ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤަކަށް މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، މާލެގަން. ހާގޯގެ، ޢަލީ އަޙްމަދު (32އ) ކަމަށް ފުލުހުން ވުދާޅުވިއެވެ.

ޢަލީ އަޙްމަދުއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9792803 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އޭނާ އާއި ގުޅުން ހުރި މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.