ސަރުކާރުން އަގު ހެޔޮ ކޮށްފައިވާ ކަރަންޓްގެ އަގަށް ބަލައިގެން ތައްޔާރު ކުރި ކަރަންޓް ބިލްތައް ފުރަތަމަ ފަހަރަށް މިމަހު އާއްމުންގެ ގެތަކަށް ލިބުނު އިރު ކުރީ މަސްތަކަށް ވުރެ އާދަޔާއި ހިލާފަށް ބިލް ބޮޑު ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

އޭޕްރިލް މަހު އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ކުރީ އޭޕްރިލް 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް މަހަށް ތައްޔާރު ކުރި ކަރަންޓް ބިލް މެއި މަހު ލިބުނީ ކުރީގެ އަގުގައެވެ. ސަރުކާރުން އޭރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ވާނީ ޖޫން މަހު އަންނަ ބިލްގައި ކަމަށެވެ.

ނަމަވެސް މިއަދު "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނީ ކަރަންޓް ބިލަށް އެރި އަދަދު މިދިޔަ މަސްތަކަށް ވުރެ އާދަޔާއި ހިލާފަށް ބޮޑުވެފައިވާ ކަމަށެވެ. މާލެ އިން ވާހަކަދެއްކި މީހަކު ބުނީ އޭނާ ދިރިއުޅޭ ގޭގެ ކަރަންޓް ބިލަށް ހަހާސް ރުފިޔާ އެރި ކަމަށެވެ.

"ކުރިން އަރަނީ ހަތަރު ހާސް ރުފިޔާ. މިމަހު އެރި ހަހާސް ރުފިޔާ. ދެހާސް ރުފިޔާގެ ބޮޑުވުމެއް މިއީ. ކުރިން ވެސް މިގޭގައި އެއާކޯނާއި އެހެނިގެން އެއްޗެހި ވެސް ބޭނުން ކުރާ ވަރަށް މިމަހު ވެސް ބޭނުން ކުރީ." އޭނާ ބުންޏެވެ.

އަތޮޅު ތެރޭގެ ރަށަކުން ވާހަކަދެއްކި މީހަކު ބުނީ އޭނާގެ ގޭގެ ކަރަންޓް ބިލް އެހެން މަސްތަކަށް ވުރެ 1400 ރުފިޔާ އިތުރު ވެފައިވާ ކަމަށެވެ. އިތުރަށް ކަރަންޓް ބޭނުން ކޮށްފައި ނުވާނެ ކަމަށް އޭނާ ވެސް ބުނެއެވެ.

އަތޮޅު ތެރޭގެ ރަށެއްގެ ފެނަކަ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ބައެއް ގެތަކުން ކަރަންޓް ބިލް މާބޮޑަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މާލޭގެ ބައެއް ތަންތަނުގެ ކަރަންޓް ބިލް ފާއިތުވި ފަސް އަހަރު ތެރޭގައި ބޮޑުނުވާ ވަރަށް މި މަހު ބޮޑުވެފައިވާ ކަމަށެވެ.

ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ގޭގެ ކަރަންޓް ބިލް މިމަހު ލިބުނީ ޑަބަލް ވެގެން ކަމަށެވެ. ފޭސްބުކްގައި އިތުރު މީހަކު ބުނީ އޭނާގެ ގެއަށް ކަރަންޓް ބިލް ލިބުނީ ޑަބަލް އަށް ވުރެ ވެސް ބޮޑުކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

83 ކޮމެންޓް

 1. އަހްމަދު

  ދެން ބުނޭ ރޯދަމަސް ވީމައޭ ތިބޮޑުވީ.ދެންއަންނަ މަހު ބިލު ކުޑަވާނެއޭ

  178
  3
  • ޖުހާ

   ކަރަންޓު ބިލުކުޑަ ކުރެވިދާނެ ވަރަށް ފަސޭހަގޮތެއް އަޅުގަނޑު ވަގުތު ޓީމައް ދަންނަވާލަދީފާނަން. ބިލު ފަށްޖަހާލާފަ ބިލުގެ ދެކޮޅުގަ ހީރަސް ޖެހީމަ ހަމަ ޔަގީނުންވެސް ބިލު ކުޑަވާނެ.

   50
   110
 2. އާދަނު

  ކޮންމެ ކަމެއްގައިވެސް އޮތީ ބޮޑެތި އޮޅުވާލުން. މަކަރާއި ހީލަތް.

  213
  9
 3. ސޭޓް

  އެކަމު މާލޭ ރޭޓްތަކަށް ރާއްޖެތެރެވެސް ހަދާފަޔޯ އޮތީ
  ރޯދަމަހަށް ކިރިޔާ ލިބުނު މުސާރައިން ނިންމާލެވުނީ ރޯދަމަސް ނިމިގެން ޢީދަށް ކުއްޖަކަށް ހެދުމެއްވެސް ގަނެލެވޭވަރެއް ނުވި މިޖެހުނީ ސްޓެލްކޯއަށް މުސާރަކޮޅު ދޭން ހެޔޮ ސަރުކާރު ގަ ވާވަރު މީ

  189
  4
 4. ކަނޑު އަލީ

  އަހަރުން ގެއަށްވެސް އެރި އިތުރަށް 1200 (ބާރަ ސަތޭކަ) ރުފިޔާ. އެހެން މަސްތަކަށްވުރެ މާބޮޑު. މިއީ ދުވަހަކުވެސް އެރި އަދަދެއް ނޫން. ސަރުކާރުން ވެއްޖެ މިއަށްވުރެ ޒިންމާދާރުވާން. އާންމު ރައްޔިތު މީހާ އާއި ގުޅިފައި ހުންނަ ކަންތައްތައް ބޮޑު ތަކުލީފަކަށް ނުހަދައި ލުކޮށްދޭން. މިވަރަށް އޮޅުވާނުލައި މިކަން ހައްލުކޮށްލަދީ.

