މިއަދު ރާއްޖެ ވަޑައިގަތް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ދަތުރުފުޅާއި ދެކޮޅު ހެދުމުގެ ގޮތުން "ބޮޑު ގެރިއެއް" ކަތިލައިފިއެވެ.
މީސް މީޑިއާގައި އެ ގެރި ކަތިލި ފޮޓޯތައް މިހާރު ދަނީ ދަައުރުވަމުންނެވެ. އެ ފޮޓޯތަކުގައި، ގެރީގެ ހަށިގަނޑުގައި ދިވެހިން ބަހުންނާއި، އިނގިރޭސި ބަހުން، އަދި ހިންދީ ބަހުން ލިޔެފައިވާ ލިޔުންކޮޅެއް ވަނީ ތަތްކޮށްފައެެވެ. އަދި ތަތްކޮށްފައި އެ ލިޔުންކޮޅުގައި މިއަދުގެ ތާރީހުވެސް ލިޔެފައި ވެއެވެ.
ކަތިލާފައިވާ އެ ގެރީގައި ތަތްކޮށްފައި ހުރި ލިޔުންކޮޅުގައި ވަނީ، ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ހައްގުގައި، އަދި އިސްލާމް ދީނަށް ނަސްރުދިނުމުގެ ގޮތުން ކަތިލެވޭ ގުރުބާން ކަމަށެވެ.
މި ގެރި ކަތިލާފައި ވަނީ ކޮންތާކު ކަމެއް ނޭގެއެވެ.
މޯދީގެ ދަތުރުފުޅާއި ދެކޮޅުހެދުމުގެ ގޮތުން ބޮޑު ގެރިއެއް ކަތިލިއިރު، އިންޑިއާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މީހުން އެ ގައުމުގެ ގެރި މަސްކާ މުސްލިމުން ދަނީ މަރަމުންނެވެ. އެގޮތުން މިދިޔަ ފަސް އަހަރު ތެރޭގައި 44 މުސްލިމަކު ވަނީ މަރާލާފައެވެ.
އަދި އޭގެން އެއްވެސް މީހަކަށް މޯދީގެ ސަރުކާރުން އިންސާފު ހޯދާދީފައެއް ނުވެއެވެ.
މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅާއި ދެކޮޅަށް އެތައް ބަޔަކު މީސް މީޑިއާގައި ތަފާތު ވާހަކަތައް ދައްކަމުން ދެއެވެ.
ސާބަސް ދިވެހި ބަތަލުންނަށް
ދެން ރާއްޖޭގެ ރައިސް އިންޑިއާއަށްދާއިރު މިކަހަލަކަމެއް އެވެރިންކޮށްފިއްޔާ ވަރަށްދެރަ. އެތަނަކީ މާބޮޑަށް މިނިވަންކަން އޮންނަތަނެއް.
ޢެމީހުން މިހާރުވެސް ނުކުރާ އާކަމެެއް އިތުރަކަށް ނުކުރާނެ
ކަލޭ ދެން ހިތާމައިގެ ކަރުނަ އޮއްސަން އޮންނަންވީނު. .
ދިވެހި ރާއްޖެ ހެނެއް ހީއެއް ނުވޭ
މިއީ ގައުމަށްޓަކައި އަދި ދީނަށްޓަކާ ގުރުބާންވި ކަމުގެ ކުޑަކުޑަ މިސާލެއް މިއީ ފެށުމެއް މިފެށުމުގައި ﷲ ބަރަކާތްލައްވާށި އެވެ އާމީން ހުރިހާމީސް ތަކުން އާމީން ވިދާޅުވެ ދެއްވާ އާމީން.
އާމީން
އާމީން
އާމީން. ޔާ ރައްބަލް ޢާލަމީން އާމީން. އަޅަމެނަށް ނަސްރު ދެއްވާށި އާމީން
އާމީން..
މިއީ ފެށުން ﷲ އިރާދަފުޅުން އިންޑިއާގެ މައްޗަށް މިގައުމު ނަސްރު ހޯދާނެ މިއީ ކުޑަކުޑަ ލާމަސީލު މިސާލެއް.
