ކަރަންޓް ބިލްތައް ބޮޑުވެގެން އެތައް ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް، ކަރަންޓް ބިލްތައް ވަރަށް ބޮޑަށް ކުޑަވެއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ޑިރެކްޓަރު އޮފް ބިޒްނަސް ޑެވެލޮޕްމެންޓް އަހުމަދު އަޒްލީން އޮންލައިން ނޫސް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކަރަންޓް ބިލްތަކުން މިދިޔަ ދެމަހު ވަރަށް ބޮޑު ބަދަލެއް ފެނިގެން ގޮސްފައިވާނެ ކަމަށެވެ. އެގޮތުން ކުރިން 3000 ރުފިޔާގެ ބިލެއް 2300 ރުފިޔާގެ ބިލަކަށް ކުޑަވެގެން ގޮސްފައިވާ ކަމަށާއި އެބަދަލު އައިސްފައިވަނީ ކަރަންޓްގެ އަގު އެއްހަމަ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓް ބިލް މިމަހު ލިބުނު އިރު ބައެއް ގެތަކަށް ބިލް އައީ ދެގުނަ އަށް ވުރެ ވެސް ބޮޑުކޮށެވެ. ކަރަންޓް ބިލް ބޮޑުވި މައްސަލައިގައި ވަރަށް ގިނަ އާއްމުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.

ކަރަންޓް ބިލް ބޮޑުވި ކަމުގެ ޝަކުވާ ލިބެމުން އަންނާތީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ ބަހެއް ހޯދަން "ވަގުތު" އިން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ފެނަކަ ކޯޕަރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އޭޕްރިލް މަހު އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ކުރީ އޭޕްރިލް 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް މަހަށް ތައްޔާރު ކުރި ކަރަންޓް ބިލް މެއި މަހު ލިބުނީ ކުރީގެ އަގުގައެވެ. ސަރުކާރުން އޭރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ވާނީ ޖޫން މަހު އަންނަ ބިލްގައި ކަމަށެވެ.

ނަމަވެސް އެބަދަލު ފެނިފައި ނެތް ކަމަށް ގިނަ މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މިގޭ

    މަކަރުވެރި އޯގާތެރި ފެނޭތޯ ؟

    67
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އަޅެ ރައްޔިތުންނަކީ މޮޔައިންތަ؟ އަޒުލީނޫ ކަލެއަކަށް ނޭންގޭނެ ގެތަކަށް ބިލަށް އެރި އަދަދެއް! ކަލެއަށް އެނގޭނެތަ ރާއްޖެތެރޭ ފެނަކަ އޮފީސްތަކަށް ބިލް ބަލައިގެން ފައިސާނެގ އަދަދު އެހެން މަސްތަކާ އަޅާކިޔާލާ! މަކަރާ ހީލަތް ހަދައިގެން މަގާމު ދިފާއުކުރިޔަސް ތަންފުކެއް ބޮޑުވަރުތީ! ކަލޭބުނީމަ ދެން ކާކު އެކަން ގަބޫލުކުރަންވީ؟ ނުބައިނުލަފާ އަނިޔާވެރި މަކަރުވެރި ސަރުކާރެއްމީ! އެމްޑީޕީ މީހުން އެމީހުންގެ ބިލްތަކަށްވެރި ވަރު ނިކަން ހާމަކޮށްބަލަ! ކުޑަތަވީ؟ ބޮޑުތަވީ؟

    67
    1
  3. މުހައްމަދު

    ބިލް ގެ ސައިޒްތޯ ކުޑަވީ. ހަމަ ގައިމުވެސް އަތުން ހަރަދު ކުރަން ޖެހުނުވަރު ވީ ބޮޑު

    75
    2
    • ތެދުކުރާ

      ތެދެއް ތިބުނީ! ދައްކަންޖެހޭ ފައިސާގެ ޢަދަދުވީ އިތުރު ގައިމުވެސް.

      23
  4. ާއިބޫ

    ބަލަގަ ކަލޯގެ ބައިންގަނޑެއްނޫންތަ ކުޑަވީ ؟؟

    56
    1
    • ޅަދީދީ

      ކުރިއަށް ވުރެއް މާބޮޑަށް ވެސް ބޮޑު،
      ވައްތަރީ ރަތްޔިތުން ނަށްޖެއްސު މައް އުޅޭ ސަރުކާރެއްހެން

      14
  5. ރައްޔިތުން

    ލޮލް... ރާކަނިމަސް ކެވިއްޖެ؟

    50
    1
  6. ަހައްގު

    ތީޔައް ކިޔާނީ ދަޅަދެއްކުން. ކަރަންޓް ކުޑަވެފަ ތި ހުރީ ޖަނަރޭޓަރުތައް ހަލާކުވެގެން ކަރަންޓު ނުދީހުރި ރައް ރަށުން ކަން ޔަގީން.. ހަނދާން ބަހައްޓާތި!! ތި އިން ކޮންމެ ކަމަކައް ޖަވާބު ދާރީ ވާން ޖެހޭނެ ދުވަހެއް އަދި އަންނާނެ.ކިތައް ރައްޔެތުންގެ ހައްގުން ތި ވައްކަން ކުރަނީ؟؟މީ އެންމެ ނުރައްކާތެރި ވަގުން... ރައްޔެތުން ވެސް އެބަ ޖެހޭ ކޮންމެސް ޒިންމާއެއް ނަގަން... މިހެން ތިބެންޔާ ހަދާނެ އެއްޗެއް ހަމަ ހަދާލާނީ.