  144
  4
 5. ޫަގަދަ ސަރުކާރު

  ޙަހަހަަަހަަހަަހ

  56
  3
 6. ދެއުޅިއެއްނުވާ

  ކަރަންޓް ބިލަކީ ސަރުކާރުން ކުރާ ހޭދައިގެ ޚަރަދުތައް ފޫބައްދަން ބޭނުންކުރާ އެއްޗެއްކަން މިހާރުވަނީ ފާހަގަކުރެވިފައި......ދެން ސްޓެލްކޯއިން ބުނާނެ ރޯދަ މަސްވީމަ ކަރަންޓް ބޭނުންކުރި މިންވަރު މަތިވީއޭ....އެކަމު އާއްމު މަސްމަހު -/1500 ރުފިޔާ އަރާގެއަކަށް -/3500 މި ދިޔަމަހު އަރާނީ ވަރަށްވެސް ގިނައިން ކަރަންޓް ބޭނުން ކުރެވުނީމަ ނޫންތޯއެވެ. އިތުރަށް ބޭނުންކުރީ 5 ދުވަހު އަވަނެއް....ދެން ވިސްނާލައްވާ ސްޓެލްކޯ އިން މި ކުޅޭ ކުޅި

  131
  2
 7. މޮހޮނުބޭބެ

  ހަމަ އަސްލުވެސް ކަރަންޓް ބިލް ކުރީމަސްތަކައްވުރެ ބޮޑު، ކުޑަވާނޭކިޔާފަ ތައްޔިތުންބޮލައް ޗިޕް ޖަހާފަ ފާޓީކުދިންގެ ގޭގެއައް ކަންނޭގެ ކުޑަބިލް ތިފޮނުވީ

  116
  4
 8. ރަށު މީހާ

  3000 އަރަނީ ކުރިން މިހާރު 6000 ރުފިޔާ...މި ދެން ބޮޑު ވަރު ދޯ..ކުރިން ވެސް ބޭން ކުރާ ވަރައް ކުރަނީ ކަރަންޓު..ފެލަނީ ރައްޔިތުން.....

  97
  3
 9. ގާސިފް

  މިއޮތީ ޝިހާބުވިދާޅުވާ ކަލްދޯބަޖޭގަ އަޅައިގަނެފަ ދެންއަނނަ މަހަކުން ބިލްކުޑަވާނެ މިފަސް އަހަރުހަމަވާއިރުވެސް އެމަހެއް ނާންނާނެ

  93
  2
 10. ބަނާނަމޭން

  ހުސްދޮގު އަޅުގަނޑުގެ ގޭގެކަރަންޓް ބިލް އެހެންމަސްތަކައްވުރެ%50 ކުޑަކަން ފާހަގަކުރެވުނު

  12
  159
  • ކަރަންޓްބިލް

   ތި ގޭގެ ކަރަންޓް ބިލަށް ކިހާވަރެއްތޯ އެރީ... ހަމަ ގައިމުވެސް އަހަރެމެންގޭގެ ކަރަންޓް ބިލް މިވީ ދެމަސްދުވަހު ވީ ބޮޑު...ކޮންމެ މަހަކު -/800 ރުފިޔާ ބޮޑުވޭ....ކުރިން -/1700 ނުވަތަ -/1800 އަރާނީ.... މިމަހުވެސް -/3200 ރުފިޔާ އެރި..

   70
   3
  • ގެރި

   ބަނާނާޔައް ކެރެންޏާ ފާއިތުވި ދެމަހުގެ ބިލު ފޭސްބުކް ގަ ޝެއަރ ކޮއްލަބަލަ

   55
  • ޙހހ

   ގޭގަ މީހަކު ނޫޅެނީ ތޯއްޗެއް

   37
  • ދޮންކެޔޮވަކާއި ކިރުތަށި

   ތިއަށްވުރެ ބޮޑު ދޮގެއް ހަދަން ކަލެއަށް ނޭނގުނީ؟ ގޮތްކުޑަޔަސް ބޮޑުވަރު.

   26
   1
  • ނަމަ

   ބަލާބަލަ ތިޔަގެއިން %50 ކުޑަ ކޮއްފަ އެހެން ގޭތަކުން %50 ބޮޑު ކުރީތާމި

   13
 11. ރައީސް މީހާ

  ރައީސް މީހާ ބުނުއްވީ ބިލް ކުޑަވާނެއޭ.....އޭގެ މާނައަކީ ބިލްތައް ދާނީ ބޮޑުކޮށްނޭ.
  ރައީސް މީހާ ބުނާ ބަހުގެ އަނެއްކޮޅަށް ވިސްނީމަ ރަނގަޅަށް ވިސްނޭނީ

  92
  2
  • ނާނި

   އެ ނުރަބޯ އެބުނަނީ ބިލުގެ ސައިޒު ކުޑަ ކުރާވާހަކަ..ކަރުދާސް ހަރަދު ކުޑަކުރަން!

   50
   4
 12. ަކުޑަބިލް

  ހައް ހައް ހައްހާ.. އަތާއި ފައި އެކަންޏެއްނޫން... ޖަހަންވީކީ.. އުނަގަނޑުވެސް ޖަހަންވީ?

