ހއ.ދިއްދޫގައި އިމާރާތް ކޮށްފައި ހުރި ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި 110 ފްލެޓް ބަހާލާފައި ވާނީ އަލުން އިއުލާން ކުރުމެއް ނެތިކަމަށް މިނިސްޓްރީ އޮފް ހައުސިން އާބަން ޑިވެލޮޕްމެންޓް އިން އެއްބަސްވެއްޖެއެވެ.

ދިއްދޫގެ ފްލެޓްތައް ބަހާލާފައި ވަނީ 2015 ވަނަ އަހަރު ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ނުލިބި ތިބި މީހުންނަށެވެ. އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލުން ފްލެޓްތައް ބަހާލިއިރު ފްލެޓްތައް ލިބިފައިވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ އެމްޑީޕީ މެންބަރުންނެވެ.

މިނިސްޓްރީ އޮފް ހައުސިން އާބަން ޑިވެލޮޕްމެންޓް އިން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރާ ވައިބާ ގްރޫޕްގައި މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދިއްދޫ ފްލެޓްތައް ދޫކޮށްފައި ވަނީ އަލުން އިއުލާން ކުރުމެއް ނެތި ކުރިން ތައްޔާރުކޮށްފައި އޮތް ލިސްޓަކަށް ކަމަށެވެ.

ކުރީގެ ލިސްޓަށް ފްލެޓްތައް ދިނީ ކައުންސިލުން ކަމަށާއި އަލުން އިއުލާން ކޮށްގެން ފްލެޓްތައް ދިނުމުގެ އިހްތިޔާރު ވެސް ކައުންސިލަށް މިނިސްޓްރީން ދީފައި އޮންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ކައުންސިލުން ނިންމީ އިއުލާން ނުކޮށް ކުރިން ތައްޔާރުކޮށްފައި އޮތް ލިސްޓަށް ފްލެޓް ދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫގައި ބާކީ ހުރި 110 ފްލެޓް ދިނުމަށް ޔާމީންގެ ސަރުކާރުގެ ފަހުކޮޅު މަސައްކަތް ކުރިއެވެ. ފްލެޓަށް ކުރިމަތިލާން މިދިޔަ އަހަރު ހައުސިން މިނިސްޓްރީން އިއުލާން ކުރުމުން ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލިއެވެ. ނަމަވެސް 2015 ވަނަ އަހަރު ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ބާކީ ތިބި ބައެއް މީހުންނަށް ފްލެޓް ދޭން އިއްޔެ ދިއްދޫ ކައުންސިލުން ނިންމާފައި ވަނީ ޔާމީންގެ ސަރުކާރުގައި އަލުން އިއުލާން ކުރުމުން ފްލެޓަށް ކުރިމަތިލި މީހުންނަށް އެއްވެސް ފުރުސަތެއް ނުދީއެވެ.

ދިއްދޫގެ ގިނަ ރައްޔިތުން މިހާރު އެންމެ ބޮޑަށް ޝަކުވާ ކުރަމުން ގެންދަނީ ދިރިއުޅުމުގެ ހާލަތައް ފާއިތުވި ދެތިން އަހަރު އައިސްފައިވާ ބަދަލަށް ބެލުމެއް ނެތި ކުރީގެ ލިސްޓަކަށް ފްލެޓް ދޫކޮށްފައި ވާތީއެވެ.

"ދެމަފިރިންގެ ތެރެއިން އަނބިމީހާ އަށާއި ފިރިމީހާ ވެސް އެބަހުރި ފްލެޓް ލިބިފައި މިހާރު. އެމީހުންގެ ދަރިން ނެތް ނަމަވެސް އެމީހުންނަށް ފްލެޓް ލިބުނު. ތިން ހަތަރު ދަރިން ލިބި، ދިރިއުޅޭނެ ތަނެއްނެތް ބައެއް މީހުންނަށް ފްލެޓެއް ނުލިބޭ. ޔާމީންގެ ސަރުކާރުން ދިން ގޮތައް ވުރެ ވެސް މިހާރު ނާއިންސާފު." ދިއްދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ފ.އަތޮޅު މަގޫދޫ ގައި ވެސް 2016 ވަނަ އަހަރު ގޯތި ދޫކުރަން ކުރި އިއުލާނެއްގެ ދަށުން ގޯތި ދޫކުރަން މިއަހަރު އެރަށު ކައުންސިލުން ނިންމުން ދާދި ފަހުން އޭސީސީ އިން ވަނީ އަލުން އިއުލާން ކޮށްގެން ގޯތި ދޫކުރަން އަންގާފައެވެ. އެއީ ފާއިތުވި މުއްދަތުގައި މީހުންގެ ދިރިއުޅުމުގެ ހާލަތައް ބަދަލު އައިސްފައި އޮންނާނެތީ އެވެ.

