އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ރޭ ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފުރަމާނަ ޖާފަތް އޮތީ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވަނީ ރާއްޖެއާ އިންޑިއާގެ ގުޅުމުގެ ދިގުމާޒީއަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ދެޤައުމުގެ ޞިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާފަދަ އެތައް ދާއިރާއަކުން ގުޅިލާމެހިފައިވާކަން ފާހަގަކުރެއްވެވިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތައް އިއްޔެ ވަނީ ބާއްވަވާފައެވެ. މީގެއިތުރުން ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ދެ ޤައުމުގެ ސަރުކާރުގެ، ގުޅިފައިވާ ރަސްމީ ބަޔާނެއް ވެސް، އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ޞާލިހް ދެއްވާފައި ވެއެވެ.

އިންޑިއާގެ ބޮޑު ވަޒީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނަށް ރައީސް ޞާލިހް ވަނީ "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)"ގެ ޝަރަފު އަރުވާފައެވެ.

ކުރުނބާ ވިލެޖް ރިޒޯޓުގައި ރޭ ބޭއްވެވި މި ޖާފަތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ޖާފަތުގައި ދައުލަތުގެ ވަޒީރުންނާއި، ރާއްޖެއާ އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާ

    ކަލޭމެންނަށް ޑީލްތައް ހެދީމާތޯ ވިޔަފާރީގެ ބޮޑު ބައިވެރިއަކަށް ވީ؟ ނޫނީ ރާއްޖޭގެ ތަރައްގީ ހުއްޓުވާނަމޭ ހިތާ މިހުރިހާ ދުވަހު ހިލައާއި ހިލަވެލި އިންޑިއާއިން ބޭރުކުރުން މަނާކޮށްފައި އޮތުމަށްފަހު އިއްޔެ އެ ހުއްދަ އަލުން ދިނީމާތޯ ބޮޑު ބައިވެރިއަކަށްވީ؟ އިބޫތިވަނީ ތަރައްގީ ނުގެނެސް ގުނބުހިލިފަ.

    18
  2. މާސްޓަރ

    މިހާރު ދެރަވޭ މިސަރުކާރަށް ތާޢީދު ކުރެވުނީތީ. ހުރިހާ ކަމެއް އަމާބުނީތީ ފަރަށްދާ އުސޫލުން. ޕެންޝަން ފަންޑުން ހައްޖައްދިއުން. މަތީ ތަޢުލީމުގެ ލޯނު. ކުރާ ކަމެއް ނުފެނޭ އެކަމަކު ކުރީ ސަރުކާރަށް ވުރެ އެމް. އެމް.އޭ އިން ނެރޭ ހިސާބުތަކަށްބަލާއިރު ޚަރަދު ބޮޑު.

    15
  3. އިބްރާހިމް

    އެމްޓީސީސީ އަށް ނުކުރެވެނެ އެއްވެސް މަޝްރޫއެއްގައި މޯޑީގެ ދަތުރުގައި ސޮއިކޮށްފަ ނެތް.

    11
  4. ރައިސް އޮފީސް

    ރާއްޖޭގެ ވިޔަފާރީގެ ބޮޑު ބައިވެރިޔާ އޭ ކިޔުނީ އޮޅިގެން. ރަނގަޅު ގޮތަކީ މިހާރު އޮތީ އިންޑިޔާ އަށް ރާއްޖޭގެ ބޮޑުބައެއް ވިއަކާލާފައޭ. ދެން މިތަނަށް ދައްޖާލު އަރާދުވަހަކުން އިއުލާން ކުރާނީ މިއަދުން ފެށިގެން ހުރިހާ ދިވެހިންނަށް ވިޒާ ފްރީ އޭ އިންޑިޔާ އަށް. ކިހާ ސަޅި ގޮތެއް.

  5. Anonymous

    ތި ބައިވެރިވުމަކީ. އިންޑިޔާގެ ބޭނުންނުކުރާ ބާ މުދާ ރާއަޖެއަށް ގަތުން. 800 މިލިއަން ޑޮލަރުގެ ބާ ފޭކް މުދާ ގަންނާނަމޭ މޯޑި ކައިރީ ކިޔައި ފޮނިކަނޑާފަ ހުރީމސ ދެން ރާއަޖޭގެ ސަރުކާރުގެ ޕްރޮޖެޖްޓް ތަކަށް އެހެން ގައުމަކުން ކޮލިޓީ ގުޑަސް ހޯދޭކަށް ނޯންނާނެ. ތިއީ ބޮޑު ބައިވެރިއަކަާްވާ ގޮތަކީ.

  6. ބުލްބުލް

    މިއޮތް ހުރިހާ ދުވަހުވެސް ރާއްޖެ އޮތް. ކުއްލިއަކަށް އެމްޑީޕީ ސަރުކާރު ވުޖޫދު ވިމާރާއްޖެ ފެނިގެން އިންޑިޔާ އުޅެނީ ކީއްވެ؟ މިއީ ބަޔަކު ވަރަށް ބުރަ މަސައްކަތުން މިހާހިސާބަށް ގެނެސް ފައި އޮތް ސަރުކކާރެއް. އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެއްވެސް ޙިއްސާއެއް އޮވެގެން ހިނގުނު ސަރުކާރެއްނޫން. ތިމާމީހާ އަށް ތަބަކަށް ލާފަ ހިންގަން ދިން ސަރުކާރެއް މީ.އިންޑިޔާ އަށް ހިތުހުރި ގޮތަކަށް ވިއްކާލަން އުޅޭނެކަމެއްނެތެ.

  7. އަހުމަދު

    ކަސްޓަމްސް ގެ ހިސާބު ކިތާބު ތަކަށް ބަލާއިރު އެންމެ ގިނައިން ވިޔަފާރި ކުރާ 3 ގައުމުގެ ތެރޭގައި އިންޑިޔާއެއް ނުހިމެނޭ ދެން ކޮން ބޮޑު ބައިވެރިއެއް ޗައިނާވެސް އުޅެނީ އެއަށް ވުރެ ކުރީގައި ފަތުރުވެރިކަމަށް ބެލިއަސް އެންމެ ގިނަ ފަތުރު ވެރިން އަންނަ ގައުމުގެ ލިސްޓްގައި ވެސް ކުރީގައި އޮތީ ޗައިނާ އިންޑިޔާ އުޅެނީ ވަރަށް ފަހަތުގައި ދެން ......