އެދުމެއް ނެތި ވެދުމެއް ނުކުރާނެ ކަމަށް ވިދާޅުވެ އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ އާއި މެދު ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ޓްވީޓް ކުރައްވަމުން ދުންޔާ ވިދާޅުވީ ބޭރުގެ އެހީއަށް ބަރޯސާވެފައި ތިބި ތިބުން މިއަދު އަޅުގަނޑުމެން ދޫކޮށްލަންވެއްޖެ ކަމަށެވެ. އެ އެހީއަކީ ކޮންބަޔަކު، ކޮން ބޭނުމެއްގައި ދޭ އެއްޗެއްތޯ ވިސްނާލަންޖެހޭ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. "އެދުމެއްނެތި ވެދުމެއް ނުކުރާނެކަން ގަބޫލުކުރަންޖެހޭ" ދުންޔާ ވިދާޅުވިއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު ހާއްސަ ގުޅުމެއް ބާއްވަވާ، އިންޑިއާ އިން ބޭނުންވާ ގޮތައް ހުރިހާ ކަމެއް ކުރަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އިއްޔެ ވެސް އިންޑިއާ އާއި ރާއްޖެ އިން ވަނީ ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ. އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ބާރު ވެސް އިއްޔެ ރާއްޖެ އިން ވަނީ އިންޑިއާ އަށް ދީފައެވެ. އިންޑިއާ އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާނީ އިންޑިއާ އިން ރާއްޖޭގައި ހަރުކޮށްފައިވާ ރާޑަރުތައް ސިސްޓަމްތައް މެދުވެރިކޮށެވެ.

މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވީ އޭރުގެ ސަރުކާރުން ހުރިހާ ކަމެއްގައި ޗައިނާ އަށް ބަރޯސާ ވަމުންދާ ވާހަކައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު މިފެންނަނީ ޗައިނާގެ ބަދަލުގައި ހުރިހާ ކަމެއްގައި ސަރުކާރުން އިންޑިއާ އަށް ބަރޯސާވާތަނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދުންޔާ

    އެދުމެއް ނެތި ވެދުންކުރާނީ ހަމައެކަނިޗައިނާއިން

    84
    52
    • އައިޑީއެލް

      އިންޑިޔާ ދުވަހަކުވެސް ރާއްޖެއަކަށް ހެވެއް ނޭދޭނެ. ހަންފަތުރަން މަސައްކަތް އެކުރަނީ. ބަލަންތިބޭ!

      134
      6
    • ރަސީދު

      ތިޔަ އިންޑިޔާއައް ވެސް އެހީވަނީ ޗައިނާއިން ބޮޑު ޕުރޮޖެއްޓެއް ހިން ގިޔަސް ހިން ގަނީ އިންޑިޔާގްވެސް ޗައިނާއިން

      48
      1
  2. އަލި

    އިންޑިޔާއިން ދިން ކޮންމެ އެހީއެއްގެ ފަހަތުގައި ވަނީ ފިއްތުން އިންދިރާގާނދީ ހަސްފަތާލުގައި އެމް އާރު އައި މެޝިން ނުބެހެއްޓިގެން އުޅުނީވެސް ތަނަށް ގެންނަން ޖެހޭ ބަދަލް ނުގެނެވި ދިގުލައިގެން ގޮސް އެމީހުން ދިން އެހީ އެއް ވީމާ ފާރުވެސް ތެޅުން މަނާ ،،، ދިވެހި ރައްޔިތުންނަށް ވިސާ ނުދީ ކިއު ޖަންސަން ޖެއްސީ ކޮންބައެއް ހިލަ އާއި ހިލަ ވެއްޔަށް ދަތި ކުރި ކާޑަށް ދަތި ކުރި ސީދާ ނަޝީދު އިރުގައި ވެސް މިކަން މިގޮތަށް ވި ފޮރިން މިނިސްޓްރީގެ ލިޔެ ކިއުން ތަކުން ފެންނާން އެހެރީ ދެން ބުނޭ ދޮގެކޭ.. މޯދީގެ ދަތުރާ ގުޅިގެން ޗައިނާ އިން އެއްވެސް އެއްޗެއް ބުނިތަ އެމީހުން އެހީ ނުދޭނަމޭ ބުނިތަ މިހާރު ވެސް އެންމެ ފަހުން މިދިޔަ މަހު ނެރުނު ބަޔާނުގައި ވެސް ބުނީ ރަާއްޖެއިން އެދޭ ކަންކަން މިތިބީ ކޮށްދޭން ތައްޔާރަށޭ... މިނިވަން ވިޔަފާރީގެ އެއްބަސް ވުމެއް ހެދީތީ އެކަމާވެސް އިންޑީޔާއިން ނުރުހުން ފާޅު ކުރި ބަލަ ތިޔަ ގޭގައި ހުރި ޓީވީ މޯބައިލް ފޯނު އައިސް އަލަމާރި މިހާރު ގެ އަގަށް ވުރެ 30 އިންސައްތަ އަގު ހެޔޮވާނެ މިސަރުކާރުން އެ އެއް ބަސް ވުމަށް އަމަލް ކުަރަން ފަށަނިކޮށް ގެ ހަދާމީހުން ކީއްވިބާ އިންޑިޔާއިން ތަށި މުށީ ކަބަޑު އެނދު އަލަމާރި ނުގެންނަނީ ޗައިނާ އަށް ދަނީ ތަކެތި ގަންނަން

