ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ދޫކުރަންޖެހޭ ފައިސާގެ ޕީޕީއެމް ނޫން ޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރުމަށް އެދި ފޮނުވުމުން ރަސްމީ 7 ދުވަސްތެރޭގައި ޖަމާކޮށްދީފައިވާކަމަށެވެ.

މިިދިޔަ އަހަރު ނިމުމުނު އިރު 10000 މެމްބަރުން ތިބީ ހަތަރު ޕާޓީއެއްގައެވެ. އެ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ އެމްޑީޕީއާއި ޕީޕީއެމް، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭއެވެ. މީގެ ތެެރެއިން ޕީޕީއެމް ފިޔަވާ ހުރިހާ ޕާޓީއަކަށް ވަނީ ފައިސާ ދޫކޮށްފަައެވެ.

ޕީޕީއެމަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިނުވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެމްޑީޕީއަށް ދޫކޮށްފައިވަނީ 12،749،191.09ރ އެވެ. ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވަނީ 2،059،960.36ރ އެވެ. އަދި އެމްޑީއޭއަށް ދޫކޮށްފައިވަނީ 2،031،754.50ރ އެވެ. ޕީޕީއެމްއަށް ދޫކުރަން ޖެހޭ ފައިސާގެ އަދަދަކީ 9،377،167.06ރ އެވެ.

ޕާޓީތަކަށް ފައިސާ ދޫކުރިކަން ފިނޭންސް މިނިސްޓްރީން އެންގިއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ރަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން މި ދެޕާޓީއަށް ފައިސާ ޖަމާކުރުމަށް ފިނޭންސްއަށް ފޮނުވާފައިވަނީ މި މި ބައި އުނިކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައްޤު1

    ތި ހުރިހާ ރުފިޔާ އެއް ޕާޓީ ތަކަށް ދިނުމަށް ވުރެއް ފަލަސްތީނަށް ފޮނުވިނަމަ ހާދަ ސަވާބެއް ލިބޭނެޔޭ... ހަމަ ގައިމު ތި ޕާޓީ ތަކުން ތި ބޭކާރު ގޮތުގަ ތަޅާ ބުރުވާނީ...

    30
    3
  2. އެމްޑީޕީ

    އެމްޑީ ޕީއަށް ހާދަބައިވަރު ފައިސާއެކޭ ތިޔަ ދޫކުރީ. ތީގަ ޚިޔާނާތެއް ނުފޫޒެއް ނެތްބާ؟؟؟

    36
    1
    • ހުސޭނުބޭ

      ކަލެޔަކަސް ޚިޔާނާތާ ނުބެހިބަލަ! އެއީ އެ މީހުންގެ ލޭގައި ހިނގާ އެއްޗެކޭ!

      28
  3. މުހައިމިން

    މިދެން އަރަތެް

  4. މިގޭ

    3 ވަގުން ތިބިގޮތް ބަލާބަލަ

  5. ބޮލި މުލައް

    ކޯޓުން ނިންމީމަވެސް ޅޭ ސަރީފަށް ހަޖަމު ނުވި ދޯ؟