  72
 13. އަހަންމާދީ

  ވަގުތު ނޫހުން ސްޓެލްކޯ އަށާއި ރައީސްއަށް ގުޅައިގެން މިވެގެން އުޅޭގޮތެއް ބަލާބަލަ

  68
  2
 14. ހުސެން

  ޢާންމުކޮއް އަހަރުމެންގެ ގެއައްއަރަނީ 500 ބޮޑުވެގެން. މިފަހަރު 2800 ކޮންމެސް ވަރެއް. 2 މީހުން އުޅޭގެއެއް މީ. މާލޭ ގެ ގެއެއްމީ

  69
  4
 15. ޏ

  މި ސަރުކާރުގެ ވައުދުތައް ހުންނަ ގޮތްތީ؟ ޕެންޝަން ފައިސާއިން މީހުންނަށް ހައްޖަށް ވެސް އެބަދެވެއެއްނު ރީއްޗަށް.. ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ފަށަންވީ އެންމެން ވެގެން

  88
 16. ޭއެމްޑީޕީ

  ވެރިކަމާއިލާހަލާ

  37
  2
 17. ބޮލި މުލައް

  މީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މުސީބާތެއް.
  ޔާ ﷲ މި ދޮގުވެރިޔާގެ އަތްދަށުން މި ޤައުމު ސަލާމަތްކުރަށްވާށި. އާމީން.

  85
  4
 18. މަރީ

  އަޅުގަނޑުގެ ވެސް ބިލް ވަރައް ބޮޑުވި. ފެން ބިލް ވެސް. މި މަހު ގޭގަ އުޅުނީ 1 ހަފްތާ. އެންމެން ބޭރުގަ އުޅެފަ އައި އިރު 1 ހަފްތާގެ ބިލް 1 މަހުގެ ބިލް ތަކުގެ 2 ގުނަ ބޮޑު.

  52
 19. ނަޒްމާ

  "އަތޮޅު ތެރޭގެ ރަށެއްގެ ފެނަކަ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ބައެއް ގެތަކުން ކަރަންޓް ބިލް މާބޮޑަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ."
  ނަން ނުޖަހާގޮތަށް މިއޮތީ ލައްކަ ވާހަކަ ބުނެފަ.

  40
 20. ދަންނަ

  ކަރަންޓް ބޭނުން ކުރެވުނު މިންވަރު ބަލާފަ ބިލު ބޮޑޭ ކިޔާބަލަ...ކަރަންޓް ޔުނިޓް އަކަށް ޖެހޭ ރޭޓް ހުރީ ހުންނަން ޖެހޭ މިންވަރުގައި ކަމަށް ވަންޏާ ބިލު ބޮޑުވާން ޖެހޭނީ ކުރިން ބޭނުން ކުރެވުނު ވަރަށް ވުރެ އިތުރަށް ބޭނުން ކުރެވުމުމުން. ހަމަ ގައިމުވެސް އަހަރެން ބިލު އަޅާ ކިޔަނީ ކުރީ މަހުގެ ބިލާއި އަދި މިމަހުގެ ބިލް ބަލާފަ. ބޭނުން ކުރެވުނު މިންވަރުން (ޔުނިޓުން )ބަލާފަ. ދާދި އެއްވަރެއްގަ ބިލު ހުންނަނީ. ބަލަން ވާވަރަށް ނުބަލާ ނޫސްތަކުން ޚަބަރު ލިޔާތީ ހިތާމަ ކުރަން.

  16
  63
  • ދދދދދދ

   ޝަހިމެޓިކްސްގެ ފޯމިއުލާއިން ހުޅުމާލޭ ފްލެޓްތަކުގަ މީހުން ދިރިއުޅޭނެ އަދަދު ބުނެދިން ގޮތަށް ހިސާބު ހަދާމަންވީނު ކަލޭ. ތަންކޮޅެއް ލަދުހަޔާތް ހުރެބަލަ ކަލޭމެން. ދިމާއަށް ފެންނަން ހުންނަ ކަންތަކުގަވެސް ޖަދަލުކޮށް ކުރި ހޯދޭތޯ އެބައުޅެއެއްނު.

   16
   1
 21. ތަބާސީރު

  ޢެޖެންޑާ19 ގެ ތެރެއިން ހިސާބު ހެދީމާ ތަފާތުވާނެ! އެވާހަކަ އޮތީބުނެފަ!

  65
  1
 22. އާނަ

  ގޭގަ މީހުން ނުއުޅޭ ގެ އަށްވެސް އޮތް -/3000 އަރާފަ. މިދެން އަރަތެއްނު.

  54
  5
 23. ހާސްނުވާނެ

  މިސަރުކާރުހޮވީ ޔާމީނު ސަރުކާރުން ކަންކަންގޯސްވެ ތަކެތިއަގުބޮޑުވެގެން ވީމާ މިހާރު މިދަނީހަމަރަޅަށޭ ރައްޔިތުން މިތިބަބިލުތައްލިބުނިމާ އުފަލުން ގޮސް ނޫހުގާވެސްޖެހިދޯ

  48
 24. ާޔާލް

  ކަރަންޓް އަގު ހެޔޮ ކުރީމަ ދެގުނައަށް ބޭނުންކުރޭ...މި ރޯދަ މަހު ގިނަ ގޭގަ އަވަން އަދި މިކްސަރު ޖައްސާނެ ކޮންމެ ދުވަހަކު...ކަރަންޓް ގިނައިން ބޭނުންކޮށްފަ މި ބުނަނީ ބިލް ބޮޑު ވާހަކަ...ބިލް ދިއައީމަ ޔޫސޭޖް ބަލާ ނުލާ މި ކިޔަނީ ބިލް ބޮޑު ވާހަކަ...

