މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހަމައެކަނި ސަރުކާރަށް ތާއިދު ކުރާ ސިޔާސީ ލީޑަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މޯދީ ބައްދަލު ކުރެއްވީ އަމިއްލަފުޅު ނަމަށް ނިސްބަތްވާ ގޮތައް އެމްއާރްއެމްގެ ނަމުގައި ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއެވެ.

ތިން ބޭފުޅުންނާއި ވެސް މޯދީ ބައްދަލު ކުރެއްވީ ވަކިވަކިންނެވެ. ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކާއި ބެހޭ މައުލޫމަތު ރަސްމީ އެއްވެސް ފަރާތަކުން އަދި މީޑިއާ އާއި ހިއްސާކުރައްވާފައެއް ނުވެއެވެ.

އިދިކޮޅު ޕާޓީތައް ކަމަށްވާ ޕީޕީއެމް، ޕީއެންސީ އަދި އެމްޑީއޭގެ ބޭފުޅަކާއި މޯދީ ބައްދަލު ކުރައްވާފައެއް ނުވެއެވެ. އިދިކޮޅު ޕާޓީތަކުން މޯދީގެ ދަތުރަށް ފާޑުކިޔާފައި ނުވި ނަމަވެސް މިސަރުކާރުން ހުރިހާ ކަމެއް އިންޑިއާ ބޭނުންވާ ގޮތައް ކުރަމުން ގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.

މިއަދު މޯދީ ރާއްޖެ ވަޑައިގެން ރާއްޖެ އާއި އިންޑިއާ އިން ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވެއެވެ. އަދި އިންޑިއާ އަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލޭނެ ރާޑަރު ސިސްޓަމްތައް ވަނީ އިފްތިތާހް ކޮށްފައެވެ. މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދުތަކެއް ދަތުރު ކުރަމުންދާ ގޮތް އިންޑިއާ އަށް ވަގުތުން ވަގުތަށް އެނގޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރުޢުދާ / މާލެ

    މޯދީއަށްވެސް އެނގޭ މި ސަރުކާރު އައީ ވޯޓުން ވައްކަންކޮށްގެންކަން. އެހެންވެ އިދިކޮޅު ފަރާތްތަކުން އެވާހަކަ ދައްކާނޭކަން އެނގޭތީ އެކަމުން އެ ސަލަމަތްވީ އޭނަ!

    97
    14
    • ޭެުއަނީސާ

      މޯދީ އަކީ ނުލަފާ މީހެއް

      12
  2. ނަމަ

    އަހާ އަޑު އަހަން ބޭނުންނުވާ އަޑެއް ނާހާނެތާދޯ ބަޔަކުބުނެފާނެ އެއްޗަކައް

    47
    4
  3. ޕޮކަންޑިވުން

    ނުޖެހޭ ކުރާކަށް. މާ މުހިއްމު ބައެއް ނޫން އެއީ. 2 މީހުނާ ފަޅި އުޅޭ 2 ޕާޓީ. ދެ ޕާޓީންވެސް ބައްދަލުކުރަން ހުރީ އެކަކު. ޕަކާސް.

    22
    81
  4. Anonymous

    ތަނެއް ފަސާދަވެގެންފިހިނދު އެތަނެއްނެތިދިއުމަކީ ގާތްކަމެއް، ﷲގެ ކޯފާއެއް އައުމަކީ ގާތްކަމެއް، މިމީހުންނަކީ.ދުވަހަކުވެސް ހެޔޮނިޔަތެއްގަ އެއްވެސްކަމެއްކުރިބައެއްނުން، ނިޔަތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ، މިއަދަކީ މިގައުމުގެ ރައްޔިތުންނާ ދިމާލަށް ތިމަންނަމެން ބޭނުން ގޮތަކަށޭ ކަންތައްކުރާނީ މިކަހަލަ މޭރުމަކުން ދޭހަވާގޮތަށް ކަންތައް ކުރެއްވި ދުވަހެއް، ވަރަށް ހިތާމަހުރި، އަޅުގަނޑުމެންގެ ދުޢާއަކީ މިގައުމުގެ މިނިވަންކަމާއި، އިސްލާމީ ވަޙުދަތު ތާއަބަދުމެ ދެމިއޮތުމުގެ ހެޔޮތައުފީޤު މާތްﷲ މިންވަރުކުރެއްވުން.

