ސިޔާސީ ޕާޓީތަކަށް މިއަހަރުގެ ބަޖެޓުން ލިބެންޖެހޭ ފައިސާ ދޫކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދުނުއިރު ޕީޕީއެމްއަށް ލިބެންޖެހޭ ފައިސާވެސް ދިނުމަށް ފިނޭންސްގައި އެދިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވުމާއި އެކު ޕީޕީއެމްގެ ފައިސާތައް ހިފަހައްޓާފައި ވަނީ ދައުލަތުގެ ކޮން އިދާރާއަކުން ކަން ނޭނގި އޮޅުން އަރައިފިއެވެ.

ދައުލަތުގެ ބަޖެޓުން ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޭން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ކަމަށް ވިދާޅުވި ނަމަވެސް، ފައިސާ ދޭން އެދުނީ ތިން ޕާޓީއަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް ފައިސާ ޖަމާކޮށްދީފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ތިން ޕާޓީއަކަށް ކަމަށެވެ. ފިނޭންސް މިނިސްޓްރީން އިއްޔެ ފައިސާ ޖަމާކޮށްދީފައި ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއަށެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސްގައި އެދުނުއިރު ޕީޕީއެމްއަށް ފައިސާ ދޫކުރުމަށްވެސް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ އެއްވެސް ޕާޓީއެއްގެ ފައިސާ އެ ކޮމިޝަނުން ހިފަހައްޓާފައި ނުވާނޭކަމަށެވެެ.

މިދިޔަ އަހަރު ޕީޕީއެމް އަށް ލިބެން ޖެހޭ ފައިސާ ވެސް އިލެކްޝަންސް ކޮމިޝަނުން ހިފެހެއްޓިއެވެ. ފައިސާ ޕީޕީއެމް އަށް ދޫކުރަން އިލެކްޝަންސް ކޮމިޝަނުން އެންގުމުން މިދިޔަ އަހަރު ވެސް ފިނޭންސް މިނިސްޓްރީ އިން ޕީޕީއެމް އަށް ފަައިސާ ދޫކުރީ ގިނަ ދުވަސްތަކެއް ވަންދެން ފައިސާ ހިފެހެއްޓުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބަހާރަތު

  ޕީޕީއެމް ލޮނުމަޑުކަމުން ތިޔަ ހުރިހާގޮތެއްވެސް ވާނެ. ތިޔަ ފައިސާއަކީ އެމީހުން ހިތަށް އެރީމާ ހިތަށް އެރި ދުވަހަކުން ދޭންޖެހޭ އެއްޗެއް ނޫން. އިދިކޮޅު ޕީޕީއެމް ޒިންމާދާރު ސިޔާސީ ޕާޓީއަކަށް ވެގެން ނޫނީ ގައުމު ހަމަ މަގަށް އެޅޭކަށް ނެތް.

  60
  1
 2. އ. ޖ. އ

  ޕީ. ޕީ. އެމް ގެ އޮފީހުން... އިނގިއްޖެ

 3. މިއަދު

  އޮޅުމަކުންނަމަވެސް ޕީޕީއެމަށް ދޭންޖެހޭފައިސާއެއް ރައިސްމައުމޫނު ރަޖިސްޓްރީކުރަންއުޅޭ ރިފޯރމް މޫމަންޓްގެ އެކައުންޓަކަށް ޖަމާނުކުރައްޗެ ހީވަކަހަލަ އެޕާޓީރަޖިސްޓްރީވެ އެކައުންޓް ނަމްބަރތައް ފިނޭންސަށް ލިބޭތޯ ޕީޕީ އެމްގެ ފައިސާ ހިހައްޓަނީހެން ޕީޕީއެމްގެ ނައިބުރައީސް ސިޔަމްއަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ސިޔަމްއޭ މަޑުން ނުހުންނަވާށޭ މިސަރުކާރުގެ މައިގަނޑު ބޭނުމަކީ ޕީޕީއެމް ވުޖޫދުންފޮހެލުން އިންޝާﷲ އެކަމެއްނުވާނެ

  12
  1
 4. އ. ޖ. އ

  ޕީ. ޕީ. އެމް ގެ އޮފީހުން.. އިނގިއްޖެ

 5. މިއަދު

  ޕާޓީ ޕާޓީގެ ގޮތުގައި ހިފެހެއްޓުމަށް ސިޔާމްއާއި އެކު ޣައްސާނުވެސް ނުކުންނަވަންޖެހޭ ތިދެބޭފުޅުންނަށް ޕާޓީގެ ކުރީސަފަށް ނެރެފައި ތިތިއްބެވީ ސަރުކާރާއި އިސީން ޖަހާހާ ލަވަޔަކަށް ނައްޓަވަން ނޫންކަން ހހަނދުމަފުޅު ބަހައްޓަވަންޖެހިލައްވަނެ

  11
 6. ސިލް

  ކަމެއް ދިމާވައިރަށް މަގުމަތި ޚަރާބުކޮށް މުއައްސަސާތަކަށް ލޮޅުންއަރުވާލުމަކީ ޕީޕީއެމްގެ ކަމެއް ނޫނެވެ.

