އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ފެއްޓެވުމާ އެކު ޖަލްސާ ބޮއިކޮޓް ކުރައްވާ ނިކުމެވަޑައިގަތީ ރާއްޖެއަކީ މުސްލިމް ގައުމަކަށް ވާތީ މުސްލިމުންގެ ފަރާތުން ކޮންމެވެސް އެކަކު އެންމެ ކުޑަމިނުން މެސެޖެއް ދޭން ޖެހޭ ކަަމަށް ގަބޫލުކުރައްވާތީ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޠާރިގު ވަނީ މޯދީ ތަޤުރީރު ކުރައްވާ ޖަލްސާ ބޮއިކޮޓް ކުރައްވާނެ ކަން ކުރިން ވެސް އިއުލާން ކުރައްވާފައެވެ.

މޯދީ ތަގުރީރު ކުރެއްވި ޖަލްސާ ފެށި އިރު މަޖިލީހުގެ ތަޅުމުގައި ޠާރިގު އިންނެވި އެވެ. ނަމަވެސް މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މޯދީ އަށް ދައުވަތު ދެއްވުމުން ޠާރިގު ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައެވެ.

ޠާރިގު މިރޭ "ވަގުތު" އަށް ވިދާޅުވީ މޯދީ ލީޑަރަކަށް ހުންނަވައިގެން ބީޖޭޕީ އިން އިންޑިއާގެ ވެރިކަމަށް އައި ފަހުން އިންޑިއާގައި މުސްލިމުން މެރުމާއި އަނިޔާ ކުރުން އާއްމުވެފައިވާ ކަމަށެވެ. އެކަންތައް ހުއްޓުވަން އިންޑިއާގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށާއި އެހެންކަމުން މުސްލިމުންނަށް ކުރާ އެ އަނިޔާއާ މެދު ނުރުހުން ފާޅުކުރުމުގެ މެސެޖް އެންމެ ކުޑަމިނުން ކޮންމެވެސް އެކަކު ޖެހޭ ފޯރުކޮށްދޭން ކަމަށް ޠާރިގު ވިދާޅުވިއެވެ.

ޖަލްސާ ބޮއިކޮޓް ކުރައްވާ ނިކުންނެވުމުން އެމެސެޖް ދެވިއްޖެކަމަށް ގަބޫލު ކުރައްވާ ކަމަށް ޠާރިގު ވިދާޅުވިއެވެ.

"އިންޑިއާ އާއި މައްސަލަ ޖެހިގެން އުޅުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫންކަން ގަބޫލުކުރަން. އެހެން ނަމަވެސް އަނިޔާއާ ދެކޮޅު ހަދާކަން އެންމެ ކުޑަމިނުން ފާޅުކުރަން ޖެހޭ." ޠާރިގު ވިދާޅުވިއެވެ.

ޠާރިގު ވިދާޅުވި ޖަލްސާ ދޫކުރައްވާ ވަޑައިގެންނެވި ނަމަވެސް އަޑު އުފުއްލަވައި އިހުތިޖާޖް ނުކުރެއްވީ ގައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން މޯދީ އަށް އިހުތިރާމް ކުރައްވާތީ ކަމަށެވެ.

ޠާރިގު ފިޔަވައި އެހެން މެންބަރަކު މިރޭގެ ޖަލްސާ ބޮއިކޮޓް ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޖުހާ

    ޓޮމް ނެއްކަމަކު ޖެރީހުއްޓެއްނޫން

    11
    49
  2. ސޯޕް ލައިޓް ބްރަދަރ

    ތިޔައީ ފިސާރި ގަޓުހުރި ފިރިހެނެއް!!!