    49
    2
  7. ކަޅުސޮރު

    އަހަރުމެންގޭގަ 400 ރުފިޔާވަރު ވީ ކުޑަ.. މަމީ އެމްޑީޕީ މީހެއްވެސް ނޫން އެކަމް ތެދެއްވާނީ ތެދައް.

    8
    71
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      ކަލޭގޭ 5 ވޮޓު ބޮތްކެއް ދިއްލާފަ އައިސް މާލޭގަ އޮވެބަލަ.. އޭރަށް އަދި ތިޔަށްވުރެވެސް ކުޑަވާހަކަ ކޮމެންޓްގަ ޖަހާލަން ފުރުސަތުލިބޭނެ..

      58
      1
    • ހައްގު

      ކަލޭތީ އެމްޑިޕީ މުއްލާއެއް...އަދި އެބަ އުޅެ އެއްނު ކުރުއަލިފަކައް ވާން ވެގެން...

      40
      2
  8. ތުއްތުކަލޯ

    ވެރިކަމަށް އަންނަންވީމަ ހީވާނީ ލާގުޅައެއް ދިރިގެން އުޅޭހެން، އަނގަ ހުއްޓާނުލާ ކޮށްދޭނެ ކަންކަން ކިޔާނެ. ދެރަކަމަކީ އެބަޔަކު ތާއީދުޖުރަންޏާ ވަރިހަމަ ދުވާލު ދައްކާފަ ރޭގަޑޭ ބުންޏަސް ގަބޫލުކުރާތީ.

    52
  9. ރިން

    ކުޑަ އެއް ނޫން ވީކީ...ކަލޭމެން ޖީބަކަށް ނޫން ވިއްޔަ ބަރު ވާނީ....ރީތި ވާހަކަ ދައްކަ އެއްނުން އެބަ...?

    40
  10. ލ.ކުއްޖާ

    މި ގޭ ކަރަންޓްބިލް 2000ރ އިން 1600 އަށް ކުޑަވި. ތެދެއްވާނީ ހަމަ ތެދަކަށް. ވަމީ ވަކި ޕާޓީ އަކައް ތާއީދުކުރާ މީހެއްނޫން. ކޮންމެވެރިކަމެއްގަވެސް ރައްތިތުންނަށް ފައިދާހުރި ކަމެއްކޮއްފިއްޔާ ބަލައިގަންނާނަން. ކަރަންޓް ބިލް ބޮޑުވެ ޝަކުވާދަމާ މީހުން ފޯނު ބިލާ، ކޮފީ ބިލާ، ސިނގިރޭޓް ބިލައް އަރާވަރު ކަނޑާލީމަ ކަރަންޓްބިލްވެސް ކުޑަވާނެ. ވަރައް ސަލާމް.

    6
    50
  11. ޙަނާ

    މަގޭ މުޅި އާއިލާވެސް ވޯޓުދީގެން އިބޫ ހޮވާފަ އެހެރީ. ޢެކަމަކު ގޯސްކަމެއް ކޮއްފިއްޔާ ހަމަ ގޯސްވާނެ. މިގޭ ބިލް މިމަހު 3000 ބޮޑުވެފަ އޮތީ.

    13
    1
  12. މޮޔަދީ

    ވަރަށް ކުޑަވެއްޖެ. މިމަހުގެ ބިލަށްވެސް 2625 ރުފިޔާ. އޮބިނޯވެ. 1500 ރުފިޔާ އަރާބިލަކަށް. ފިހާރައިގެބިލް 10000 ރުފިޔާ ކުރިން 7000 ރުފިޔާ ބޭނުންކުރަނީ ހަމަ އެއްވަރަކަށް ހަމަ އެކައްޗެއް ވެސް އިތުރެއްނުވޭ ކަރަޓުން ބޭނުންކުރާ. ކިހާސަޅި. މިހާކަންވަރަށް އަގުތަށް ހެޔޮވާނީ. ފާދެއްގެ މަލާމާތެއްތަ ތިޔަކޫރީ ނުވަތަ ފުރައްސާރަޔެއްތަ.