    61
    1
  3. ބޮލި މުލައް

    ބައްޕާފުޅަށް ބައިއަޅާނެއްނު. މިކަން ނުކުރެވިގެންވިއްޔަ ޣައްސާނު ފިޔަވާ މުޅި ޢާއިލާ މަގުމައްޗަށް ނުކުތީ.

    98
    2
  4. ޗައިނާ

    ޗައިނާ އާއިއެކު ބޭއްވި ގުޅުމުން ނެރުނު ނަތީއްޖާ މާލޭގަ އުޅޭ ބޭފުޅުންނަށް ވ.ރަނގަޅަށް ފެނި ތަޖުރިބާ ކުރެވިގެން ދާތަން އެބަ ފެނޭ! ބުރިޖާއި، ހައިވޭތަކާއި، ލޮލުކޮޅަށް ނުފެންނަހާ އުސް އިމާރާތްތަކާއި، މަގުތަކާއި، ބަނދަރުތަކާއި، ޕާކުތަކާއި، ހޮސްޕިޓަލްތައް އެހެރީ ފެންނަން. ރ.ޔާމީން ޗައިނާއާއި ގުޅުން ބޭއްވީ ގައުމު ތަރައްގީކުރަން. މިއަދުގެ ސަރުކާރުން ގެރިިބެއާއި ގުޅުން ބާއްވަނީ ޖަހާހާ ބެރަކަށް ނަށަމުންގޮސް އަމިއްލަ ދީނާއި މިނިވަންކަން ގެއްލިގެންދާ މިންވަރަށް. އިންޑިއާއާއި ގުޅުން ބާއްވައިގެން މި ވެރިކަމަށް 1 އަހަރު ވެގެންދާއިރު، ގައުމެއްގަ ބަޔަކު ވެރިކަމެއް ކުރާހެންވެސް ހިއެއް ނުވޭ! ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ހިންގަން ނޭގުނުތާކު ގައުމުގެ އާންމު އިޖްތިމާއީ އެއްވެސް ކަމެއް ރާވާ ހިންގެނީކީނޫން. މީހަކު މުޅި ދުނިޔެތެރޭ ނާށިގަނޑު ހިފާއިގެން ސަލާން ޖަހަމުން ދުވާއިރު ދެންތިބި ބޭބޭފުޅުން ރ.ޔާމީން ގެނެސްދެއްވި ތަރައްގީގެ ރިބަން ފަށް ކެޑުމުގަ ބިޒީ ވެފަ. ސާބަހޭ ދިވެހީންނޭ! ކަރު ބުޑުގަ ހިތި ރަހަ ލާތަން މިހާރުވެސް އެބަ ފެނޭ! ރީނދޫ ކުދިންކޮޅު ހަޖަމްކޮށްލާ! މުޅި އުމުރުދުވަހު ވެރިކަންކުރަން ލިބުނަސް ރ.ޔާމީން ގެ 5 އަހަރު ދުވަހުހެ ޚިދުމަތާ ނުބައްދަލުވާނެ. ﷲ މި ނޫން ރަނގަޅު ގޮތެއް އަޅުގަނޑުމެންނަށް މިންވަރުކުރައްވާށި!

