އައިލެންޑް އޭވިއޭޝަންގެ އެންމެ ސީނިއާ ސީނިއާ މުވައްޒަފުންގެ ގޮތުގައި ހިމެނޭ ބަޔަކު މަގާމުތަކުން އިސްތިއުފާދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންތަކެެއް ވަނީ އިސްތިއުފާދީފައެވެ.

އެ ކުންފުނިން އިސްތިއުފާ ދިން ބައެއް މުވައްޒަފުންގެ މަގާމްތަކަށް ބަލާއިރު، ކޮމްޕެނީ ސޭފްޓީ ޕައިލެޓް، ކޮމްޕެނީ ހެޑް އޮފް ޓްރެއނިންގ އެންޑް ސްޓޭންޑާޑް، ޓްރެއިނިންގ ކެޕްޓަން އޮފް ސީޕްލޭން އޮޕަރޭޝަން، އެއާބަސް ޓްރެއިނިންގ ކެޕްޓަން، ޑީއެޗްސީ ޕައިލެޓް، އައިލެންޑް އޭވިއޭޝަން ޓްރެއިންގ އޯގަނިޒޭޝަންގެ ޒިންމާދާރު ވެރިޔާ، ހިމެނެއެވެ.

އަދި މީގެ އިތުުރުންވެސް އިތުރު އިސް މަގާމްތަކުގައި ހިމެނޭ މުވައްޒަފުން އިސްތިއުފާ ދިންއިރު، ބައެއް މަގާމުތަކުން އިސް މުވައްޒަފުން ވަކިކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ބައެއް މަގާމުތަކަށް ބަދަލު ގެނެސްފައިވާކަމަށްވެސް ވެއެވެ.

އެ ކުންފުނީގެ އިސް މި މުވައްޒަފުންތައް މަގާމުތަކުން އިސްތިއުފާ ދިން ސަބަބު ޔަގީން ނުވެއެވެ.

މިކަމާއި ގުޅިގެން އެ ކުންފުނިން މިއަދު ބުނީ، އެ ކުންފުނީގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވި ކަމަށް ދައުރުވާ މެސެޖަކީ ސައްހަ މަޢުލޫމާތެއް ނޫން ކަމަށެވެ

އަދި ކުންފުނީގެ އޮޕަރޭޝަނަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުހިނގާކަން ޔަޤީންކަން އަރުވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ނޫރު

  މިހާރު ދެން ރަގަޅުވާނީ ކެނެރީގެ އަދި ނޫރާނީގެއާގެ މީހުންނާއި އެކީގަ އުޅުނު ކުދިންނަށް ވަޒީފާ ދީފަ ސަރުކާރު ދަވާލާ 2023 ވަނަ އަހަރު އިންތިޚާބަށްފަހު މީގެ އިސްމީހުން ޖަލުގަ ދުވަސްތައް ހޭދަކުރިއްޔާ. ދެން މަޑުން ދެއަތްއުރާލައިގެން ތިބޭނެކަމެއްނެތް، ނުކުމެ ރައްޔިތުންގެ ހައްގު ހޯދަން އަޑުއުފުލަންވީ.
  1. ކރަންޓް ދޮގް
  ހ2.ޕެންޝަން ފައިސާއިން ހައްޖަށް..ދޮގް
  365000ރ ފަންޑުގަ ހުންނަންޖެހޭ.
  3. ބޭރުގެ މަސްބޯޓްފަހަރަށް ލައިސަންސް. ނުދޭނަމޭ ކުރި ވައުދު.... ދޮގް
  4. ރާއްޖެއިންބޭރުގަ ހަމަހަމަ އާސަންދަ...ދޮގް
  5.matI ތައުލީމް ލޯން.... ދޮގް
  6... މިނިމަމް ވޭޖްސް.... ދޮގް
  ........... 100 ދުވަހު 100 ދޮގް...........
  އިސްތިއުފާ ދެއްވާފަ އަވަސް އިންތިޚާބެއް ބާއްވަވާ... ޤައުމު ނެތިކޮށްނުލާ.......

  77
  2
  • ދދދދދދ

   ހިލޭ ޑިގްރީގެ ދޮގު ވައުދުވެސް އިތުރު ކޮށްލާ.

   45
   1
 2. މަލީޙު

  ޖީއެމްއާރަށް ކުންފުނި ދޭން އުޅޭތީ އަދި ކުންފުނި ބަނގުރޫޓްކޮށްލަން ސަރުކާރުން ޕްލޭނެއް ތަންފީޒުކުރަން ފަށާފަ ވާތީ.