ދިއްދޫގެ ފްލެޓްތައް ކުރީގެ ލިސްޓަކަށް ބަހާލިއިރު ޔާމީންގެ ސަރުކާރުން ފްލެޓްތައް ދިނީ އިންސާފުން ނޫންކަމަށް ބުނެ މިސަރުކާރުގެ އިސް ބޭފުޅުން ވަނީ މީގެ ކުރިން ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަލީމްބެ

    ގައުމުގެ %90 އަކީ އެމްޑީޕީ، އެހެންވީމަ ގިނަ ފްލެޓްވެސް ލިބޭނީ އެމްޑީޕީއައް

    8
    69
    • ދދދދދދ

      އިއުލާނު ކުރުމެއް ނެތި ބޮޑު ކުންނާރު ބަހާހެން ބެހީމަ އެވާހަކަ މިދައްކަނީ. ކަމާ ގުޅުމެއް ނެތް ކޮން ވާހަކައެއް ކަލޭ ތިދައްކަނީ؟ ކިޔާނެ އެއްޗެއް ނެތީމަ ދޯ؟

      5
      1
  2. ޢަހްމަދު

    ޔާމީން ސަރުކާރުން ފުލެޓްބަހާލިއިރު އެބުރުގައި ފޯމްލީމީހުންގެ ހައްޤްތައްވަނީ ގެއްލިފައި ޕީޕީއެމް ބޭނުންބަޔަކަށް އޭރުދިނީ ސަރުތުހަމަވާމީހުންނަކަށްނުބަލާ. ޢެހެންކަމުން މިކައުންސިލުން އެމީހުންގެ ހައްޤްތައް ހޯދައިދީނީތީ ސުކުރިއްޔާ. ދެވަނަބުރަށް ފޯމްލީމީހުންނަށް ދެންއަޅާފުލެޓުން ފުރުސަތު ލިބޭނެ ފުރަަތަމަ ބުރުގެ މީހުން ކެއްކުރިގޮތައް ކެއްކޮށްލާ

    4
    40
    • ދޮގެއް؟

      އޭރު އެކަމާ ކަލޭ ރުޅިއައިސް ރަތްވެގެން ހަޅޭއް ވެރުނީ އެކަން ކަމުނުދާތީކީ ނޫން ދޯ؟ ކުރި މީހުންނަކީ ކަލޭ ރުޅިއަންނަ ބަޔަކަށް ވާތީ ކެތް ކުރުމެއް ނެތި ރުޅި ބޭލީ ދޯ؟ އެހެންޏާ ފަހެ ގޯސް ކަމެއް ވެއްޖެއްޔާ ކޮންމެ ބަޔަކު ކުރިޔަސް ގޯހޭ ބުނެވޭނެތާ.

      5
      1
      • ޢަހްމަދު

        ކަލޭ އަނގައިން އަދިވެސް ނުބުނޭ ކުރިން ފުލެޓްދިން ޕީޕީއެމް މީހުންނަށް ފުލެޓްދިނީ ނާއިންސާފުންނޭ. އިންސާފޭ ކިޔާއިރު ކަލެއަށް ކެރޭނެތަ މިހާރު ފުލެޓްގައި ނާއިންސާފުން އުަލެމުންދާ މީހުންކައިރިން އެތަނުން ނުކެމެ އަލުން ފޯމް ހުށައަޅައިގެން އެންމެ ހައްޤްވާމީހުންނަށް ފުލެޓްދިނުމަށް ފުރުސަތުދޭށޭބުނަން