    182
    26
  3. ޙަސްން

    ތިހާމުސްލިމުންދެކެ ލޯބިވާމީހެއްނަމަ ނިމިދިޔަ ފަސްއަހަރުގެ ވެރިކަމުގަ މިޤައުމުގެ މުސްލިމުންނަށް ދެމުންދިޔަ އަނިޔާތަކާ ކުރަމުންދިޔަ ވައްކަމާ ކޮރަޕްޝަން އަމަލްތަކަށް ސަރުކާރަށް މެސެޖެއްދޭން ސަރުކާރަށް ކުރާތާއީދު އަނބުރާނުގެންދިޔައީ ކީއްވެބާ؟؟؟ ތީހަމަ ޒާތީވުންނޫންދެން ކޮންކަމެއްތޯ؟

    30
    141
    • Anonymous

      ކޮސް ނުގޮވާ ހުރޭ

      51
      29
    • ޢަބްދުއްލާ

      ނިމިދިޔަ ރސ ޔާމީނު ސަރުކާރުން

      މުސްލިމަކަށް ވެގެން ބޯކަނޑާލި އެކަކުވެސް ބުނެބަލަ؟
      މުސްލިމުންނަށް ފަރުވާ ކުރަން 25ބުރިގެ ދަރުމަވަންތަ ހޮސްޓަލް އެޅެ.

      67
      7
    • އަންނި

      ނިމިދިޔަ 5 އަހަރު އަނިޔާ ލިބުނީ ކަލޭ ކަހަލަ މުނާފިޤުންނަށް. ކަލޭމެން ބޭނުން ވެގެން ތިޔަ އުޅޭ ޔަހޫދީ ގޮތް އެންމެން ވެސް ދަނޭ. އަހަރެމެން އަދި މަޑުން ތިބީ

      58
      8
  4. ބަނޑޭރި

    ސާބަހޭ އިއްޒަތްތެރިމެންބަރު ތޯރިގުއަށް

    161
    21
  5. ދިވެއްސެއް

    ޓޮމް އަށް ސާބަސްދެން.. ތިގޮތަށް ހުރިހާކަމެއްގައިވެސް ދެމިހުންނާނެކަމަށް އުންމީދުކުރަން.

    155
    14
  6. ރައްޔިތުމީހާ

    ޠާރިގުގެ ހިއްވަރަށް ހަމަ ސާބަސް....

    149
    14
  7. ނަމަ

    ޠާރިގު ޖަލްސާ އިން ނިކުތީމަ ކޮންމެސެޖެއްބާއޭ އެދެވުނީ ހިތައްއަރާ އެބަ

    23
    89
  8. ކިނބޫ

    އިދިކޮޅު މެންބަރުންނާ ބައްދަލުކުރަން ގެރިބެއަށް ނުކެރުނުއިރު އޭނަ ބިޑިހެދުން ލައިގެން އަރާހުރެ ދައްކާ ވާހަކަ އަޑުއަހަން ތިބި ޕީޕީއެމް، ޕީއެންސީ މެންބަރުންގެ އަމަލު ބަލައެއްނުގަނެވޭ. ޓޮމް އަށް ސާބަސް.

    100
    4
  9. މުގޯލި

    ކޮންމުސްލިމަކަށް އަޅުކަން ކުރަންހުއްޓާ އަނިޔާކުރީ ކުރަޕްށަނޭ ވައްކަމޭ ނުކިއާ މިސަރުކާރުގެ ވައްކަމާ ކުރަޕްށަނާ މާބޮޑު މިވީކުޑަދުވަސްކޮޅުގަ ލާރިކާލިވަރު ބުނަންވެސްނޭގޭ 5 އަހަރުނިމޭއިރު ކާލާނެވަރު ހިތަންއަރުވާލަބަލަ.

    69
    5
  10. ފޮރު

    ކީކުރަން ދިޔައީ

    7
    33
  11. އަފްލާ

    ޢލްހަމްދު ލިﷲ ތޯރިގްގެ ހިއްވަރައް ސާބަސް ރ ޔާމީނާއި މޯދީ އާއި އެއްވަރު ނުވާނެ މޯދީއަކީ ބުޑިސްޓެއް ފާދިރީއެއް ޔާމީނަކީ މުސްލިމެއް އެއްވެސް މުސްލިމަކާ ދޭތެރޭ އިހާނެތިކޮއް ނުހަދާ ޝަރުޢީ ކޯޓް ތަކުން މައްސަކައެއް ނިމިގެން އަންނަ ޙުކުމަކާއި ހައްޔަރު ކޮއްފަ ބެހެއްޓުމަކާއި މުސްލިމުންނައް ކުރާ ދުއްތުރާ އަނިޔާި މުސްލިމުންގެ ލޭ އޮހޮރުވާ މީހަކާއި އެއްވަރު ކުރި ކުެުމަކީ ޑރ ޢިޔާޒްވެސް ވިސްނާ ލަން ޖެހޭކަމެއް ކިޔެވި އެއްޗެއް ރަނގަޅު ގޮތުގަ ބޢނުން ނުހިފެންޏާ އެއްޗެކޭ ނުބުނެ ހުރުން ބުއްދިވެރި ކިތަންމެ ޙަސަދަ ވެެިވިޔަސް ތިމާ ކިތައްމެ ނުރުހުނަސް ބުނަން ޖެހޢނީ ޙައްގު ބަސް