  7
  56
  • ޙދ

   ދެން ތިޔަ ބުނަނީ ގޭގަ ނުއުޅޭ އިރުވެސް އަވަން މިކްސްޗަރ ޖައްސާތަ؟؟؟

   14
   1
 25. އައްޔަ

  މިސަރުކާރު ބަންދު ދުވަސްތަކަށް ވަރަށް އިސްކަމެއްދޭ ދުވަސް ގުނާއިރު. ޖޫން މަސް އެކިޔަނީ ބަންދު ދުވަސްތައް ނުކަނޑާ އެހެންވީމަ ޖުލައި ނޫނީ އޯގަސްޓު ބިލް ކުޑަވާނެ ކަމަށް ބަޔާން ނެރޭނެ، ކެތްކޮށްލާ

  40
  1
 26. ހިމާދު

  ކަލޭމެންނަށްނޭނގޭތަ ކަރަންޓްބިލްބޮޑްކޮށްދިނީ މުއްސަނދި ވިޔަފާރިވެރިންނަށްކަމެއް ނަމުގައި ރަތްޔެތުންގެކަރަންޓްބިލް މިހާރުވެސްއެއުޅެނީ ބަޖެޓްގައިލާރިހުސްވެގެން ލިބުނުއެއްޗަކަށްވުރެން ކުރިހަރަދުބޮޑު ކޮންމެދުވަހަކުއިންޑިޔާއިން މިލިޔަނުން މިލިޔަނުން އެހީވޭ އެކަމަކުލޮލަކަށްނުފެނޭ

  41
 27. ނިކަމެތި ރައްޔަތުމީހާ

  ރައްޔަތުން ހަނާވަނީ.. ދޮގު ވައުދުވާ ބައިގަޑެއް ވެރިކަމުގަތިބީ

  47
  3
 28. ފެންކުރި

  ދެލޯފުޅާ ދޫންޏާ ތީހައެއްމެންގެވެސްހާލު އަޅުގަޑުމެންގޭގެ ބިލްވެސް ވޭތުވެދިއަ ފަސްއަރު ނާރާވަރަށް މިފަހަރުގެ ބިލަށް މިއޮތީއަރާފަ ހެޔޮނުވާނެ އާދޭހާއެކު މިދަންނަވަނީ މިިގޮތަށް އެއްވެސް އެއްޗެއްގެ އަގު ހެޔޮނުކުރިއްޔާ ރަގަޅީ އަޅިމިގައުގާ މިއުޅެނީ ސިކުޑިއެވެސް ނެއްބައެތަ ކުރީގަ އަނިޔާ މިހާރު އޯގަތެރި މިހާރު ހެޔޮ ހަންދަމާލިއަސް އޯކޭ އަނިއާއެއްވެސްނުވެ ފައްކާ ދުނިއެކެވޭނީ މަކަރާ ޖަހާއިގެން ސަޅި

  38
  2
 29. މަކަރަޖަހާއިގެން އުޅެނީ

  މިހާރު ބިލުގެ ސައިޒު ކުޑައީ. ބިލަށް އަރާވަރު ކުޑައެއް ނުވެ. މިގެއަށް ކަރަންޓުން ބޭނުންކުރާ އިތުރު އެއްޗެއް ނުގަންނަން ކުރީ ގައިވެސް ހުރި އެއްޗެހި ހުރީ އެކަމު ވޭތުވެ ދިޔަ ދެ މަހުވެސް ބިލު ބޮޑު.

  30
 30. ފެން

  ތިކަހަލަ ކަންތަށް ދިމާވާނެ މިއޯގާތެރި ސަރުކާވީމަ ކުޑަކޮން ޖެހޭނީ ކެއްކޮށްލަން

  32
 31. ޒިން

  ޔުނިޓަކަށް ޗާޖުކޮށްފަ އިން ވަރު ބޮޑު ވެގެންތޯ ބިލް ބޮޑުވީ ނޫނީ ބޭނުންކުރި ކަރަންޓްގިނަވެގެން ޔުނިޓުގެ އަދަދު އިތުރުވީމަ ބޮޑުވީތޯ؟ ނޫނީ އޮޅުމެއް އެރީތޯ؟

  10
  26
 32. ކޮމެންޓް

  ކުރީމަހުގެ ޔުނިޓަށްވުރެ މިމަހުބޭނުންކުރި ޔުނިޓްމަދުވެފަ، ބިލްބޮޑުވެއްޖެނަމަ އަޅުގަނޑުވެސްމިހިރީ ތިޔަކަނބޮޑުވުމާއިއެކު.....!

  24
  1
 33. ޔުނިޓް

  ބަލަ ކުރީގަ 300 ޔުނިޓް ބޭނުންކޮށް މިމަހު 500 ބޭނުން ކުރީމަ ބިލް ބޮޑުވާނެ ކުރިޔަށްވުރެއް.. ބޭނުންކުރެވޭ ޔުނިޓެއް ހިތަކަށް ނާރާ.. މިގޭގަ ނުވޭ ބޮޑެއް.. ބޮޑި ބެގެން އުޅޭ މީހުން ކުރެއް އަހާލިނަމަ މިދިޔަމަހު އެރި ޔުނިޓާ މިމަހު ބޭނުން ކުރެވުނު ވަރު..

  6
  36
 34. މޯދި

  މޯދީގެ ދަތުރުގެ ހަރަދު ޗެލީދޯ

  37
  2
 35. ސީރިއަސް

  މީވާ އަރަތެއް ކަހަލަކަމެއް. މިގޭގެ ކަރަންޓް ބިލްވެސް ދުވަހަކު ނަރާވަރަށް ބޮޑުވެފަ މިއޮތީ. -/1500 އަރާ ގެއެެއް މީ. ޢެކަމަކު މިފަހަރުގެ ބިލަށް -/3990 ރުފިޔާ. ކީކޭދެން ބުނަންވީ.

