މަސްތުވާތަކެތި ހިފައިގެން ފުލުހުންނަށް ފިލަން އުޅެނިކޮށް ކަނޑުވި އެންމެން ވެސް ފެނިއްޖެ ކަމަށާއި އެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެވުނީ އޮޅިގެން ކަމަށާއި ކަނޑުވި މީހުންގެ ތެރެއިން އެކަކު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ފެނިފައި ނުވަނީ މަސްތުވާތަކެތި ހިފައިގެން ފެރީ އިން ފުންމާލި މީހާ އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ފެރީ އިން ފުންމާލީ މިއަދު ހަވީރު 17:30 ހާއިރު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެކެވެ.

މިރޭ ކަނޑުވެފައި ވަނިކޮށް ސަލާމަތް ކުރީ އޭނާ އަށް އެހީވުމަށް ބޮއްކުރައެއްގައި ދިޔަ ބައެކެވެ. އެމީހުން ކަނޑުވީ ބޮއްކުރާ ބަންޑުން ޖަހާލުމުންނެވެ. އެމީހުން ދަތުރު ކުރީ ޑިންގީއެއްގައި ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ކަނޑުހުޅުދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ތިން މީހުން ދަތުރު ކުރީ ބޮއްކުރައެއްގައެވެ.

ބޮއްކުރައަކީ މިހާރު ގެއްލިގެން އުޅޭ މުހައްމަދު އަލީގެ ބައްޕަގެ ބޮއްކުރައެކެވެ.

"އެއީ އެންމެ ކުރީ ޒަމާނުގެ ބޮއްކުރައެއް. މިހާރު ނުހުންނަ އެއްޗަކަށް ވާތީ ރީއްޗަށް ބާއްވާފައި އޮންނަނީ. ވަރަށް ބަލައިގެން ގެންގުޅޭ އެއްޗެއް އެއީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުމަދު

    ނުފެނިއްޖެއްޔާ ރަނގަޅީ.އެކަތި މަދުވެދާނެ ނޫންތަ!؟

    44
    2
  2. ފާތުން

    ފައުލަތުން ޚަރަދުތަކެއް ކޮށްގެން ހޯދާނެކަމެއްނެތް

    28
    2
  3. ސިކަންދަރު

    ތިޔަ ގެއްލުނު މީހާގެ ކިބައިން، އެތަކެއް ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރެވިއްޖެ! الحمدلله

    34
    3
  4. ޖަޒީރާ

    ޖަޒީރާ ވަންތަކޮށް އެހީވާން ހަދައިގެން ތިއޮތީ ބޮނޑި ބޮވިފަ ފުލުހުންވެސް އޭނާ ހޯދަނއ ދަތުރު ކުރަންވީ ކަނދުފައްޗެއްގަ އެއިރުން ޖަޒީރާ ވެފަ އޮންނާނެ

    28
    5
  5. ނެރު

    މީހާ ނުފެނުނުތާ އަނެއްކާ މަސްތުވާ ތަކެތި ފެނުނުބާ ކޮންމެހެނެން ހަދާފަވެސް މަސްތުވާ ތަކެތި ހޯދާފަ ނައްތާލީމަ ރަންގަޅުވާނެ

    22
  6. ހިނދުކޮޅު

    އެންމެ އެތިކޮޅެއްވެސް އޮއްވާ އޭނާ ނާރާނެ މައްޗަކަށް. ޙުރިހާ މަސަތިވާ ތަކެތި ހުސްކޮށްލާފަ އަރާނެ. މަޑުކުރޭ

  7. މަ

    ތިވާނީ ފިލާއޮތީކަމަށް.