އިންޑިޔާގެ މައްޗަށް ނަސްރު ހޯދަންށޭ ކިޔާފަ އާއްޖަފާއްޖަ އެއް ނެތް ގޮތުގަ ކުފުރުގެ ގެރިއެއް ކަތިލީމަ މި ވަނީ ކޮން އެއްޗެކަށް. ދެކޮޅުވިޔަސް މީ ބޮޑު ވަރު. މަވެސް މީ ވަކި އެ މީހުން ކޮޅަށް ހުންނަ މީހެއް ނޫން. އެކަމަކު އެ ކުރި ކަންތައްތަކަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. އަދި މިގައުމުގަ އިންޑިޔާ ސައިޒުގެ ރައްޔިތުން އުޅޭ ވިއްޔާ ހަމަ ފުއްޕަންވެސް. މީ ހަމަ އެމީހުން ލައްވާ ބޮނޑިއެއް ހޯދާނެ ގޮތެއް ނޭނގިގެން ކުރި ކަމެއް.
މޯދީ އަދީ އަކީ މޮޔަގެރިއެއްކަހަލަ ނުރައްކާތެރި އިރުހާބީ ޚިޔާލުގެ މީހެއްކަން ދިވެހިން ހަދާންކުރަންވާނެވެ. ކަޝްމީރުގެ މުސްލިމުންގެ އިތުރުން އިންޑާގެ މުސްލިމުންނަށްވެސް އެސޮރުގެ ދުއްޕާން ފޯރައެވެ. ދެން މި ރާސްތާގައި މިވަނީ ދިވެހިންނެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި ޤައުމުގެ ރައްކާތެރިކަން ދަމަހަށްޓަވާދޭވެ!
ކޮންމެ ދީނެއްގެމީހަކަށްވިޔަސް އިހުތިރާމް ކުރަންވާނެ.
އިހުތިރާމް ކުރަންވާނީ އިހުތިރާމް ކުރާ ބަޔަކަށް. މިކަހަލަ އަދުއްވުންނަށް އިހްތިރާމް ކުރާނީ އެމީހުންގެ ތެރެއިން ވާ މީހުން. އަހާބަލަ ކަލޭގެ ކަންނެލިއޮޑި ކައިރީ.
އެވެރިންގެ ފޮތްތަކުގައިވަނީ އިސްލާމުންނަކީ އެވެރިންގެ ދުޝްމަނުންކަމުގައި. މީހަކުދެކެ ލޯބިވާންޖެހޭނީ ﷲއަށްޓަކައި ، އަދި ރުޅިއަރަންވެސް ވާނީ ﷲއަށްޓަކައި. ﷲއަށްޓަކައި ﷲއަށް ޝަރީކްކުރާ ބަޔަކަށް ލޯބިވާންޖެހޭނެގޮތެއް މޯޑަށް އެނގިފަ އެބައޮތްތޯ؟
އެއި. ތެދެއް. މިހާރު މި އުޅުނު ނިންމާފައި އަނެއް އުޅުމާއި ، ފަލަސްތީނު އަދި އިސްރާއީލު އަލުން ރައްޓެހި ވުމުން ވަނި ނިންމާފައި.
ދެކޮޅު ހެދުމުގެ ގޮތުން މިބާވަތުގެ ކަންކަން ކޮށްގެން ނުވާނެ. މިއީ ދީނީ ފުރއްސާރަ. މޯދީގެ ދަތުރާއި ދެކޮޅުހެދުމަށް މުޒާހިރާ ކުރުމާއި ސްޓޭޓްމަންޓްތައް ދީ!
އަސްލިވެސް ދީނީ ފުރައްސާރަކުރުމަކީ އެސްލާމްދީނުގަވެސް އޮންނަކަމެއްނޫން. އަހަރެމެންގެ ހަތިމަކަށް އެމީހުން އިހާނާތްތެރިކޮށް ކަންތަށް ކިރީމަ ވާ ދެރަޔާ އަންނަ ރުޅި ކޮއްމެ މިސްލިމަކަށްވެސް އިނގޭނެ. ދެން އޭނަޔަށް މިކަން އެނގުމުން މުސްލިމުނަށް ކުރާ އަނިޔާ ވާނީ ގިނަ. އަހަރެމެންގެ ގެރި ކަތިލި ގުރޫޕަކަށް އެއްވެސް ކަމެއް ނުކިރެވޭނެ. މިއީ އެ ނުލަފާ މީހާ ލައްވާ މުސްލިމުނަށް އަނިޔާދޭން ކުރިކަމެއް.