  24
  1
 36. އެގެންޑާ19

  އެޖެންޑާ 19 ގެ އަލާމާތްތައް ދަނީ ފެންނަމުން ފާއިތުވީ 4 މަސްދުވަހު މަހަކަށްވުރެ މަހެއް ކަރަންޓުބިލް އަންނަނީ ބޮޑުވަމުން އެންމެ ފަހުގެ ބިލް ޑަބަލަށްވުރެވެސް ބޮޑު އެއީ ހެއުވުމުގެ އަލާމާތެއްކަންނޭނގެ

  26
  2
 37. މާނައެއް ނެތް

  މިއަދު ތިވާހަކަ ދެއްކުމުގެ މާނައެއް އޮތްކަމަކަށް ނުދެކެން. މިކަން މިގޮތަށް ނުކުރެވިގެން މީހުންތައް މާލެއަށް އެއްވެ އޭދަ ރައީސް މީހާ މާލެއައި ދުވަހު އުޅުނުގޮތުގެ ފޮޓޯތައް ބަލާލާފަ ވާހަކަ ދެއްކުން ބުއްދިވެރި، ދެން ބުނެލަން އޮތީ ކައި ހުސްނުކޮށް ބަހައްޓާކަމަށްވާނަމަ ވާނީ ގިނައޭ ނޫނީ ބޮޑޭ އެހެން ބޮޑުވަނީއޭ ތިވެސް. ސުކުރިއްޔާ

  18
  1
 38. ކުޑަބެ

  ކަރަންޓް ބިލައް އަރާފަ އޮތްވަރު ކޮންމެ މީހަކައްވެސް އަމިއްލެއައް ބަލައިލެވޭނެ އެއީ ވަރައް ފަސޭހަކަމެއް ކުރީމަހުގެ މީޓަރ ރީޑިން އިން މިމަހުގެ މީޓަރ ރީޑިން ކަނޑާލީމަ އިންނާނީ ބޭނުން ކުރެވުނު ޔުނިޓްގެ އަދަދު އެނގެން މީކީ ކޮންމެހެން ސްޓެލެކޯއާ ސަރުކާރު ބަދުނާމު ކުރަންވީ ކަމެއްނޫން މީޓަރުތަކުން ރީޑިންގް ނަގަން އަންނަނީކީ ރައީސްއެއް ނޫން.

  3
  26
 39. ހުސޭ

  މިދިޔަ ނޮވެމްބަރުން ޑިސެމއބަރުން ފެށިގެން 900 އަރަމުން އައި ބިލް މަހަކު އިތުރުވުމެއް އިތުރުވުމެއް ވަމުން އައިސް މިމަހު އަގުހެޔޮ ބިލް ލިބޭނެ ކަމަށް ބުނީމަ އޭތި އައިރު މިހާތަނަށް އެންމެ ބޮޑު ބިލު 1790. ގޭފަ އުޅޔނީ 5 މީހުން އޭރުވެސް. ކަރަނއޓް ބޭނުން ކުރިވަރު އެއްވެސް އިތުރެއް ނުވޭ. ޙަމަ ބޭނުން ކުރި އެއްޗެހި އޭރުވެސް މިހާރުވެސް. މީތަ 100ދުވަހުގެ ވައުދު ފުއްދާގޮތް އަގު ހެޔޮކުރަން. ސްޓެލއކޯ ހަވާލް ކުރީ ދޮޅު ރޯނާ ބަޔަކާ. ރައްޔިތުން ރުޅިއަރުވަން ޖުމްހޫރީ ޕާޓި ގެ މީހެއް. ކުންފުނި ފައިދާވާތަނަކަށް ހަދާނީ ބިލު ބޮޑުކޮށްގެނެއް ނޫން. މެޑަލް ޖަހަން މިއޅެނީ ކުންފުނި ހަވާލް ކުރީމަ ފައިދާވާތަނަކަށް ހެދީމޭ ކިޔައި. އުބޫ އެންމެން ބޭރު ކުރޭ. އަދި ބިލު ބޮޑުކުރާގޮތް ގެންނަ ބަދަލު ސީދާ ރައިސަށް ނޫނީ ނުކުރެވޭގޮތަށް ހަދާ އިބޫ. ސްޓެލްކޯ ބޯޑު އުވާލާ.

  9
  8
 40. ހުސޭނުބޭ

  އެހެންވިއްޔާ ދެން ތިބޭ އަނގަޔަށް ލޮލީޕޮޕެއް ލައިގެން! ސަރުކާރު އެ އޮތީ އެމީހުންނަށް! މަޖިލިސް އެމީހުންނަށް! ކޯޓުތައް އެ އޮތީ ގަނެފައި! ޖަޒީރާ އޭ ކިޔާފައި ތިއޮތީ ތަތްގޯނި އަޅުވާފައި! އަންނަ މަހު މިއަށްވުރެވެސް ބޮޑުވާނެ! އަމިއްލަ އަތުން ލިބިގަތް ހަލާކުގެ ރަހަ ދެން ދެކެންތިބެ!

  24
  2
 41. ސުފުރާ

  ބިލްގަ މުޅިން މަކަރާ ހީލަތް ހަދާފަ ހުރީ ހިޔަޅު ބަޔަކު ބިލްކުޑަކުރަނީޔޭ ކިޔާފަ ބޮޑު އޮޅުވާލުމެއް މަމެންގޭ ގަ އަބަދުވެސް އޭސީ ބޭނުން ކުރާވަރަށް ބޭނުންކުރީ ރޯދަ މަހޭކިޔާފަ ކަރަންޓް އަވަނެއް ބޭނުމެއް ނުކުރަން ގޭސް އަވަން ބޭނުންކުރަނީ ބިލް ދުވަހަކު ނުވާވަރު ބޮޑު ބިލް ހެދެމުގަ ވަރަށްބޮޑަށް އޮޅުވާ ލާފައޮތީ ކުރީގަ ބިލް ހަދާފަ ހުންނަނީ
  106.67 ޔުނިޓް. 1/50
  106.67 " 1/70
  106.67. " 2/15
  މިފަހަރު ކޮންމެ ރޭޓަކަށް 100 ހަދާފަ އިތުރުވާ ހުރިހާ ޔުނިޓް އަގުބޮޑު ބަޔަށް 4/25 ގެ ރޭޓަށް ވައްޓާލީ ވިސްނާލާ ދެން ބިލް ބޮޑުވާނެ ވަރު މަކަރާ ހީލަތުން ކޮންމެކަމެއް މިހާރު އަހުންނަށް ވެސް ހީވާން ފަށައިފި ވޯޓްގަވެސް މަކަރު ހެދީކަމަށް. ޢަހުން މީ މާލޭ މީހެއް