        1
        1
  3. ކިނބޫ

    އެމްޑީޕީ މީހުން ޕީޕީއެމް ޖަގަހަތެރެއަށް ކޮއްޕިގެން އުޅުނު ގޮތަށް މަވެސް މިފަހަރު ވެއްޖެ ރީނދޫ ލިބާސް ލައިގެން މިމީހުންނަށް ލަނގިރި ޖަހައިދޭން މަގުމަތީ އެނބުރެން. އޭރުން ހުރިހާ ކަމަކަށް ޝަރުޠު ހަމަވާނެ.

    34
    1
  4. އަހުމަދު

    އިންސާފަކީ އެންމެ ހަރު އަޑުން އެވާހަކަ ގޮވާ މީހުން ގަބޫލު ކުރާ ހަމަައެއް ނޫން. އެމީހަކު ގަބޫލު ކުރާ ގޮތް އެއީ އިންސާފު ކަމަށް މިއަދު ވަނީ ވެފައި ..ތިޔަ މައްސަލަ އޭ ސީ ސީ އަށް ހުށަހަޅަން ޖެހޭނެ.. އަދި އަމިއްލަ އިސްނެގުމުގެ މަތީން އޭ ސީ ސީ ބަލަން ޖެހޭނެ

    20
  5. ޙާޖީ

    އަލީ ހާޝިމަށް ހީވަނީ މީއޭނާގެ ތަރިކަ މުދާގަނޑެކޭ ، ހިލާ އެހެނެއްނުވާނެ . މިކަމުގަ އޭސީސީއަށްވެސް ދާނަން ، އޭނަބޭނުނަހާއެއްޗެއް ނުހެދޭނެ ، ކައުންސިލުގެ ރައީސްއަށްވެސްނޭގި ، ކައުންސިލް މެންބަރުއާއި ގުޅިގެން މިޖަރީމާ ހިންގާފަ މިއޮތީ ،

    29
  6. މަހޭޝް

    މިހާރު ދޭނީ އިންސާފުން. ދެން ލަލަ ލާ.

    30
    8
  7. އ. ޖ. އ

    މިގޮތް ވެސް ކުރިޔަށް ވުރެ ރަނގަޅު

    40
  8. ބީތާ

    ޢެޖެންޑާ 19 ސަޅިވާނެ!

    29
    10
  9. މައްޓު ބޭ

    ކުރިންދިނީވެސް ދިއްދޫ ރައްޔެތުންނައް މިފަހަރު ދިނީވެސް ހަމަ ދިއްދޫ ރައްޔެތުންނައް އެތަނަކައް ހަމަ ހޭގަ ގޮތެއް ކިރިޔާވެސް އޮތްމީހަކު ނުވަން ނެ އެމްޑީޕީ ސަރުކާން ކޮންޓެކްޓް ކޮއްގެން އަޅާފަހުރި ކުކުޅު ކޮށިތަކެއް އެއީ ވާރެޔާ އަވިންވެސް އެތަނުން ނިވާވާނެ ގޮތެއް މިހާރަކުނެތް ފީވެ ހަލާކުވެފަ ހުރީ ތަނައް ވަންނަ މީހުން ނައް ޖިހޭނީ ބޮޑު ހޭދައެއްކުރަން

    10
  10. ބޭބެ

    މައްސަލަ އޭސީސީއަށް ނުވައްދާތަ؟ ވައްދަން ވާނެ!