ހަތިމަކަށް އެމީހުން އިހާނާތްތެރިކޮށް ކަންތަށް ުކުރީމަ ދެރަވާ ބަޔަކު މިގެރި ކަލޭގެ އުނގަށް ވެއްޓޭކަށް ނޭދޭނެ. މޮޅު ވާހަކަ ނުދައްކާ.
ބަލަ މަށާއި ނުބެހި ކަލޭމެން ކުރަންވީ ކަމަކީ އަފްރާޝީމް މަރާލި މީހުން ހޯދަދޭށޭ ބުނަންވީ! ޢަދި ފުލުހުންނާއި ހޯމް މިނިސްޓަރ ކައިރީ އަހަން ވީ! ޙަނދާން އެބަހުރިތަ ޝައިކް އިމްރާން ބޮޑުމުޒާހަރާގައި ބުނި ހަނދާން "މިހިރީއޭ ޑޮކިއުމަންޓްތައް". ޢެހެންވެއްޖިއްޔާ ހާމަކުރާށޭ ބުނެބަލަ!
މޯދީހެ ޚިޔާލީ ކަލާންގެ މަރާލައިފި. . މަރުދޫޚް
?????
ގެރި ކަތިލުމުގައި ބައިވެރިވި ފަހުލަވާނުންނަށް އައްސަރިބަހާއި ސާބަސް!
އައްސުލްތާނު ދޮންގެރި މަހާރަދުން ދޮށިމޭނާ ކިލެގެ ދޮން މޯޑީ މަހާގެރި. މޯޑީގެ ނަން ދިގު ވެއްޖެ މިވީ ގޮތުންް.
ޗައިނާ ގައި މުސްލިމުން ރޯދަ ހިފުން މަނާކޮއް މުސްލިމުން ނަށް ކުރާ އަނިޔާ ތައް ތަމެންނަށް ނުފެނޭތަ! ރާއްޖޭގައި ތިބި ޗައިނާ މީހުން ބޭލުމަށްޓަކައި ޗައިނާ އެމްބަސީ ދޮށައް ޕީ ޕީ އެމް އަށް ތާއީދު ކުރާ ކުދިންކޮލު ގޮސް މުޒާ ހިރާ ނުކުރަނީ އެކަމަކީ އެވެރިންނަށް ރަގަލު ކަމަކަށް ވާތީ ދޮތަ! އަނގަ އެއް އޮތިއްޔާ ކާލެއް ނުކާނެއޭ ބުނެއުލޭ.
މި މީހުންނަށް ހީވާކަހަލަ އިންޑިއާ އަކީ އެމްޑީޕީ އޭ ޗައިނާ އަކީ ޕީޕީއެމް އޭ. ބަލަ މިއުޅެނީ ވަކި ޤައުމެއް ވެގެނެއް ނޫނޭ. ޗައިނާގައި މުސްލިމުންނަށް ކުރާ އަނިޔާވެސް ހަރުއަޑުން ކުއްވެރިކުރަން. އެކަމަކު މިވަރު ޖާހިލު އަދި މުސްލިމުންނަށް އަނިޔާވެރި މީހަކު މި ދިވެހި ފަސްގަނޑަށް އަރުވައި ކުރުނީސްކޮށް، މިވަރެއް ނެތިގެން ބަޔަކު އުޅޭތީ އެކަންވެސް އަހަރުމެން ކުށްވެރި ކުރަން. އަހަރެންގެ ދުޢާ އަކީ الله سبحانه وتعالى އެވެރިންގެ ޤުރުބާނާމެދު ރުއްސަވައިވޮޑިގަތުން. އާމީން
ޗައިނާއާ ދެކޮޅަށް ކަލޭ އޭރު ހަޅޭއް ވެރުނީ ތިކަހަލަ ކަންކަމާ ނުރުހިގެނެއް ނޫންތާ. ވެރިކަމުގަ ތިބީ ކަލޭގެ ނަންނާމެންނަށް ނުވާތީތާ. އެހެން ނޫންނަމަ މިހާރު މިކުރާ ކަންތައްތަކާވެސް ކަލެއަށް ވާހަކަ ދެއްކެން ވާނެތާ.
