މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރި ކުރުމުގައި ކޮރަޕްޝަންއަށް ޝައްކު ކުރެވޭ ކަންކަން ހުރިކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައި ވަނީ، 1440 ވަނަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް ނުދިން މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.

އެ މައްސަލަ ބަލާ ނިންމި ގޮތުގެ ތަފްސީލް ހާމަކުރަމުން އޭސީސީން ބުނީ، 1440 ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ހުށަހާފައިވާ ޕްރޮޮޕޯސަލްތަކުގެ ތެރެއިން، ޕްރޮޕޯސަލްއާއެކު ހުށަހަޅަން ޖެހޭކަމަށް އުސޫލުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާނަމަ އެ ޕްރޮޕޯސަލް ބާތިލްކުރަން ޖެހޭކަމަށް އުސޫލުގައި ބަޔާންކޮށްފައިވާކަމަށެވެ.

"މި ސަބަބާއި ހެދި ބައެއް ޕްރޮޕޯސަލްތައް ބާތިލްކޮށްފައިވީނަމަވެސް، ޕްރޮޕޯސަލް ހުށަހެޅި އިތުރު ދެ ފަރާތެއްގެ ޕްރޮމޯސަލްއާއެކު ހުށަހަޅަން ލާޒިމް ކުރާ ބައެއް ލިއުންތައް ހުށަހަޅާފައިނުވާއިރު އެ ދެ ފަރާތް އިވެލުއޭޝަންގައި ބައިވެރިކޮށް ޕޮއިންޓް ދީފައިވާކަނަށް ފާހަގަކުރެވިފައި ވެއެވެ". އޭސީސީން ބުންޏެވެ.

އިވެލުއޭޝަން ކުރިއަށްގެންގޮސްފައި ވަނީ ގޯސްކޮށް ކަމަށް ސިސިލްފަރުން އޭސީސީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އިތުރަށް ބުނެފައި ވަނީ، ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް ލިޔުމުން އާއްމުކޮށްފައިވީނަމަވެސް، ބަައެއް ބައިތަކަށް ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވާ މިންގަނޑުތަކަކީ ސަބްޖެކްޓިވް މިންގަނޑުތަކަކަަށްވެފައި ޕޮއިންޓް ދިނުމުގައި ޕްރޮޕޯސަލްތައް އަޅާ ކިޔުމަށްފަހު އިވެލުއޭޝަން ކޮމެޓީގެ މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް މަތިން ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"މިކަމަކީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ހަމަހަމަ އުސޫލެއް ނެތި ވަކި ފަރާތަަކަށް ބުރަވުމުގެ ފުރުސަތު އޮތްކަމެއް ކަމަށް ބެލެވެއެވެ". އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ، އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާގައި އިވެލުއޭޝަން ކޮމެޓީގެ މަސްލަހަތު ހިމެނޭ ފަރާތެއް ބައިވެރިވެފައިވާކަމަށް ތުހުމަތުކޮށްފައިވާއިރު، އިވެލުއޭޝަން ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާގޮތުން ކޮރަޕްޝަން ތުހުމަތު ކުރެވޭ ކަންކަންތައް ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށް އޭސީސީން ބުންޏެވެ.

ހައްޖަން މީހުން ގެންދިއުމަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ސިސިލްފަރުން ކޯޓަށްވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެ ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްްސަލަ ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މިގޭ

    ކްރޮޕްޓް ސަރުކާރު އަދި 6 މަސްވީ
    ވައްކަން ނުކުރާނީ ކޮންއެއްޗަކުން ހައްޖު ކޯޓާއިންވެސް.

    39
    • އޮރެންޖު

      ކިހާދެރަކަމެއް. ވައްކަމާ ދެކޮޅަށް އަނިޔާވެރިކަމާ ދެކޮޅަށް އައި ސަރުކާރު ހުރިހާ ކަމަކުން ވައްކަން. ޢަނިޔާވެރިކަން އަދި ހައެއްކަ މަސް މިވީ. އަޅެ ރައްޔިތުން މިތިބީ ކީއްވެފާތަ؟؟؟؟؟؟

      22
  2. ޗޯކީދާރު

    އެސަރުކާރުގަ ވެސް ވަގުން ވައްކަން ހުއްޓުވަން އައި މިސަރުކާރުގަ ވަގުން

    16
    1
  3. އެމީހާ

    ނަންވާނީފާތުން ކަންކުރަނީކޮންބައެއްކަން މިހާރު އެގޭނެ. ހީވަނީ މިކަންވެސްކުރިޔަށްވުރެ ދެންވާނީ ބޮޑުހެން. މަންޒަރު ފެންނަނީ އެގޮތަށް.

