތި، ގެރި އަށްނާތި ބުރިޖް ވެސް ބަންދު، މަގުތައްވެސް ބަންދު، އޯގާ ތެރި ސަރުކާރު، ކިހާ އޯގާ ތެރި ދޯ

  68
 25. ޡްނަ

  ތިބުނާ މޯދީ އަކަށް އިތްޒަތް ތި އަރުވަނީ އޭނަ ކޮން ކަމެށް މި ގައުމަށް ކޮށްދީގެންބާ، ގައިމު މީހުންނަށް ޝަރަފުގެ ކުލަ ޢާ މެޑަލް ފަދަ ތަކެތި އަރުވަނީ ކޮންމެވެސް ޙާއްސަ ކަމެށް ގައުމަށް ދީނަށް ކޮށްދިނީމަ. ގެރި މޯދީ އަށް ވުރެ ތި އިއްޒަތް މާ ހައްގު ނިއުޒިލެންޑް ގެ ބޮޑުވަޒީރަށް.

  55
  • ޢެ

   ޢެމްޑީޕީޔަށް ވެރިކަން ގަނެފަ ދިނީމަ.. މަޖިލިސް ގޮނޑިތައް ވެސް ގަނެފަ ދިނީމަ.

   23
   2
 26. ޖަޒީ

  މިފަހަރު ކޯޗެއްބާ ނުއަގުގަ ވިއްކާލާނީ. އިބޫ އަކީ އަންނި ކަހަލަ މީހެއް ނޫނެ ކިޔާ އިބޫ އައް ވޯޓުދިން މީހުން މިގައުމު ސަލާމަތްކުރަން ނިކުމޭ.

  63
  1
 27. މޮހަނު

  ދިވެއްސަކަށް ވީތީ މިހާރު އުފަލެއް ނުވޭ! ސަބަބަކީ ދިވެއްސަކަށް ވީތީ އުފާވާންޖެހޭ އެއްވެސް ކަމެއް މިހާރު މިޤައުމުން ނުފެންނާތީ

  67
  1
 28. ކޮރަކަލި

  މޯދީއައް ދީބަލަ ނިސާން މުސްލިމުން މެރުން ގެރިއައް އިޒަތް ދިނުން

  51
  1
 29. ބައިކޮފީ

  ގައުމު އޭނާއަށް ދީގެންވެސް އެމްޑީޕީ ކުދިންނަށް ވެރިކަން ކުރެވޭތޯ ބަލާތި.

  54
 30. ުތައްޚާނުބެ

  ކަލޯގަޔާ... ކަނޑައެޅިގެން މުސްލިމުންނަށް އަނިޔާކުރާ އިސް ިމީހަކަށް ހާދަ އިއްޒަތެކޭ ދޯ މި ދިވެހިރާއްޖޭން މި އަރުވަނީ

  57
 31. ނިއުމާ

  މި ސަރުކާރަކީ މުސްލިމުންނާމެދު އެއްވެސް ރަހުމެއްނެތް ސަރުކާރެއް.އެހެންވެއެއްނު މުސްލިމުންނާމެދު އެހާ އިހާނެތިކޮށް ކަންތައް ކުރާ މީހަކަށް ނިޝާން އިއްޒުއްދީންގެ ލަޤަބު އަރުވަން އެއުޅެނީ..

  18
 32. އަބްދުﷲ

  އިސްލާމް ދީނަށް ދައުވަތު ދިނުމުގައި އެންމެ ކުރީގައި މަސައްކަތް ކުރަމުން އަންނަ ދާޢީ ޑރ.ޒާކިރް ނައިކް ގެ މަައްޗަށް ޓެރަރިޒަމް ގެ ދައުވާ ކޮށް އެގައުމުން ބޭރުކޮށްލި އިސްލާމްދީނާ މިހައި ބޮޑު އަދާވާތްތެރިއަކަށް ސައްތައިން ސައްތަ މުސްލިމުންނޭ ބުނާ ބަޔަކު މިވަރުގެ ބޮޑު އިއްޒަތަކާއި ގަދަރެއް ދޭ ކަމީ ހިތާމަހުރިކަމެއް

  18
  1
 33. ނައިފަރޭ

  ކަލޭމެން ވެރިކަމަށް ހޮވޭފޭ ޗަތިބީ ކާފަރުންށް އިއްޒަަތް ދޭކަށް ނޫން ???

  20
 34. ގޮޮށްރާޅު

  ވެރިންނަށް ބުނެލަން ތިހެން ނުހަދާށޭ އިސްލާމުންނާ ދެކޮޅު މީހަކަށް ތިހާ ލަގަބުތައް ނުދޭށޭ ވެރިމީހާ މިކަމަށް ވިސްނަށް ވާނެދޯ

  16
 35. ދުނިޔެ

  މޯދީ މިގައުމަށް އެއަންނަނީ މަލިކު ދިވެހިން ނަގަން އުޅޭތީވެ އެކަމުގެ މަޝްވަރާތައް....

  15
  1
 36. އަންނި

  މިދެން ފުކެއް ބޮޑުވަރު ދިވެއްސަކައް ވީތީ ލަދުގަންނަ ހިސާބައް ދުއްވާލައިފި ރައްޔިތުން ހަޔާތް ކަނޑާލާފަ ހަމަ ކުޅިބަލަން ...