ސިނަމާލެ ބުރިޖު + މުސްލިމުންގެ އަނިޔާވެރިކަން ≠ އިބުދުލް الله ޔާމިން
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުން + މުސްލިމުންގެ އަނިޔާވެރިކަން ≠ އިބްރާހީމް މުޙައްމަދު ސޯލިހު
މިކަހަލަ ރައީސުން މުސްލިމުންގެ އަނިޔާވެރިކަން ސަފޮދަރުން.
ސަލަފު ޖަމިއްޔާ މިކަމުގައި ކީކޭ ބުނަނީ!
ﷲއަށް ޝަރީކުކުރާ މީހަކަށް ﷲއަށްޓަކައި ލޯބިވެވޭނެ ގޮތެއް ނެތެވެ. މީނާއަކީ މުސްލިމުންނަށް ޖެހިފައިވާ ބލ އެކެވެ. މި ބލ އިން މުސްލިމުން ސަލާމަތްކުރައްވާތޯ މާތްﷲއަށް ދުޢާ ދަންނަވަން.
ސާބަސް މިކަން ކުރި ބަޔަކަށް....
މިގެރި ކަތިލާފައި ވަނީ ސައުތު އެފްރިކާގެ މަލާވީ ގައި ޝައިޚު އިދުރީސް ހުސައިނުއާއި ޝައިޚު އިލްޔާސް ހުސައިނުގެ އިސްނެގުމުގެ މަތިން
އަސްލުވެސް އުފަލުން ރޮވިއްޖެ. މިހުރިހާ ޖަރީމާތަކެއް ހިންގަމުންދާއިރު މިކަންކަމާ ދެކޮޅަށް އެއްޗެކޭބުނާނެ މީހަކުނެތްކަމަށް ހީކޮށް ވަރަށްދެރަވެފައި ހުއްޓާ މިޚަބަރުފެނުމުން ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވާލައިފި. ޝުކުރިއްޔާ ޤައުމީބަޠަލުން! އިންޑިޔާއިން ރާއްޖެއަށް ކޮށްދެމުންދާ ކަންކަމުގައި ނުނިޔަތެއް އޮތްކަމުގައި ވާނަމަ އިންޑިޔާއަށް ހަލާކުހުރި!
މިގެރި ކަތިލާފައިވަނީ “އަގީގާ އަލް މުސްލިމް”ގެ ފަރާތުން. މިއީ ޝައިހް އިދްރީސް ހުސައިން އާއި ޝައިހް އިލްޔާސް ހުސައިނުގެ ހިއްސާ އޮންނަ ވިޔަފާރިއެއް
ވަރަށް ފުރިހަމަ އަށް އަޤީޤާ އަދި ސަދަޤާތް ބަކަރި އަދި ގެރި ކަތިލައިދޭ ބައެއް މާޝާﷲ. އަޅުގަަނޑު ހަމަ މިމީހުންގެ ޕޭޖު ދެންމެ ބަލާލީ https://www.facebook.com/Aqeeqah.al.Muslim
މިއީދެން ހޭ ބުއްދި ތިބޭ ބަޔަކު ކުރި ކަމެއް ނޫން. ވަރަށް ދަށު ދަރަޖައިގެ އަމަލެއް. ކުއްވެރި ކުރަން.
ހެޔޮނިޔަތުގަ ކުރާކަނިތައް ިސްތިހާރުކުރޭތަ ތިކަމުން ފިތުނަ އުފެދުން ނުން ކަމެއްވެއްޖެތަ
ހަހަހަ ހާދަ މަޖާ ކުދިންކޮޅެކޭ?