    23
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮންމެ ކަމެއްގަވެސް މަކަރާ އޮޅުވާލުން.. ވެރިމީހާގެ ކަމަކީ މީޑިޔާއަށް ރީތިހެންހީވާ ވާހަކަދެއްކުން.. އަމަލުން ދިމާ އިދިކޮޅު..

    13
  5. ނާގާބިލް

    އެއް ކަމެއް ވެސް ރަގަޅަށް ކުރަން ނޭގޭ ނާގާބިލް ބަޔަކަށް އެއްކަމެއް ވެސް ރަގަޅަށް ނުކުރެވޭނެ. ކަރަންޓް އަގު ހެޔޮ ކުރަން ހަދާނެ ގޮތެއް ނޭގުނު، ކުދިންގެ ފޯމްތައް ބަލާ ޗެކު ކޮށްލެވޭނެ ފެންވަރެއް ނެތް. ޒިންމާވާނެ މީހެއްވެސް ނެތް ހިލޭ އެހީ ހޯދާ ދެން އިންޑިއާއިން. ސާބަހޭ ނާގާބިލޭ

    12
  6. އައްޑޫ މީހާ

    މިސަރުކާރުންތޯ؟ އެކަމަކު ހާދަ ހީނުވެޔޭ! މިގައުމުން ކޮރަޕްޝަން ނައްތާލާ ގައުމު ސީދާ މަގުން ގެންދަން ވައުދުވީ ބެފުޅުންތޯ؟ އަހަރުމެން ކިހިނެއް ތިވާހަކަ ގަބޫލު ކުރާނީ ތިވެދާނެ ކޮންމެވެސް އެހެން ގައުމެއްގަ ކޮށްގެން އުޅޭކަމަކަށް މީގެ ކުރިން ދިވެހިރާއްޖޭގަ ކޮރަޕްޓް ވެރިން ތިއްބަކަސް މިހާރު ހަމަ ހުދު ކާފޫރު ފަދަ ބޭފުޅުން އެތަންތާ ތިއްބަވާއިރު ހެޔޮނުވާނެ އެބޭފުޅުންގެ އިސްތަށިފުޅުގަ ތިޔަފަދަ އިލްޒާމްތައް އަޅުވާކަށް މިހާރުވެސް ބައްލަވާ ފްލެޓް ވެސް އެއޮތްގެން ބަހާލަނީ އިއުލާނުވެސް ކޮށްނުލާ ކިހާވަރަކަށް އެބޭފުޅުން ތެދުވެރި ވީމަތޯ! ކިހާރަނގަޅުތޯ!

    15
    1
  7. ބިލްމީ

    މަސްއަލަ އަކީ އިސްލާމިކް މިނިސްޓްރީއެއް ނޫން.. މަސްއަލަ އަކީ ރައްތިތުން މަޖިލިސް ގެ ރައީސް ގެޅިޔަނުގެ އާއިލާ ރައްޔިތުން މަޖިލސް ގެ ނައިބު ރައީސް ގެ ފިރިމީހާ ގެ އާއިލާ އިން ހިނގާ ވިޔަފާރި ކުންފުނި ހައްޖު ގްރޫޕައް ގަވާއިދާ އެއްގޮތައް ކަންކަން ގެންދިއުމުން ފުރުސަތު ނުލިބުން މިކަން ހަޖަމް ނުވީ މަޖިލިސް ގެ ރައީސް އަދި ނައިބު ރައީސައް

  8. ނާސްތާ

    ނާސްތާ ވަހީދު 60 ހާސް ޖަހައިގެން އޮޅުވާލައިގެން މިފަހަރު ބިޑް ކާމިޔާބު ކުރީ އަންނަ އަހަރު މީހަކު ވީނޫންތޯ 30 ހާސް ޖަހަން އޭރުން ބިޑް ކާމިޔާބު ވާނެ ... ހައްޖު ކޯޕަރޭޝަނަށް ވުރެ ކުޑަ އަގު ޖަހައިގެން ބިޑް ކާމިޔާބު ކުރީތީ އަަހަރެންނަށް ފެންނަނީ ހައްޖު ކޯޕަރޭޝަން ގެ އެންމެން އޭނާ އާއި ހަވާލު ކޮށް 60 ހާހުން ރުފިޔާ ދީފައި ބާކީ ފައިސާ ކޯޕަރޭޝަނުން ހައްޖާ ޖީންނަށް ދޭން...
    ބިޑް ކޮމެޓީގެ މެންބަރުންނަކީ ތަންދޮރު އިނގޭ ބަޔެއްނަމަ މިވަރު ވާއިރު ކަންކަން ބަލަން ވާނެ އޮޅުވާލުންތައް ވަރަށް ގިނަ