  22
  1
 42. ކުޑަބެއަމާ

  އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ރީޑިންވެސް އޮޅުވާލަނީ ނޭނގޭ ގޮތަށް. ޙިތުން. އަދި ކޮން ހަބަޔަކަށް ބަހަންވީ 100 ޔުނިޓަށް 2ރފ މަގުން 200 ޔުނިޓިނުމަތިވީމަ 4ރފ މިހެން ކިޔަމުނއ ގޮސް އަރުވާލަފަ އޮންނަނީ 600 ޔުނިޓަށް ކަމަށް. އަދި އެއީ ޔުނިޓަކަށް 8ރފ ހެން މިހެން ގޮސް މީ ކޮން 12 ކެޓަގަރީއެއްހޭ. ވަގުހަދަން ނޫޅެ ބިލުގަ ޖަހަށޭ ޖުމްލަ ޔުނިޓުގެ އަދަދާ ޔުނިޓަކަށް ދައްކަންޖެހޭ ވަރު. 10 ބާރަ ބަޔަށް ބަހައި ބޮޑު ސިންގާ ބިލެއް ކަމަށް ދައްކަން ނޫޅެ ތިޔަ ބިލު ހަމަ މިހާރު ބަދަލު ކުރޭ. ތިހެން ވަގެއް ނެހެދޭނެ. ހަމަ ރީޑިން ނެގުމުގަވެސް މަކަރު ބިލު ހެދުމުގަވެސް މަކަރު. ހަމަ މިހާރު އެމްޑީ އަކަށް ހުރި ޅއަކޔ ބަދަލު ޖުރޭ އިބޫ ރައްޔިތުން ރަތަށް އަރައިގެން އިސްތިއުފާ ނުޖައްސަނީސް.

  24
  1
 43. ގުނބޯ

  ދެން ފެލިފެލި ތިބެންޖެހޭނީ އޯގާތެރި ސަރުކާރެއް ގެނެވިއްޖެއްނުން މިހާރު ތިތިބީ ރަނގަޅައް އޮއްކާށި ކެވިފަ އަނެއްކާ ވަރައް ކައިރީގަ އޮތީ ކައުންސިލް ވޯޓް މިފަހަރުވެސް ހުރިހާ އާލާތުން ވޯޓްދީ އެއިރުން ގައުމު ބާރައް ކުރިއައް ދާނީ. ޕަކާސް

  17
 44. އައިޝާ

  އިތުރަށް 1000 އެރި މިފަހަރު

  13
 45. ރާޅު ބޯއީ

  ކަރަންޓެއް ވެސް ހެވެއް ނުކުރޭ. އެހެން ކަމެއްވެސް ކުޑައެއް ނުވޭ. ކަރންޓް ކުޑަކުރާނަމޭ ކިޔައިގެން ވަޅޯ ރައީސް ހެދީ ދޮގު. ރައްޔިތުން ގުނބޯ ހެއްދުން ނޫން ކަމެއް ނުކުރޭ.

  11
  1
 46. މޫސާ

  ކަރަންޓް ޔުނިޓްގެ ތަފާތަކީ ކޮބާ

 47. ފާއިޒް

  އޮންނާނި ރާކަނިމަސް ކެވިފަ.....

  13
 48. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  އެހެންވާނެ ހޫނުގަވީމަ..

  8
  4
 49. ހާމާން

  ބަނީއިސްރާޢީލް ބާގައިގެ މީހުން ރާއްޖޭގަ މިއުޅެނީ...ބަލަ ޔާމީން ކަމުނުގޮސްގެން އަމިއްލައަށް ބޮއި ބޮނޑިއެއް ނޫންތަމީ...ސުވަރުގޭގަ ވެސް ޝަކުވާ ކުރެވޭނަމަ މި ނާތަހުޒީބު ގަމާރުންތައް ޝަކުވާކުރާނެ..

  14
 50. ނަންނި

  މިގޭ ކަރަންޓު ބިލް ވެސް ހަމަ އަތްފޯރާފަޝުގާ އޮތީ ކުރީމަހުގެ ބިލް 4257.07 މިމަހުބިލް 4350.89 ކީހާކުޑަތޯ ބިލް ހަހަހަހަހަ

  8
  1
 51. ށޮމެޮނެ

  ހޯޕް ހޯޕް!
  ތިލަފަތަށް ވޯޓް!

  10
 52. މަރީ

  ޢާންމުކޮަށް ރޯދަ މަހު ކަރަންޓް ބިލް ބޮޫވާނެ. ޢަވަނާ މިކްސަރާ ފްރިޖް ތަކަށްވެސް ބާރު ބޮޑުވާނެ. ނުވިތާކަށް ޓީވީ ތައްވެސް. ރޭގަނޑު ގިނަ ވަގުތު ހޭލާ ދުވާލު ނިދާ ހަދަންޏާ ކަރަންޓް ބޭނުން ކުރެވޭ މިންވަރު އިތުރު ވާނެ. އެއްޗެއް ބުނަން އެނގޭނީ ރަނގަޅަށް ބަލާފަ.

  4
  8
 53. ދޮހޮއްކޮ

  މަކަރާ ޙީލަތުން ވޯޓުން ވައްކަން ކޮށްގެން ވެރިކަން ފޭރިގަތް ނުކުޅެދޭ ބަޔަކު. ރައްޔިތުންނަށް އިޚްލާޞްތެރިއެއް ނުވާނެ. ހަދާނީ މަކަރާ ޙީލަތް ދޭނީ ކެހި. ބިލް ބޮޑުވި މައްސަލަ ހަމަ ހުރިހާގެއެއްގައިވެސް އުޅެނީ ދިމާވެގެން.