    83
  5. ޙުއްތު

    ވެރިކަން ދިފާއު ކުރަން މީސްމީހުންގެ އުނގަށް ވެއްޓުމަށް ވުރެ ، ﷲ ގެ ހަޟުރަތުން ވާގިއެދި އިހްލާސްތެރި ކަމާއެކު މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ، 3 ލައްކައެއްހާ ދިވެހިންގެ ކަންކަން ހަމަޖެއްސޭހާ ފައިސާ ދިވެހި ޤައުމަށް އެބަވަދޭ ސަލާންޖަހާކަށް ނުޖެހޭ

    73
    1
  6. ކެޔޮޅު

    30 އަހަރު އެދުން ފުއްދީ ވެދުމާ ނުލަޔެންނު.

    66
    13
    • ނޭފަރު ފުއްސޭ

      ޔަގީންތާ. ކަލެއަށް ވަރަށް އަސަރު ކޮށްފި އޮތަ؟

      2
      2
  7. ރިހާ

    ތިބުނީ ތެދެއް

    54
    5
  8. މުބީނު މާރނީ

    ތިޔައީ، އޯލްޑް ސޮކޫލް ތިންކިންގ.

    19
    13
  9. ވާވާ

    އަސަރެއްވާ ކޮށްފި ދެން ލަލަލާ

    9
    48
  10. ކަނބުލޮ

    ޗައިނާއިން ދިންވަރުގެ އެހީއެއް ދޭކަށް މޯދީ އަކަށް ނުކެރުނުވިއްޔަ

    78
    3
  11. އަބުދުއްލޯ ރަސީދު

    އިންޑިޔާ އަކީ ދިވެހިރޢްޖެ ތަރައްގީ އައް އެހީ ވެވޭ ވަރުގެ ބައެއް ނޫން
    ހުދު އިންޑިިޔާއިމްވެސް ލޯނު ހޯދަނީވެސް ބޯޑު ޕުރޮޖެއްޓެއް ހިން ގެނީވެސް ޗައިނާއިން ، ގަމާރު ނާގާބިލު މީހުން ވެރިކަމައް އައުމުގެ ނަތީޖާ

    37
    1
  12. DHONA

    ބަފާގެ 30 އަހަރު ހަނދާން ވޭތަ.....

    27
    1
  13. ގައުމު

    ރުހުމުގެ ލޮލަކަށް އައިބެއްނުފެންނާނެ މިއީ އަޑުއިވޭ އިބާރާތް ކޮޅެކެވެ. އަމިއްލަ ފައިމަށްޗައް ތެދުވަންޖެހޭކަމާއި ބޭރުގެފަރާތް ތަކަށް ބަރޯސާވެގެން ތިބޭތިބުން ދޫކޮށް ލަންޖެހޭކަމަށް ކަމަނާ ވިދާޅުވުން “ގައުމު”ގެ ގާތައް ހަމައަންނަނީ ހިންޏެވެ. ބައްޕާފުޅުގެ ދިގު 30 އަހަރާ މެދު ބަސްފުޅެއްވެސް ވިދާޅުނުވެ ހުންނެވީ ހަނެވެ. ބޮޑުބޭބޭ ފުޅު ގައުމު ތަރައްގީކޮއް ބޭރުގެ ފަރާތްތަހަށް ބަރޯސާވާ މިންވަރު ކުޑަކޮއް އަމިއްލަ ފައިމައްޗަ ތެދުވަން ކުރިމަސައްކަތް ޕުޅު ކަމަނާޔަކަށް އަދި ކަމަނާގެ އާއިލާއަކަށްވެސް ކަމަކު ނުދިޔަ ދެއްތޯ ހަމައެފަދައިން ގޭގާއި ގެންގުޅުނު ސޮރައްވެސް ކަމުދާކަމަކަށް ނުވިޔޯ ދެނޯ ދެނޯ ދެންވީކިހިނެއްބާ އާކަނުލާ އަޑުއަހާ ދެން ބައްޕާފުޅުވިދާޅުވީ 1 ފެބްރުއަރީގަ ބޮޑުވެގެންވާ ހަދުކޭތަޔެއް ހިފާނެޔޯ ބައްޕާފުޅަކީ ނުޖޫމީއިލްމަށް ލޯބި ކުރައްވާ ބޭފުޅަކަށް
    ވާތީ މިކަންވެސް ކުރިޔާލާ ދެނެގަނެވިފަ ހަމަކަންވީވެސް އެގޮތައް ހިފިހަނދު ކޭތާއިގެ ބޮޑުކަމުން ބޮޑުބޭބޭފުޅުގެ ދެލޯފުޅު ހުރީ ނިއްކުރިފުޅުގަ ދެނޯ ދެނޯ ދެން މިހިން ކިޔާހުސްވާކަަށް ނެތް ގައުމު ދަނީއޮޔާ ކަމަނާ އަށާއި ކަމަނާގެ އާއިލާޔާ ކަމަނާގޭގާއި ގެންގުޅުނު ސޮރައް ﷲ ހެޔޮވިސްނުން ދެއްވާފާދޭވެ އާމީން

