ގއ. ކަނޑުހުޅުދޫ އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ގެންދާތީ، އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމުން ފެރީން ކަނޑަށް ފުންމާލި މީހާ ފަޅު ރަށެއް ކަމަށް ވާ މާވަރުލުގައި ފިލައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މިއަދު ހެނދުނު 9:00 ހާއިރު އޭނާ ފެނުނީ ފަޅު ރަށުގައި ފިލައި އޮއްވައި ކަމަށެވެ.

އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާ ކަނޑަށް ފުންމީލީ މަސްތުވާތަކެތި ހިފައިގެން ކަމަށް ވީނަމަވެސް މިއަދު އޭނާ ފެނުމުން ފާސްކުރިއިރު އޭނާގެ އަތުން އެފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ.

ފިލައި އޮއްވާ ފެނުނީ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެކެވެ.

މުހައްމަދު އަލީ ކަނޑަށް ފުއްމާލުމުން އޭނާ އަށް އެހީވުމަށް ބޮއްކުރައެއްގައި ތިޔަ ތިން މީހަކު ވެސް ރޭ ކަނޑުވިއެވެ. އެމީހުން ކަނޑުވީ އެމީހުން ދަތުރުކުރި ބޮއްކުރާ ބަންޑުން ޖަހާލުމުންނެވެ.

ކަނޑުވި ތިން މީހުންގެ ތެރެއިން އެކަކު ސަލާމަތްވީ ފަތާފައި މާވަރުލު އަށް އަރައިގެންނެވެ. އަނެއް ދެމީހުން ސަލާމަތް ކުރީ ކަނޑުމަތިންނެވެ.

މި ތިން މީހުން ވެސް ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އޭނަ ފުންމާލީ މަސްތުވާތަކެތި ރަށަށް ގެންނަން ފެރީގަ ހުއްޓާ ޕޮލިހުން ފާރަލާތީ އެކަން އެނގިގެން. ގެއްލުނު މީހާ ފަޅުރަށެއްގަ ފިލާއޮށްވާ ފެނުނީ. ފެނުމުން ބަލާ ފާސްކުރިއިރު މަސްތުވާއެއްޗެއް އޭނައަތަކުނެތް. އެހެންވީމަ އޭނަ ހުދުކާފޫރަށްވީ. ހަމަ ގައިމުވެސް އޭނަ ކަނޑަށް ފުންމާލާނީ، އަދި އޭނަބަލާ ބޮށްކުރައެއްގަ ބަޔަކުދާނީ މަސްތުވާތަކެތި އޭނައަތުގަ ހުރީމަ. ދެން އެހެންނޫނި ކީއްކުރަން ފުންމާލަން ޖެހެނީ. ޖެޓީއާ ކައިރިކުރަންދެން ހަމަ ރީއްޗައް ހުންނަންވީނު. މިވަރުންވެސް އޭނަ ކުއްވެރިއެއްނުވޭ؟ އަދި ފަޅުރަށުުވަ އެ ފޮރުވާފަ ހުރެދާނެކަމަކަށްވެސް ނުބެލެވޭ؟ ފާސްކުރިއިރު އަތުންނުފެނުނީމަ ސަލާމަތްވީ. ފުރިހަމަ އަދުލުގެ މިޒާމަށް ޝުކުރިއްޔާ

    49
    3
  2. ޒާ

    އަޖައިބެއް މަސްތުވާތަކެތި ހިފައިގެން ފިލަން ކަނޑަށް ފުންމާލިމީހަކު ފަޅުރަށުގައި ފިލައި އޮއްވާ ފެނުނުއިރު އޭނާގެ އަތުން މަސްތުވާ ތަކެތި ނުފެނުނު ވާހަކަ ބުނާއިރު މިހީވަނީ އޭނާ ހުންނާނީ މަސްތުވާތަކެތި ގައިގާ ބަނދެގެންހެން.

    45
    2
  3. ހަސަނޭ

    ދެން ތި ވަރުން ކިހިނެތް ހޭ ކިތާބީ ހެއްކާ އެކު ސާބިތު ކުރާނީ މަސްތުވާ ތަކެތީގަ ކަމެއްގައި ކަމެއް މާވަރުލަށް ކަހާލީކީ!

  4. މިއަދު

    މިސަރުކާރުވެރިކަމަށް އައިސް ބަންދުވެފައިހުރި މަސްތުވާތަކެތީގެ ހުރިހާދޮރެއް ހުޅުވައިދެއްވައިފި ބަންދުގައިތިބި މަސްތުވަތަކެތީގެ ހުރިހަބޮޑުން ދޫކޮށްލައިފި އެމީހުންނަށް އެމަގު ފަހިކޮށްދީފި ދެން ރަޢިއްޔަތު މީހާގެ މޫނުގައި ކޮންއަނދުނެއްއަޅުވަންތޯ ޕޮލިހުންނެރެގެ އެބައިމީހުން މިގަންހިންގުވަނީ މަސްތުވަތަކެތިހޯދުމާއި އެކަން ކުރަގޭގެ އަށްވެދެ ބަލަފާސްކުރުމާއި އެތަކެތި އަތުލުމާއި އަތުލަގަތުމުގައި ހުރީ ކޮންފައިދާއެއްތޯ މިއަދިގެ ޑީލަރުން ބުނާގޮތުންމަސްތުވާތަކެތީގެ މައްސަލައަކީ މިސަރުކާރުއައިފަހުން މައްސަލައެއްނޫން އެހެންކަމުން ބޮޑެތި ޑީލަރުން ދޫކޮށްލީ އެތަކެތި ގިނައިން ގެނުވާ އެއިގެތެރެއިން ބައެއްނަމަވެސް އަތުލައިގަނެ އެއްމެގިނަ މަސްތުވާތަކެތި އަތުލައިގަތް ބައެއްގެ ޝަރަފު ލިބިގަތުމަށް ނޫންކޮންކަމަކު ކަން މިސަރުކަރުން ބުނެދީބަލަ

    12
    1