  7
  1
 54. ދަކްލޮކް

  މަގުތައް ހަދައި، ބަލަހައްޓަން ޚާއްސަ ކުންފުންޏެއް ރައީސް އުުފައްދަވައިފި ނަމަ ދެން ތިޔާ ކުންފުންނަށް އެމްޑީ އަކު ލާއިރު ކަންކަން ކުރަން ދަންނަ އަމަލީ ތަޖްރިބާ ވެސް ހުރި ހީވާގި ކަމާއި އެކު ދުވާލަކު އޮފީހުގައި 18 ގަޑިއިރު މަސައްކަތް ކުރަން ކެރޭ އިންޖިނިއަރިންގް ބެކް ގްރައުންޑެއްވެސް ހުރި މީހަކާއި ތިޔަތަނުގެ އެމްޑީ ކަން ހަވާލު ކޮށްފިނަމަ ތިޔާ ކަން ކުރިއަރައިގެން ދާނެ އޭ އެއީ މަމެންނަށް ޔަގީން ކަމެކޭ ޔޭއް ވޮޗް އިން ދަ ކްލޮކް އޮން ދަވޯލް...

  1
  1
 55. ކޖ

  އަހަރުމެން ގޭގަ ވެސް ކަރަންޓު ބިލް ދެގުނަ އަރާފަ އޮތީ

  11
  1
 56. ސޮންދާލި

  މުޅިން ރައްޔިތުންނަށް އޮޅުވާލުމާ މަކަރުހެދުން. މާދަން ބޯޑުހަދާނެ ސްމޯލް ބިލް ބޯޑްކިޔާފަ..ކެކެކެ

 57. އޯކޭ

  އޯކޭ ދޯ! މިއީ އެޖެންޑާ 19 ދޯ.

 58. ކަރަންޓޭ

  މަށަށް ސްޓެލްކޯގެ ހިއްސާއެއް ގަންނަން ލިބިދާނެ ބާ. މިހާރު ކުރިޔަށް ވުރެ ލައްކަތަން ފައިދާ ބޮޑުވާނެތާަ؟

  6
  1
 59. އެކޮއި

  ސާލިހު ވިދާޅުވީ ކަރަންޓުބިލު އަގުހެޔޮކުރިވާހަކަ
  ސާލިހަކީ ރައްޔަތުން ނައް ދޮގުހަދާ މީހެއް

  8
  2
 60. ަހައްގު

  މުޒާހަރާ ކުރަން ފަށަންވީ.. އަސްލު ވަގުން މި ފަޅާ އަރަނީ. ރައްޔެތުން ފެލާލާފަ ސަރުކާރުގެ ހުރިހާ ގެރިން މި ބަނޑު އަޅާލަނީ...އެވަރުން ނުވެގެން އިނޑިޔާ ގެ މައި ގެރި ގެނެސްް ގައުމު ވިއްކާ ލަނީ.. ރައްޔެތުން ވެސް އެބަ ޖެހޭ މި ކޮރަޕްށަނާ ދެކޮޅައް މަގުތަކައް ނިކުމެ ޖަވާބު ދާރީ ކުރުވަން

  7
  1
 61. ކޮރަލް

  ބޮޑު ވެއްޖެއެވެ.

  4
  1
 62. ކެންދޫ

  ބ/ކެންދޫގެ ގެތަކުގެ ކަރަންޓު ބިލުތަށްވެސް ހުރީ އަތްގުޅައިގެންވެސް އަތްނުފޯރާހިސާބުގައި މަކަރާ ހީލަތްތެރިކަން އިންތިހާއަށް މެކުހަށް.....ބޯގޮވައިފި

  6
  1
 63. ބުރޯ

  މިމީހުން ބުނާއެއްޗަކާ ކުރާކަމަކާ ދިމަލެއްނުވާނެ .2008 ގަ ވެރިކަމަށް އައިސް 2009 ގަ ކަރަންޓް ބިލްތަކަށް ހެދިގޮތް ހަނދުމަ ނެތުނީމަ ތިޔަހެން ތިވީ ދިވެހިންނަކީ ވަރަށް ހަނދާން ބަލި ބައެއް.. ވީމާ ތިކަހަލަ ކިތަންމެ ކަމެއް ފެންނާނެ.

 64. ނަމަ

  ބިލް ބޮޑެއްނޫން ބިލްގަ ދައްކަން ޖަހާފަ އިން ފައިސާގެ އަދަދު ހިތައްއެރި އަސް މާޔޫސްވެ އަންތަރީސްވާ ވަރުވޭ

  4
  2
 65. ޙެ ހެ ހޭ

  މިދިޔަ މަޖުލީސް އިނތިޚާބައް ޚަރަދު ކުރީ ފެނަކަ އިން އެހެން ވީމަ ގެއްލުމުގެ ބަދަލު ރައްޔިތުން ފެލަނީ ގަންޖާ ބޯ ހުރިތަނެއްވެސް ރަނގަޅެއް ނުވާނެ ނުބައިގޮތަކައް ގަންޖާބޯ ދާނެ ލާދީނީ ކުއްތަ ރާ ބޯ ނަޝީދު ގެރި ބަކަރި މީނަގެ ކިބައިންމިޤަވްމު ސަލާމަތް ކޮއްދެއްވާފާނދޭވެ ޔާރައްބު

 66. މިގޭ

  މިއީ ޔަހޫދީ ދައުލަތެއްކަން ނުދަންނަ ބަޔަކު އުޅުނަސް މަމެން އެކަން ދަންނަން . އޮޅުވާލުމާއި މަކަރު ހެދުން ނޫންކަމެއް ނުކުރާނެ. އޯގާތެރިކަން އެބަފެނެ ޓޮޢޭޥޭ.