އެފްރިކާގެ އަވައްގަނޑަކާ ވައްތަރީ.
މޯދީއަކީ އެންމެ ބޮޑު އެއްޓެރަރިސްޓް....އަދި އޭނާވަރެއްނެތިގެން ބަޔަކު އުޅޭތީ ހައިރާންވޭ..އެހެންނަމަވެސް ތިޔަފަދަ ޢަމަލުތައް ނުހިންގުމަށް ނަޞޭޙަތްތެރިވަން....ﷲ އަށްޓަކައި ނޫނީ އެއްވެސް އެއްޗެއް ކަތިލައިގެންނުވާނެ.....ނޫނީ ތިޔަފަދަ ޢަމަލުތަކުން ޝިރުކުކުރެވިގެން ހިނގައިދާނެ..
ގެރީގެ މަހާއި ކިރަކީ ކެއުމަށް މާތްﷲ ޙަލާލުކުރައްވައިފައިވާ ތަކެތި ، މޯޑީ ފަދަ ދެއޮޅިއެއްނުވާ އިންޑިޔާގެ ބިލިއަންމީހުން އެ ގެރިއަށް އަޅުކަންކުރިޔަސް އަހަރެމެން އުޅޭނީ ﷲއެންގެވިގޮތަށް ، ގެރިމަސްކައި އޭގެ ކިރުވެސް ބޮއިހަދާނަން. އެވެރިންވެސް ގެރީގެ ކިރުބޯކަށެއް ދެކޮޅެއްނުހަދާ. ކަލާނގެ ކިރުބޯއިރު އޯކޭ . ކަލާނގެ މަސް ހަރާނމީ. އަނެއްކާ ކަލާނގެ މަރުވެސްވޭ މޮޔަބަލިޖެހިގެން، އަޅެ މޮޔައެއްނުވާނެތަ؟ މިފަދަ ﷲއަށް ޝަރީކުކުރާ މީހަކަށް މިފަދަ އިސްލާމީ ގައުމެއްގެ ޝަރަފެއް ހައްޤުވާނީ ކޮންގޮތަކުންތޯ؟
ތިޔަ ގެރިކަތިލައިގެން ހިންގިއަމަލަކީ ފިތުނަ ފަސާދަ އުފައްދައި، މަސްލަޙަތު ނަގާލައި ހަމަނުޖެހުން އުފެއްދުމަށް ކުރި ނާތަހުޒީބު އަމަލެއް .
ތިހެންބުންޏަސް މިހެންބުންޏަސް ވިސްނޭ ބަޔަކަށް ވިސްނޭނީ. ނުވިސްނޭ ބަޔަކަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް ނޭނގޭނެ. އެއީ މިދިވެހީންގެ ތެރޭގަ އުޅޭ ނުލަފާ ދިވެހިންނަކީ. ކޮންމެ ފަދަ ކަމެއްވެސް ހަލާލު ކޮށްފާނެ.
ތިކިއަނީ ހުސް ގުދޯގުދޯއެވެ ދީނައްޓަކައި ގައުމައްޓަކައި ދައްކާހާވާހަކަތަކެއްނޫން މަވެރިކަންވީމަ މަވެރިކަންނުވީމަ ދައްކާވާހަކަތަކެވެ
ތިޔަ މަކީ ތިޔަކަންކޮށް އަދި ތިޔަކަމަށް ތާއީދު ކުރާމީހުންނަކީ މުރައްކަބު ޖާހިލުންކަން އިއުލާނު ކުރުމަށް ކުރިކަމެއް. ތިޔަކަމުން ގެއްލުމެއް ލިބުނިއްޔާ ލިބޭނީ ހަމަ ދިވެހިންނަށް .
ނިޝާން އިއްޒުއްދީން ގެ ލަގަބް އަރުވަންވީ ގެރި ކަތިލީ މީހުން ނަށް...ސާބަހޭ ތީ ދިވެހި ދަރިންނަކީ މި ގައުމު ބޭނުން ވަނީ ތިޔަ ފަދަ ދަރީން...