    11
    1
  13. ާއަލިފުތާބޭ

    ލ ގަމުގައި ކަރައްޓު ބިލްވީ ބޮޑު މިޔޯކިހާަ ބޮޑުކަމެއް އަނގުއެޔޮވާނެޔޭކިޔާފާ އޮޅުވާަލަނީ ތިވަރު ނެހެދިއަސް ވެދާ ސަރުކާރު ހިންގަން ނޭގި ރައްޔިތުން ހަލާކުތިކުރަނީ

    10
  14. މަހޭޝް

    ކޮންތަނެއް ކުޑަވީ ކަލޭގެ ..............

    10
  15. ޢަހުމަދު

    މި މީހުން އަހަރެމެން ރައއޔިތުން ގުނބޯހައްދަންތަ މިއުޅެނީ... ޢަހރެން މިއުޅެނީ މާލޭގަ. ޟިދިޔަ މަހު 2200 ރުފިޔާ.. މި ނިމުނު މަހު 3990 ރުފިޔާ ވަރަށް ކުޑައެއްނުން...

    10
  16. ދޮގެއް؟

    މީހުންނަށް ދިމާއަށް ފެންނަން ނުހުންނަ ކަންކަމުގަ ކިހާ ދޮގެއް ކަލޭމެން ހަދާލާނެ. ތިހިރީވިއްޔަ އަހަރުމެން ޖީބުން ފައިސާ ދެއްކި ބިލްތަކާ ބެހޭ ގޮތުން ހަދާ ބުހުތާން. ތިވަރު ދެން ތަންކޮޅެއް ބޮޑެއްނު.

  17. ކިނބޫ

    މީނަ ހުރީ ހަމައިގަތޯ ބަލަން ވެއްޖެނު. ދެގަޑިން ދެގަޑިން ކަރަންޓް ކެނޑީމަވެސް ބިލަށް އެރިވަރު ވީ ބޮޑު. އެކަމަކު މީނަ މިކިޔަނީ ނުދަންނަ ޒާތެއްގެ ބަންޖެއް. ޖިންނި މޮޔަވެފަތޯއްޗެއް.

    10
  18. މޫސާ

    ކުރިޔައްވުރެ ކަރަނޓް ބިލްވީ ބޮޑު.

    10
  19. އާދަނު

    ތެދެއް ފެނަކާ އަށް ކުޑަ މި އޮށް ހުރިހާ ދުވަހު ރާއްޖެތެރެއަށް ބޮޑު ކޮއްފަ އޮތީ މިހާރު ކުދަ ކޮއްފި އެކަމު މާލެއަށް މިފަހަރު އެކަޏެއްނޫން މިފަހަކުން 4 މަހުބިލް ވެސް ވަރަށް ބޮޑު

    10
  20. މަރީ

    ގޭގައި އުޅޭ މީހުންގެ ތެރެއިން އެކަކު މަދުވީ. ބޭނުންކުރާ އެއްޗެއްސަށް ބަދަލެއް ނާދޭ. ކަރަންޓަށް ގުޅަންޖެހޭ އެއްޗެއް އިތުރެއް ނުވޭ. އެއްވަރެއްގައި ހިފެހެއްޓިފައި ހުރީ. އެކަމަކު ކުރިން 900 އަރާ ގެ އަކަށް މިމަހު 2900 އެރީމަ މިއަށް ބިލު ބޮޑުވީއޭ ނުކިޔާ ދެން ކިޔާނެ އެއްޗެއެް ފެނަކައިން، ސްޓެލްކޯއިން، ސަރުކާރުން، އިބްރާހީމް މުޙައްމަދު ޞާލިޙް ބުނެދޭންވެއްޖެއެއްނު ގައިމު. #ފީލިންއޮޅުވާލިބިލު

    11
    1
  21. އެމްޑީ

    މނާ ހަމަބާ؟

  22. ޢާލިމް

    ބިލް ޕްރިންޓް ކޮށްފަ އޮތް ކަރުދާސްކޮޅު ކުޑަވީ ކަމަށް ވެދާނެ. އެއަކަށް މަަ ބޮޑު ސަމާލުކަމެއް ނުދެން. ގައިމު ޚަރަދު ކުރަންދެހުނު ވަރު ގާތްގަނޑަކަށް ދެގުނަ ބޮޑު.

  23. ދަންނަ ނުދަންނަ އިބޫ

    ކަރަންޓު ކަނޑާގެން ކުޑަވި އެއްޗެއް ކުޑަވީ??
    ފެނަކަ ފެއިލް
    ސަރުކާރު ފެއިލް
    ކިނބޫ ފެއިލް

  24. ސަލްމާ

    ޢަގު ހެޔޮ ވިއްޔޭ ބުނާއިރު، މިގޭގެ ބިލް ފާއިތުވި ދެމަހު 2000 ން މަތީގަ. މިއީ ކުރީގެ މަސް މަހުގައި 1000 - 1200ރ އާއި ދޭތެރޭ އުޅޭނީ. ބޮޑުވަރު