    30
  14. މުޙައްމަދު

    ކޮންކްރީޓް ތަރައްގީ ކަމުނުދިޔައީ އެދުމެއްނެތި ވެދުން ހޯދަން. އަދި ލިބޭނެ. މަޑުކޮއްލާ.

    20
    1
  15. ކިނބޫ

    ބައްޕާފުޅަށްވެސް ތިކަން ވިސްނައި ދެއްވައްޗޭ.

    23
  16. ޙގ

    ދިވެހިންނައް އިންޑިޔާ ދަސްނުވާތީ ހިތާމަކުރަން.. އަމިއްލައެދުމާ ހެދި ދުނިޔޭގަ ބަޔަކު އުޅޭނީ މިހާއްކަވަރަކައް.. ޔާމީން ސަރުކާރު ވެސް ރަނގަޅެއް ނޫން އެކަމް އޭނަވެސް މިވަރެއް ނޫން ދޯ..ޗައިނާއާ ހެދިވެސް..

    12
  17. ބަރުގޮނު

    " އެދުމެއްނެތި ވެދުމެއް ނުކުރާނެ.." ކަން ކަށަވަރު ޔަޤީން. މިއީ އިހު މުސްކުޅިން ތަޖްރިބާއާއެކު ބުނެފައިވާ ހަރުދަނާ ފަންޑިތަ ބަހެއް. ދުންޔާ އެވިދާޅުވާ ވާހަކަވެސް ހަމަ ރަގަޅު. ބޮޑެތިބޮޑެތި އެހީތައް ފައިސާގެ ގޮތުންނާ އެހެނިހެން ގޮތްގޮތުން އިންޑިއާއިން ދިނުމުގައިވެސް އެދުމެއް އޮންނާނެ. ހަމަ އެގޮތަށް މިއަދުގެ ސަރުކާރުންވެސް ތަނެއްދޮރެއް ނުބައްލަވާ ޖުމްހޫރީ މައިދާނުގައި ހުރި ދިދަޔަށް ދާންދެން ވެދުންކުރަން ތައްޔާރުވެ ތިބުމަކީ އެދުމެއް އޮވެގެން ކުރައްވާ ކަމަކަށްވެސް ވެދާނެ. ވާގޮތެއް އެގޭނީ ފަހުން. ހިތުގެ އެދުމަކީ ދިވެހި ޤަވްމު ބައެއްގެ އަތްދަށުވެ ދަތްދަށުނުވެ ސަލާމަތުން އޮތުން.

  18. ހަސީނު

    މިހާރު ބަންގާޅުން ދޭ ހިލޭ އެހީ އާ ތަރިކަ މުދަލުގެ ބޭނުންވެސް ވަނީ ހިފާފަ އެއްނު! ރާއްޖޭގަ ބަރޯސާ ވެލަން ކަމުދާ ވަރުގެ ހިލޭ އެހީ ލިބެން ނެތިގެނެއް ނޫނެއް ނޫންބާ؟ ލަފާ ހޯދަން އަންނަ މީހުންގެ ބޮލަށް އެރިގެން ސެޔަރ ވެގެން ހައެއްކަ ރިޝޯޓު ގެ ސެޔަރ ވީމަ، އެ އޮތީ ފިސާރި ހިލޭ އެހީ އަށް ބަރޯސާ ނުވެވި އެއްނު!