 67. ފަރޭ

  އަހަރެން ގޭގައި އުޅެނީ 4 މީހުން. ކަރަންޓް ބިލް އެމްމެ ފުރަތަމަ ދެއްކީ 600ރ. އެކި ވެރިކަމުގައި ސަރުކާރުން ކަރަންޓްބިލް ކުޑަ ކުރި ކޮންމްމެ ފަހަރަކު ކަންޓް ބިލް ދިޔައީ ބޮޑު ވަމުން. މިފަހަރު ކުޑަކުރާ ވާހަކަ ދެއްކި އިރު ބިލް ހުރީ 1000ރ އާ ހިސާބުގަ. އެވާހަކަ ދެއްކި ފަހުން މިހާރު ބިލް ހުރީ 1400ރ ގަ. މަށަކައް ނޭންގުނު މި އެކި ސަރުކާރު ތަކުގައި ބިލް ކުޑަކުރި ގޮތެއް. މަޝައް ހީވަނީ އޮޅިގެން ކުޑަކުރީއޭ ކިޔަނީ ކަންނޭންގެ. އަސްލު ބޮޑު ކުރީ. ރައްޔިތުންގެ ލޮލުގަ އަނދުން އަޅަން ވެގެން ކިޔަނީ އެހެން. އޭރުން ތިބޭނެނުން އަތް ޖަހަ ޖަހަ

 68. ހަސނަބެ

  މަ ވަރަށް ކާސް ކުރަން ތި ސޮޓެލކޯގެ ބިލް ހަދާ ވެރިންނަށާ މި ސަރުކާރަށް....އަނެއް ބަޢާވާތް ގެންނަން ވީ އަވަހަށް ....މިފަހަރު ބިލް އޮތީ ޑަބަލް ބޮޑުވެފަ....

 69. އަލީ ބަލީ

  ސުޓެލްކޯގެ ޖަވާބު ހުންނާނީ މިކަަހަލަ ގޮތަކައް. :
  ބިލުގެ އަދަދު 1000 ހުން 500 ކަޑާލީމާ ބާކީ އޮތް ފައްސަތޭކައައް 4000 ރުފިޔާ އެއްކުރަން އެއީ ހޫނުގަދަވެގެން ބޭނުންކުރި 11000 ރުފިޔާއައް ވާވަރުގެ އަދަދުން 7000 ރުފިޔާ ޑިސްކައުންޓު ކެޑީމާ ވާވަރު. ވީމާ 1000 ރުފިޔާގެ ބިލަކައް އެއޯތީ ނޫންތޯ 7000 ރުފިޔާގެ ޑިސްކައުންޓެއް ދީފަ. އެހެން ވީމަ ދައްކަން ޖެހޭނީ 4000 ރުފިޔާ ނޫންތޯ.. މިއީ 7000 މަދުން ނޫންތޯ. ކިއީ ގާތްގަނޑަކައް ހިލޭ ނޫންތޯ.

 70. Anonymous

  މިސަރުކާރުން ނުކުރާނަމޭ ބުނާ ކޮމެކަމެއް ކުރާފަދައިން. ކުރާނަމޭ ބުނާކަމެއް ނުކުރުރާނެ. ވަރަށް ސާފު. ކަރަންޓު ބިލް ހަމަ އޮތީ ބޮޑުވެފަ.

 71. ީިިިސުލްޙަ

  ކަރަންޓްބިލް ކުޑަކުރަން ވައުދުވީ އިންތިޙާބު ކާމިޔާބުކުރަން. ދެންވައުދުވާނީ ކަރަންޓާނުލާ ދިރިއުޅުމަށް. ރައްޔިތުން ގުބޯ ހެއްދުނުވަރެއް އޮތީ ކަމެއް ކާމިޔާބުކުރުމަށް އެނޫން އުކުޅެއް މިޤައުމުގަ ނޯންނާނެ. ގުބޯނުހެއްދޭނެ ރައްޔިތެއްވެސް ނެތޯލަ.........!!!!!!!!!!!!!!!!

 72. ސުލްޙަ

  އޮޅުވާލިސް، ފޮޅުވާލިޔަސް، މަކަރުހެދިޔަސް، ވަގު ހެދިޔަސް، ހެޔޮވަރުވެގެން ލޮލަށްނިދި ނައިސްގެން އުޅުނު ދިވެހިންގެ މަދުބަޔަކު ގުޅިގެން ޤާނޫނާޚިލާފަށް ގެނައި ވެރިކަން ކަމުނުދާކަމުގެ ސަކުވާތަށް ކުރަމުންދާތީ ލަނދުގަނެއެވެ. ފޭހުނު އިލޮށިގަނޑު ތިހެރުނީ އަމިއްލަ ލޮލަށް .......!!!!

 73. Anonymous

  އިންޑިޔާގެ ބޮޑުވަޒީރު ވަޑައިގަތީމަ އެތަށްރަށެއްގެ ގިނަ މަސްރޫޢުތަކެއް ހިންގުމަށް އެހީދެއްވުމުގެ ބަދަލުގައި މަލުކުގެ ރައްޔިތުންނާއި، މަލިކާއި، މަލިކު ހިމެނޭ ސަރަހައްދުގެ ރިސޯޓްތަށް ހިލޭއެހީ ގެގޮތުގައި ދިނުން މާމުހިއްމު. އޭރުންއެދެވުނީ ބިލިޔަން ޑޮލަރުގެއެހީއެޔެއް. އަދި ރެކޯޑްފޮތުން އެލިބުނީ ރަންޖާގައެއް........

 74. ސީނު

  ޖަޒީރާގަ މާނަ ކުރަންޖެހޭނީ އިދިކޮޅަށް.....އަގުޔޮ ގެމާނައަކީ އަގުބޮޑު
  ހެޔޮވެރިކަން.................ނުބައިވެރިކަން
  އިސްސާފުވެރި.............ބޭއިންސާފު
  ލޮބުވެތި ރައްޔިތުން..........ރުޅިއަރާ ރައްޔިތުން