    18
  11. ދިއްދޫ ގުއިރޯނު

    ޢެމްޑީޕީ ސަރުކާރުގަ އައިލެންޑު އެކުސްޓް ކިޔާ ފޭކު ކުންފުންޔަކައް ދައްޕްރު ދީގެން ހިލާފަ ހުރި ޖިފުޑިތަކެއް ބޯކަރުކަރުދާސް ދޮރާ ރުންކުރުވެފަ ހުރި ކޮޅުދާލި ލަކުޑިކޮޅުތައް ތައްކޮއްގެން ހަދާފަ ހުރިފލިޔާ ހިމަރުން ކޮއްފަހުރިވައިރާ އެއްމެކޮލިޓީ ދައް ކަރަންޓްސާމާނުން ހަދާފަ ހުރިތަނެއް އެއްވެސް ގެރެންޓީއެއްނެތް ޓިނުތައް އެހުރީ ދަބަރައްވެ ފޫގޮސް ހަފުސްވެފަ ފެންވައިރިން ތައް އެހުރީ އަވީގަހުރެ މުރަނަވެފަ ހެދީއްސުރެ ފުލެޓުތައް އެހުރީ އަޅާކާނެ ފަރާތެއްނެތި ވާހެދި ޖަންގައްޔަކައްވެފަ ވަކި ހަރަދުކުޑަކުރާކައް މީހަކު އެތަނަކައްނުދާނެ ގޮތެއް ނެތިފަ ހުރިމީހަކުދިޔަސް މައްސަލައަކީ ދައުލަތުން އެވަރުގެ ކަމެއްކުރިއިރު ބަލާނެ ބަޔަކު ނެތްކަން ހަމަ ރިސްވަތު ރައްޔެތުންނައް ހުރިހާއަނިޔާއެއް މިހާރުވެސް ނާޖާއިޒު ފައިދާ ވެލިވިއްކައިގެން ހޯދާބަޔަކު އެދަނީ ހޯދަމުން

    13
    1
  12. ހޯރަ އިއްބެ

    ޕާޓީ ކުދިންނަށް ބަހާފައި ބާކީ ހުރިއެއްޗެއް އެހެން ބަޔަކަށް ލިބޭނީ. މިވެސް މޑޕ އިސް މީހުން ދައްކައި އުޅުނު ވާހަކައެއް

    24
  13. އައްޔު

    ދެން ކޮބާހޭ ޓްވިޓަރޭމެން އިންސާފޭ ހަމަހަމަކަމޭ ޕޮއިންޓޭ ކިޔާ ހަޅޭލެއްވި ކުދިންކޮޅު

    26
  14. ކޮއްކޮ

    މިވެރިންގެ ނަޒާޙަތްތެރިކަމާއވެ....ކޮބާ އިބޫ ސޯލިހު؟ މިއޮތީ ނަޒާޙަތްތެރިކަން މެކުހަށް ޖަހާފަ..

    25
    1
  15. ބުރޯ

    އެމްޑީޕީ އަކީ އޮޅުވާލުމާ މަކަރުން ފުރިފައިވާ ދެއްކުންތެރި ބައެއް . މިހާރު ޑޮލަރުގެ އަގު މަތިވާންފެށީ ރާއްޖޭގެ އިގްތިސާދު ދަށްވާން ފަށައިފިކަމަށް ވޯލްޑް ބޭންކުން ބުނެފި 2008 ގެ ބަދަލުން މިހެން ދިމާ ވީމަވެސް ދިވެހިންނަށް އިބުރަތެއް ހާސިލް ނުކުރެވުނު މުއުމިނެއްގެގަޔަށްއެއްހަރަކުންދެފަހަރަކު ކައްޓެއްނުޖެހޭނެ ކަމަށް ހަދީސްގާވޭ. މިއިން އެގެނީ ދިވެހިންގެ އަގިދާ ބަލިކަށި މިންވަރު ތަނދޮރު ނުދަންނަ މިންވަރު މި ދޮގުވެރިންގެ މަޅީގަ މިޖެހުނީ ދެވަނަ ފަހަރު

    21
    • ޥަރަށް

      ޥަރަށް ތާއީދު...ތި ވިދާޅުވީ ހަމަ ތެދެއް..

  16. ޙަސަން

    ދިއްދޫގައި އުޅެނީ ހަމައެކަނި ޢެމްޑީޕީ މީހުން އެކަނިތަ!

  17. ޡެރޮ

    zIrO Tolarenqsq

  18. ހޯހޯ

    މިވެސް މިއޮޅޭ ސަރުކާރުގެ އޮޅުމެއް ކުދިންނޭ! ހަމާގަ ހުންނާކަށް ނުޖެހެ އެއްނުދޯ.