    82
    5
  5. ރެކިފުތާ

    ގެރި މޯޑީ އެއް ޗައިނާ މީހުންނާއި ވާހަކަ ދައްކައެއްނޫޅޭ. ގެރި މޯޑީ ބުނީ އެބައި މީހުންނަކީ ދުނިޔޭގައި ލެއްވިއްހާ ދިރޭ ކޮންމެ އެއްޗެއް ކައި ބޮއި ހަދާ މުޑުދާރު ގޮތްކުޑަ ބައަކާއި ވާހަކަ ދެއްކުމެއް ނޯންމާނެކަމަށް. ގެރި މޯޑީއަކީ ދިރޭތަކެތިދެކެ ނުހަނު ލޯބިވާ ބޭދުޅެއް. އިދި ކޮޅުގައި މިތިބީ ޔައުޖޫޖް މައުޖޫޖް ބާގައިގެ މީހުންނާއި ރަހްމަތްތެރި ބައެއް.

    5
    50
    • ދަންޑަހެލު

      އެހެންވެ ދޯ ގެރިމޯދީމެން ލެއްވިހާ ޖަނަވާރަކަށް އެ އަޅުކަންކުރަނީ

      43
    • ޖޮއްބެ

      ކަލޯ ހަމަ ރީނދޫ ޣައްދާރެއް ވިއްޔާ މިތިބެނީ ހަމަ މޯދީއަށް އަޅުކަންކުރާ ހިސާބުގައި. މޯދީގެ އަމުރަށް މިދިޔަ ރޯދަމަހުވެސް ތިރީސް އެތައް މުސްލިމުންނެއް ކަތިލާފައިވޭ. ދިރޭތަކެއްޗަށް ލޯބިކުރުމަކީ އެއީތަ؟ އިންސާނުންނަކީ މާތްﷲ އެއްމެ ޝަރަފުވެރި ކުރެއްވި މަޚްލޫގުން.

      11
  6. އަބޫ

    އިދިކޮޅު މީހުންގެ ލީޑަރަކީ ކާކުކަމާ އެބޭފުޅާގެ މަގުބޫލުކަން ހުރިވަރު ބަލާފަ ދޯ އަދި ބައްދަލުކުރެވޭނީ.

    3
    25
    • Anonymous

      އެހެންވެ ދޯ އިމްރާނާ ބައްދަލު ކުރެވުނީ

  7. ޝިހާމް

    ގެރި މޯދީ ބުނީ ޗައިނާގައި މުސްލިމުންނަށް އަނިޔާކޮށް ރޯދަހިފިޔަނުދީ ހަދާތީ އެމީހުންނާ އަދި އެމީހުންނަށް ތާއީދުކުރާ ބައިގަނޑަކާ ވާހަކަދެއްކުމެއްނެތޭ...

    4
    29
  8. ބަރުގޮނު

    އިދިކޮޅު ޕާަޓީތަކާ މޯދީ ބައްދަލު ނުކުރެއްވުމުން ދޭހަވަނީ އިންޑިއާ ގެ އަމިއްލަ އެދުން ބޮޑުކަން. މިހާރު މިއޮތް ސަރުކާރު އިންޑިއާ ގެ ދަށުވެފައި ވާލެއް ބޮޑުކަމުން އިދިކޮޅުފަރާތްތަކާ މޯދީ ބައްދަލުވުމަށް ސިހޭކަމާ ، ޑިމޮކްރެސީ ކިހިލިޖަހާގެން އުޅޭކަމަށް އަޑުއަރުވިއެއްކަމަކު އެމް.ޑީ.ޕީ އަކީ ޑިމޮކްރެސީ ގެ އުޞޫލުތަކުން ބަލާއިރު ހަމަ ސުމެއް ގެ ބައެއްކަން.