  15
  1
 37. އިބްރާ

  މި ބަލާވރިކަމުން މިންޖުކުރައްވާ މި ވެރިންގެ ނުބައި ރަެވުންތަކުން މިގައުމު ސަލާމަތް ކުރައްވާފާންދޭވެ...

  19
 38. މާރި

  އަންނި އާ މިކަލޭގެއަށް ބައިއަތުހިފާގެން ގައުމު ގެރިއަކަށް ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބުކުރައްވާފާނދޭވެ.

  19
 39. ބައްދޫރު

  ތަބަކައް ލަަާފަ އަރުވަބަލަ މެޑަމްވެސް

  18
 40. އިބޫ

  އަޅުގަނޑުމެން ދިވެހިންތެރޭތިބި އިސްލާމްދީނަށް ލޯބިކުރާ މީހުންނަށް މިގައުމުގެ ބާރުތައް މައްޗައްވެރިވެގެން ތިބި މުނާފިގުންގެ ނުބައި ރޭވުންތަކުން ސަލާމަތް ވެތިބުމުގެ ހެޔޮ މަގުދައްކަވާށި ، އާމީން

  18
 41. ޖާބިރު

  މަޖްލީސް އިން ފާސްކޮށްލާފަ ދިވެހިރާއްޖޭގެ ވެރިކަން ވެސް ގެރި މޯދީ އަށް ހަވާލުކޮށްލަން ވީނޫންތޯ

  15
 42. ސަރޭ

  ކުރިންވެރިކަމުގަ ތިބިއިރުވެސް ޖަމިއްޔާއެއްގެ ސެކެޓަރީއަކު އައުމުން ވަނީ ސިފައިންލައްވާ ގާޑްއެއްއަރުވާފަ 7 ބަޑީގެސާލާމެއްވެސް އަރުވާފަ މިމީހުން ކޮންމެފަދަ ސަކަރާތެއްވެސް ޖަހާފާނެ

  14
 43. ރަސީދު

  މޯދީއައް ހޫނުކޮއްފަ އިބޫލައްވާ މުދި އަރުވަބަލަ

  15
 44. ސެެނަަ

  މިރޭ ފެންނާނެ؛ ރާއްޖެ އިސްލާމްވުމުގެ ކުރިން އެރި ރަންނަމާރި! މިފަހުގެ ކުދިންނަށް! ދެންޖެހޭނީ؛ އަބުލްބަރަކާތެއް؛ މަގުރިބުކަރައިން ހޯދައިގެން ގެނެސް ރާއްޖެ އިސްލާމްކުރަން؛ ތޯއްޗެއް!

  17
 45. މޫސާ

  އެއީ މުސްލިމުން މަރާތީތަ؟

  16
 46. ޝާށާ

  މިދުނިޔޭގެ ލަގަބުތަކަކީ އެއްވެސް އެއްޗެއް ނޫން މޯދީ މާވެފަ ހުއްޓަސް ތިއެއްލިބިގެން ތި އެއްޗަކު ދާނީ ނަރަކައިގެ އެންމެ އަޑިއަށް ހަމަ. އޭނަޔަށް ސަރުކާތުން ތިހާ ހެޔޮއެދޭނަމަ އިސްލާމްދީނަށް ވަނުމަށް ގޮވާލާ!

  20
 47. ގެރި

  ???...?....?..?..?

  13
 48. މަ

  ދެން އިއްޒަތްދޭނީ އިސްރާއީލު ގެ ވެރިންނށް ތޯޗެ. ވާފޫއްސެއް ހުވާމިބުނީ.

  16
 49. Anonymous

  އެތައް މުސްލިމުންނެއް މަރާފައިވާ އަދި މިހާރުވެސް މަރަމުންދާ މީހަކަށް އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންތަ މިފަދަ އިއްޒަތެއް މިއަރުވަނީ؟

  16
  1
 50. ފާއިޒް

  ކުރާނެ ކަމެއްނެތް ދިވެހިންނާއި މުސްލިމުން ރުޅި އަންނާނެ ހުރިހާކަމެއް މި ސަރުކާރުން ކުރާނެ މި ދިވެހި އިސްލާމުންނަށް ޖަހާ ޖޯކެއް ....

  17
  1
 51. ޒާ

  މުސްލިމިން މެރުމުގަ ނަތަންޔާހޫއާ އެއްދަރަޖައެއްގައިއުޅޭ މޯދީއަށް ތިއިއްޒަތްދޭމީހުން ތިޔަދެނީ އަނިޔާވެރިކަމަށް ހިތްވަރު

  18
 52. what

  ???

 53. ޢަހުސް

  ގެރިމޯދީއަށް ތިލަގަބުއަރުވައްވީއެއްވެސްސަބަބެން ނުފެނުނު ބަލާގަނެވޭނެކަމެއްވެސްނޫން

 54. ބުއްޅަބޭ

  ވެރިކަން ހޯދާދިނީމަ ގައުމުވެސް ވިއްކާލަން ފަހެއްނުޖެހޭނެ!

 55. ބޭޝަރަމް މޯދީ

  बेशर्म, निर्दयी, कायर बूढ़ा आदमी !!! आपको लगता है कि आप बहुत सख्त हैं? तुम सिर्फ शैतान नहीं हो। दुसरा नतन्याहू का पालन-पोषण एशिया में हुआ !!!

  1
  1
 56. ޢާން

  ޢަންނި އަށް އޭރުން ލިބޭނެ އިންޑިއާ އިންދޭ ހާމުދުރުންގެ އެންމެ މަތީ އެވޯޑް