ރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރަމުން ދާތީ ގުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ ރަސްމީ އިދާރާ ކަމަށްވާ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބައެއް ރަށްތަކަށް ގޯނި ފޮނުވައިފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި ވިއްސާރައިގެ ސަބަބުން މިހާރު އެސެންޓަރުން ކުރަމުންދާ މަސައްކަތް ސާފުކޮށްދެމުން ވިދާޅުވީ ހާދިސާތަކަށް އިޖާބަދިނުމަށް ބޭނުންވާ ވަސީލަތްތައް ކަމުގައިވާ ޕަންޕާއި ގޯނި ކައުންސިލްތަކަށާއި އެމްއެންޑީއެފް އަދި ފުލުހުންނަށް ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

ނަމަވެސް ފޯރުކޮށްދީފައި ވާނީ ކިތައް ޕަމްޕް ކަމެއް އަދި ކިތައް ގޯނި ކަމެއް ވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބަޔާނުގައި ވިދާޅުވީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކުގެ އާންމު ހާލަތު ކައިރިން ބަލާ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މީގެ ތެރެއިން ބައެއް ރަށްތަކުގެ އެސެސްމަންޓް ފޯމް މިހާރު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ލިބިފައިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފާއިތުވި ދެތިން ހަފްތާއެއްހާ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި ވަރަށް ގިނަ ގެތަކަށް ގެއްލުން ލިބި ވަރަށް ގިނަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރު ވެފައެވެ.

ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ އިރު ވެސް ސަރުކާރުގެ ރަސްމީ އިދާރާތަކުން މާބޮޑު އެހީތެރިކަމެއް ލިބިފައި ނެތް ކަމަށް ބުނެ އެރަށްރަށުގެ ކައުންސިލްތަކުގެ މީގެ ކުރިން ވަނީ ޝަކުވާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަނިކް

    ފެން އަޅަންދޯ

    25
    1
  2. އިބްރާހީމް

    އެއީ ފެންއަޅަންތަ ގޯނިފޮނުވީ.

    22
    1
    • ތާޖު

      މާރަނަގަޅުވީސް ޕަންޕު ފޮނުވިނަމަ

      12
  3. ޖ

    ގޯނިތަބޭނުންވަނީ އަޖައިބެއްނޫން

    17
    1
  4. ނިކަމެތި މީހާ

    ދެން ގޯނި ބޮލުގަ އަޅާއިގެން ތިބޭ. އެއިރުން ނުފެންނާނެ ވާރޭ ވެހޭތަނެއް. އެހެންވެ ގޯނި ފޮނުވީ މިހިރަ މޮޔަޔާ.

    28
    1
    • ގޯނި މޯދީ

      ހަހަހަހަހަކެކެކެކެކެ މިއޮތީ މަޖާ ކަމެއް.

  5. މިޔަހެލި

    ރާއްޖޭން ބޭރު އޮންނަ ޖަލްސާ އަށް ހުށަހަޅަން.

    20
    1
  6. ޒާ

    ހެހެ. Modi މިފަހަރު އެހީއަށްދިނީ ގޯނިދޯ

    26
  7. ހުސޭނުބޭ

    ހެހެހެހެހެހެ........ ތިއީ މި ސަރުކާރުގެ ސިގްނޭޗަރ ސަރވިސް. ބޮލުގައި ތެތްގޯނި އެޅުވުން. ދެން ތިބެ ބޮލުގައި ތެތްގޯނި އަޅައިގެން!

    22
  8. ކަމަނަ

    ނޮޅިވަރަްފަރު ގަ އަޅާފައޮތް ނަރުދަމާ ގުޅާލަ ދޭނީ ކޮންއިރަކުންތޯ ވަގުތު ކުދިން މެދުވެރިވެގެން ނަމަވެސް ބަލައިލަ ދީބަލަ ވިއްސާލަ ވިޔަސް ނުވިޔަސް ގޭދޮރުމަތިން ގުއި އަރަ އަރާ އެހުންނަނީ ބަލިމަޑުކަން އިންތިހާ ބަދަލު ކުރިތާ 9 އަހަރުވީ މިާލެއްގަ މިުޅެނީ

    13
  9. ފާތުން

    ފެނަށް ޖެހޭތީ ފެެން އަޅަންވެގެން ގޯނި ފޮނުވީ

    19
  10. ދދދދދދ

    ހައްހައްހަހަ ގޯނި ސަރުކާރު ދޯ މީ. އިންޑިއާގެ ދީލަތި އެހީތެރިކަމާއެކު ފޯރުކޮށްދިން ބޮޑުވެގެންވާ އެހީއަށް ޝުކުރިއްޔާ.

    19
  11. ތޯތާ

    ތިމާވެށްޓަށް ގެއްލުން ނުވަނީ މަގުގަ ގޯނިއެޅީމާ! ވަޢުދު ފުއްދަނީ!

    11
  12. ބަދުރު

    ކެކެކެކެ ގޯނިސަރުކާރު. ގޯންޏެއް ގަތް އަގު ޖަހާނެ 100 ރުފިޔާ.

  13. ގޯނިބެ ކުޑަ އަލި

    ބަލަ ގޯނި ބޮލުގަ އަޅަން ނުޖައްސާ، ކަނޑަށް ފެން ބޭރުކުރަން ދާއިމީ ކޯރުތަކެއް ކޮންމެ ރަށެއްގަ ހަދާދީ ބަލަ. ނަމޫނާ ކޯރުތަށް ފޯއްމުލަކުންނާ އައްޑޫ ގަމުން ފެންނަން ހުންނާނެ.

  14. ޞަބު

    ޥޯޓާ ޕްރޫޕް ގޯނިތޯ