    84
    8
  12. ރިލްވާން

    މާތްﷲ ތިބާއަށް ރަޙްމަތް ލައްވާންދޭ !

    96
    4
  13. އަބްދުއްލާ

    ޖަލްސާ އިން ނިކުތީ މުސްލިމުންގެ ފަރާތުން މެސެޖެއް ދޭން – ޠާރިގު

    މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އައްސަރިބަހާ ސާބަސް މަހިބަދޫ ދާއިރާގެ
    ފަރާތުން އަދި އެއްދައުރަކަށް އަހުމަދު ތޯރިގު (ޓޮމް) ހޮވައި ދެއްވުން އެދެން . ތިޔައީ ހިއްވަރު ގަދަ ދަރިއެއް .ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނަށް ނިސްބަތްވާ ލަގަބު،"ނިޝާން އިއްޒުދީން އިއްޒަތުގެ ވެރިކަން - އެން.އައި.އައި.ވީ" ލަގަބު ހައްގީ ތިތަފަރާތަށް .ބާތިލުގެ ކުރިމަތީ ދިވެހިން ބޮލެއް ނުލަބާނެކަން ޒުވާން ބަތަލް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް)ސާބިތު ކޮއްދީފި މިއަދު ތިއީ އެކެއްނޫން ދޮންބަންޑާރައިންގެ ކޮމާންޑަރެއް. ލަސްކަރުވަނީ މަނިކުފާނުގެ .

    47
    4
  14. މޯޑު

    ތޯރިގް ކަލޭ ސީރިއާއަށް ދާން ފެންނަނީ ކަލޭ ތިތާ އިންނާނެ ކަމެއްނެއް.. އަބަދު ސަޖިދާގަތަ ތިއޮންނަނީ؟

    7
    72
  15. ޖެރީ

    ހެޓްސް އޮފް ބްރޯ!!!

    42
    3
  16. ޑަންޑަހެލު

    ތޯރިގު އަކީ މި ކުޑަ އިސްލާމީ ގައުމަށް ނަމޫނާއެއް. ބަތޮލެއް. ނިޝާން އިއްޒައްދީނުގެ ވެރީންގެ ލަގަބުދޭން މާ އައުލާކަންބޮޑު.

    14
    1
  17. ބޮކި

    ލަންކާގަ ބޮންގޮއްވި މީހުންވެސް ބުނީ މުސްލިމުންނަށްޓަކައި ކަމަށް..... ތިމީހާވެސް ތިބުނަނީ މުސްލިމުންނަށްޓަކައި ކަމަށް..... މުސްލިމުންނަކީ އެހާ ކެތްމަތު ބޮނޑާ ބައެއްކަން ކަމަށް ގޮތަށްތޯ ތި ދައްކުވައިދިނީ....

    2
    10
    • ނޫހު

      ތިބުނީ ރަނގަޅަށް. މުސްލިމުންނަކީ އެފާޑުގެ ބައެއް. ހަޖަމުކުރުމެއް ކެތްކުރުމެއް ނޯންނާނެ. ހީވަނީ ﷲ އަންގަވަނީ ނޭއްގާނި އަނިޔާވެރި ގޮތްތަށް އުޅެންހެން. ގަތުލުކޮށް ފަނާކުރުން ހެން.

      3
      6
  18. ފަލަސްތީން

    ތޯރިގު އަށް ސާބަސް.
    މޯޑު ކަލޭ އިޒްރޭލަށް ދާންވީނު

    14
    2
  19. ހަސަންބެ

    ތާރިޤަށް ސާބަސް

    9
    2
  20. ބުސްތާނު

    ދެވުނު މެސެޖަކީ ހައްދުފަހަނެޅުން ނުހުއްޓުވޭނެކަން.