    43
    1
  9. މުޖައްރިބު

    މިގައުމު ހަލާކުކުރި 3 ޣައްދާރު ޚާއިނުންނާ ތިޔަ ބައްދަލު ކުރީ. އިދިކޮޅު ސިޔާސީ ފަރާތްތަކާ މޯދީ ބައްދަލު ކުރިޔަ ނުދިނީ ހަމަ ވަގުސަރުކާރުން ގަސްދުގައި. އެއީ އެމީހުން މޯދީއާ ބައިވެރިވެގެން ކުރަން ހަމަޖެއްސި ވައްކަންތަކުގެ މަޢުލޫމާތު މޯދީ އިދިކޮޅު ފަރާތްތަކާ ޙިއްސާ ކޮށްފާނެތީ އެވެ.

  10. ޢަލީ އިބްރާހިމް

    އިދިކޮޅެެއް އެބައޮތްތަ؟؟؟
    ޔާމީނަށް ލަނޑުދީފަ ފިލައިފި!!!

    1
    5
  11. ވިސްނާ

    ރާއްޖެއާ އަކާނޫނޭ މޯދީ ގުޅުންއޮތީ އެމް.ޑީ.ޕީ އާ އެހެންވެތާ އެގޮތައް ކަންތަށް ކުރާނީ. ކުރިން މިތާ ސަރުކާރެއް އޮތް އެހާވަރުން އުޅުނަތީ އެއް ނުދެކެން. ނުވިތާކަށް އެސަރުކާރަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުން ނޫންކަމެއް ކުރެއްވިތޯ!

  12. ވގ

    އިދިކޮޅުގަ އެބަތިބިތަމީހުން މީހަކުބައްދަލުކުރާވަރުގެމީހަކުނެތް ތިބީ ހުސް ވަގުން

    2
    8
    • Anonymous

      ބޮޑު ވަގު ހުރީ ބޮޑު ވަޒީރު ކަމަށް ބޫތު ކައިފަ. އެހެންވެ ދެ ބޮޑު ވަޒީރު ތާ ބައްދަލު ކުރާނީވެސް.

  13. ޒާ

    ގެރި މޯޑީއަކީ ގަތުލުއާއްމު ހިންގާމީހެއް. ކަޝްމީރުގެ މުސްލިމުން މަރާމީހާއާއި އަހަރެމެން ބައްދަލު ކުރަން ބޭނުމެއްނޫން.

    15
  14. ކަހެރުވައް

    ބުނަންތަރަނގަޅުވާހަކައެއް މޯދީދި ކިތަންމެވަރަކައްބައްދަލުކުރަންބޭނުންވިޔަސް އިދިކޮޅުންބައްދަލުނުކުރާނެ މޯދީދިބެދޭނީލަދެއްގަ އެހެންވެއިދިކޮޅުމީހުންދެކެއެކަލޭގެރުޅިއަންނަނީ

  15. މިއަދު

    ރެކިފްތާ....... މަށަކީވެސް މިސަރުކާރަށް ވ ނަފްރަތުކުރާ އަދި މިސަރުކާރު ނިސްބަތްވާ ޕާޓީ ތަކާ އިދިކޮޅު ފިކުރުގެ މީހެއް ޔައުޖޫޖު މައުޖޫޖު ބާއިގެމީހުންނާއި އަހަރެމެންމާއި ގުޅުންއޮތްހިސާބު ބުނެދީފާނަންތޯ؟ ތަނެއްދޮރެއް ނުއެގުނަސް ވާހަކައެއްބުނާއިރު ބުނެވޭ އެއްޗަކާމެދު ވިސްނާލުން ވ މުހިއްމު ހައްގުބަހެއް ބުނަން ނުއެގޭނަމަ ހަނުހުރުން ބުއްދިވެރި