  69
  1
  • މަލީޙް ދޮންބެ

   މަލީޙް އެބުނީ ރަނގަޅަށް އިސް މަގާމްތަކުގެ މުވައްޒަފުން ވަޒީފާއިން އިސްތިއުފާ ދިނީ ޖީއެމްއާރަށް ކުންފުނި ދޭން އުޅޭތީ އަދި ކުންފުނި ބަނގުރޫޓްކޮށްލަން ސަރުކާރުން ޕްލޭނެއް ތަންފީޒުކުރަން ފަށާފަ ވާތީ.

   53
   1
 3. އަހުމަދުބެ ބާރަށް

  ދިވެހިންނަށް ބޭނުންވަނީ އިޚްލާޞްތެރި ޚިދުމަތްތެރިއެއްނޫން. ދިވެހިންބޭނުންވަނީ ދޮގާއި މަކަރާއި، ވަށްކަންކުރާމީހުން ތެދުވެރިންގެ ގޮތުގައި ޤަބޫލުކުރުން. 2009 ން 2012 ށް އުޅުނުދަތިޙާލުވެސް ހަނދުމަނެތް. ވޭތުވެދިޔަ 5 އަހަރު ޤައުމުއާރާސްތުކުރި ބަޠަލުގެ މަސައްކަތް ބަލައިނުގަތް! ގެނައިކުރިއެރުން ޤަބޫލެއްނުކުރި . ދިވެހިން ޤަބޫލުކުރީ އަދުގެ ސަރުކާރުގައި ތިބި ދޮގުވެރި މުއްލާއިން ފެތުރި ޙަޤިޤަތެއްނުވާ ވާހަކަތައް . ރައީސް ޔާންގެ އަބުރުކަތިލަމުން ދިޔަ ބުހުތާން ވާހަކަތައް. މިހާރުމިތިބީ އަސްލުވެސް ދިވެހިންގެ އަމިއްލަ ވަންތަ އެއްޗަށް ރަނގަޅަށްވެސް ފައިންއެރިފަ. ދެންއަތްޖަހާ!

  66
  2
 4. ފިކުރޭ

  އަނެއްކާވެސް ހަމަ އެޑްރާމާ ރިޕީޓް ވަނީބާ؟

  34
  1
 5. ބަކުރުގެ ތަކުރު

  މިދިޔަ ހަފްތާ ޖީ އެމް.އާރު އޮފްސަލުން ތަކެއް އެއާޕޯރޓް ޓާމިނަލް ތެރޭ ޙަރަކާތް ތެރިވާ މަންޒަރު ތަކެއް މީސް މީ ޑިޔާއިން ފެނުނު. ޢަނެއް ކާ ޖީ އެމް އާރ އާއި އެ އަރޕޯރޓް ޙަވާލުކުރަން އުޅެނީ ބާ!

  41
  3
 6. ކައްޕިތާން

  މިބޭފުޅުންނަށް ހީވާކަހަލަ ދުނިޔެ އޮއްާދުވަހަކު އުޅެވިދާނޭ ކޮބާފިރުއައުނު ކޮބާ އެރަން 30އަހަރު ދުނިޔެއަކީ ފިލާދަނިވިއެއްޗެއް ތިޔައިންޑިއާ އައްދަށުވީމަ ތިޔަކަން ކުރާ މީހުންގެ ދަރިންނާ ދަރިންގެ ދަރިން ވަކި އަޅުވެތިކަމުން ސަލާމަތްވާނެތަ ވީނަމަ އެރަން 30އަހަރުގެ އާއިލާވެސް ކުރީގަ އުޅުނުގޮތައް އުޅެވުނީސް މިިހާރު އެތިބަ އުޅެނީ ބިންވެސް ޖެހޭނީ ގަންނަން ޖިޒިވެސް ޖެހޭނީ ދައްކަށް މިޖިޒީ އެފެއްދި މީހުންގެ އާއިލާތައްވެސް އެކަމަކުން ނުރެކެވުނު ވީމާ ތިޔަ މީހުންނަށްވެސް ވާނީ ހަމަ އެހެން މާތްﷲގެ ރަހުމަތްފުޅުން ތިޔަ އަނިޔާވެރިންގެ ކިބައިންވެސް ސަލާމައްވާނެ އާމީން

 7. ސީމާ

  ހުރިހާ ކުންފުނިތަކެއްގެވެރިންވެސް އިސްމުވައްޒަފުންވެސް އިސްތިޢުފަދޭންވީ! ކުންފުނިތައް އެދަނީ ބަގުރޫޓުވަމުން. އެމްޓީސީސީ ބަގުރޫޓުވެ ނމިއްޖެ! ސަރުކާރުގެ ދޯހަޅި ސިޔާސަތުގެދަށުގައިނުވެ އެ ޒިންމާ ނަގަން ބޭނުންނުވާ މީހުން އެ ދަނީ ވަކިވެގެން. ސާފުވެއްޖެތޯ؟