  19
 7. ޢާޒިމް

  ސަރުކާރު ގައި އޮތް ޕާރޓީ ގެ ވިސްނުމަކީ އިދިކޮޅު ޕާރޓީތައް ފުޑާލުން .. ފިނޭސް މިނިސްޓްރީ ގައި މިނިސްޓަރަކައް ހުރީ ކޮރަޕްޓް އަމިއްލަ އެދުމުން ފުރިފަހުރި އަބަދުވެސް އަމިއްލައެދުން ކުރިއަށް ނެރޭފަރާތެއް.. މިއީ އެމްޑިޕީ ގެ ޑިމޮކްރަސީ .. ނަޝީދު އަކީ ޑިމޮކްރަސީ ގެ މޫނު މަތި އަޅައިގެން ހުއްޓަސް ޑިކްޓޭޓަރެއް

  13
 8. ދދދދދދ

  މަ ރޭގަވެސް އެހީމެއްނު ރާޓީވީގަ މޮޔަ ގޮވަން އުޅުނު ސޭކު ސޮރުހޭ މާލީ ވަޒީރަކީ. އޭނަ އެއީ ހަމަ މީހެއް ނޫން. ވާނުވާ އެނގޭ މީހެއް ނޫން. ދެން ތިކަން ވާނީ ތިހެންތާ.

  15
 9. މޫސާ އަހުމަދު

  މާ ލޮނުމަޑީ، ކުރިންބުނި ރޯދަމަސް ނިމުނީމަ ހަރަކާތް ފަށާނަމޯ! ކޮބާ ރޯދަމަސްވެސް މިއަދު ނިމޭނޭ!

  10
  2
 10. ޙަލާހަލާ 10. 13:20 2019

  މިހާރުހުންނާނީއެއްޗެއްވިސްނިފާކުރިންވެސްޕީޕީއެމް( މިރާއްޖޭގާޕީޕީއެމްއޮތޭ. ވޯޓްލީއިރުހިތަކައްނާރާ. މިހެދެނީގޯހެއްކަމެއް

 11. ޒުވާނުންގެ މޫވްމެންޓް

  ޕީ.ޕީ އެމް އަށް ގޮވާލަން އުމަރު ނަސީރު ކުރިޔަށް ނެރެ މި ގައުމު ސަލާމަތްކޮށްދޭން.މީ ކީ ބައްޕަގެ އޮޑިއެއްނޫން،ބޭނުން އިރަކު ބޭނުން ގޮތަކަށް މަސްބަހާ ،ބޭޏުން ގޮތަކަށް ބޭނުން ފަރަންޖީން ތަކެއް ގާތްކޮތްގެން މިގައުމު ވިއްކާލަން.ޚަބަރުދާރު މި ގައުމުގެ އަމާން ކަމާއި ،މިނިވަންކަން ވިއްކާލަން ހިތަށްނާރުޥާތި.ބޮޑު ތަނުން ފޭލި ކޮށްލާނަށް.އަޅުގަނޑުމެން ޒުވާނުންގެ މޫވުމުނެްޓް އިފްތިހާހު ކުރާނަށް. މި ގައުމު ހަަމަ މަަގަށް އަޅުވާނަށް.ަކަރަންޓުންވެސް ވައްކަން.؟އެތެރކުރާ ޑީސަލް އިން ވައްކަން؟ ބަލަ ފިނޭންސް މިނިސްޓަރގެ އަމިއްލަ ފައިސާގަޑެއްތަ އެއީ.އޭގައި އަތްއަޅާގެން ތި އޮންނަނީ.ހެޔޮ ވެރިކަމޭ ކިޔާފައި ތި ފެންނަނީ އިދިކޮޅު ފަރާތްތަކަށް ޖެއްސުންކޮށް ދައުލަތަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާތަން،މަނިކުފާނު ކަހަލަ ކުޑަކުއްޖަކަށް ވާނުވާ ނޭގި ގޮޅިއަށް މާދަމާވެސް ފެތޭއިރު ބަޔަކު ނުތިބޭނެ.ތި ކަމަުން ސަލާމަތްބެ އިސްތިއުފާދީ.އިބޫ އެއް ނޫން ފައިސާުނުދީގެން މާދަމާ ސުވާލުކޮށް ކޯޓަށް ދަމާނީ.