ކޮންތާކު ފިލާ ތިބެގެން ކުރިކަމެއްބާ
ދެން މީ ބޮޑުވަރު...... މަގޭ ހިތަށް ހަމަ އަރަނީ މިވެރިން މާދީންވެރި ވެގެން އުޅޭއިރު އިސްލާމް ދީނުގަ އެބަ އޮވެޔޭ އެހެން ދީންތަކަށްވެސް ރެސްޕެކްޓްކުރަން އަންގަވާފަ.... މިގޮތަށް ހަމަ ކަންކުރަނީ ހަމަ ދީން ދެކެ ލޯބިވާތީ ބާވައޭ ހިތަށް އަރާ..... ވިސްނަންވާނެދޯ އެމީހުންވެސް އެފަދައިން އަހަރުމެންގެ ޤުރުއާން އަށް ހެދީމަ އަހަރެމެންނަށްވެސް އަސަރު ކުރާނެކަން.... އެމީހުންގެ ދީނަށް އަހަރެމެން ރެސްޕެކްޓް ނުކުރާތާގަ އަހަރެމެން އެމީހުންގެ ކިބައިން ރެސްޕެކްޓަށް އުއްމީދުކުރުމަކީ ބޭކާރުކަމެއް.
މި ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމައް ހުރަސް އެޅުމުން މި ފަދަކަންކަން ކުރަނީ... އިންޑިއާ ސިފައިން މި ގައުމުން ބޭލުމައް ގޮވާލާތީ ސަރުކާރައް އަދި އެމްޑީޕީ ގެ ވެރިންނައް ހަޖަމެއް ނުވޭ
ޙަރާމްކޮށް ކުރާ އެއްވެސް ކަމެއް ކިތަންމެ ވަރަކަށް ހަލާލު ކުރިޔަސް އެ ނުވާނެދޯ ހަލާލެއް. ތިޔަ ކުރި ކަމަކުން ލިބޭނެ މަންފާއެއް ނޯންނާނެ. ދެން އިންޑިޔާއިން ބޮން އެޅީމަ ބުނާނެތޯއްޗެއް ތިމަންނަމެން ހަމަ އަލިފުގަ ތިއްބަޔޭ މިހެން މިވީ.
ގެރިއެއް ކަތިލީމަ ބޮން އަޅަން ޖެހޭތަ؟ ތިއޭ އެމީހުން ކަމުނުދާ ކަމަކީ.
މޯދީއަށް މެސެޖް ދޭން ގެރި ކަތިލުން އިސްލާމްދީން ހުއްދަނުކުރޭ.
މޮޑީ ހީކުރި ދިވެންނަކީ. ފަކިސްތާން ޓެރަރިސްދުން ކަމަށް
وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا يَعْمَلُونَ
(އަލް އަންޢާމް - 108)
اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوة ތެރިކަމުގެ ގޮތުން اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ. ހަމައެފަދައިން، ކޮންމެ أمّة އަކަށްމެ އެބަޔެއްގެ عمل، ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށް ދެއްކެވީމެވެ. ދެން އެއަށްފަހު، އެއުރެން رجوع ވާހުށީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން، އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ.
ތީމިވެރިކަން ވެއްޓުނީ ޔ.މ.ނ.ގާތުބުނޭ ވައްކަން ކުރަން ތައްޔާރު
އިސްލާމް ދީނުގައި މީސް މީހުންނާއި ޖެއްސުންކޮށް ފޮށި ބުލީކޮށް ފުރައްސާރަކުރުމަކީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ހަރުކަށިކޮށް ނަހީކުރައްވައިފައިވާކަމެއް
ދެކޮޅުހެދުމަކީ މައްސަލައެއް ނޫން. އެކަމަކު މިއީ ރަނގަޅު ކަމެއް ގޮތުގައި ބަލައެއް ނުގަންނަން. ގެރި ކަތިލެވެން ޖެހޭނީ ހަމައެކަނި ކާންށާ ﷲ ގެ ހަދުރަތަށް.
ތިފަދަ ކަންކަމުގަ ގުރުބާން ކުރުމަކީ ދީނުގައި ސާބިތު ކަމެއްތޯ ބެލުމެއް ނެތް ޕާޓީ ވީމަ